1344ހ ޝައްވާލް 26(1926މ މޭ 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ދަރުބާރުގާ، މާލެ އަތޮޅު ތުލުސްދޫ މީހުން، އެރަށު މާމިސްކިތުގެ ބޯގަޔަށް، އެރަށު އުތުރުން އޮތް ވިލިނގިލިއާއި، މަތިދަހުރާ؟ ލަށްވާ، ދެއްވާފާވާ ފަތް ބާވެގެން އާކޮށްދެއްވުމަށް އެދުމުން، 1227ހ(1812މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވައިފާވާ ފަތުން، އެ ދެރަށް، އެ މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ކަމާއި، ދިއްފުށީ ފަޅުގާ އޮންނަ ގިރިފަށް(ގިރުފުށި؟) އާއި އުތުރުކޮޅުދުނި ކިޔާތަނާއި ދެތަނުގެ މެދުން، ދެކުނަށް ވީބައި، ތުލުސްދޫ މީހުންނަށް ދެން އޮތްބައި ދިއްފުށި މީހުންނަށް އޮތްކަމުގާ ސާބިތުވުމުން، އެފަތް އާކުރުމަށް އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Size: 15.9" X 8.8" Add to clipboard
1229ހ މުހައްރަމް 16(1814މ ޖަނަވަރީ 8)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ނިލަންދެއަތޮޅު (ދ.)ބަނޑިދޫ މީހުންނާއި (ދ.)މީދޫ މީހުން، ނަށް އެއަތޮޅު ޅޮހީގާ ހުރި ރުއްތަކަށް ދައުވާކުރުމުން، އެރުއްތައް އެއީ އެދެރަށުގެ މީހުންގެ އެއްޗެތިކަމުގާ، އިހުފަތުން ސާބިތުވުމުން، އެތަނުގާ އިތުރަށް ހުރި ރުއްގަހާ، ބިމުންފަޅާ އެއްޗެތި އެއީ، އެމީހުންނަށް އޮތްއެއްޗެއް ނޫންކަމާ، ދޮށުންނަށް އޮތްއެއްޗެއްކަމުގާ ނިއާކުރަށްވާ، ލިޔެފާވާ ފަތެއް. Royal decree on ownership of two islands (Size:6.8" X 6.4") Chief Justices - Al Ghaazee Ibrahim Sirajuddin Add to clipboard