which is located on the right side of the road leading to Henveyru Lonu Ziyaarat. The dispute arose between the children of Feevaku Ḥasan Thakuru and the relatives of Goidhuu Umar Thakurufānu. Upon investigation of the matter Añadir al portapapeles
1344ހ ޝައްވާލް 26(1926މ މޭ 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ދަރުބާރުގާ، މާލެ އަތޮޅު ތުލުސްދޫ މީހުން، އެރަށު މާމިސްކިތުގެ ބޯގަޔަށް، އެރަށު އުތުރުން އޮތް ވިލިނގިލިއާއި، މަތިދަހުރާ؟ ލަށްވާ، ދެއްވާފާވާ ފަތް ބާވެގެން އާކޮށްދެއްވުމަށް އެދުމުން، 1227ހ(1812މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވައިފާވާ ފަތުން، އެ ދެރަށް، އެ މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ކަމާއި، ދިއްފުށީ ފަޅުގާ އޮންނަ ގިރިފަށް(ގިރުފުށި؟) އާއި އުތުރުކޮޅުދުނި ކިޔާތަނާއި ދެތަނުގެ މެދުން، ދެކުނަށް ވީބައި، ތުލުސްދޫ މީހުންނަށް ދެން އޮތްބައި ދިއްފުށި މީހުންނަށް އޮތްކަމުގާ ސާބިތުވުމުން، އެފަތް އާކުރުމަށް އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Size: 15.9" X 8.8" Añadir al portapapeles
1191ހ ޝައްވާލް 16(1777މ ނުވެންބަރު 17)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު ޝެއިހުލްއިސްލާމް އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ހިތާދޫ މީހުން، އެމީހުން ނަށް އޮތް، ވަގުފް ރަށެއްކަމުގާވާ އަންހެންފުށި، ކިނޮޅޮހު ފަޑިޔަތް ތަކުރުފާނު އަތުލައިގަނެގެން އުޅޭކަމުގާ ދައުވާކުރުމުން، އެރަށާ ބެހޭ، ދެއްވަދޫ ރަސްގެފާނުން(ފަނޑިޔާރު ކަމުގާ ހުރިއިރު) ނިޔާކުރަށްވާފާ ވަނިކޮށް އައްސުލްތާނު މުހައްމަދު މުހްޔިއްދީނުގެ ސިއްކަޖަހާ ލިޔެފާވާ ފަތަކުން، އަންހެންފުއްޓާއި މަޑުއްވަރީ އެއީ ހިތާދޫއަށް އޮތް ދެރަށްކަމުގާ ސާބިތުވުމުން، އެ ދެރަށް އެއީ ވަގުފް ސައްހަ ކަމާ، އެފަޑިއަތް ތަކުރަކަށް އެރަށުގެ އެއްވެސް ކަމެއް ނޯންނާނެކަމުގަޔާ ބަޔާންކޮށް، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ޝެއިހުލްއިސްލާމް އާއީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ފަނޑިޔާރުމަނިކުފާނު ލިޔެފާވާ ފަތެއް. (Size:13.2" X 8") Chief Justices - Al Ghaazee Mohamed Muhibbuddin Añadir al portapapeles
Maldives -- Ba.Hithaadhoo -- Anhenfushi -- Kinolhas -- Order -- Reef -- Thaana Añadir al portapapeles