1229ހ މުހައްރަމް 16(1814މ ޖަނަވަރީ 8)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ނިލަންދެއަތޮޅު (ދ.)ބަނޑިދޫ މީހުންނާއި (ދ.)މީދޫ މީހުން، ނަށް އެއަތޮޅު ޅޮހީގާ ހުރި ރުއްތަކަށް ދައުވާކުރުމުން، އެރުއްތައް އެއީ އެދެރަށުގެ މީހުންގެ އެއްޗެތިކަމުގާ، އިހުފަތުން ސާބިތުވުމުން، އެތަނުގާ އިތުރަށް ހުރި ރުއްގަހާ، ބިމުންފަޅާ އެއްޗެތި އެއީ، އެމީހުންނަށް އޮތްއެއްޗެއް ނޫންކަމާ، ދޮށުންނަށް އޮތްއެއްޗެއްކަމުގާ ނިއާކުރަށްވާ، ލިޔެފާވާ ފަތެއް. Royal decree on ownership of two islands (Size:6.8" X 6.4") Chief Justices - Al Ghaazee Ibrahim Sirajuddin Add to clipboard
1213ހ ރަމްލޯނު 24(1799މ މާޗް 1)ގާ، އަލްގާޒި މޫސާ މުހިޔިއްދީނު ފަނޑިޔާރުގެ މަޖިލީހުގާ، ހުރާ ދޮންމުހައްމަދުގެ ދަރި ހަސަން ކަލޭގެ، ހެންވޭރު ކެނބުއަޅާމަގުގެ އިރުމަތީ އޮތް އޭނާގެ މައިންބަފައިންގެ ގޯތި ބަހާ، އޭނަޔަށް ވީހާތަނާއި، އަޅާފާހުރި ގެޔާއި، އެތާގާވާހާ ރުއްގަހާއި، ގެންގުޅޭ ގެކަންވާރާއި(ހިފާ ގެންގުޅޭ ސާމާނު)، އެގޯތީގާވާ އެންމެހާ ތަކެތިން، އޭނާގެ މިލްކު ކަނޑާ، ވަގުފްކޮށް، އެ ވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރި އާބަކުރު އަށާއި އެބަކުރުގެ މަންމަ ހައްވާބީ އަށާއި، އެ ހައްވާޔަށް ލިބޭ، ހަސަންގެ ހުރިހާ ދަރިންނަށާއި، އެމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. Add to clipboard
1191ހ ޝައްވާލް 16(1777މ ނުވެންބަރު 17)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު ޝެއިހުލްއިސްލާމް އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ހިތާދޫ މީހުން، އެމީހުން ނަށް އޮތް، ވަގުފް ރަށެއްކަމުގާވާ އަންހެންފުށި، ކިނޮޅޮހު ފަޑިޔަތް ތަކުރުފާނު އަތުލައިގަނެގެން އުޅޭކަމުގާ ދައުވާކުރުމުން، އެރަށާ ބެހޭ، ދެއްވަދޫ ރަސްގެފާނުން(ފަނޑިޔާރު ކަމުގާ ހުރިއިރު) ނިޔާކުރަށްވާފާ ވަނިކޮށް އައްސުލްތާނު މުހައްމަދު މުހްޔިއްދީނުގެ ސިއްކަޖަހާ ލިޔެފާވާ ފަތަކުން، އަންހެންފުއްޓާއި މަޑުއްވަރީ އެއީ ހިތާދޫއަށް އޮތް ދެރަށްކަމުގާ ސާބިތުވުމުން، އެ ދެރަށް އެއީ ވަގުފް ސައްހަ ކަމާ، އެފަޑިއަތް ތަކުރަކަށް އެރަށުގެ އެއްވެސް ކަމެއް ނޯންނާނެކަމުގަޔާ ބަޔާންކޮށް، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ޝެއިހުލްއިސްލާމް އާއީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ފަނޑިޔާރުމަނިކުފާނު ލިޔެފާވާ ފަތެއް. (Size:13.2" X 8") Chief Justices - Al Ghaazee Mohamed Muhibbuddin Add to clipboard
1105ހ ޒުލްހައްޖު(1694މ އޯގަސްޓް)ގާ، (ފަތަކު ނަމެއް ނެތް ތާރީހަށް ބަލާފާ)އައްސުލްތާނު މުހައްމަދު(ދެއްވަދޫ ރަސްގެފާނު)ގެ ދަރުބާރުގާ، ފާދިއްޕޮޅު (ޅ.)ލޯކުރެންދޫ(ކުރެންދޫ) މީހުން، އެރަށުގެ މާމިސްކިތް މައްޗަށާއި، އެރަށުގާހުންނަ ޝެއިހު ނަޖީބު ހަބުޝީގެ ޒިޔާރަތް މައްޗަށް، އައްސުލްތާނު މުހައްމަދު(އިމާދުއްދީނު؟) ދެއްވި ފަތް ބައުވެގެން، އިބްރާހީމް އިސްކަންދަރު އާކޮށްދެއްވާފާ އޮތް ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތެއް އާކޮށްދެއްވަން އެދުމުން، ކުރީގެ ފަތުގާވާ މަގަށް، އެފަތް އާކޮށްދިނުމަށް އަމުރުނެރުއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1332ހ ޖުމާދިލްއައްވަލް 14(1914މ އޭޕްރިލް 10)ގާ ކޮށްފާވާ ތާނަ ތަރުޖަމާ، (މީގާ އެމިސްކިތަށާ އަދި އެ ޒިޔާރަތަށް ބޯގަޔަށް ލެއްވި އެއްޗެއް ސާފުކޮށް މާނައެއް ނުކުރެވުނު....) Size; 13.4" X 8" Add to clipboard