1371ހ ޝައުބާން 6(1952މ މޭ 1)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1339ހ ޒުލްގައިދު 6(1921މ ޖުލައި 12)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެދެއްވާފާވާ ފަތަކުން، ސޯޅިއާ އަބްދުއަށް މިލްކެއްކަމުގާ(ނަކަލުގާ 'އަބްދުތުއްތުއަށް މިލްކުވެ'ޖެހިފާވަނީ އޮޅުމަކުން ކަމުގާ ބެލެވޭ) ސާބިތުވެ، 1367ހ ރަޖަބް 27(1948މ ޖޫނު 5)ގާ، އެފަތުގެ އަނެއްފުށުގާވާ ޝަރީޔަތުގެ މަޖިލީހުގެ ލިޔުމަކުން، އެތަން އަބްދުތުއްތުގެ އަނބި މާލޭއަލީ ކަތްދައަށް މިލްކުވެ އޭނާ ނިޔާވުމުން، އެތަނުގެ 4/1، އެތުއްތުއަށް މިލްކުވެފާވާ ކަމުގާ ސާބިތުވެފާވާ، މާފަންނު އަލްފަގީހު ސުލޭމާނުލް މަދީނީގެ ޒިޔާރަތްދޮށުން ހުޅަނގަށް ހިނގާންއޮތް ފިޔާތޮށިމަގާ އިންވެގެން ދެކުނުން އޮތް ޝާރިއުވަރުދީ ގޯތީގެ 4/1؛ އަދި އެތަނާ އިންވެ އިރުން އޮތް، 1339ހ ޒުލްގައިދު 6(1921މ ޖުލައި 12)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެދެއްވާފާވާ ފަތަކުން، ތުއްތުގެ މަންމަ އަބްދު ކަމަނާގެ މިލްކެއްކަން ސާބިތުވެ، އަދި އޭނާ ނިޔާވުމުން އޭނާގެ ދަރި، ސޯޅިޔާ އަބްދުގެ ތުއްތުއަށް މިލްކުވެފާވާ ކަމުގާ، އެފަތުގެ އަނެއްފުށުގާވާ ލިޔުމަކުން ސާބިތުވާ، ގޯއްޗާއި، މިދެތަން(މ.ކުއްޅަވަށްގަސްދޮށުގެ) ދައުލަތައް ނަންގަވާ، މާފަންނު ކާނޭޝަން މަގާ އިންވެ ދެކުނުން ނޫބަހާރުގެއާ އިންވެ އިރުން އޮތް ބަންޑާރަ ގޯއްޗާ ބަދަލުކޮށް، ލާޖައްސާ، އަކަމިނުން އުނިވެފާވާ ބަޔަށް ދައުލަތުން އަގުދައްކަވާ، އެތަން(މ.ޏަމްޏަމްގެ) އަބްދު ތުއްތުއަށް މިލްކުވީ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި 1371ހ ޒުލްހައްޖު 3(1952މ އޯގަސްޓް 24)ގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން، ސޯޅީޔާ އަބްދުގެ ތުއްތުގެ ޝަރީއީ ވާރުތަވެރިޔެއް ނެތުމުން، އޭނާގެ ވަސީޔަތާ އެއްގޮތަށް، އެގޯތި، ކޮލަމާފުށީ ދޮންބެގެ ހުސެއިންއަށް މިލްކުވީކަމުގާ، ލިޔެފާވާ ލިޔުމެއްގެ، މިކަރުދާހުގެ 3ވަނަ ސަފްހާގާވާ، ނަކަލެއް. A copy of the report originally written on 1 may 1952 regarding the ownership of the land Maafannu Yamyamge (Size: 10.01" X 7.5") K.Male' - Ma.Yamyamge (Housing Plot) - Private Property- Housing plot (government)
Sans titreFixity Hash SHA256: 1e757f465247f02451841203eadf29dd89ba6c190947f7defaf53832d2543132
1 Description archivistique résultats pour Fixity Hash SHA256: 1e757f465247f02451841203eadf29dd89ba6c190947f7defaf53832d2543132
1 résultats directement liés
Exclure les termes spécifiques
MV NAM MV NAM 012-F5-24
·
Pièce
·
1952
Fait partie de Manuscript