MV NAM MV NAM 012-F0-3
·
Item
·
1887
Parte de Manuscript
1304ހ ރަޖަބް 22(1887މ އޭޕްރިލް 16)ގާ؛ އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގާ، ފަނޑިޔާރު އައްޝައިހުލް އަލީ އަށްނަސްކީ އަލްގާހިރިއްޔާގެ ޝަރީއަތު މަޖިލީހުގާ، މަލިންގޭ ހަސަންދީދީ، ވާދޫ ދަންޑެހެލުގެ، ވަގުފް ގޯތި، ވެޔޮދޮށު ގޯތިން ވަށްބެރުގޭ އެންމެންނަށް ވީބަޔާއި، ހައްދުންމަތީ ހަސަން މަނިކުގެ ދަރިއަށްވީ ބަޔާއި، ހުރާ އިސްމާއީލްފުޅުގެ ދަރިންނަށް ވީބަޔާއި، އައްޔަފުޅު ދޮންކޮއްކޮގެ ދަރިޔަށް ވީބަޔާއި؛ މިހުރިހާތަނެއް، އޭނާ -/111 ރުފިޔާއަށް ގަނެ، އެތަނުގެ ހަވާލުވެރިކަން އޭނައަށް ލިބިއްޖެކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ފަނޑިޔާރު، ލިޔެފާވާ ފަތެއް. Size: 10.2" X 5.8 " K.Male' - Part of H.Veyodhoshu goathi (housing plot) - Deed for housing plot
Sem título