Fixity Hash SHA256: 31366e1dbf7aff0b88f635713bf6ba20a596c40089984b164cb1e3b568cb8e95

Elements area

Taxonomie

Code

Bereik aantekeningen

    ron aantekeningen

      Toon aantekening(en)

        Hiërarchische termen

        Fixity Hash SHA256: 31366e1dbf7aff0b88f635713bf6ba20a596c40089984b164cb1e3b568cb8e95

          Gelijksoortige termen

          Fixity Hash SHA256: 31366e1dbf7aff0b88f635713bf6ba20a596c40089984b164cb1e3b568cb8e95

            Verwante termen

            Fixity Hash SHA256: 31366e1dbf7aff0b88f635713bf6ba20a596c40089984b164cb1e3b568cb8e95

              1 Archivistische beschrijving results for Fixity Hash SHA256: 31366e1dbf7aff0b88f635713bf6ba20a596c40089984b164cb1e3b568cb8e95

              1 results directly related Exclude narrower terms
              MV NAM MV NAM 012-F0-86 · Stuk · 1922
              Part of Manuscript

              1341ހ ރަބީލްއައްވަލް 2(1922މ އޮކްޓޯބަރު 23)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ޝަމްސުއްދީނު 3، މާލޭ ގަލޮޅު ހަދީބީކަމާނާގެ މިސްކިތް، ބާވެ ހަލާކުވަމުންދާތީ، ހަމަ އެރަދުން، 1335ހ ސަފަރު 6(1916މ ޑިސެންބަރު 2)އެމިސްކިތުގެ، 910ހ(1504މ)ގާ، ޅައިމަގު ރަންނަބަނޑޭރިކަލޯގެ ދަރި ހަދި(ހަނދި) މާބަނޑޭރިކަލޯ އާއި ހަދި އައިސާ ކަނބުލޯއާއި، މި ދެމަފިރިންނަށް، އެ މިސްކިތް ވަގުފްކޮށް ލިޔެފާވާ ފަތެއް ބާވެގެން، 1173ހ(1760މ)ގާ، މަލަބާރިން، އައްސުލްތާނު އަލްމުކައްރަމް މުހައްމަދު އިމާދުއްދީނު އިސްކަންދަރު އަތުލައިގަނެގެން ދިޔުމުން، އެރަދުންގެ އަންހެން ދަރިކަނބަލުން، ކަނބާ އައިމިނަ ރަނިކިލެގެފާނު ތަހުތުގާ އިންނެވި ދުވަސްކޮޅު، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ލިޔެދެއްވާފާވާ ފަތެއް ގެންނަވާ ބެއްލެވިއިރު، އެމިސްކިތަށް ބޯގަޔަށް ހުރި އެއްޗިއްސާއި، އަދި ތައުލިއްޔާވެރިކަމުގެ ނާޒިރުންގެ(ހަވާލުވެރިކަން) ދަރިފަސްކޮޅުވެސް، ރަނގަޅަށް އޮޅުންނުފިލުމާއި، އަދި މިސްކިތުގެ ކަންކަންވެސް ޒަމާނުއްސުރެ ނުކުރެވިހުރުމާއި އެކު، އެކަން ބެއްލެވުމަށްޓަކާ، ހަވާލުވެރިންގެ އާއިލާގެ ތިބި މީހުން، މަޖިލީހަށް ހާޒިރުކޮށް، ވާހަކަދަށްކާ އޮޅުންފިލުވުމުން، އެމިސްކިތުގެ ބޯގަޔަށް ހުރީ: މާލެއިން، އެ މިސްކިތް ހުރި ގޯއްޗާއި، ގަލޮޅު މައިޒާންދޮށު ހިންނައާ، މިސްކިތުގެ އިރުންއޮތް މަގުގެ އިރުން އޮތް ހިންނަ އާ، ހެންވޭރު ބޮޑުވެޔޮ ހިންނަގެ ދެކުނު އިރުމަތީ ކަނުގާ އޮތް ހިންނައާ، މާފަންނު އަނދިރިއަނދިރި މަގުގެ ވައަތްފަރާތުގަޔާ ކަނާތްފަރާތުގާ އޮތް ދެ ހިންނައާ، މައްޗަންގޯޅި ދަނބުފަލު ހިންނަ އާ، މައްޗަންގޯޅި މައިޒާންދޮށު ހިންނައާ، މިލަދުންމަޑުލު ށ.މާއުނގޫދޫ ގޮއިއާ، ނ.ވަވަތި އާ، މާޅޮސްމަޑުލު ރ.ހުޅުދުއްފާރުގެ 248ބަމައިގެ ތުނޑިއާ، ކ.ކާށިދޫ، ތުއްކަނބާފާނު ރުކުތެރެ ހިންނަ އަދި މެތޮށަލި ހިންނަ އާ، ފެލިދިއަތޮޅު ވ.އަންބަރަ އާ، ބޮޑުފުށިއާ، މ.މުލަކު ރަސްގެ ހިންނައާ، ކޮޅުމަޑުލުން ފެންމީރުފުށިއާ، ކޮޅުމަޑުލު ކަޅުދޭފުށިއާ، ކަނޑޫދޫ ބޮޑު ހިންނަ އާއި މެދު ހިންނަ އާއި، ވޭމަންޑޫ ހިންނަ އާއި: މިންތަންތަން ކަމަށް ނިންމަވާ، 1339ހ ޖުމާދިލްއައްވަލް 11(1921މ ޖަނަވަރީ 21)ގާ، ބަންޑާރައިން، އެމިސްކިތް އަލުން އިމާރާތްކޮށް ނިންމަވާ، މަތީގާއެވާ، އެމިސްކިތުގެ ބޯގަޔަށްވީ ތަންތަނުން، ހުޅުދުއްފާރު ތުނޑިއާއި، އަންބަރާއި، ބޮޑުފުށްޓާއި، ފެންމީރުފުށްޓާއި، ކަޅުދޭފުއްޓާއި، މިފަސް ތަން ފުރަބަނޑާރަޔަށް ނަގާ، ދެން ހުރި ހުރިހާ ބޯގަޔަކީ، އެމިސްކިތު ބޯގަ ކަމަށް ލަށްވާ، މާލެ ހުކުރުމިސްކިތުގެ، އަށް ދޮށުންނާއި އެމިސްކިތް ހަވާލު ކުރެއްވި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަ މާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާއަޅާގެ ދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު ލިޔެފާވާ ފަތެއް. Size; 26.6" X 17" K.Male' - G. Hadheebee Kamanaa Miskiiy (Mosque) - Endowment for Mosque

              Zonder titel