1380ހ މުހައްރަމް 28(1960މ ޖުލައި 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ޗާންދަނީމަގާއި އިންވެ ހުޅަގުން ކުދިރަތްމާގޯޅި އާއި އިންވެ ދެކުނުން ދެވިނަމަގެއާއި އިންވެ އުތުރުން އޮތް ގޯއްޗަކީ، ބަނޑޭރި ތަކުރުފާނުގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި ހިތިލާގޭ އިބްރާހީމް ދީދީ އަށް މިލްކުވެފާވާ ގޯއްޗެއްކަމުގާ، 1362ހ ޒުލްހައްޖު 14(1943މ ޑިސެންބަރު 12)ގާ، ދާހިލިއްޔާއިން ލިޔެދީފާވާ ފަތަކުން ސާބިތުވެ، 1379ހ ސަފަރު 18(1959މ އޯގަސްޓް 23)ގާ، އައްޝެއިހު މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތުގެ މަޖިލީހުން އެފަތުގެ ނުފުށުގާވާ ލިޔުމަކުން، މއ.ހިތިލާގެ ކިޔާ ގޯއްޗާއި އެގޯތީގާވާ ގެ، ހިތިލާގޭ އިބްރާހީމް ދީދީ، އޭނާގެ ދަރި އައިމިނަތު ދީދީއަށް ހިބައިން ދީ، އޭނާއަށް މިލްކުވެފާވާ ކަން ސާބިތުވެ، އަދި އޭގެ ފަހުން، އޭނާ، ހަމައެކަނި، އެގޯތި، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނުއަށް ހިބައިން ދިންކަމުގާ، އއަލްފާލިލް ލާމީގޭ ސީދީ އާއި އުނގޫފާރު މޫސާފުޅު އާއި ދެމީހުންގެ ހެކިބަހުންނާ، އަދި އައިމިނަތު ދީދީ އާއި އިބްރާހީމް ކަލޭފާނުގެ އިއުތިރާފުން ސާބިތުވުމުން؛ މއ. ހިތިލާގެ އެއީ، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދިއްދޫ އިބްރާހީމް ކަލޭފާނުގެ މިލްކެއް ކަމުގަ ބަޔާންކޮށް، ގޯތީގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ނަކަލުގާ 'ނޯޓް'އެއްގެ ގޮތުގާ: އެގޯތީގެ އަސްލު މިނަށް ވުރެ، 47.75އަކަފޫޓު ބޮޑުވާނެކަމާއި، އެހެން ވެފާއެވަނީ ގޯތީގެ ތިންފަރާތުގާ މަގު އޮވެފާ، ގޯތީގެ މެދު ފުޅަފުގެ ފާރުވެސް 2/1ވުރެ ބޮޑަށް ރޭނިފާވާތީވެ، އެޔަށްވުރެ ކުޑަކުރެވެން ނެތިގެން ކަމުގާ، ލިޔެފާވެއެ. A copy of the report originally written on 23 July 1960 regarding the owernship of the land Machchangoalhi Hithilaage (Size: 10" X 7.35) K.Male' - Ma.Hithilaage (Housing Plot) - Private Property
Republic of the MaldivesFixity Hash SHA256: 5e0e42e9459472b4811fd6269074ff6ed07b65c06958316b861659653d8ccb25
1 Archival description results for Fixity Hash SHA256: 5e0e42e9459472b4811fd6269074ff6ed07b65c06958316b861659653d8ccb25
1 results directly related
Exclude narrower terms
MV NAM MV NAM 012-F5-21
·
Item
·
1960
Part of Manuscript