1962ހ މާރޗް 4(1381ހ ރަމްލޯނު 27)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެމަހްކަމާއަށް ހުށަހެޅި މުދަލުގެ މައްސަލައެއް ބެލުމުގާ، ނައިބުތުއްތުގެ ކަޅުތުއްތު، އޭނާގެ ދަރި އައިސާމަނިކެ 1381ހ ޝައުބާން 21(1962މ ޖަނަވަރީ 28)ގާ ނިޔާވެއްޖެ ކަމުގަޔާ އަދި އޭނާގެ ފިރިއެއް ދަރިއެއް ނެތް ކަމާއި، ހުރި ވަރިސަކީ، ހަމައެކަނި އޭނާ ކަމުގާ ބުނެ، ފަށަވާޅު ކުޑަދޮންތުއްތު، އެ އައިސާ މަނިކެއަށް ދީ އޭނާއަށް މިލްކުވެފާވާ، މ.ފިޔާތޮށިގެ، ކަޅުތުއްތު އަށް ލެއްވުމަށް އޭނާ އެދުމުން، އައިސާ މަނިކެގެ މަރު ސާބިތުކޮށް، އެގޯތި އިހު ފަތުންނާއި، ޝަރީޔާއިން ލިއެފާވާ ލިއުމަކުން، 1366ހ ރަބީލްއައްވަލް 21(1947މ ފެބްރުވަރީ 13)ގާ ކުޑަދޮންތުއްތުގެ، އެގޯއްޗާ އެތާގާވީ ގެއާއި، އަދި އޭނާގެ ހުރިއްޔާ ހުރި މުދަލެއް، އެ އައިސާ މަނިކެއަށް ދީފާވާކަން ސާބިތުވެ، އަދި އުއްސަކުރު ހާޖީ އާއި ކަރުކެހޭ ހުސެއިންފުޅުގެ ހެކިބަހުން، އެކަޅުތުއްތު ނޫން، އޭނާގެ އެހެން ވާރިސެއް ނެތްކަމުގާ ސާބިތުވުމުން؛ މ.ފިޔާތޮށިގެ ކިޔާ ގޯއްޗާ، އެތާގާވާ ގެއާ، އަދި އެ އައިސާ މަނިކެގެ ހުރިހާ މުދަލެއް އެ ނައިބުތުއްތުގެ ކަޅުތުއްތުއަށް މިލްކުވެއްޖެ ކަމުގާ ނިޔާކުރަށްވާ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.Real estate document for Maafannu Fiyaathoshige- written in Thaana- stating ownership of the land (Size: 8.8" X 6.65")
Sans titreFixity Hash SHA256: 8e3855a64f705abc697a37530245b9d06c053b9198ffc7668bb75a01ba45f926
1 Description archivistique résultats pour Fixity Hash SHA256: 8e3855a64f705abc697a37530245b9d06c053b9198ffc7668bb75a01ba45f926
1 résultats directement liés
Exclure les termes spécifiques
ކ - މާލެ - މ.ފިޔާތޮށިގެ – އަމިއްލަ ގޯތި ފަތެއް / K - Male' - M.Fiyaathoshigei - Amilla Goathi Fatheh
MV NAM MV NAM 012-F7-27
·
Pièce
·
1962
Fait partie de Manuscript