1306ހ ރަބީލްއައްވަލް 23(1888މ ނޮވެންބަރު 27)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ އަލީ ކަލޭފާނުއާ ދޭވާނީ ކުޑަ ހަސަން ތަކުރުފާނު އައިސް، މައްޗަންގޯޅި ފައިތިލަކޮށި ހުޅަގުންއޮތް މަގާ އިންވެ ހުޅަނގުން އޮތް ވަލުފަތްލިޔާގެ ކިޔާ ގޯތިން، އޭނާޔަށްވީ ތަން، ދޭވާނީ ހަސަން ތަކުރުފާނުށް ވިއްކާ އެ ވިޔަފާރި ހަލާސްވީ ކަމުގާ، އަލީ ކަލޭފާނު ބުނެ، އަދި، އެގޯތިން ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނު އަށާ، ބޮޑުދޮންކޮއްކޮގެ ދޮންމޫސާފުޅުއަށްވީ ތަނާ، އެ ދެތަންވެސް، އޭނާ ގަނެ، ފަތްލިޔެފާވާ ކަމުގާ އެތަކުރުފާނު ބުނެ، އެތިންބައި އެއްކޮށް އިމާއި މިން ހިމަނާ އާ ފަތެއް ލިޔެދެއްވުމަށް، އޭނާ އެދުމުން؛ އެކަން ބަށްލަވާ، އެކަން ސާބިތުވުމުން، މުޅި އެގޯތި އެއީ، އޭނާގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. 1381ހ މުހައްރަމް 21(1961މ ޖުލައި 5)ގާ(ލިޔެފާވަނީ ކޮން ތާކުންކަމެއް ބަޔާވެފަކާ ނެތް)؛ އެފަތް މަހްކަމަތުލް ޝަރީޔާއަށް ގެންގޮސްފާވަނީ، ހަސަން ތަކުރުފާނުގެ ދަރި އާދަމްފުޅުގެ ނަމަށް، އެގޯތި، ބަދަލުކުރުމަށް އެދުމުން، އެކަން ބެއްލެވުމަށްޓަކާ ކަމުގަޔާ، އަދި އެނަމަށް ބަދަލުކުރަން އެދި އެ މަހަކަމާއިން ފޮނުވީ، 61/2032ގެ ސިޓީންކަމުގާ، ލިޔެފާވާ ލިޔުމެއް. A copy of the renewal of the property ownership document after the purchase of the land. (Size: 10" X 7.35) Chief Justices - Al Ghaazee Ismail Bahaauddin K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Private Property
Republic of the MaldivesFixity Hash SHA256: fb8be8741489367fb3be9a7d7bbf77bf9afe00c5f9c7c55987a33396b2d118f1
1 Archival description results for Fixity Hash SHA256: fb8be8741489367fb3be9a7d7bbf77bf9afe00c5f9c7c55987a33396b2d118f1
1 results directly related
Exclude narrower terms
MV NAM MV NAM 012-F5-19
·
Item
·
1888
Part of Manuscript