Affichage de 227 résultats

Description archivistique
227 résultats avec objets numériques Afficher les résultats avec des objets numériques
MV NAM MV NAM 012-F0-81 · Pièce · -
Fait partie de Manuscript

(ތާރީހެއް އިނގޭކަށް ނެތް) 'އައްސުލްތާނު އިބްރާހީމް އިސްކަންދަރު'، މިހެން، 2ވަނަ ފޮޅުވަތުގާ، އަރަބިން ޖހާފާވާ، ދިވެސްއަކުރުފަތެއް. މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ގަމުމިސްކިތު ބޯގަ' މިހެން ޖަހާފާވޭ. Size: 14.6" X 11.5" L.Gan - Endowment for Shrine (ziyaaraiy)

Sans titre
MV NAM MV NAM 012-F0-105T · Pièce · 1608
Fait partie de Manuscript

މިއީ (F0-84)އެކޭ އެކަށްޗެކެ. F0-105ގެ 1381ހ ޒުލްގައިދު 6(1962މ އޭޕްރިލް 11)ގާ ފޮރި ހަސަން ދީދީ، ކޮށްފާވާ، ތާނަ ތަރުޖަމާއެއް. އެކަމަކު މިތަރުޖަމާގާ ފަތުގެ ތާރީހް:1017ހ ޝައްވާލް 22(1609މ ޖަނަވަރީ 28) އާއި F0-84ގާ އޮތް ތާރީހު: 1017ހ ޝައްވާލް 28(1609މ ފެބްރުވަރީ 3)ކާއި، 6ދުވަހުގެ ތަފާތެއް އެބައޮތެ. އަދި F0-84 ތަރުޖަމާކޮށްފާވާ ތާރީހެއް ނެތެ. Size: 11" X 8.55" A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)

Sans titre
MV NAM MV NAM 012-F1-21B · Pièce · 1955
Fait partie de Manuscript

1955މ ޑިސެންބަރު 17(1375ހ ޖުމާދިލްއައްވަލް 2)ގާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ 9 ޕެންސްގެ ޕޯސްޓު ކޫޕަނެއް. Size: 3.9" X 4.1" United Kingdom - letter (Foriegn)

Sans titre
MV NAM MV NAM 012-F0-138 · Pièce · -
Fait partie de Manuscript

(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'ހެންވޭރު ބޮޑުކާށިމިސްކިތުގެ ވަގުފް ފަތް' މިހެން ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size: 31.5" X 11.6" K.Male' - Bodukaashi Miskiiy (Mosque)

Sans titre
MV NAM MV NAM 012-F0-149 · Pièce · -
Fait partie de Manuscript

މިއީ، F0-104،ދިވެސްއަކުރު ފަތުގެ ތަރުޖަމާ ފަތެއް.. ތަރުޖަމާކުރި ތާރީހެއް، ފަރާތެއް ބަޔާންވެފަކާނެތް... F0-104Tއަކީ، ފަހުގެ ތަރުޖަމާއެއް. Size: 8.15" X 5.3" F.Nilandhoo - Nilandhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sans titre
MV NAM MV NAM 012-F1-60 · Pièce · 1958
Fait partie de Manuscript

1958މ މާޗް 12(1377ހ ޝައުބާން 21)ގާ، ރާއްޖެ އައިސްފާވާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ، ޖަރުމަނުވިލާތުގެ 50ފެނިންގްގެ ޕޯސްޓަލް ކޫޕަނެއް. Coupon stating that a member of Universal Postal Union can exchange it for a stamp (Size: 2.95" X 4.1") Germany - Coupon (foriegn)

Sans titre
MV NAM MV NAM 012-F1-64 · Pièce · -
Fait partie de Manuscript

(ތާރީހެއް ނެތް) މިސިޒް ރޫބީ ކެލްޓަން ކިޔާ އެމެރިކާ މީހަކު، ޖޯރޖް ސްމޯކާރ ނަމަކަށް ކިޔާ މީހަކު ލިޔެފާވާ ދީނީ(އީސާއީ)ލިޔުންކޮޅެއް. Size: 5.25" X 6.05" America - Writing (foriegn)

Sans titre
MV NAM MV NAM 012-F3-10 · Pièce · 1923
Fait partie de Manuscript

1342ހ ޖުމާދިލްއައްވަލް 14(1923މ ޑިސެންބަރު 22)ގާ، އައްނައިބު ހުސެން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތުގެ މަޖިލީހުގާ، އަލްއަމީރު އަލްހާއްޖަ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ދަރި އަތިރީގޭ އަބްދުލް މަޖީދު ދީދީ، ގަލޮޅު ރަށްދެބައިމަގުގެ އިރުން އޮތްމަގާ އިންވެގެން އޮތް މަރަދޫ ހަތީބުމަނިކުގެ ގޯތީގެ ވާރުތަވެރީންގެ ތެރެއިން، އެއްބައި މީހުންނަށް ވީތަން، ބައްލަވައިގަނެ، އަނެއްބައި މީހުންގެ ތަން، އޭނާއަށް ހިބައިން ދީފާވާތީ، މިގޯތި އޭނާ މިލްކުވީކަމުގެ ފަތެއް ލިޔެދެއްވުމަށް އެދުމުން، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، މިގޯތި، މަރަދޫ ހަތީބު މަނިކަށް މިލްކުވެއްޖެކަމަށް ލިޔެދެއްވާފައިވާ ފަތް ބައްލަވާ، މިގޯތީވެރިންގެ ތެރެއިން، ސައްޔިދު ފާމުލަދޭރިކިލެގެފާނު އާއި، ސައްޔިދު ހަސަން މެދުސީދީއަށް ވީތަން، އައްސުލްތާނު އިބްރާހީމް ނޫރައްދީނުއަށް ވެދުމަށް އެރުވުމުން، މިރަދުންގެ ވާރުތައިން، މިގޯތި އަބްދުލް މަޖީދު ދީދީއަށް ހިބައިން ދެއްވާ، އަދި، މިގޯތިން ވެލިދޫގޭ ސިއްތިއަށް ވީތަނާއި އެހެން ބެހެނިވެރީނަށް ވީތަންވެސް، އަބްދުލް މަޖީދު ބައްލަވައިގަނެ، އޭނާއަށް މުޅި މިގޯތި މިލްކުވީކަމަގާ ސާބިތުވުމުން، މުޅިއެގޯތީ އެއީ އޭނާގެ މަލްކެއްކަމުގަ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - G.Maradhoo Khatheebu Maniku Goathi (Housing Plot) - Private Property

Sans titre