1378ހ ރަބީލްއައްވަލް 27(1958މ އޮކްޓޯބަރު 11)ގާ، ވުޒާރަތުލް އައުގާފުއިން؛ 1347ހ ސަފަރު 29(1928މ އޯގަސްޓް 16)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ، މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫގެ މިސްކިތަށް، އެރަށު ފާލަށްބައިން ބަންޑާރައަށް ވީބައިގެ 2/،1 ބޯގަޔަށް ދެށްވާ، އެބޯގައިގެ ހަވާލުވެރިކަން އެރަށުގެ ރައްޔިތުންނަށް ލަށްވާ، އަދި އެހަވާލުވެރިކަން އޮންނާނީ، އެއިރަކު ފުރަމާލެ ތަހުތުގާ އިންނެވި ރަސްކަލެއް އިސްކުރެއްވި މީހެއްގެ މައްޗަށް ކަމުގާ، އެރަދުންގެ ސިއްކަ ޖަހާ، މާލެ ޔޫސުފްގެ ދަރި އަލީ ލިއުނުފަތް، އާކޮށްދިނުމަށް އެދި، އެރަށު ރައްޔިތުން އެ ވުޒާރާއަށް ގެނައުމުން، މަހްކަމަތުލް ޝަރީޔާގެ ނިންމުމަށް، އެ އިހުފަތުގާވާ މަގަށް ލިޔެފާވާ ފަތެއް. Size: 15" X 10" B.Kamadhoo - Kamadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1339ހ މުހައްރަމް 17(1920މ ސެޕްޓެންބަރު 30)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ހުކުރު މިސްކިތް އަދި ކުޑަ މިސްކިތް، އެރަދުންގެ އަމުރުފުޅަށް، ހަދާ، އާކޮށްފިކަމުގަ ބުނެ، އެދެތަން ބެލެހެއްޓޭނެ ފަދައެއް ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އެދެތަނުގެ އިހުފަތް ބަށްލަވާ، 1266ހ(1850މ)ގާ، އޭރުގެ ރަދުންގެ، އަލްގާޒީ މުހިއްބުއްދީނުގެ ޝަރީއަތު މަޖިލީހުން، އެރަށުގެ ގޮއެފާލަށްބައަށް، އެދެމިސްކިތުގެ ހަވާލުވެރިން އަރާރުންވާތީވެ، އެތަން ބަންޑާރަޔަށް ލަށްވާފާވާކަން ސާބިތުވެ، އަދި، 1197ހ(1783މ)ގާ، މުހައްމަދު މުހިއްބުއްދީނުގެ ލިޔެފާވާ ފަތުން، އަލްވަޒީރު ހަސަން ދަހަރާދަ، އެކުޑަމިސްކިތް މައްޗަށް، ނ.ރާފުށި ވަގުފްކޮށްފާވާ ކަމުގާ ސާބިތުވެ، ހުކުރު މިސްކިތު ބޯގައަށް، ނައިފަރު ގޮއިފާލަށްބަ ލަށްވާ، އަދި ކުޑަ މިސްކިތަށް ވަގުފްވެ އޮތް ނ.ރާފުށި، އެގޮތަށް ބޭއްވުމަށާ، އެދެތަނުގެ ހަވާލުވެރިން އެނގި ނެތުމުން، ވަގުތީގޮތުން، ނައިފަރު ރައްޔިތުންގެ މައްޗަށް އެކަން ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މޫސާ ދީދީގެ އަބްދުއްލޯ ދީދީ(އަބްދުއްލާ ކަމާލުއްދީނު)، ލިޔެދީފާވާ ފަތުގެ ނަކަލެއް. Size: 8.8" X 5.5" Lh.Naifaru - Hukuru Miskiiy (Mosque)- Kuda Miskiiy (Mosque) - Endowment for Shrine (ziyaaraiy)- Endowment for Mosque
Republic of the Maldives1342ހ މުހައްރަމް 29(1923މ ސެޕްޓެންބަރު 11)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ދެކުނުކޮޅުގާ ހުރި އާމިސްކިތް ބާވެ ހަލާކުވެފާވާ ކަމުގާ ބުނެ، އެމިސްކިތް އާކުރުމުގެ ހުއްދަޔަށް އެދުމުން؛ އެކަމަށް އިޒްނަދެއްވާ، އަދި އެރަށުގާ އިހު ހުރި ދެ މިސްކިތުގެ ބޯގައިން، އެ މިސްކިތުގެ 'ކުނަލަވެރިކަމުގެ ނާޒިރުކަން' އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގާ އަމުރުނެރެއްވުމުން، އެރަދުންގެ ސިއްކަޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު، ލިއެފާވާ ފަތުގެ ނަކަލެއް.Document approving the renovation of the old mosque at the request of the people of Naifaru and the allocation of assets (Size: 8.8" X 5.5") Lh.Naifaru - Aa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1327ހ ރަބީލްއާހިރު 22(1909މ މޭ 13)ގާ،(އެކަމަކު މައިގަނޑުގާ ލިޔެފާވަނީ، 1325ހ ސަފަރު 28(1907މ އޭޕްރިލް 12)ގާ ކަމުގާ) އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 5ވަނަ އަހަރު، އެރަދުން، މާލޭގެ (މއ.)މާންދޫގޭ ދެކުނުން، ކޮލިހިނގާމަގާ(މަޖީދީމަގު)އިންވެގެން ހުރި، ކަލާފާނު މިސްކިތް ބާވެ ވީރާނާވެފާވާތީ، އެމިސްކިތް އާކުރެވޭނެ ގޮތެއް ބެއްލެވުމުގާ، އެ މިސްކިތުގެ ހަވާލުވެރިން، އެކަން ކުރެވެންނެތް ކަމުގަ ބުނުމުން، އެ ރަދުން އެ މިސްކިތް އާކުރަށްވާ، އިހުއްސުރެ އެމިސްކިތުގެ ބޯގަކަމުގާ ލަށްވާފާވާ ކަމުގާ އެނގެންހުރި، ހުވަދޫއަތޮޅު(ގދ.) ހަވައްޑޭ(ހަވޮށްޑާ)އޭ ކިޔާ ރަށު ގޮއިފާލަށްބައާއި، ހައްދުންމަތީ(ލ.) އިސްދޫ، އިސްދޫގަޑު ކިޔާ ތަނުގާ އޮތް، ވަށަމިނުގާ 260ބަމަ ހުރި، އަންހެނުން ބޮނބިތަޅާ ރުއްގަނޑޭ ކިޔާ ހިންނައާއި، އިސްދޫގާ، ކަލައިދޫއޭ ކިޔާ ތާގާ އޮތް، ވަށަމިނުގާ 158ބަމަ ހުރި، ސަންބަޔާޕަ ކިޔާ ހިންނަޔާ، ވަށަމިނުގާ 246ބަމަ ހުރި، ކުކުޅުދޫ ކިއާ ހިންނައާއި، މާލޭ، ފަނޑިޔާރުގެ އޮތް ހިންނައިގެ، ވަށަމިނުގާ 175ބަމަ ހުރި، ރުއްގަހު ފާލަށްބައާއި، އަތިރީފަނޑިޔާރުގެ އޮތް ހިންނައިގެ، ވަށަމިނުގާ 143ބަމަ ހުރި، ރުއްގަހު ފާލައްބައާއި، ދޮށިމޭނާ ގަނޑުވަރު ކިޔާ ތަނުގާ އޮތް، ވަށަމިނުގާ 94ބަމަ ހުރި، ރުއްގަހު ފާލައްބައާއި، ކަލާފާނު މިސްކިތުގާ އޮތް، ވަށަމިނުގާ 202ބަމަ ހުރި، ރުއްގަހު ފާލައްބަ، އެއީ އެމިސްކިތުގެ އާ ބޯގަ ކަމުގާ ނިންމަވާ، އެމިސްކިތުގެ ހަވާލުވެރިކަން، މާލޭ ހުކުރު މިސްކިތުގެ 8 ދޮށުންނަށް ލަށްވާ، އަދި އެ މިސްކިތް މަރާމާތު ކޮށްފި ކޮންމެ މުސްލިމަކަށް ހެވާ ދަރުމަ ލިބޭނެކަމާ، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން(ސަލާހުއްދީނު) ލިޔެފާވާ ފަތެއް. Size: 18.9" X 12" K.Male' - Kalaafaanu Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1341ހ ރަބީލްއައްވަލް 2(1922މ އޮކްޓޯބަރު 23)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ޝަމްސުއްދީނު 3، މާލޭ ގަލޮޅު ހަދީބީކަމާނާގެ މިސްކިތް، ބާވެ ހަލާކުވަމުންދާތީ، ހަމަ އެރަދުން، 1335ހ ސަފަރު 6(1916މ ޑިސެންބަރު 2)އެމިސްކިތުގެ، 910ހ(1504މ)ގާ، ޅައިމަގު ރަންނަބަނޑޭރިކަލޯގެ ދަރި ހަދި(ހަނދި) މާބަނޑޭރިކަލޯ އާއި ހަދި އައިސާ ކަނބުލޯއާއި، މި ދެމަފިރިންނަށް، އެ މިސްކިތް ވަގުފްކޮށް ލިޔެފާވާ ފަތެއް ބާވެގެން، 1173ހ(1760މ)ގާ، މަލަބާރިން، އައްސުލްތާނު އަލްމުކައްރަމް މުހައްމަދު އިމާދުއްދީނު އިސްކަންދަރު އަތުލައިގަނެގެން ދިޔުމުން، އެރަދުންގެ އަންހެން ދަރިކަނބަލުން، ކަނބާ އައިމިނަ ރަނިކިލެގެފާނު ތަހުތުގާ އިންނެވި ދުވަސްކޮޅު، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ލިޔެދެއްވާފާވާ ފަތެއް ގެންނަވާ ބެއްލެވިއިރު، އެމިސްކިތަށް ބޯގަޔަށް ހުރި އެއްޗިއްސާއި، އަދި ތައުލިއްޔާވެރިކަމުގެ ނާޒިރުންގެ(ހަވާލުވެރިކަން) ދަރިފަސްކޮޅުވެސް، ރަނގަޅަށް އޮޅުންނުފިލުމާއި، އަދި މިސްކިތުގެ ކަންކަންވެސް ޒަމާނުއްސުރެ ނުކުރެވިހުރުމާއި އެކު، އެކަން ބެއްލެވުމަށްޓަކާ، ހަވާލުވެރިންގެ އާއިލާގެ ތިބި މީހުން، މަޖިލީހަށް ހާޒިރުކޮށް، ވާހަކަދަށްކާ އޮޅުންފިލުވުމުން، އެމިސްކިތުގެ ބޯގަޔަށް ހުރީ: މާލެއިން، އެ މިސްކިތް ހުރި ގޯއްޗާއި، ގަލޮޅު މައިޒާންދޮށު ހިންނައާ، މިސްކިތުގެ އިރުންއޮތް މަގުގެ އިރުން އޮތް ހިންނަ އާ، ހެންވޭރު ބޮޑުވެޔޮ ހިންނަގެ ދެކުނު އިރުމަތީ ކަނުގާ އޮތް ހިންނައާ، މާފަންނު އަނދިރިއަނދިރި މަގުގެ ވައަތްފަރާތުގަޔާ ކަނާތްފަރާތުގާ އޮތް ދެ ހިންނައާ، މައްޗަންގޯޅި ދަނބުފަލު ހިންނަ އާ، މައްޗަންގޯޅި މައިޒާންދޮށު ހިންނައާ، މިލަދުންމަޑުލު ށ.މާއުނގޫދޫ ގޮއިއާ، ނ.ވަވަތި އާ، މާޅޮސްމަޑުލު ރ.ހުޅުދުއްފާރުގެ 248ބަމައިގެ ތުނޑިއާ، ކ.ކާށިދޫ، ތުއްކަނބާފާނު ރުކުތެރެ ހިންނަ އަދި މެތޮށަލި ހިންނަ އާ، ފެލިދިއަތޮޅު ވ.އަންބަރަ އާ، ބޮޑުފުށިއާ، މ.މުލަކު ރަސްގެ ހިންނައާ، ކޮޅުމަޑުލުން ފެންމީރުފުށިއާ، ކޮޅުމަޑުލު ކަޅުދޭފުށިއާ، ކަނޑޫދޫ ބޮޑު ހިންނަ އާއި މެދު ހިންނަ އާއި، ވޭމަންޑޫ ހިންނަ އާއި: މިންތަންތަން ކަމަށް ނިންމަވާ، 1339ހ ޖުމާދިލްއައްވަލް 11(1921މ ޖަނަވަރީ 21)ގާ، ބަންޑާރައިން، އެމިސްކިތް އަލުން އިމާރާތްކޮށް ނިންމަވާ، މަތީގާއެވާ، އެމިސްކިތުގެ ބޯގަޔަށްވީ ތަންތަނުން، ހުޅުދުއްފާރު ތުނޑިއާއި، އަންބަރާއި، ބޮޑުފުށްޓާއި، ފެންމީރުފުށްޓާއި، ކަޅުދޭފުއްޓާއި، މިފަސް ތަން ފުރަބަނޑާރަޔަށް ނަގާ، ދެން ހުރި ހުރިހާ ބޯގަޔަކީ، އެމިސްކިތު ބޯގަ ކަމަށް ލަށްވާ، މާލެ ހުކުރުމިސްކިތުގެ، އަށް ދޮށުންނާއި އެމިސްކިތް ހަވާލު ކުރެއްވި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަ މާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާއަޅާގެ ދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު ލިޔެފާވާ ފަތެއް. Size; 26.6" X 17" K.Male' - G. Hadheebee Kamanaa Miskiiy (Mosque) - Endowment for Mosque
Republic of the Maldives1347ހ ރަބީލްއައްވަލް 22(1928މ ސެޕްޓެންބަރު 7)ގާ، އިބްރާހީމް ނޫރައްދީނު އިސްކަންދަރު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 27ވަނަ އަހަރު، މާލެގާ ހުރި، އައްސުލްތާނު ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިޔާރަތް(ބިހުރޯޒުކަމަނާ މިސްކިތު ތެރޭގާ) ބެލެހެއްޓުމުގެ ކަންތައްތައް ރަނަގަޅު ގޮތަކަށް ދެމިހުންނާނެ ގޮތް ހެދުމަށްޓަކާ، އެންމެހާ ވަޒީރުންނާއި، ބޮޑުންނާއި މަޝްވަރާކޮށް، ކ.މާފުށި، އެ ޒިޔާރަތުގެ ބޯގަޔަށް ލަށްވާ، އެއިރަކު ރަސްކަމުގާ ހުންނަވާ ބޭފުޅަކު އެޒިޔާރަތް ބަލަހައްޓަން މީހަކު އިސްކުރައްވަންޖެހޭނެ ކަމާއި، މާފުށިން ލިބޭ އެއްޗެހިންނާއި، އެ ޒިޔާރަތަށް ނަދުރަށް ގެނެވޭ އެއްޗެހިން، އެ ޒިޔާރަތުގެ ވިނަނޮޅާ ކުނިކެހުމާ، ދޮރާށި ދެފަރާތުގާ 2 ބަނޑިޔާކޮޅު ބެހެއްޓުމަށާ، ބޭރުފާރު ވަށާ 4 ލަންޓަން ބެހެއްޓުމާ، ކޮންމެ އަހަރަކު 'ފަސްހެޔޮރޭ'(4ބޯފޮޅި ދުވަހާއި ރަމްލާނު 29ރޭ) އެ ބަނޑިޔާ ދިއްލުމަށާ، އަހަރަކު އެއްފަހަރު ފާރުގާ ހުދުއުވަލާ، ކޮންމެ ފާތިހާދުވަހަކު އަސުރުނަމާދަށްފަހު 10މީހުން ލަށްވާ ފާތިހާ ކިޔެވުމާއި، ހުކުރުހޯމަ ވިއްލޭރާ 40މީހުން ލަށްވާ ޒިޔާރަތުގާ ޔާސީން ކިޔެވުމާއި، ކޮންމެ ހުކުރުދުވަހަކު ޒިޔާރަތުގެ ދޮރޯށި ހިރަފުސްފޮޅާ ސާފުކުރުމަށާއި، ފަރުދާ، ސަނދުވާ، ޒިޔާރަތުގާ ނަގާ ދިދަ އާއި، ދަވާދުލުމާއި، ވަޑާމުގެ ކަންކަންކުރުމާއި، އެއްޗެތި އާކުރުމުގެ ކަންކަން ބެބަލަހަށްޓަން ޖެހޭނީ ބައިތުލްމާލުން ކަމާއި، އަދި ކޮންމެ އަހަރަކު އެއްފަހަރު ހުދުއުވަލުމުގެ ކަންތަކަށް ބައިކަނޑި އުވައާއި، ޒިޔާރަތުގާ ލާ ދޮންވެލި މާފުށީ މީހުން ގެންނަން ޖެހޭނެ ކަމާއި، މިއެއްޗެތި ގެނެއުމަށް މާފުށީ މީހުންނަށް ދަތުރުކުރުމަށް އޮޑިއެއް އޮންނަންވާނެ ކަމާއި، މިހުރިހާ ކަމެއް، ދުނިޔެއޮތްހާތަ ދުވަހަކު ދެމިހުންނަންޖެހޭނެ ކަމުގާ އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި އައްނައިބު އަބްދުއްލާ ލިޔެފާވާ ފަތެއް. Size: 18.5" X 10.6" K.Maafushi - Ghaazee Shrine (Bihuroazukamanaa Miskiiy) - Endowment for Shrine (ziyaaraiy)
Republic of the Maldives1344ހ ޝައްވާލް 26(1926މ މޭ 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ދަރުބާރުގާ، މާލެ އަތޮޅު ތުލުސްދޫ މީހުން، އެރަށު މާމިސްކިތުގެ ބޯގަޔަށް، އެރަށު އުތުރުން އޮތް ވިލިނގިލިއާއި، މަތިދަހުރާ؟ ލަށްވާ، ދެއްވާފާވާ ފަތް ބާވެގެން އާކޮށްދެއްވުމަށް އެދުމުން، 1227ހ(1812މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވައިފާވާ ފަތުން، އެ ދެރަށް، އެ މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ކަމާއި، ދިއްފުށީ ފަޅުގާ އޮންނަ ގިރިފަށް(ގިރުފުށި؟) އާއި އުތުރުކޮޅުދުނި ކިޔާތަނާއި ދެތަނުގެ މެދުން، ދެކުނަށް ވީބައި، ތުލުސްދޫ މީހުންނަށް ދެން އޮތްބައި ދިއްފުށި މީހުންނަށް އޮތްކަމުގާ ސާބިތުވުމުން، އެފަތް އާކުރުމަށް އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Size: 15.9" X 8.8" K.Thulusdhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1339ހ މުހައްރަމް 24(1920މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާލެއަތޮޅު ގުރައިދޫ މިސްކިތުގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ އަލިމަނިކުފާނުގެ ދަރިން، އެމިސްކިތުގެ އިމާރާތް އާކޮށްފިކަމާއި، އެމިސްކިތުގެ ކުރީގެ ބޯގަ ފަތް ވަނީ ބާވެފާކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، 1209ހ(1795)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު އާކޮށްދެއްވާފާވާ ފަތް ބަށްލަވާ، އޭގާ ވާގޮތުގެ މަތިން، މިލަދުންމަޑުލު (ށ.)ދަށުކޮމަންޑޫ އާއި، (ނ.)ހުޅުއްދޫ އާއި މާލެއަތޮޅު ފިހާޅޮހި އާއި، ގުރައިދޫ ރަސްގެތުނޑިއޭ ކިޔާތަނުގެ 400ބަމަ އާއި، މާމިސްކިތް މަގާ އިންވެގެން، ދެކުނަށް އޮތް ހިންނަބިންގަނޑާއި، އެތާގާވީހާ ތަކެއްޗާއި، އަދި އެ މިސްކިތް ހުރިބިމުގެ 457ބަމަ އާއި އެބިމުގާ ހުރިހާ އެއްޗެއް، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެ މިސްކިތުގެ ހަވާލުވެރިޔާކަން، އިބްރާހީމް އިސްކަންދަރުގެ މަންމަ، ކަނބާއައިސަ ރަނި ކިލެގެއަށާއި، އޭނާގެ ދަރިކޮޅަށް ލަށްވާ، އާ ފަތެއް ލިޔުމަށް އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެ ދަރި އަބްދުއްލޯ ލިޔެފާވާ ފަތެއް. Size: 17" X 9.4" K.Guraidhoo - Guraidhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1349ހ(1930މ)ގާ، މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު، ކަލާފާނު ޒިޔާރަތުގެ ހަވާލުވެރިން ކަމުގާވާ، ހަންޏާމީދޫ ރައްޔިތުންނަށް، (އދ.)ދިއްދޫ މީހުން، 6000 ކާއްޓާ، 30 އަޑުބައި ކާށިތެލާ، 18 ބޮނޑި ރޯނާ، 200 ގަނޑު ފަނާ، 5 ކުކުޅާއި، ކޮންމެ އަހަރަކު ޝައުބާން މަހުގެ އެއްވަނަ ދުވަހަށް ދެއްކުމަށްޓަކާ، ދިއްދޫ ފާލަށްބަކޮށް، ދިއްދޫއަށްވީ ރުއްގަހާއި، ދިއްދޫ ރަށުމަހުގެ ދެބައިކުޅައެއްބައި ދިއްދޫ މީހުނަށް ލަށްވާ، މިތަކެތިން މިކަންކަން ކުރަންޖެހޭނެ ކަމުގާ ލިޔެ އަމުރުކުރަށްވާ، ހަންޏާމީދޫ މީހުންނަށް ދެއްވި ފަތެއް. Size: 9.4" X 4.3" A.Hangnyaameedhooi - Kalaafaanu Shrine - Order (gift)
Republic of the Maldives1343ހ ޒުލްހައްޖު 23(1925މ ޖުލައި 15)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ވެރިކަމުގެ 24ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، އަރިއަތޮޅު (އދ.)މާމިގިލީ މީހުން، އެރަށުގެ ހުކުރު މިސްކިތުގެ މައްޗަށް އިހުގެ ރަދުން ދެއްވި ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވަން އެދުމުން، 1111ހ(1700މ)ގާ، އައްސުލްތާނު އަލީ ތުއްކަލާ(ދެއްވަދޫ ރަސްގެފާނު)ގެދަރި އައްސުލްތާނު މުހައްމަދު(ކުޑަ މުހައްމަދު ރަސްގެފާނު) ލިޔެދެއްވާފާވާ ފަތުގާވަ ގޮތުގެ މަތިން، މާމިގިލީ ހުކުރު މިސްކިތަށް، އެރަށުގެ ރުއް ފާލައްބައިން 2/1، ގޮއިން 2/1، އެރަށު ގަލަމާއި؟ ބަރުވަތާއި؟ ލަށްވާ، އަދި އެމިސްކިތުގާ އިންދާ ރުއްރުކަކީ މިސްކިތުގެ މުދިމަށް ހުންނަ އެއްޗެއް ކަމާއި، އަދި އެބޯގައިގެ ހަވާލުވެރިކަން، މާމިގިލި ރައްޔިތުންނަށް ލަށްވާ، ފަތެއް ލިއުމުގެ އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Receipt of real estate documents: Maafannu Kurikihanfilaa (Size: 17.9" X 10.2") A.Maamigili - A.Maamigili Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives