1343ހ ޒުލްހައްޖު 23(1925މ ޖުލައި 15)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ވެރިކަމުގެ 24ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، އަރިއަތޮޅު (އދ.)މާމިގިލީ މީހުން، އެރަށުގެ ހުކުރު މިސްކިތުގެ މައްޗަށް އިހުގެ ރަދުން ދެއްވި ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވަން އެދުމުން، 1111ހ(1700މ)ގާ، އައްސުލްތާނު އަލީ ތުއްކަލާ(ދެއްވަދޫ ރަސްގެފާނު)ގެދަރި އައްސުލްތާނު މުހައްމަދު(ކުޑަ މުހައްމަދު ރަސްގެފާނު) ލިޔެދެއްވާފާވާ ފަތުގާވަ ގޮތުގެ މަތިން، މާމިގިލީ ހުކުރު މިސްކިތަށް، އެރަށުގެ ރުއް ފާލައްބައިން 2/1، ގޮއިން 2/1، އެރަށު ގަލަމާއި؟ ބަރުވަތާއި؟ ލަށްވާ، އަދި އެމިސްކިތުގާ އިންދާ ރުއްރުކަކީ މިސްކިތުގެ މުދިމަށް ހުންނަ އެއްޗެއް ކަމާއި، އަދި އެބޯގައިގެ ހަވާލުވެރިކަން، މާމިގިލި ރައްޔިތުންނަށް ލަށްވާ، ފަތެއް ލިއުމުގެ އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Receipt of real estate documents: Maafannu Kurikihanfilaa (Size: 17.9" X 10.2") A.Maamigili - A.Maamigili Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sans titre1339ހ މުހައްރަމް 24(1920މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާލެއަތޮޅު ގުރައިދޫ މިސްކިތުގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ އަލިމަނިކުފާނުގެ ދަރިން، އެމިސްކިތުގެ އިމާރާތް އާކޮށްފިކަމާއި، އެމިސްކިތުގެ ކުރީގެ ބޯގަ ފަތް ވަނީ ބާވެފާކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، 1209ހ(1795)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު އާކޮށްދެއްވާފާވާ ފަތް ބަށްލަވާ، އޭގާ ވާގޮތުގެ މަތިން، މިލަދުންމަޑުލު (ށ.)ދަށުކޮމަންޑޫ އާއި، (ނ.)ހުޅުއްދޫ އާއި މާލެއަތޮޅު ފިހާޅޮހި އާއި، ގުރައިދޫ ރަސްގެތުނޑިއޭ ކިޔާތަނުގެ 400ބަމަ އާއި، މާމިސްކިތް މަގާ އިންވެގެން، ދެކުނަށް އޮތް ހިންނަބިންގަނޑާއި، އެތާގާވީހާ ތަކެއްޗާއި، އަދި އެ މިސްކިތް ހުރިބިމުގެ 457ބަމަ އާއި އެބިމުގާ ހުރިހާ އެއްޗެއް، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެ މިސްކިތުގެ ހަވާލުވެރިޔާކަން، އިބްރާހީމް އިސްކަންދަރުގެ މަންމަ، ކަނބާއައިސަ ރަނި ކިލެގެއަށާއި، އޭނާގެ ދަރިކޮޅަށް ލަށްވާ، އާ ފަތެއް ލިޔުމަށް އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެ ދަރި އަބްދުއްލޯ ލިޔެފާވާ ފަތެއް. Size: 17" X 9.4" K.Guraidhoo - Guraidhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sans titre1378ހ ރަބީލްއައްވަލް 27(1958މ އޮކްޓޯބަރު 11)ގާ، ވުޒާރަތުލް އައުގާފުއިން؛ 1347ހ ސަފަރު 29(1928މ އޯގަސްޓް 16)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ، މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫގެ މިސްކިތަށް، އެރަށު ފާލަށްބައިން ބަންޑާރައަށް ވީބައިގެ 2/،1 ބޯގަޔަށް ދެށްވާ، އެބޯގައިގެ ހަވާލުވެރިކަން އެރަށުގެ ރައްޔިތުންނަށް ލަށްވާ، އަދި އެހަވާލުވެރިކަން އޮންނާނީ، އެއިރަކު ފުރަމާލެ ތަހުތުގާ އިންނެވި ރަސްކަލެއް އިސްކުރެއްވި މީހެއްގެ މައްޗަށް ކަމުގާ، އެރަދުންގެ ސިއްކަ ޖަހާ، މާލެ ޔޫސުފްގެ ދަރި އަލީ ލިއުނުފަތް، އާކޮށްދިނުމަށް އެދި، އެރަށު ރައްޔިތުން އެ ވުޒާރާއަށް ގެނައުމުން، މަހްކަމަތުލް ޝަރީޔާގެ ނިންމުމަށް، އެ އިހުފަތުގާވާ މަގަށް ލިޔެފާވާ ފަތެއް. Size: 15" X 10" B.Kamadhoo - Kamadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sans titre1342ހ މުހައްރަމް 29(1923މ ސެޕްޓެންބަރު 11)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ގެ ދަރުބާރުގާ، ފާދިއްޕޮޅު ނައިފަރު މީހުން، އެރަށުގެ ދެކުނުކޮޅުގާ ހުރި އާމިސްކިތް ބާވެ ހަލާކުވެފާވާ ކަމުގާ ބުނެ، އެމިސްކިތް އާކުރުމުގެ ހުއްދަޔަށް އެދުމުން؛ އެކަމަށް އިޒްނަދެއްވާ، އަދި އެރަށުގާ އިހު ހުރި ދެ މިސްކިތުގެ ބޯގައިން، އެ މިސްކިތުގެ 'ކުނަލަވެރިކަމުގެ ނާޒިރުކަން' އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގާ އަމުރުނެރެއްވުމުން، އެރަދުންގެ ސިއްކަޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު، ލިއެފާވާ ފަތުގެ ނަކަލެއް.Document approving the renovation of the old mosque at the request of the people of Naifaru and the allocation of assets (Size: 8.8" X 5.5") Lh.Naifaru - Aa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sans titre1344ހ(1926މ)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުން؛ ހުވަދޫއަތޮޅު ދިޔަދޫ އެއްގަމުގޭ ދޮންމުހައްމަދުގެ ދަރިން ކަދީދާ އާއި އައިސަ އާއި ދެމީހުންނަށް އޮތް މާރެހާ މިސްކިތް ބެލެހެއްޓުމަށް 1116ހ(1704މ)ގާ، އައްސުލްތާނުލް ގާޒީ މުހައްމަދު މުޒްހިރުއްދީނު؟؟،(ލިއުމުގާ ޖަހާފާވަނީ މުއީނުއްދީނު؟؟)ގެ ދަރުބާރުން، ބޯގަޔަށް ލަށްވާފާވާ، އެއަތޮޅު މާރެހާ، ފުރަބަންޑާރައަށް ބޮލިކޮއްޓޭ އެއް ދީފާ، ދެންއޮތް ބައިން، އެމިސްކިތް ބެލެހެއްޓުމަށް، ވަރުވާކުރަށްވާ، ހަވާލުވެރިކަން އެ ދެބެއިންގެ ދަރިކޮޅަށް ލަށްވައިފިކަމުގެ، އަމުރުނެރުއްވުމުން؛ މާމުދިން ލިޔެފާވާ ފަތުގެ ނަކަލެއް. ނަކަލެއް. މި ކަރުދާހުގާ ބުނެފާވާ ތާރީހާއި، ރަދުންގެ ކޮލި އަދި އަސްލުނަމާއި،ދިމާނުވާތީ، ހުލާސާ ކުރެވިފާ އެވަނީ އެންމެ ހީވާގޮތަށް. Size: 10" X 8" G.A.Dhiyadhoo - Maarehaa Mosque - Endowment for Shrine (Ziyaaraiy)
Sans titre1332ހ ޖުމާދިލްއާހިރު 18(1914މ މޭ 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، އެ ރަދުންގެ ދަރުބާރުގާ، ނިލަންދެއަތޮޅު (ފ.)ދަރަނބޫދޫ މީހުން، އެމީހުންގެ ރަށުގާ ހުރި ދެ މިސްކިތް ބެލެހެއްޓޭނެ ގޮތެއް ނެތް ކަމުގާ ބުނެ، އެމިސްކިތަށް އެއްޗެއް ދެއްވުމަށް އެދުމުން، ދަރނަބޫދޫގެ އިހުގެ ފަތް ބެއްލެވުމުން އެފަތްތަކަކީ، ވަނީ އެރަށު ދެމީހެއްގެ ދަރިކޮޅަށް، އެދެމީހުންގެ ހުރި ރުއްގަސް ވަގުފްކޮށްފާވާ ކަމާއި، އަދި އޭރު ހުންނެވި ރަދުން، އެ ރުއްގަހުގެ ބިންބައި)ބިމުގައި ހައްދާތަކެތީން ބިންވެރިޔާއަށް އޮންނަބައި( ކަނޑުއްވާ، ބޯގަޔަށް ލިޔެދެއްވާފާވާ ފަތަކާއި، އޭގެފަހުން، އެ ދެ ދަރިކޮޅުގާ އަރާރުންވެ އުޅޭތީ، އެކަން ސުލްހަ ކޮށް ދެއްވާފާވާ ފަތް ކަމުގަޔާ، އަދި، އެޒަމާނަށް އާއިރު، އެދަރިކޮޅުގެ އެއްވެސް މައުލޫމާތެއް ނެތުމުންނާއި، އެ ދެ މިސްކިތް ބެލެހެއްޓިފާ ނެތްކަމުން، އެ ފަތްތައް އުވާލަށްވާ، އެރަށު ގޮއިފާލަށްބައިގެ ބިންބައިގެ ހުރިހާ ތަކެއްޗެއް، އެ ދެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެއިރެއްގާ ހުންނަވާ ރަސްގެފާނެއް، އެ ދެ މިސްކިތް ބަލަހަށްޓާނެ ބަޔަކު ކަނޑައަޅުއްވާނެ ކަމާއި، އެރަދުން، އެބޯގައިގެ ހަވާލުވެރިކަން، އެރަށުގެ ރައްޔިތުންނަށް ލަށްވައިފި ކަމުގެ ފަތް ލިޔުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތެއް. Size; 19.9" X 11.9" F.Dharan'boodhoo - Endowment for Shrine (ziyaaraiy)
Sans titre1347ހ ޖުމާދިލްއާހިރު 4(1928މ ނުވެންބަރު 17)ގާ؛ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ހުވަދޫ އަތޮޅު ތިނަދޫ މީހުން، އެރަށު މާމިސްކިތް މައްޗަށް އޮތް ބޯގަ ފަތް ބާވެއްޖެކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، އިހުގެ ފަތް ބަށްލަވާ، އޭގާ ވާގޮތަށް، އެއަތޮޅު މެންތަންދޫ އާއި ބޮޑުރަހާ، އެ މިސްކިތް މަށްޗަށް ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ތިނަދޫ ރައްޔިތުންނަށް ދެއްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާގެ ދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް.Size: 16.8" X 9" G.DH.Thinadhoo - Thinadhoo - Endowment for Shrine (ziyaaraiy)
Sans titre1344ހ ޝައްވާލް 26(1926މ މޭ 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ދަރުބާރުގާ، މާލެ އަތޮޅު ތުލުސްދޫ މީހުން، އެރަށު މާމިސްކިތުގެ ބޯގަޔަށް، އެރަށު އުތުރުން އޮތް ވިލިނގިލިއާއި، މަތިދަހުރާ؟ ލަށްވާ، ދެއްވާފާވާ ފަތް ބާވެގެން އާކޮށްދެއްވުމަށް އެދުމުން، 1227ހ(1812މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވައިފާވާ ފަތުން، އެ ދެރަށް، އެ މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ކަމާއި، ދިއްފުށީ ފަޅުގާ އޮންނަ ގިރިފަށް(ގިރުފުށި؟) އާއި އުތުރުކޮޅުދުނި ކިޔާތަނާއި ދެތަނުގެ މެދުން، ދެކުނަށް ވީބައި، ތުލުސްދޫ މީހުންނަށް ދެން އޮތްބައި ދިއްފުށި މީހުންނަށް އޮތްކަމުގާ ސާބިތުވުމުން، އެފަތް އާކުރުމަށް އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Size: 15.9" X 8.8" K.Thulusdhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sans titre1349ހ(1930މ)ގާ، މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު، ކަލާފާނު ޒިޔާރަތުގެ ހަވާލުވެރިން ކަމުގާވާ، ހަންޏާމީދޫ ރައްޔިތުންނަށް، (އދ.)ދިއްދޫ މީހުން، 6000 ކާއްޓާ، 30 އަޑުބައި ކާށިތެލާ، 18 ބޮނޑި ރޯނާ، 200 ގަނޑު ފަނާ، 5 ކުކުޅާއި، ކޮންމެ އަހަރަކު ޝައުބާން މަހުގެ އެއްވަނަ ދުވަހަށް ދެއްކުމަށްޓަކާ، ދިއްދޫ ފާލަށްބަކޮށް، ދިއްދޫއަށްވީ ރުއްގަހާއި، ދިއްދޫ ރަށުމަހުގެ ދެބައިކުޅައެއްބައި ދިއްދޫ މީހުނަށް ލަށްވާ، މިތަކެތިން މިކަންކަން ކުރަންޖެހޭނެ ކަމުގާ ލިޔެ އަމުރުކުރަށްވާ، ހަންޏާމީދޫ މީހުންނަށް ދެއްވި ފަތެއް. Size: 9.4" X 4.3" A.Hangnyaameedhooi - Kalaafaanu Shrine - Order (gift)
Sans titre1326ހ ޒުލްހައްޖަ 20(1909މ ޖަނަވަރީ 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރަށް، ހުވަދޫއަތޮޅު (ހުވަދުއްމަތީ) މަދިރިވިލިނގިލި ރައްޔިތުން އައިސް، އެރަށު ކުޑަމިސްކިތްގެ ބޯގަޔަށް، އަލްހާއްޖަ އަލީ ތުއްކަލާ ގެދަރި އައްސުލްތާނު ގާޒީ މުހައްމަދު(ދެއްވަދޫ) ދެއްވި ފަތް، އެރަށް އެނދިއިރު، އަނދައިގެން ދިއުމުން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރު، 1287ހ(1870މ)ގާ ދެއްވި ފަތްކޮޅު އާކޮށްދެއްވުމަށް އެދުމުން، ކުރީގާވެސް އެމިސްކިތަށް އޮތް، ގއ.ފަޅުވެރިރާހަ އާއި ރާވެރިރާހަ(ރާވެއްރަހާ) ލަށްވާ، އެރަށު ރައްޔިތުންނަށް ހަވާލުވެރިކަން ދެއްވާ، އަދި ވިލިނގިލީގެ 81 ކާށިރުކާއި، 28 ރާރުކާއި، ފުޅަހިކޮޑި؟(ފަޅު)އާއި ވެސް އެމިސްކިތް މައްޗަށް ލަށްވާ، އަދި އެމިސްކިތު މުދިމާއި، ރާވެރިއަކާއި، 3 މީހުންގެ ވާރުވެސް އެ މިސްކިތްމައްޗަށް ހުންނަންވާނެ ކަމާ، އަދި މާނަގަލުން، ވިލިނގިލި ކޮޅާ ޖެހެންދެން އޮތް ފަޅުން، އެރަށު ރައްޔިތުންގެ ގަބޫލުގާ މެނުވީ އެއްވެސް އެހެން ރަށެއްގެ ބަޔަކަށް، މަސްހިފާ ނެހެދޭނެ ކަމުގާ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ބޮޑުގަލު މާކޮށާރު ބަނޑޭރި މޫސާގެ ދަރި ހުސެއިން ލިޔެދެއްވި ފަތުގެ، 1351ހ ޒުލްހައްޖު 14(1932މ ނޮވެންބަރު 13)ގާ، ކޮށްފާވާ ނަކަލެއް. F6-58) އާއި މިނަކަލު ލިޔެފާވަނީ އެއްދުވަހެއްގާ ކަމުގާ ބަލާ، މި ފަތް ލިޔުނު ތާރީހުކަމަށް މިނަކަލުގާ 1322ހ އެއޮތީ އޮޅުމެއްކަމަށް ބަލާފާ) Size: 10" X 8" G.A.Madhirivillin'gili - Kuda Miskiiy (Mosque) - Endowment for Shrine (Ziyaaraiy)
Sans titre