1213ހ(1798މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، މިލަދުންމަޑުލު(ށ.) ފީވަކު 'ފަގީރުތަކުން' ލައްވާ، ފުރެއްދި އޮޑި(ބޭރުދަތުރުކުރާ އޮޑި)ފަހަރުގެ ހަރުގެ އަޅުވަން އަންގާ ކުރެއްވި އަމުރަށް ލިޔެފާވާ ފަތެއް. އަދި ފަތުގެ ނުފުށުގާ: 'ސުލޭމާނު ނަބީ ކަލޭފާނުގެ ހައްގު ގައި އާދޭސް އާދޭސް އާދޭސް' މިހެން ލިޔެފާވެއެ. Royal decree regarding the construction of shipyard on Foakaidhoo Island (Size: 8.4" X 5.1") Sh.Feevaku - Order
Zonder titel1213ހ ޝައުބާން 4(1799މ ޖަނަވަރީ 11)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 6 ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހައްދުންމަތީ(ލ.) ފޮނަދޫ ދޮންއަލީ ހިރިހަމާންތި،(ފަތުގާ 1903ހ އެއީ އޮޅުމެކެ.. ރަސްކަމަށް ބަލާފާ)1103ހ(1692މ)ގާ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު 1 ބިނާކުރެއްވި މިސްކިތް މައްޗައް، އައްސުލްތާނު މުހައްމަދު މުއިއްޒުއްދީނު ދެއްވި ބޯގަ ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތުގާ، އެމިސްކިތަށް ބޯގައަށް ލަށްވާފާވާ، ހައްދުންމަތީ ފޮނަދޫ ދޮންކަލޯ ހިންނަ، ފަލަނެ ކިޔާ ބިންގަނޑު، ހޮދާޅެލެ ކިޔާ ބިންގަނޑު، މޮހަނު ގޯއްޗޭކިޔާ ބިންގަނޑު އަދި ބުމްބަރުމަގު ކިޔާ ބިންގަނޑުގެ ވަރުވާއިން، 8 ކޮއްޓޭ ބޮއްޔާއި، މި ރަށުމެ މާގަލި ކިޔާ ވަރުވާ ބިންގަނޑާ، ފޮނަދޫ އެ މިސްކިތް ހުރި ބިންގަނޑާ، މިސްކިތުގެ ދެކުނުން އޮތް ހުރަސްމަގާ އިންވެ އޮތް ހުކުރު މިސްކިތުގެ ދެކުނުން އޮތް ދިގުމަގާ އިންވެ އުތުރަށް އޮތް ކުޑަމިސްކިތް ހިންނައިގެ ދެކުނަށް، އެދެމެދު އޮތް ބިންގަނޑާއި މިހުރިހާއެއްޗެކާ، އޭގެ އިތުރުން، ފޮނަދޫ ކުރިގަމު ތުނޑިވެސް އެމިސްކިތަށް ވަގުފް ކޮށްފި ކަމާއި، އަދި އެމިސްކިތުގެ މުދިމަށް ވާރުކޮޑި(ވާރުން އިސްތިސްނާވުން) އޮންނާނެ ކަމުގާ ނިންމަވާ، އެ ފޮނަދޫ އިބްރާހީމްގެ ދަރި ދޮންއަލީ ހިރިހަމާންތިގެ ދަރިކޮޅަށް، އެމިސްކިތުގެ ހަވާލުވެރިކަން ލަށްވާ، އެމަގަށް ފަތެއް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ އަލީ ލިޔެފާވާ ފަތެއް. Size; 21.3" X 15" L.Fonadhoo - Fonadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Zonder titel1208ހ މުހައްރަމް(1793މ އޯގަސްޓް)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރުގާ ދޮށުންގެ 8 މީހުން، މަހިބަދޫގާ، އަލްގާޒީ ހުސެއިން ވެލާނާކިލެގެފާނު ހުންނަވައިގެން ދެއްވި ފަތްކޮޅު ބާވެގެން، އާކޮށްދެއްވުމަށް އެދުމުން، މިފަތް ބަށްލަވާ، އެފަތަކީ، މާލޭ ހުކުރު މިސްކިތަށް ބޯގައެއް ނެތުމުން، އޭރުގާވެސް ދޮށުންގެ 8 މީހުން ދެންނެވި ދެންނެވުމުން، އޭރުގެ ވަޒީރުންނާއި، ބަނޑޭރިން ގެންނަވާ އެމިސްކިތަށް ލާނެ ބޯގައެއް ބެލުމަށް އެންގެވުމުން، އެމީހުން އެކަން ބަލާ، ފުރަބަންޑާރައިން އެކަމަށް ލާނެ އެއްޗެއް ނެތޭ ބުނުމުން، ވޭވަށުގެ ރަސްބޮލިން، 4ކޮށްޓޭ ބޮލި ހަތީބު(ކަތީބު)އަށް ނަގާފާ، ދެންހުރި ހުރިހާ އެއްޗެއް އެ މިސްކިތަށް ލެއްވިކަމަށާއި، އެއްވެސް މީހަކު، މި ވޭވަށުގެ ރަސްބޮލި އެނޫން އެހެން ގޮތަކަށް ބޭނުން ނުކުރުމަށް އަމުރުކޮށްފާވާ، އަލީ ވެލާނާގެ ދަރި މާބަނޑޭރި، ރަންނަބަނޑޭރިގެ ދަރި އަލީ ހަކުރާވެތި، ހަސަން ފާމުލަދޭރިގެ ދަރި އަލީ، ހަކުރަވެތީގެ ދަރި މުހައްމަދު އަދި މުހައްމަދުގެ ދަރި ހަސަން ރަނަހަމާދި؛ މިމީސްމީހުން ހެކިކޮށް ލިޔެދެއްވާފާވާ ފަތެއްކަމަށް ވުމާއެކު، ހަމަ އެގޮތަށް މިފަތް އާކޮށްދިނުމުގެ އަމުރަށް، އަލް ހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިއުމުން، ފަސްމަންދޫ އަލީ ހަކުރަވެތިގެ ދަރި ފުރަމާލޭ އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 17.2" X 11.7" K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Zonder titel1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15 ވަނަ އަހަރު، މާލޭގާވާ އަމިއްލަ ގޯއްޗާއި ބަންޑާރަ ގޯތި ވަކިކުރެއްވުމަށް އަންގަވާ، އެކަން ކުރުމަށް ނެންގެވި ކޮމިޓީއަށް، އެތެރެބަނޑަހަލު ބަނޑޭރި، ކިނޮޅަހު އަލީ މޭނާ ހާޒިރުކުރައްވާ، ގައްދޫ ގޯއްޗާ ބެހޭގޮތުން ސުވާލުކުރެއްވުމުން، އެގޯއްޗަކީ ކުޑަހުވަދޫ ކުޑަ މަރިޔަމްފާނުގެ މިލްކު ގޯއްޗެއްކަމާއި، އެ މަރިޔަމްފާނުގެ އައިމިނާފާނުގެ މަރިޔާފާނު އާއި، އެ އަލީ މޭނާގެ އެއްބަފާ ކިނޮޅަހު ކާސިމް ފަޑިއަތް އިނދެގެން ހުއްޓާ، އެފާނު ނިޔާވުމުން، އޭނާއަށް، އެގޯތިން 2/1 ލިބިފާވަނިކޮށް، އޭނާ ނިޔާވުމުން، އަލީ މޭނާއަށް މިގޯތި މިލްކުވެފާވާ ކަމުގާ، އެ އަލީ ދައުވާކުރުމުން، އެކަން ބަށްލަވާ، އެއިރުގެ މީހުނުން، އެކަން އެގޮތަށް ސާބިތުވުމުން؛ އެތެރެބަނޑަހަލު ބަޑޭރި ކިނޮޅަހު އަލީ މޭނާ އަށް މއ.ގައްދޫގެ މިލްކުވެފާވާ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ: 1970މ ޖޫނު 1(1390ހ ރަބީލްއައްވަލް 26)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މަތީގާ ބުނެވިފާވާ ގޯއްޗަކީ ވަލުގަނޑުވަރު އިސްމާއީލް ދީދީ މެންގެ ގައްދޫ ގޯއްޗެވެ ކިޔޭ ގޯއްޗެއްކަމާއި، މާލޭގެ މަގުތައް ހެއްދެވުމުގެތެރޭގާ، އެތަން ނެތިގޮސްފާވާ ކަމުގާ، އެމަހްކަމާގާ، ޒަކަރިއްޔާ ހަސަން ކަލޭފާނު އާއި ނައިބުގޭ ހުސެއިންފުޅު ހެކިބަސް ދިނުމުން، އެކަމުގެ މައްޗަށް؛ އަބްދުލޯ ފަހުމީ ދީދީ ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ: 1970މ ޖޫނު 1(1390ހ ރަބީލްއައްވަލު 26)ގާ، މަހްކަމަތުލް ޝަރީއާއިން؛ މަތީގާ ބުނެވިފާވާ ގޯއްޗަކީ ވަލުގަނޑުވަރު އިސްމާއީލް ދީދީ މެންގެ ގައްދޫ ގޯއްޗެވެ ކިޔޭ ގޯއްޗެއްކަމާއި، މާލޭގެ މަގުތައް ހެއްދެވުމުގެތެރޭގާ، އެތަން ނެތިގޮސްފާވާ ކަމުގާ، އެމަހްކަމާގާ، ޒަކަރިއްޔާ ހަސަން ކަލޭފާނު އާއި ނައިބުގޭ ހުސެއިންފުޅު ހެކިބަސް ދިނުމުން، އެކަމުގެ މައްޗަށް؛ އަބްދުލޯ ފަހުމީ ދީދީ ސޮއިކޮށްފާވާ ލިއުމެއްގެ ނަކަލެއް. Real estate document for Machchangoalhi Gadhdhooge (Size: 8.8" X 6.65")
Zonder titel1208ހ ރަބީލުއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ގެންނަވާ؛ މާލޭގެ މުންކަރާތަކާ(ކުއްފާފަތައް)، މިސްކިތުގެ ބޯގަތަކާ، ބައިތުލްމާލާ، ރައްޔިތުންގެ މިލްކުތަކާ، އެފަދަ އެންމެހާ ކަންތައްތައް ބަލާ އިންސާފުކުރުމަށް އެންގެވުމުން، އެދުރު ފަސްމަންދޫ ހުސެއިން، އަލްވަޒީރު ހާޖީ މޫސާ މާފަތް، އަލްވަޒީރު މުހައްމަދު ބޮޑުގަލު ދަހަރަދަ، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި ކިނޮޅޮހު އަލީ މޭނާ، ބޭރު ބަނޑަހަލަ ބަނޑޭރި އަލީ ސައިފުއްލާ، މުހައްމަދު ރައްފަޑި، ތޮއްޑޫ އިބްރާހީމް އަދި ރަސްކެތީމު ހުސެއިން ކުޑަބަނޑޭރި ހިމަނާ ކޮމިޓީ އެއް އެކުލަވާލާ، އެ ކޮމިޓީން، އައްސުލްތާނު އަލްގާޒި އަލްހާޖީ އިބްރާހީމް އިސްކަންދަރު މަހާރަދުން، ހުކުރުމިސްކިތުގެ 8 ދޮށުންގެ ކަންތައްތައް ބެއްލިއިރު، އެ މިސްކިތުގެ ބޯގަ، ހިންނަހިންނަ އޮންނަންވީ ވަރަށްވުރެ ބޮޑުކަމަށް ސާބިތުވުމުން، އެތަންތަން މިން ހަމަކުރުމުން، އެމިސްކިތުގެ ދޮށުން، އޭގެ އިތުރުން އެއްޗެއް ދެއްވުމަށް އެދުމުން؛ ހެންވޭރު ހިހޫވާ ނިކަގަސްދަށު ދެކުނަށް އޮތް، ލޮނުޒިޔާރަތް ހިންނަ އާއި އެހިންނައިގެ އުތުރަށް ހުރި މާމިސްކިތު ހިންނަ އާއި ދެމެދުގާ އޮތް 280ބަމަ ހުރި ބިމާ، ގާމަގު އިރުމަތިން 320ބަމައިގެ ބިމާ، ގަލޮޅު ބޮޑުމަގު ހުޅަނގުން އޮތް 138ބަމައިގެ ބިމާ، ރަށްދެބައިމަގު އިރުމަތިން 112ބަމައިގެ ބިމާ، ކެލާއެދުރު މަގު ހުޅަނގުން 374ބަމައިގެ ބިމާ، އީދުމިސްކިތަށް ހިނގާ މަގުގެ ދެކުނުން އޮތް، ވަށާ 270ބަމައިގެ ބިމާ، ކޮށްޓަށްހިނގާ މަގު ދެކުނުގާ އޮތް، ވަށާ 173ބަމައިގެ ބިން، ހުކުރުމިސްކިތަށް ލެއްވިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތި ކަލޯގެ ދަރި ހުސެއިން ލިޔެފާވާ ފަތެއް. Size; 22.81" X 17.3" K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Zonder titel(މިތަރުޖަމާގެ މައިގަނޑުގާ ލިޔެފާވާ ތާރީހު)1213ހ ސަފަރު 23(1798މ އޯގަސްޓް 6)ގާ، އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު ނަރަވައިކާންނާގެ ދަރިކޮޅު މީހުން، އެމީހުންގެ ކާފަ، ނަރަވައިކަންނާ، ކަނޑޫދޫގާ އެޅި މިސްކިތަށް، އިސްކަންދަރު ޝާހު މަހާރަދުން ދެއްވި ވަގުފް ފަތް އަނދައިފި ކަމުގާ ބުނެ، އަލުން ފަތެއް ދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށްވާ، އެ ނަރަވައިކާންނާއިގެ މިލްކުގާ ހުރި ރުއްގަހާ ދަނޑުފަގު(ދަނޑުވެރިކަންކުރާ ބިން) ކޭލާ، ފަލަމަޑިއާ، ބިންހިންނައާ، ތ.ފޮއްދޫ އާއި އެރަށުގާ ވީހާ ތަކެއްޗަކާ، އެމިސްކިތް ހުރި ބިންގަނޑާ، އެމިސްކިތުގެ ހަތަރުފާރުގެ ބޭރުން ވަށާ، 2ބަމަ ފުޅާމިނުގެ ބިމާއި އެބިމުގާ ވީހާ އެއްޗަކާ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ނަރަވައިކާންނާގެ ދަރިކޮޅަށް ލަށްވާ، މިސްކިތް ބަލަހަށްޓާފާ ބާކީވީ އެއްޗެއް އެ ދަރިކޮޅަށްވާނެ ކަމަށާއި، އަދި ހަވާލުވެރިކަމުގެ ނާޒިރަކީ، އެއިރެއްގާ އެދަރިކޮޅުގެ އެންމެ ދޮށީ މީހެއްކަމުގަޔާ، މިއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިނު އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެފާވާ، ދިވެސްއަކުރު ފަތުގެ(F0-102)ގެ، 1378ހ ޒުލްހައްޖަ 17(1959މ ޖޫނު 25)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާ. މިތަރުޖަމާގެ ތިރީގާ، މީގެ ދިވެސްއަކުރު ފަތުގާ ވާފަދައިން، 1113ހ(1701މ)ތާރީހު ޖަހާފަވެއެ. Size: 13" X 7.9" Th.Kan'doodhoo - Kan'doodhoo Miskiiy (Mosque) - Endowment for Mosque)
Zonder titel1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ؛ އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރުގެ ތެރޭގާ، އެރަދުންގެ ދަރުބާރަށް، ކަމުވޮށި ބޭކަލުންކުރެ، އަލްހާޒިން މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި އަލީ މޭނާ، ބޭރު ބަނޑަހަލު ބަނޑޭރި އަލީ ސައިފުއްލާ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް އަޅާ އަށް، މާލޭގެ ހަތަރު އަވަށުގެ އޮތްހާ ބަންޑާރަ ގޯތި ތަކާއި، އަމިއްލަ ގޯތި ތަށް ވަކިން އިނގޭނޭ ގޮތް ހެދުމަށް އެންގެވުމުން، އެކަންތައް ބެލުމުގާ، އެ ހަތް މީހުންގެ މަޖިލީހަށް، މައްޗަންގޯޅި، މާވެވު ފޫރުއްބައިން(އިރުން) އޮތް، ނޮޅިވަރަމު އާބަކުރުގެ ދަރި ދޮންއަލީގެ ދަރި މުހައްމަދު ތަކުރުގެ ގޯތީގެ މިލްކުވެރިކަން ސާބިތު ކުރުމަށްޓަކާ، ވަށަފަރު ހަސަން ވަތަބަނޑޭރިގެ ދަރި އަލީ، ހާޒިރުކުރަށްވާ، އެކަން ވެފާވާގޮތް އެހުމުން، އޭނާޔަށް އެގޯތި، 53ކޮށްޓޭ ބޮއްޔަށް، އެމުހައްމަދު ތަކުރު ވިއްކާ، އަގުދީ ހަލާސްކޮށް މިލްކުކޮށްފާވާކަމުގާ ބުނެ، އަދި ބޮނޑިބަތް މުހައްމަދު ތަކުރުގެ ދަރިން އަހުމަދު ތަކުރުފާނާއި، އަލީ ތަކުރުފާނާއި، ބޮނޑިބަތްގޭ ދޮންބީފާނުންގެ ފިރި އަލީ ތަކުރުފާނާއި، ގިރާވަރު ހަސަން ތަކުރު، ހެކިންގޮތުގާ ދައްކާ، އެމީހުންގެ ހެކިބަހުން އެކަން ސާބިތުވެ، އެތަނުގެ މިން އަޅާ ވިކިކުރުމުން، އެތަނުގެ ފަތަކަށް އެ އަލީ ތަކުރު އެދުމުން، އެއީ ސައްހަ މިލްކެއްކަމުގާ، އެ މަޖިލީހުން، ރަދުންގެ ދަރުބާރުގާ އިއްތިފާގުވުމުން، އެކަމަށް ރަދުންގެ އަމުރުނެރުއްވުމުން، އެތަނުގެ އިމާއި މިން ހިމަނާ، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެދީފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިންކަމުގާ ބުނެފާވާ ލިޔުމެއް. Declaration of a change of ownership of residential land (Size: 13.4" X 10.65") K.Male' - Ma.Dheydharuge - Order
Zonder titel1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރުގެ ޝަރީއަތު މަޖިލީހުން؛ 1208ހ ރަބީލްއާހިރު 15(1794މ ޖަނަވަރީ 17)ގާ އެރަދުން، އަލްހާޒިން މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، ބަނޑޭރި މުހައްމަދު، ބަނޑޭރި އަލީ މޭނާ، ބަނޑޭރި އަލީ ސައިފުއްލާ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް، އެކުލެވޭ ކޮމިޓީއެއް ހައްދަވާ، މާލޭގެ ހަތަރު އަވަށުގާ ހުރި ބަންޑާރަ ގޯއްޗާއި އަދި އމިއްލަ ގޯތިތަށް ވަކިވާނެގޮތް ހެދުމަށް އެންގެވި އެންގެވުމަށް، ކުޑަފަރީ އަލީގެ ދަރިން އެ ކޮމިޓީއަށް ހާޒިރުކުރެއްވުމުން، ހެންވޭރު ފުނަގަސްމަގަށް އެރޭ މަގުގެ ދެކުނުން އެ އެމީހުންގެ މިލްކު ގޯތީގެ އިރުން އޮތް، ރުވާދައިތަގެ އަތުން އެމީހުން ގަތް ގޯތީގެ މައްސަލަ ބަލާ، އޭރު ތިބި ދުވަސްވީ މީހުންގެ ހެކިބަހުން، އެއީ ކުޑަފަރީ އަލީގެ ދަރިންގެ ގޯއްޗެއްކަމުގާ ސާބިތުވުމުން، އެކޮމިޓީ އެކަމަށް އިއްތިފާގުވުމުން، އެރަދުންގެ ދަރުބާރުން ލިޔެފާވާ ޝަރީއަތުގެ ފަތުގެ ނަކަލެއް. އަދި 2ވަނަ ގަނޑުގާ: 1348ހ މުހައްރަމް 11(1929މ ޖޫނު 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، އެގޯތީގެ ބެހެނިވެރިން ކުރެ، ބޮޑަކަށް ތިބި، ކައިރު ކުޑަތައްހާނު އާއި ބަބުރު ހަސަންފުޅު އާއި ދެމީހުން، ރިޔަނެއް -/3ރުފިއާގެ މަގުން، އެގޯތި، ދޮންމަނިކުފާނުގެ ދޮންދީދީއަށް ވިއްކައިފި ކަމުގާ، އެ މަހްކަމާއިން، މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ ލިއެފާވާ ލިޔުމެއްގެ ނަކަލެއް. އަދި: 1351ހ ރަބީލްއާހިރު 5(1932މ އޯގަސްޓް 8)ގާ، މަހްކަމަތުލް ޝރީއާއިން، މަތީގާ ބުނެވިފާވާ ގޯތި، ހެންވޭރު ކަންހިނަވާމަގު ދެކުނުން އޮތް ހަގުދީދީގެ އިބްރާހީމް ދީދީގެ މިލްކު ގޯތިން އެދީދީގެ ފާތުމަތު ދީދީއަށް ވީތަނާއި ބަދަލުކޮށް، އެ ހެންވޭރު ކަންހިނަވާމަގުގެ ދެކުނުން އޮތް ގޯތި(ހ.ދެމާގަސްދޮށުގެ އެބައި؟؟)، ދޮންމަނިކުފަނުގެ ދޮންދީދީ އަށް މިލްކުވެ، އަނެއް ގޯތި އެފާތުމަތު ދީދީ އަށް މިލްކުވީ ކަމުގާ، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ލިޔުމެއްގެ ނަކަލެއް. (މި ލިއުމަކުން، ހ.ދެމާގަސްދޮށުގޭ ގޯތި އެއީ ކޮބައި ކަމެއް އިނގޭކަށް ނެތް) Real estate document for Henveiru Dhemaagasdhoshuge- written in Thaana- stating owership of the land (Size: 8.8" X 6.65")
Zonder titel1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، ހާޒިނު މުހައްމަދު ހަދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި އަލީ މޭނާ، ބޭރުބަނޑަހަލު ބަނޑޭރި އަލީ ސައިފުއްލޯ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް ހިމަނާ، އުފެއްދެވި، މާލޭގާ ހުރި ބަންޑާރަ ގޯތިތަކާއި އަމިއްލަ ގޯތިތައް ބަލާ ވަކިކުރުމުގެ މަޖިލީހުން، ގަތްގޯތި އައިޝާގެ އިބްރާހީމްގެ ދަރީންނާއި، އައިޝާގެ ފާތުމާގެ ދަރީންނަށް، ގަލޮޅު ޖަހާހަގުބިމުގާ އޮތް ގޯތީގެ ކަންތަކުގާ، އޭރުގެ ދުވަސްވީ މީހުންގެ ބަހުން އެގޯއްޗަކީ އެމީހުންގެ މިލްކެއް ކަމުގާ ސާބިތުވުމުން، އެ އައިޝާ އެގޯތި، ވަގުފްކޮށް، އޭނާއަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ، އެމީހުން ބުނުމުން، އެކަން ގަބޫލުކޮށް، އެމަގަށް، އެހަނދޭގިރިން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: (ތާރީހެއް ނެތް) މަތީގާ ބުނެވިފާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދީފާވެއްޖެ ކަމުގާވާ ލިޔުމެއް. Size: 16" X 8.9" K.Male' - G.Daisyfehi (Housing Plot) -Deed for housing plot
Zonder titel1208ހ ޖުމާދިލްއާހިރު 17(1794މ ޖަނަވަރީ 19)ގާ، އައްސުލްތާނު ގާޒީ ހަސަން އިއްޒުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރަށް؛ މާންދޫ ބޮޑު ބަނޑޭރިތަކުރުފާނުގެ ދަރި ކުޑަބަނޑޭރި ތަކުރުފާނުގެ ދަރި މަރިޔަމް މަނިކެގެ ދަރި އަލިމަނިކު ހާޒިރުވެ ހުރެ؛ އޭނާގެ މަތިފުށުންއައިސް އޭނާޔަށް މިލްކުވެފާވާ، ރައްދެބައިމަގުގެ ދެކުނުގާ އޮތް މާންދޫ ގޯއްޗާއި އެގޯއްޗާ އިންވެގެން 'ނޮރިންމަކަނު'(ދެކުނުހުޅަނގު)ކަނުގާ އޮތް، ފަށަވާޅު ކޮށްޓާއި، އެދެގޯތި ވަށާ އޮންނަ 119ބަމަ ހިންނަ ބިމާއި، އެބިމަށް އޮތްހާ ތަކެއްޗާއި، އެގޯތީގެ އުތުރުން އިންވެގެން، ބިހުރޯޒު މިސްކިތުގެ ދެކުނުން އޮތް 54ބަމަ ހިންނަ ބިމާއި، އެބިމުގާ ވާހާ ތަކެއްޗާއި، މާންދޫގޯތި ދެކުނުން އޮތް ކޮލިހިނގާ މަގާ އިންވެގެން، ވަށާ 48ބަމަ އޮތް ހިންނަބިމާއި، އެތަނުގާ ވީހާ ތަކެއްޗާއި، އެ ގޯއްޗާ އިންވެ އުތުރަށް އޮތް ކަދުކޮށްޓާއި ޖެހިގެން އިންވެ ދެކުނަށް އޮތް ބަންޑާރަ ބިމާއި އިންވެގެން ފޫރުއްބަ(އިރުމަތިން) އޮތް، ބަންޑާރަ ބިމާއި، ދޮށުންގެ ބިމާއި މިދެބިމާއި އިންވެ، އުތުރަށް އޮތް ކަލާފާނު މިސްކިތު ބިމާއި، ފާމުލަދޭރި ކިލެގެފާނު މިސްކިތު ބިމާއި، އެދެބިމާއި އިންވެ ދެމެދުގާ އޮތް، ފަށަވާޅުކޮށިން ބޮޑު ބަންޑާރައިންގެ ބިމަށް 61ބަމަ ލައި، ވަށަމިނުގާ 193ބަމަ ހުރި މާންދޫގޭ ބިމާއި، އެބިމުގާވާހާ ތަކެއްޗާއި، އެ އަލިމަނިކުގެ މިލްކުން ކަނޑާ، އައްސުލްތާނު ހަސަން ނޫރައްދީނަށާއި، އެރަދުންގެ މައިކަމަނާ އައިމިނަ މަނިކުފާނަށާއި، ބައްޕާފުޅު އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނަށް ވަގުފްކޮށް، ހަވާލުވެރިކަން އެ ރަދުންގެ ދަރިކޮޅަށް ދީ، އަދި، އެ އަލިމަނިކުގެ، ހައްދުއްމަތީ ގަމުގެ މަތިމަރަދޫގާ ހުރި މިސްކިތު ބޯގަ އާއ، މުކުރު ހިންނައާއި، އަދި އެ މިސްކިތުގެ ބޯގަޔަށް ވާހާ ތަކެއްޗާއި، އެމިސްކިތް ހުރި ހިންނައާއި، ގަމުން އަލީމަނިކަށް މިލްކުވާހާ ބިމާއި، އެބިންބިމުގަ ވާހާ ތަކެއްޗާއި، މާންދޫ އާއި ފޮނަދޫއިން އޭނަޔަށް ވާހާ ތަކެއްޗާއި، ކުޑަފެންރެހާ އާއި އައްލަންދޫ އާއި، އެތާނގާ ހުރިހާ ތަކެއްޗަކާއި، މިހުރިހާ ހިންނައާއި ތަކެތި 'ފޫރުއްބަ ރަސްބައި'(ޓެކްސް) ކަނޑާ، ގަމުގެ މަތިމަރަދޫ މިސްކިތައް ވަގުފަށް ލަށްވާ، އެ އަލީމަނުކު މައްޗަށް އޮތް ހަވާލުވެރިކަން 'ރަންދިޔަގެފާނު'(ރަދުންގެ އަނބި/އަންހެން ދަރި؟؟)ޔަށް ވަގުފަށް ލަށްވާ، ހަވާލުވެރިކަން ރަދުންނާއި ރަދުންގެ ދަރިކޮޅަށް ލަށްވައިފިކަމަށާއި، އެ މިސްކިތުގެ މުދިމަށް 'ވާރުކޮޑި'(ވާރު އޮޑި؟؟/ވާރުން އިސްތިސްނާވުން؟) ލަށްވައިފި ކަމުގާ، އެއަލީމަނުމު ބުނުމުން، އެމަގަށް ފަތް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިން ކިޔުއްވުމުން، ފުރަމާލޭ ފަތެއްލިޔާ އަލީ ލިޔެފާވާ ފަތެއް. Size; 35.5" X 14.7" K.Male' - Maandhoo Goathi (Housing Plot) - Deed for housing plot
Zonder titel