1302ހ(1884މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 4ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރީ އައިދޫގެ ޒިޔާރަތުގެ ބޯގައަށް، އެއައިދޫ ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، މާލެ ފަތްލިޔާ އުމަރު ލިޔެފާވާ ފަތެއް. Document on the consecration of Boaga Ziyaarat on Aidhoo Island (Size: 7.6" X 5.5") Ba.Aidhoo - Aidhoo Shrine - Endowment for Shrine (ziyaaraiy)
Republic of the Maldives1304ހ ރަޖަބް 22(1887މ އޭޕްރިލް 16)ގާ؛ އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގާ، ފަނޑިޔާރު އައްޝައިހުލް އަލީ އަށްނަސްކީ އަލްގާހިރިއްޔާގެ ޝަރީއަތު މަޖިލީހުގާ، މަލިންގޭ ހަސަންދީދީ، ވާދޫ ދަންޑެހެލުގެ، ވަގުފް ގޯތި، ވެޔޮދޮށު ގޯތިން ވަށްބެރުގޭ އެންމެންނަށް ވީބަޔާއި، ހައްދުންމަތީ ހަސަން މަނިކުގެ ދަރިއަށްވީ ބަޔާއި، ހުރާ އިސްމާއީލްފުޅުގެ ދަރިންނަށް ވީބަޔާއި، އައްޔަފުޅު ދޮންކޮއްކޮގެ ދަރިޔަށް ވީބަޔާއި؛ މިހުރިހާތަނެއް، އޭނާ -/111 ރުފިޔާއަށް ގަނެ، އެތަނުގެ ހަވާލުވެރިކަން އޭނައަށް ލިބިއްޖެކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ފަނޑިޔާރު، ލިޔެފާވާ ފަތެއް. Size: 10.2" X 5.8 " K.Male' - Part of H.Veyodhoshu goathi (housing plot) - Deed for housing plot
Republic of the Maldives1163ހ ރަބީލްއާހިރު(1750މ މާޗް)ގާ، އަލްގާޒީ ހަސަން ތާޖުއްދީނުގެ ދަރި އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ފަނޑިޔާރު މަނިކުފާނުގެ ޝަރިއްޔަތުގެ މަޖިލީހުގާ، ފ.އަތޮޅު ހިމިތީ މީހުން، އެރަށުގެ މިސްކިތުގެ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ދެއްވާފާވާ، ވަގުފް ފަތް ބާވެގެން އާކޮށް ދެއްވިމަށް އެދުމުން، އެފަތް ބަށްލަވާ، އޭގާވީ ގޮތުގެ މަތިން؛ ޝަމްސުއްދީނުގެ ޝަރީއަތު މަޖިލީހަށް، ހިމިތީ މީހުން ގޮސް، އެމިސްކިތުގެ ވަގުފެއް ކަމުގާ ލަށްވާފާވާ، އަތަހަރަ އޭކިޔާ ރަށުގާ، ގެމެންދޫ މީހުން އިންދި ރުއް ހުންނާނޭ ކިޔާ، ވަރުވާ ނުދަށްކާތަ 6 އަހަރު ވެއްޖެއޭ ކިއާ ދައުވާ ކުރުމުން، ގެމެންދޫ މީހުން އެ މަޖިލީހަށް ހާޒިރުކުރަށްވާ، އެމީހުން އެތާ ރުއް އިންދި ކަމުގެ އެއްވެސް ހެއްކެތް ނެތް ކަމުގާ އެމީހުން އިގުރާރުވުމުން، ހިމިތީ މީހުންނަށް، އެ ހަ އަހަރަށް ވީ ވަރުވާ ކަމުގާވާ، 6ކޮށްޓޭ ބޮއްޔާ 6ލާރިއާ ގެމެންދޫ މީހުން ދަށްކާ، އެ ރަށް އެ ހިމިތީ މިސްކިތް މައްޗަށް ލަށްވާ، ލިޔެފާވާ ފަތެއް. (Size:11" X 8") Chief Justices - Al Ghaazee Mohamed Shamsuddin F.Himithi - Himithi Mosque - Endowment for Mosque
Republic of the Maldives