Showing 7 results

Archivistische beschrijving
7 results with digital objects Show results with digital objects
MV NAM MV NAM 012-F0-99T · Stuk · 1675
Part of Manuscript

1086ހ(1675މ)ގާ، (ނަމެއްނެތް... ތާރީހަށް ބަލާފާ) އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ 28ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މަހަމޫދު ފަނޑިޔާރު، އޭނާއާއި ރަންދިޔަގެފާނާއި، އައްޑޫ މީދޫ ލެޑިކޮޅު ކިޔާތަނުގާ ބިނާކުރި މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށް، އައްޑޫ މީދޫ އުތުރުން އޮތް ހިކަހެރަ އާއި، ހިރިއަދާހުރާ؟ އާއި، މީދޫ ހުޅަނގު ފަރާތު އުތުރުން ގައްލަނޑު ދޮންއައިހާ ބިބީގެ ފަންނުން(ގޮނޑުދޮށަށް އަރާފައިބާ އޮންނަ ހާއްސަ ދިމަދިމާ)އިރަށް ގޮސް މެދުމަގުން ދެކުނަށް، ވާދީ އަހައްމަދުގެ ފަންނުން ހުޅަނގަށް ދާއިރު، މިދެމެދުގާ އޮންނަ އުރައިލައިކާ ދަނޑުބިން ނޫން އަތިރިމަތީ އަތިރިމަތީ ރުއް އިންދާފާވާހާ ބިންބަޔާ، ގަމުގާ ހުރި، ބަންޑާރަ ބިން ނޫން އެހެން ބިންތަކުގެ ރަސްބަޔަށް ވާ 10ބައި ތެރެއިން ބަންޑާރަޔަށް އޮންނަ 250 ބޮނޑި ދީފާ، ދެން ބާކީ އޮތްބަޔާއި، މިރަށު ފަރަކު.... (ލިޔެފައެއްނެތް)...... ފެމުސެއްރި(އަޅުމީހާ، ނޯކަރު)އަކާއި، މިއަޅުން(ރަސްގެފާނުގެ ބޭބޭފުޅުން؟؟؟) އިންދާފާވާ ރުއްހުރި ބިންތަކާއި، އަދި އެ ތަކެތިން ލިބޭ ފައިދާއަކުން، އެމިސްކިތުގެ ހުރިހާ ކަންކަމެއް ކޮށްފާ ބާކީވާ އެއްޗަކުން، ރަދުންނާއި، ރަދުންގެ މަންމާފުޅު، އައިޝާކނަބާ އާއި ބައްޕާފުޅާއި، އޭރުގާ ހުންނެވި އަނބިކަނބަލުން، ސިރާޖުލް އާލަމް އައިމިނާ ރަނި ކިލެގެފާނުންނާއި، މި އެންމެހާ ބޭބޭފުޅުންނަށް، ކޮންމެ ރޯދަމަހަކު ހަތިމެއްކޮށް، ކޮންމެ ރަބީލްއައްވަލް މަހަކު، ދިހަ މީހުންލަށްވާ ބާރަދުއާ ކިއުމަށާ، މިއެންމެހާ ކަންކަމުގެ އަމަރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރިން ކިއުމުން، މާމުދިން އިބްރާހީމް، ލިޔެފާވާ، ދިވެސްއަކުރުގެ ފަތު(F0-99)ގެ، 1378ހ ރަމްލޯނު 6(1959މ މާޗް 16)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size; 13" X 7.9" S.Meedhoo - Mahumoodhu Ghaazee Miskiiy (Mosque)- Endowment for Shrine (ziyaaraiy)

Zonder titel
MV NAM MV NAM 012-F0-103T · Stuk · 1666
Part of Manuscript

1077ހ(1667މ)ގާ، (ރަދުންގެ ނަމެއް ނެތް، ތާރީހަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 19ވަނަ އަހަރު، އައްޑު އަތޮޅު ހިތަދޫ އަށް ވަޑައިގަތުމުން، އެރަށު މީހުން، މިސްކިތަކަށް އެދުމުން، އެތަނުގެ މާމިސްކިތް އަލުން އަޅުއްވާ، އެރަދުންގެ ބައްޕަގެ ދަރުބާރަށް، ރަންދިޔާފާނަށް(ރަދުނެއްގެ ފުރަތަމަ ލިބޭ އަންހެން ދަރިކަނބަލުން) މުދި(ގަހަނާ) ގެންދިޔަ، އައްޑޫ މީދޫ ވަތަބަނޑޭރިގެ ދަރި އަދަރަހަން ދިއުމުން، އެރަށު މީހުންނަށް ލެއްވި، ހިތަދޫ ކޮރުވެލެ ކިޔާތަން، އެމިސްކިތު ބޯގައަށް ލަށްވާ، އެ އަދަރަހަން އާއި އޭނާގެ ދެ ދަރިންނާއި، އެމީހުންގެ އެއްބަނޑު މޫސާ ކުޑަބަނޑޭރިއާ، ދަލޭކައާ، މިފަސް މީހުންނަށާއި އެމީހުންގެ ދަރިކޮޅަށް، އެތަނުގެ ހަވާލުވެރިކަން ލަށްވާ، އެ ރަދުންނާއި، އެރަދުންގެ ބައްޕާފުޅާއި، މަންމާފުޅަށް ކޮންމެ ރަބީލްއައްވަލް މަހު 4 ދުވަހު، ފަސް މީހުން ލަށްވާ ބާރަ ދުއާ ކިއުމަށް ޝަރުތުކުރަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރި ކިޔުމުން އަލީ މާމުދިން ދިވެސްއަކުރުން ލިއެފާވާ ފަތުގެ(F0-103)ގެ، 1378ހ ޒުލްގައިދު 11(1959މ މޭ 19)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9" S.Hithadhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Zonder titel
MV NAM MV NAM 012-F0-47 · Stuk · -
Part of Manuscript

(ތާރީހެއް އިނގޭކަށް ނެތް) އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ދަރިކަލުން، އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ ސިއްކަޖަހާފާވާ ދިވެސް އަކުރުން ލިޔެފައިވާ ފަތެއް. ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ 'ކައްޗޭ މީދޫމިސްކިތުގެ ބޯގަ' އަދި 'ރ.މީދޫ' މިހެން ލިޔެފާވޭ. Size: 12.1" X 10.5" R.Meedhoo - Meedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Zonder titel
MV NAM MV NAM 012-F0-76 · Stuk · -
Part of Manuscript

(ތާރީހެއް ނެތް) އައްސުލްތާނު އިބްރާހީމް އިސްކަންދަރު(ފަތަކުނެތް... ހުކުރުމިސްކިތް ބިނާކުރެއްވީ އެރަދުން ކަމުން) އެމިސްކިތް(ހުކުރު މިސްކިތް) ބިނާކުރަށްވާފާ، މިހުރާބުގޭ ފަސް މުދިމުން، ކޮންމެ ހުކުރު ދުވަހަކު ބަންގީ ސޮލަވާތް ގޮވާ، މާމުދިމަކު މަހާ ވޮޑިގަތުމަށް އެދި(މާނަ ނޭނގޭ.... ހީވަނީ ރަސްގެފާނުން ވަޑައިގަތުމަށް އެހުން ހެން)، ކޮއިލު ސޮލަވާތް ގޮވާ، ސުއްޖާދު(ރަދުންގެ މުސައްލަ)އުފުލާ، ހުތުބާ ކިޔާ، އައުދަ(ކަނޑި)ނަގާދީފާ، ދެންތިބި މުދިމުން، ކަތީބަކު ބަލާދިއުމާ، ސޮލަވާތް ފޮތާއި ފޭލި ގެނެސް ރަދުންނަށް ދިނުމަށާއި، އަދި ކޮންމެ ހުކުރު ދުވަހަކު ޒިޔާރަތްކައިރީގާ ޔާސީން ކިޔެވުމަށާއި، އަދި ކޮންމެ ދުވަހަކު 3 ފަހަރު އިހްލާސް ސޫރަތް ކިޔެވުމަށް އަންގަވާފަޔާ، އަދި، ދޮށުން ދޭ 18ލާރިއާ، ތުލުސްދޫއިން 136ބަމަ ހިންނައަކާ، މާލޭ މައްޗަންގޯޅިން 136ބަމަ ހިންނައަކާ، 'މަލަގުރައިދޫ'؟(އ.ނަލަގުރައިދޫ؟/މާލެއަތޮޅު ގުރައިދޫ؟)ގެ ދެބައިކުޅައެއްބަޔާ، 'ކުނާމީދޫ'؟ (ރ/ދ/ސ؟)އާއި، ދ.ވެލަވަރު؟ ރަސްބޮއްޔާ، ގަމުއަތޮޅު ގަމުން(ލ.ގަން؟؟) 100ބަމަ ހިންނައަކާ، 'މަގަތައްލާބަދުވާ'؟؟އާއި މިހުރިހާއެއްޗެތީން، މިކަންތައް(ހުކުރުމިސްކިތް ބެލުން؟؟؟) ކުރުމަށް ލެއްވި ކަމުގާ ހުކުރުމިސްކިތުގެ މެދު މިސްކިތުގެ ދެކުނުއިރުމަތީ ތަނބުގާ ހުރި ދިވެސްއަކުރު ލިޔުމެއްގެ ތާނަ ތަރުޖަމާއެއް. Size: 10.2" X 8.3" K.Male' - Hukuru Miskiiy (Mosque) - Order

Zonder titel
MV NAM MV NAM 012-F0-48T · Stuk · 1665
Part of Manuscript

1075ހ(1665މ)(ތާރީހެއް ނެތް، ރަސްކަމުގެ އަހަރަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ، ރަސްކަމުގެ 17ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ އަރިއަތޮޅު (އދ.)ހަންޏާމީދޫ މީހުން، އެމީހުންގެ ރަށުމަސައްކަތާ ހުރެ، އެރަށުގެ މިސްކިތް ބެލެހެއްޓެން ނެތްކަމުން، ރަށުމަސައްކަތް މަދު ކޮށްދެއްވުމަށް އެދުމުން، މިސްކިތް ބަލަހަށްޓާ މީހުންނަށް ރަށުމަސައްކަތް ކުރަން ނުޖެހޭގޮތަށް ނިންމަވާ އަދި، އެމިސްކިތުގެ ބޯގަޔަށް އޮންނަ އެއްލައިދޫއަށް، ހަންޏާމީދޫ މީހުން ނޫން އެހެން މީހަކަށް، އަރާ އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމުގެ އަމުރުނެރުއްވުމުން، އުމަރު ގަދަ ހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-84)ގެ، 1962މ މާޗް 27(1381ހ ޝައްވާލް 20)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 9.8" X 7.8" A.Hangnyaameedhoo - A.Hangnyaameedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)- Order

Zonder titel
MV NAM MV NAM 012-F0-61 · Stuk · 1748
Part of Manuscript

1161ހ(1748މ)މިތާރީހު، ފަތުގެ 13ވަނަ ފޮޅުވަތުގާ އަރަބި ހިސާބުއަކުރުން ލިޔެފާ، އަދި 2ވަނަ ފޮޅުވަތުގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް. އަދި ފަތުގެ ނުފުށުގާ، 'އޮޅުވެލިފުށި މިސްކިތު ބޯގަ' މިހެން ތާނައިން ލިޔެފާވޭ. Size: 12.5" X 11.4" Lh.Olhuvelifushi - Lh. Olhuvelifushi Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Zonder titel
MV NAM MV NAM 012-F0-11 · Stuk · 1749
Part of Manuscript

1162ހ(1749މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 29ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް، މާޅޮސްމަޑުލު ކިނޮޅަސް، އުނޑުދޫ، ފުނަދޫ، ކުޑަރިކިލު އަދި ކެންދޫ މީހުން ގޮސް، ކިނޮޅަސް މީހުން، އެމީހުން އަންޒަމާނުއްސުރެ ފަރުހިލާ، މަސްހިފާ ތަންތަންކަމުގާވާ، ދިގުފަރު، ފެންބޮއްތިބޭ އަންހެންފުށި އަދި އެރަށުގެ ފަޅު، ކަށިއުރި ފަޅު އަދި ގާގަނޑުފަރު، މިތަންތަނުން ބޮލިހިލާ، މަސްހިފާ ހެދުން، އަނެއް ހަތަރުރަށުގެ މީހުން މަނާކޮށްފި ކަމުގާ ބުނެ، އެކަން ހަމަޖަށްސަވާދެއްވުމަށް އެދުމުން؛ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މިބައިމީހުން ފޮނުއްވާ، އެމަޖިލީހުގާ، އެތަންތަނަކީ، ކިނޮޅުހު މީހުން އަންޒަމާނުއްސުރެ ބޮލިހިލާ، މަސްހިފާ، އެފަދަ ކަންތައް ކުރާ ތަންތަން ކަމުގާ، އަނެއް ހަތަރު ރަށުގެ މީހުން އިގުރާރުވުމުން، އެތަންތަން ކިނޮޅަހު މީހުންނަށް ލައްވާފިކަމުގާ ނިޔާކުރެއްވުމުން، އެ މަޖިލީހުން، އުމަރު ގަދަހަމާދީ ލިޔެފާވާ ދިވެސްއަކުރުގެ ފަތުގެ، 1340ހ ޝައުބާން 13(1922މ އޭޕްރިލް 11)ގާ، ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 12.22" X 8.3" R.Kinolhas - Dhigurah- Anhenfushi- Kashiuri Falhu- Gaagan'dufaru - Order (Reef)

Zonder titel