1957މ އޮކްޓޯބަރު 30(1377ހ ރަބީލްއާހިރު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ސީ. ވޭން ވެވާރަން ކިޔާ މީހަކު، އޭނާ 'ނެޝަނަލް ޖޯގްރަފިކް' މަޖައްލާގެ އެއަހަރުގެ ޖޫނުމަހުގެ އަދަދުން ދިވެހިރާއްޖެއާ ބެހޭގޮތުން ކީ ވާހަކަ ބުނެ، ދިވެހިރާއްޖޭގެ ދިދަޔާ ނިޝާނުގެ ތަފްސީލަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by C Van Waveren on October 30- 1957- inquiring about the Maldivian flag and emblem (Size: 10.6" X 8.25") Holand - letter (Foriegn)
Republic of the Maldives1959މ(1378ހ)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ތޯމަސް އެޗް.ސްކަލިއަން ކިޔާ މީހަކު، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކާ، ރަދުންގެ ސޮއެ(އޮޓޯގްރާފް) އަށް އެދި، ލިޔެފައިވާ ކުޑަ ކާޑަކާ، ސޮއި ކުރަށްވަން ހަދާފާވާ ކުޑަ ކާޑެއް. Card send by Thomas HScullion to Sultan Muhammed Fareed Didi- requesting for his autograph(1 card Size: 3.5" X 4.5"- 2 card Size; 2.3" X 3.6") United Kingdom - card (foriegn)
Republic of the Maldives1955މ ޑިސެންބަރު 26(1375ހ ޖުމާދިލްއައްވަލް 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އިނގިރޭސިވިލާތުގެ އެގްރިކަލްޗަރާ ބެހޭ ނޫސްވެރިޔެއް، ލޯރެންސް ޑީ ހިލްސް، ދިވެހިރާއްޖެޔަކީ، އޭރުގާ ދުނިޔޭގާ އޮތް، ހަތަރެސްކަން ރިޔާ ނަގާފާވާ އޮޑިފަހަރު ހުންނަ ހަމައެކަނި ފްލީޓު ކަމުގާ ބުނެ، އަދި ރާއްޖޭގާ އެފަދަ އޮޑި ބަނދެފާ އެހުންނަހާ ޗާލުކޮށް ދުނިޔޭގެ އެއްވެސް ތަނެއްގާ އޮޑިފަހަރު ނުބަނދެވޭ ކަމާ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ރާއްޖެޔާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭކަމާ، އަދި ރާއްޖޭގެ މީހުންނަކީ، އޮޑިދޯނި ބަނުމުގާ ދުނިޔޭގެ މައްޝޫރުކަން ހައްގުވެގެންވާ ގަދަ ކިއްސަރުވަޑިން އަދި ގަދަ ނެވިން ކަމާ، އަދި މިކަން އިޝްތިހާރުވެއްޖެއްޔާ، އެކަމުގެ ސިނާއަތެއް ރާއްޖޭގާ އުފެއްދި، ރާއްޖޭގެ ތަރައްގީވާނެ ކަމުގާ ލިޔެ، މިސިޓީ އެކަމާ ބެހޭ އޮފީހަކަށް ހަވާލުކޮށްދެއްވުމަށް އެދި، އަދި އޮޑިފަހަރުގެ ފޮޓޯޔާއި، އޮޑީގެ ދިގުމިން، އޭގާ އާންމުކޮށް އުފުލާ މުދާ، ފަޅުވެރިންގެ އަދަދު، އެންމެފަހުން އޭގެ އޮޑިއެއް ބައިން އިރު، ބަންނަން ދާ ހަރަދު، މިފަދަ މައުލޫމާތު ފޮނުވަން އެދި، އޭނާޔަކީ، ފޮތް ޝާއިއުކުރާ ކުންފުންޏެއްގެ އޭޖެންޓެއް ކަމުން ރާއްޖޭގެ އޮޑިފަހަރުގެ ވާހަކަ ލިޔުމަށްޓަކާ، އިނގިރޭސި އިނގޭ ކެޕްޓަނެއް ވޭތޯޔާ، އަދި ނެތިއްޔާވެސް، އެމީހުންގެ އެހީއާއެކު އެކަންކުރެވޭނޭކަމާއި، ދުނިޔޭގާވާ، އެވަށްތަރުގެ ރިޔާނެގި އެންމެފަހުގެ އޮޑިފަހަރެއްގެ ކައްޕިއެއްގެ ވާހަކީ މުޅިދުނިޔެވެސް ކިޔާނެ ކަމާއި، އެފޮތުން ރާއްޖެޔަށް އާމްދަނީ ލިބޭނެކަމާ، އަދި އޭނާ އެއުޅެނީ ލާރިކޮޅެއް ހަދާލަން ނޫންކަމާ، އޭނާ ބޭނުންވަނީ ރާއްޖެޔާ ރާއްޖޭގެ އޮޑިފަހާރާ ދުނިޔެއަށް އަންގާދޭންކަމާ، ދިވެހި އޮޑިޔަކީ، ޗާލު، މަދު އަދި ދުރުގާވާ އެއްޗެއްކަމާ، އދވސ.، ލިޔެ ފޮނުވާފާވާ ސިޓީއެއް. Letter sent by Lawrence D Hills- an agricultural reporter of Braintree- Essex- UK- to Sultan Mohamed Fareed Didi on December 8- 1955. Hills was interested in merchant ships of the Maldives and suggested various ideas to disseminate knowledge of Maldivian ships (Size: 8" X 5") United Kingdom - letter (Foriegn)
Republic of the Maldives(ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދް ދީދީއަށް، ޖޯން ބީ ޑައުނިންގް، އިނގިރޭސި ސިފައިންގެ މީހެއް، އޭނާ އެކި ގައުމުތަކުގެ ސިފައިންގެ ބެޖް އެއްކުރާތީ، ދިވެހިރާއްޖޭގެ ސިފައިންގެ ބެޖަކަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by John B Downing- a police officer from Worcestershire- UK- to Sultan Mohamed Fareed Didi- requesting a Maldivian Police badge (Size: 7" X 5.4") United Kingdom - letter (Foriegn)
Republic of the Maldives1956މ ޖަނަވަރީ 6(1375ހ ޖުމާދިލްއައްވަލް 22)ގާ، އުމުރުން 17 އަހަރުގެ ލިއޮނާޑް، ދިވެހިރާއްޖޭގެ ރަސްގެފާނުގެ ސޮއެ(އޮޓޯގްރާފް)އަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by 17-year-old Leonard- requesting an autograph of the Sultan (Size: 12" X 7.4") America - letter (Foriegn)
Republic of the Maldives1958މ އޭޕްރިލް 28(1377ހ ރަމްލޯނު 30)ގާ، ރާއްޖޭގެ ރަދުންނަށް، އުމުރުން 16 އަހަރުގެ ކިޔަވާ ކުއްޖެއް ކަމަށްވާ ޖޯން ގިޔެކް، ރަދުން ރަސްކަމަށް އިސްވީ ތާރީހާ، ރަދުންގެ އުފަންދުވަސް ވިދާޅުވެދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by John Giyech- inquiring about Sultan Mohammed Fareed Didi's date of birth and the day he ascended to the throne (Size: 8" X 5") America - letter (Foriegn)
Republic of the Maldives1956މ އޯގަސްޓް 25(1376ހ މުހައްރަމް 18)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އުމުރުންގެ 10 އަހަރުގެ ސެލީ ލަޕްލާންޓް، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކާ ދިވެހިރާއްޖޭގެ ގައުމީ ހެދުން އަޅުވާފާވާ ބުދެއް(ކުޅޭކުޅޭ)، އޭނާއަށް ފޮނުވާދެއްވުމަށް އެދި، އަދި ރާއްޖޭގާ އޮންނަނީ ކޮންކަހަލަ މޫސުމެއްތޯޔާ، ހުންނަނީ ކޮންކޮން މާމަލެއްތޯޔާ، މިކަހަލަ ސުވާލުކޮށް، ފޮނުވާފާވާ ސިޓީއެއް. Letter sent by 10-year-old Sally LaPlante- requesting a doll dressed in Maldivian traditional costume (Size: 12.05" X 7.25") America - letter (Foriegn)
Republic of the Maldives1957މ ޖަނަވަރީ 13(1376 ޖުމާދިލްއާހިރު 12)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޕޯލް އެލް ޗެޕްމަން، އެރަދުންގެ ސޮއެ(އޮޓޯގްރާފް)އަށް އެދި، ލިޔެފައިވާ، 2 ސްޓޭންޕް ޖަހާފާވާ، ކާޑެއް. Letter sent by Paul L Chapman to Sultan Mohamed Fareed Didi on January 13- 1957- requesting an autograph (Size: 3.2" X 5.5") America - card (foriegn)
Republic of the Maldives1959މ އޮކްޓޯބަރު 13(1379ހ ރަބީލްއާހިރު 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޑެނިއެލް އީ ލެންޒާ، އޭނާ ހަދާފާވާ 'ޕީސް އެންޑް ވޯ' ކިޔާ ލަވައެއް(ރާގާއި ބަސް) 3 ސަފްހާގާ(ސ.2،3،4) އޭގެ މިއުޒިކީ ނޯޓުތަކާ އެކު ލަވަ ލިޔެފާވާ ކަރުދާހަކާއި، އެޔާއެކު ފޮނުވި ސިޓީ. Letter sent by Daniel E Lenza- Argentina to Sultan Mohamed Fareed Didi on October 13- 1959- enclosing the score and lyrics of his song “Peace and War” (Size: 6.4" X 5") America - letter (Foriegn)
Republic of the Maldives1959މ ފެބްރުވަރީ(1378ހ ޝައުބާން)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ޖޯން މެޔާރސް ކިޔާ މީހަކު، އެރަދުންގެ 'އޮޓޯގްރާފް' އަށް އެދި ފޮނުވާފާވާ ސިޓީއެއް. Size: "8 X 5" America - letter (Foriegn)
Republic of the Maldives