Mostrar 18 resultados

Descrição arquivística
18 resultados com objetos digitais Mostrar resultados com objetos digitais
MV NAM MV NAM 012-F1-10 · Item · 1957
Parte de Manuscript

1957މ ޖުލައި 21(1326ހ ޒުލްހައްޖު 23)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، 'ފްރައި ފިލޭޓަލީ' ކިޔާ ސްޓޭންޕް އެއްކުރާ ޖަމިއްޔާއަކުން 'އެންޓަން ސްޓޮފް ވައިން'، ކިޔާ މީހަކު، އެޖަމިއްޔާއިން ވަރަށް ބޮޑު ސްޓޭންޕް މައުރިޒެއް ބާއްވަން އުޅޭ ކަމާ، އެ މައުރަޒުގާ، އޮސްޓްރިޔާ ރައްޔިތުންނަށް ރާއްޖެ ތައާރަފް ކޮއްދެންވެސް ބޭނުންވާ ކަމާއި، އެހެންވެ އެންމެ ފަހުގެ ސްޓޭންޕް ފޮނުއްވާދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Anton Stoff- Vienna to Sultan Mohamed Fareed Didi on July 21- 1957. Stoff was a member of the Freie Philatelie and was looking for stamps from the Maldives (Size: 5.9" X 8.2") Australia - letter (Foriegn)

Sem título
MV NAM MV NAM 012-F1-16 · Item · 1957
Parte de Manuscript

1957މ ޖޫނު 10(1376ހ ޒުލްގައިދު 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ ކެލިފޯނިޔާ އިން ޖޯން އޭ ވޯލްޓަން، އޭނާޔަށް ރަދުންގެ އެޑްރެސް ލިބުނީ ނެޝަނަލް ޖޯގްރަފިކް އިން ކަމުގަޔާ، ދިވެހިރާއްޖެގެ ސްޓޭންޕްކޮޅަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by John A Walton- California to Sultan Mohamed Fareed Didi on June 10- 1957- requesting for Maldivian stamps (Size: 7.9" X 5") America - letter (Foriegn)

Sem título
MV NAM MV NAM 012-F1-27 · Item · 1959
Parte de Manuscript

1959މ އޮކްޓޯބަރު 13(1379ހ ރަބީލްއާހިރު 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޑެނިއެލް އީ ލެންޒާ، އޭނާ ހަދާފާވާ 'ޕީސް އެންޑް ވޯ' ކިޔާ ލަވައެއް(ރާގާއި ބަސް) 3 ސަފްހާގާ(ސ.2،3،4) އޭގެ މިއުޒިކީ ނޯޓުތަކާ އެކު ލަވަ ލިޔެފާވާ ކަރުދާހަކާއި، އެޔާއެކު ފޮނުވި ސިޓީ. Letter sent by Daniel E Lenza- Argentina to Sultan Mohamed Fareed Didi on October 13- 1959- enclosing the score and lyrics of his song “Peace and War” (Size: 6.4" X 5") America - letter (Foriegn)

Sem título
MV NAM MV NAM 012-F1-59 · Item · 1957
Parte de Manuscript

1957މ އޮކްޓޯބަރު 30(1377ހ ރަބީލްއާހިރު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ސީ. ވޭން ވެވާރަން ކިޔާ މީހަކު، އޭނާ 'ނެޝަނަލް ޖޯގްރަފިކް' މަޖައްލާގެ އެއަހަރުގެ ޖޫނުމަހުގެ އަދަދުން ދިވެހިރާއްޖެއާ ބެހޭގޮތުން ކީ ވާހަކަ ބުނެ، ދިވެހިރާއްޖޭގެ ދިދަޔާ ނިޝާނުގެ ތަފްސީލަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by C Van Waveren on October 30- 1957- inquiring about the Maldivian flag and emblem (Size: 10.6" X 8.25") Holand - letter (Foriegn)

Sem título
MV NAM MV NAM 012-F1-72 · Item · 1959
Parte de Manuscript

1959މ(1378ހ)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ތޯމަސް އެޗް.ސްކަލިއަން ކިޔާ މީހަކު، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކާ، ރަދުންގެ ސޮއެ(އޮޓޯގްރާފް) އަށް އެދި، ލިޔެފައިވާ ކުޑަ ކާޑަކާ، ސޮއި ކުރަށްވަން ހަދާފާވާ ކުޑަ ކާޑެއް. Card send by Thomas HScullion to Sultan Muhammed Fareed Didi- requesting for his autograph(1 card Size: 3.5" X 4.5"- 2 card Size; 2.3" X 3.6") United Kingdom - card (foriegn)

Sem título
MV NAM MV NAM 012-F1-73 · Item · 1956
Parte de Manuscript

1956މ ޖަނަވަރީ 6(1375ހ ޖުމާދިލްއައްވަލް 22)ގާ، އުމުރުން 17 އަހަރުގެ ލިއޮނާޑް، ދިވެހިރާއްޖޭގެ ރަސްގެފާނުގެ ސޮއެ(އޮޓޯގްރާފް)އަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by 17-year-old Leonard- requesting an autograph of the Sultan (Size: 12" X 7.4") America - letter (Foriegn)

Sem título
MV NAM MV NAM 012-F1-18 · Item · 1957
Parte de Manuscript

1957މ ޖުލައި 8(1376ހ ޒުލްހައްޖު 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، ތުރުކީގެ ކުރީގެ ޖެނެރަލެއް ކަމުގާވާ ބުރުހާނުއްދީން އަހުމަދު އެރިލްގޫން ކިޔާ މީހަކު، އެމެރިކާގެ މަޖައްލާއަކުން، ދިވެހިރާއްޖޭގެ ވާހަކަ ކިޔުމަށްފަހު، ތުރުކީގެ މައުލޫމާތު ކޮޅެއް ލިޔެ، ދިވެހިރާއްޖެއަށާ، ރަދުންނަށް ތައުރީފުކޮށް، ހެޔޮ ދުއާ އާއި ތަހުނިޔާ ފޮނުވާފާވާ ސިޓީއެއް. Letter sent by Buruhaanu Deen Ahmed Erilguun- a retired Turkish General from Istanbul- to Sultan Mohamed Fareed Didi on July 8- 1957 (Size: 9.9" X 7.2") Turkey - letter (Foriegn)

Sem título
MV NAM MV NAM 012-F1-24 · Item · 1957
Parte de Manuscript

1957މ ޖަނަވަރީ 13(1376 ޖުމާދިލްއާހިރު 12)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޕޯލް އެލް ޗެޕްމަން، އެރަދުންގެ ސޮއެ(އޮޓޯގްރާފް)އަށް އެދި، ލިޔެފައިވާ، 2 ސްޓޭންޕް ޖަހާފާވާ، ކާޑެއް. Letter sent by Paul L Chapman to Sultan Mohamed Fareed Didi on January 13- 1957- requesting an autograph (Size: 3.2" X 5.5") America - card (foriegn)

Sem título
MV NAM MV NAM 012-F1-35 · Item · 1958
Parte de Manuscript

1958މ މާރޗް 6(1377ހ ޝައުބާން 15)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެތެލް އެވާބެކް، އޭނާޔަކީ، އެކިއެކި ގައުމުތަކުގެ ސަގާފީ ހެދުމުގާ ތިބޭ ބުދު(ކުޅޭކުޅޭ) އެއްކުރާ ކަމާއި، އޭނާގެ 'ކަލެކްޝަނު'ގާ 128ގައުމުގެ ގާތްގަނޑަކަށް 550ބުދު ހުރި ކަމާއި، ސްކޫލް ކުދިންނަށާ، ޒުވާނުންގެ ޖަމިއްޔާތަކަށާ، އެފަދަ އެކިއެކި ތަންތަނުގާ އޭނާ އެއެއްޗެތި ހިލޭ ދައްކާދޭނެ ކަމުގާ ބުނެ، އޭނާޔަށް ދިވެހި ރާއްޖޭންވެސް އެފަދަ 2 ބުދު ލިބޭތޯ އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Ethel Averbach- a doll collector from California- to Sultan Mohamed Fareed Didi on March 6- 1958- requesting for two dolls from the Maldives (Size: 8" X 6") America - letter (Foriegn)

Sem título
MV NAM MV NAM 012-F1-21 · Item · 1955
Parte de Manuscript

1955މ ޑިސެންބަރު 26(1375ހ ޖުމާދިލްއައްވަލް 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އިނގިރޭސިވިލާތުގެ އެގްރިކަލްޗަރާ ބެހޭ ނޫސްވެރިޔެއް، ލޯރެންސް ޑީ ހިލްސް، ދިވެހިރާއްޖެޔަކީ، އޭރުގާ ދުނިޔޭގާ އޮތް، ހަތަރެސްކަން ރިޔާ ނަގާފާވާ އޮޑިފަހަރު ހުންނަ ހަމައެކަނި ފްލީޓު ކަމުގާ ބުނެ، އަދި ރާއްޖޭގާ އެފަދަ އޮޑި ބަނދެފާ އެހުންނަހާ ޗާލުކޮށް ދުނިޔޭގެ އެއްވެސް ތަނެއްގާ އޮޑިފަހަރު ނުބަނދެވޭ ކަމާ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ރާއްޖެޔާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭކަމާ، އަދި ރާއްޖޭގެ މީހުންނަކީ، އޮޑިދޯނި ބަނުމުގާ ދުނިޔޭގެ މައްޝޫރުކަން ހައްގުވެގެންވާ ގަދަ ކިއްސަރުވަޑިން އަދި ގަދަ ނެވިން ކަމާ، އަދި މިކަން އިޝްތިހާރުވެއްޖެއްޔާ، އެކަމުގެ ސިނާއަތެއް ރާއްޖޭގާ އުފެއްދި، ރާއްޖޭގެ ތަރައްގީވާނެ ކަމުގާ ލިޔެ، މިސިޓީ އެކަމާ ބެހޭ އޮފީހަކަށް ހަވާލުކޮށްދެއްވުމަށް އެދި، އަދި އޮޑިފަހަރުގެ ފޮޓޯޔާއި، އޮޑީގެ ދިގުމިން، އޭގާ އާންމުކޮށް އުފުލާ މުދާ، ފަޅުވެރިންގެ އަދަދު، އެންމެފަހުން އޭގެ އޮޑިއެއް ބައިން އިރު، ބަންނަން ދާ ހަރަދު، މިފަދަ މައުލޫމާތު ފޮނުވަން އެދި، އޭނާޔަކީ، ފޮތް ޝާއިއުކުރާ ކުންފުންޏެއްގެ އޭޖެންޓެއް ކަމުން ރާއްޖޭގެ އޮޑިފަހަރުގެ ވާހަކަ ލިޔުމަށްޓަކާ، އިނގިރޭސި އިނގޭ ކެޕްޓަނެއް ވޭތޯޔާ، އަދި ނެތިއްޔާވެސް، އެމީހުންގެ އެހީއާއެކު އެކަންކުރެވޭނޭކަމާއި، ދުނިޔޭގާވާ، އެވަށްތަރުގެ ރިޔާނެގި އެންމެފަހުގެ އޮޑިފަހަރެއްގެ ކައްޕިއެއްގެ ވާހަކީ މުޅިދުނިޔެވެސް ކިޔާނެ ކަމާއި، އެފޮތުން ރާއްޖެޔަށް އާމްދަނީ ލިބޭނެކަމާ، އަދި އޭނާ އެއުޅެނީ ލާރިކޮޅެއް ހަދާލަން ނޫންކަމާ، އޭނާ ބޭނުންވަނީ ރާއްޖެޔާ ރާއްޖޭގެ އޮޑިފަހާރާ ދުނިޔެއަށް އަންގާދޭންކަމާ، ދިވެހި އޮޑިޔަކީ، ޗާލު، މަދު އަދި ދުރުގާވާ އެއްޗެއްކަމާ، އދވސ.، ލިޔެ ފޮނުވާފާވާ ސިޓީއެއް. Letter sent by Lawrence D Hills- an agricultural reporter of Braintree- Essex- UK- to Sultan Mohamed Fareed Didi on December 8- 1955. Hills was interested in merchant ships of the Maldives and suggested various ideas to disseminate knowledge of Maldivian ships (Size: 8" X 5") United Kingdom - letter (Foriegn)

Sem título