(ތާރީހެއް ނެތް) މިފަތުގެ މަތީގާ، 'އަލްހަތީބުލް މުހައްމަދުލް މަޝްހޫރު އަލްހަތީބުލްގާޒީ މުހައްމަދުލް އިބުނުލްހާޖީ އަލީ' ، އަދި ތިރީގާ، 'އައްނައިބު އިބްރާހީމް އިބްނު އަލްގާޒީ ހަސަންލް މަޝްހޫރު'، މިހެން، އަރަބިން ލިޔެފާވެއެ. Size:9.4" X 7.5" Endowment for Shrine (ziyaaraiy)
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) މި ފަތް ވީރާނާވެފާ އޮތް ވަރުން، ކިޔަން އިނގެނީ ތަންތަން ކޮޅެ. އިންގެން އޮތްވަރަކީ އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ޝެއިހުލް އިސްލާމުގެ މަޖިލީހުން ލިޔެފާވާ ފަތެއް ކަމެ. Size: 10.7" X 8.8"
Republic of the Maldivesނުފުށުގާވެސް އެއްވެސްކަހަލަ މައުލޫމާތެއް ނެތް، ދިވެސްއަކުރު ފަތެއް. Size: 13.1" X 9.5"
Republic of the Maldives(ތާރީހެއްނެތް) ފޮރި ހަސަންދީދީ ކުރަށްވާފާވާ، މި، (F0-43)ފަތުގެ ތަރުޖަމާއިން އެއްވެސް މާނައެއް ދޭހައެއްނުވޭ. Size: 9.9" X 7.9"
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) މި ދިވެސްއަކުރު ފަތަކީ، F0-111T އަދި ގެ އަސްލު. Size: 58.5" X 11.6" Kanbaa Aisa Miskiiy (Mosque) - Endowment for Mosque
Republic of the Maldives1334ހ ޒުލްގައިދު 27(1916މ ސެޕްޓެންބަރު 25)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުން؛ އަލްވަޒީރު ހުސެއިން ދޮށިމޭނާ ކިލެގެފާނުގެ ދަރި އައިސާ މަނިކުފާނުގެ ދަރި އައިމިނާ މާވާކިލެގެފާނުގެ ދަރިކޮޅު މީހުން، އެ އައިމިނާ މާވާކިލެގެފާނު ހެއްދެވި މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ މާޅޮސްމަޑުލު އުތުރުބުރި(ރ.) މާމުނަގާ ކިޔާރަށުގާ ހުރި ރުއްގަހާއި، ކެޔޮލާއި، ފަލަމަޑިޔާއި ތެރެއިން، އެ ދަރިކޮޅަށް މިލްކުވެފާވާހާ އެއްޗެއް ވަގުފްކޮށް، ބޮޑުފުށީ ހޮޅިމުހައްމާގެ ކާފަދަރި، ހުސެއިން ތަކުރުގެ ދަރިކޮޅަށް، އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، ލިޔާ އަލީ މާމުދިންތަކުރުފާނު ހެކިވެ، 1123ހ ރަޖަބް 1(1711މ އޯގަސްޓް 16)ގާ ލިއުނު ފަތް ބާވެގެން، އެފަތުގެ މައްޗަށް،އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވި ފަތްވެސް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވަން އެދުމުން؛ އެފަތުގާވާ މަގަށް، އެމަހްކަމާއިން، ލިޔެދީފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1971މ ނޮވެންބަރު 24(1391ހ ޝައްވާލް 6)ގާ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނަޝިޕް ޑިވިޝަން އިން، މަތިގާ ބުނެވިފާވާ ވަގުފް އަކީ ސައްހަ ވގުފެއް ނޫންކަމުގަޔާ، އަދި މިފަތް އުވާލުމަށް ހުކުމްކޮށްފާވާ ކަމުގާ ލިޔެ، އެ ޑިވިޝަންގެ ގާޒީގެ ނައިބު، އަހުމަދު ރަޝީދު ސޮއިކޮށްފާވާ ލިޔުމެއް. (Size: 19" X 9.5") Chief Justices - Al Naaibu Hussain Salahuddin Mosque built by Aiminaa Maavaa Kilege - Endowment for Mosque
Republic of the Maldives1349ހ ޝައުބާން 13(1931މ ޖަނަވަރީ 2) ތާރީހުކޮށް، 'ބޮއިދޮންތުއްތުއަށްބަހެ' ޝުރުހީކޮށް، 'އެތެރެބަޑަހަލަށް' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3") K - Male' - Royal Palace - list
Republic of the Maldives