1071ހ(1661މ)ގާ، ސުވަސްތިސިރީ މަތަމަހާ ސިރީ ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުން(އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1)ގެ ރަސްކަމުގެ 13ވަނަ އަހަރު، އަލްގާޒީ އިބްރާހީމް ފާށަނާކިލެގެފާނު(އައްސުލްތާނު އިބްރާހީމް 3 ކަލާފާނު)ގެ ޒިޔާރަތު(ކަލާފާނު ޒިޔާރަތް)ގެ ކިޔެވެނީން، އެރަދުންގެ ދަރުބާރުގާ، އެމީހުންގެ ވެރިއަކަށް ހުރި އަލްވަޒީރު ހުސެއިން ރަންނަބަނޑޭރި، ތުއްކަމަނާއަށް ދަރުމަކޮށް، ކަލާފާނު ޒިޔާރަތަށް ކޮށްފާވާ ވަގުފް އަތުލައިގަނެގެން އުޅޭކަމުގާ ބުނެ، އެވަގުފްގެ އިހުފަތުގާވާ މަގަށް އެކަން ހަމަޖަށްސާދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެތުއްކަމަނާ ނިޔާވިއިރު އޭނާގެ ފިރިއަކަށް ހުރި ފަރަށްޓެ ވެލާވަޅުނަ ތަކުރު އާއި އޭނާއަށް، އެތުއްކަމަނާއަށް ލިބުނު ތުއްކަލާ، އެކަމަނާއަށް ދަރުމަކޮށް ވަގުފްކޮށްފާ ވަނީ، ހަނިމާދޫ ނޫރައްދީނު ފަނޑިޔާރުގެ ދަރިން އަތުން އެކަމަނާ ގަނެފާވާ، މިލަދުންމަޑުލު (ނ.)މަނަދޫގާ އޮތް ހިންނައާއި، ކޮޅުމަޑުލު (ތ.)މާލިފުށި، އަރިއަތޮޅު(އދ.)މަންދޫގާ އޮތް އޭނާގެ ބެއި (ދެބެންގެދެދަރި)ކަލާފާނު ދެއްވާފާވާ، ކޮންމެ ބިތަކު 30ބަމަ ހުރި ބިމަކާ، އެބިމުގާ ހުރި ގޮއިދޫ ހުސެއިން އިންދާފާވާ ރުކާއި، (ފ.)ނިލަންދޫ މާޑުއް؟ އަތުން އެކަމަނާގެ ދެމަފިރިން ގަތް އަރިއަތޮޅު އެމްބުޅަލަފުށި؟(ބުޅާޅޮހި؟) ކިޔާ ރަށާއި، އެރަށުގާ ވީހާ ތަކެއްޗަކާ، އެކަމަނާ ރުއްއިންދަވާފާވާ އަރިއަތޮޅު(އދ.)ހިޔަފުށި އާއި، ތިލަދުންމަތިން އޭނާ، ކޮށަރިބެޔާގެ ދަރިންއަތުން ގަތް ބޮޑުހިންނައާއި، ކޮންމެއަހަރަކު އޭނާގެ އަހަރުމަތި ދުވަހު 8ފަހަރު ޔާސީން ސޫރަތް ކިޔަވާ، އޭނާގެ ޒިޔާރަތް އިމާރާތް ކޮށް، އަހަރުމަތި ފާތިހާ ކިޔަވާ، އެއެންމެހާ ކަންކަން ކުޅައުމަށް، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިން ކަން، އޭނާގެ ބެއި، ކަލާފާނުގެ ޒިޔާރަތުގެ ކިޔެވެނިންނަށް މަތިކުރަށްވާފާވާ ކަމުގާޔާ، އެއެންމެހާ ކަންކަން އޮންނަންވާނީ އެގޮތަށް ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު އަބޫބަކުރު ލިޔެފާވާ ފަތުގެ(F0-36) ތާނަ ތަރުޖަމާ. މި ތަރުޖަމާގެ ސުރިހީއެއްގެ ގޮތުގާ، 'ގާޒީ އިބްރާހީމް ފާށަނާ ކިލެގެފާނުގެ ޒިޔާރަތް ބެހެއްޓުމަށް ވަގުފް ކުރި ތަކެތީގެ ފަތުގެ ތަރުޖަމާ' މިހެން ލިޔެފާވިޔަސް، މައިގަނޑުގ ލިޔެފާވަނީ، ތުއްކަމަނާ ޒިޔާރަތެ. Size: 9.9" X 7.8" ADh.Mahibadhoo - Thuhkamanaa (ziyaaraiy)
Republic of the Maldives1216ހ ރަބީލްއާހިރު(1801މ އޯގަސްޓް)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ދަރުބާރުގާ، އަރިއަތޮޅު މާމިގިލި މީހުން، އެރަށުގެ ފަޅުގާ އޮންނަ ދިއްފުށީގެ ރުއްއަޅާ 2/1ބަންޑާރައަށް ނަންގަވާ އަނެއްބައި، އެމީހުންގެ ރަށުގެ ކުޑަމިސްކިތާއި، ކަނދިލި މިސްކިތަށް، ބޯގަޔަށް ލަށްވާދެއްވުމަށް އެދުމުން، އެގޮތަށް އެކަން ކުރުމަށާއި އަދި އެބޯގައިގެ ހަވާލުވެރިކަން، މާމިގިލި ރައްޔިތުންނަށް ލަށްވައިފި ކަމުގެ އަމުރު އިއްވެވުމުން، އެރަދުންގެ ސިއްކަޖަހާ، މުހައްމަދު ހަނދޭގިރި ލިޔެފާވާ ފަތެއް. 12.5" 9" A.Maamigili - Kuda Miskiiy (Mosque)- Kan'dhili Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1343ހ ޒުލްހައްޖު 23(1925މ ޖުލައި 15)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ވެރިކަމުގެ 24ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، އަރިއަތޮޅު (އދ.)މާމިގިލީ މީހުން، އެރަށުގެ ހުކުރު މިސްކިތުގެ މައްޗަށް އިހުގެ ރަދުން ދެއްވި ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވަން އެދުމުން، 1111ހ(1700މ)ގާ، އައްސުލްތާނު އަލީ ތުއްކަލާ(ދެއްވަދޫ ރަސްގެފާނު)ގެދަރި އައްސުލްތާނު މުހައްމަދު(ކުޑަ މުހައްމަދު ރަސްގެފާނު) ލިޔެދެއްވާފާވާ ފަތުގާވަ ގޮތުގެ މަތިން، މާމިގިލީ ހުކުރު މިސްކިތަށް، އެރަށުގެ ރުއް ފާލައްބައިން 2/1، ގޮއިން 2/1، އެރަށު ގަލަމާއި؟ ބަރުވަތާއި؟ ލަށްވާ، އަދި އެމިސްކިތުގާ އިންދާ ރުއްރުކަކީ މިސްކިތުގެ މުދިމަށް ހުންނަ އެއްޗެއް ކަމާއި، އަދި އެބޯގައިގެ ހަވާލުވެރިކަން، މާމިގިލި ރައްޔިތުންނަށް ލަށްވާ، ފަތެއް ލިއުމުގެ އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Receipt of real estate documents: Maafannu Kurikihanfilaa (Size: 17.9" X 10.2") A.Maamigili - A.Maamigili Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1349ހ(1930މ)ގާ، މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު، ކަލާފާނު ޒިޔާރަތުގެ ހަވާލުވެރިން ކަމުގާވާ، ހަންޏާމީދޫ ރައްޔިތުންނަށް، (އދ.)ދިއްދޫ މީހުން، 6000 ކާއްޓާ، 30 އަޑުބައި ކާށިތެލާ، 18 ބޮނޑި ރޯނާ، 200 ގަނޑު ފަނާ، 5 ކުކުޅާއި، ކޮންމެ އަހަރަކު ޝައުބާން މަހުގެ އެއްވަނަ ދުވަހަށް ދެއްކުމަށްޓަކާ، ދިއްދޫ ފާލަށްބަކޮށް، ދިއްދޫއަށްވީ ރުއްގަހާއި، ދިއްދޫ ރަށުމަހުގެ ދެބައިކުޅައެއްބައި ދިއްދޫ މީހުނަށް ލަށްވާ، މިތަކެތިން މިކަންކަން ކުރަންޖެހޭނެ ކަމުގާ ލިޔެ އަމުރުކުރަށްވާ، ހަންޏާމީދޫ މީހުންނަށް ދެއްވި ފަތެއް. Size: 9.4" X 4.3" A.Hangnyaameedhooi - Kalaafaanu Shrine - Order (gift)
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ހަންޏާމީދޫ މީހުން ގެނައި' މިހެން ޖަހާފާވޭ. Size: 15.1" X 11.5" A.Hangnyaameedhoo - A.Hangnyaameedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)- Order
Republic of the Maldives1075ހ(1665މ)(ތާރީހެއް ނެތް، ރަސްކަމުގެ އަހަރަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ، ރަސްކަމުގެ 17ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ އަރިއަތޮޅު (އދ.)ހަންޏާމީދޫ މީހުން، އެމީހުންގެ ރަށުމަސައްކަތާ ހުރެ، އެރަށުގެ މިސްކިތް ބެލެހެއްޓެން ނެތްކަމުން، ރަށުމަސައްކަތް މަދު ކޮށްދެއްވުމަށް އެދުމުން، މިސްކިތް ބަލަހަށްޓާ މީހުންނަށް ރަށުމަސައްކަތް ކުރަން ނުޖެހޭގޮތަށް ނިންމަވާ އަދި، އެމިސްކިތުގެ ބޯގަޔަށް އޮންނަ އެއްލައިދޫއަށް، ހަންޏާމީދޫ މީހުން ނޫން އެހެން މީހަކަށް، އަރާ އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމުގެ އަމުރުނެރުއްވުމުން، އުމަރު ގަދަ ހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-84)ގެ، 1962މ މާޗް 27(1381ހ ޝައްވާލް 20)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 9.8" X 7.8" A.Hangnyaameedhoo - A.Hangnyaameedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)- Order
Republic of the Maldives• (ތާރީހެއް ނެތް)، 'ލިއުންނެތިހުރި ވަގުފް ނުވަތަ އަމިއްލަ ތަންތަނާ ބެހޭ އިތުރު މައުލޫމާތު' މިހެން ބޮޑުއަކުރުން ސުރުހީކޮށް، • 'މާޅޮސް' މިހެން ލިޔެ، އޭގެ ދަށުގެ، ހ.ގާ، އެރަށުގާ އޮންނަ ވިޔޯރްދަޑު ކިޔާ ދަނޑަކީ، އެރަށު ކޮށްޓޭތެރެ ކިޔާ ތަން، ބަންޑާރަކޮށް، މާފަތްކިލެގެފާނު އެރަށުގާ ތައްޖެއްސެވި(ބަންޑާރަރުއްގަހާއި އަމިއްލަރުއްގަހާ ދެބައިވަކިކުރުމަށް ރުކުގައި ޖަހާފާހަގަ ޖެހުން)ދުވަހު، އޭގެބަދަލުގާ އަމިއްލަކޮށްދެއްވާފާ ތަނެއްކަމާ، އެތަނުގެ ލިއުމެއްނެތްކަމުގާ ބުނެފާވާ ލިއުމެއް. • 'ފެންފުށި' މިހެން ލިޔެ، އޭގެ ދަށުގެ، ހ.ގާ، ކަކާގޭ ބޭފުޅުންގެ ކުޑަގަނޑުވަރު ކިޔާ ތަނެއް، އެރަށުގާ އޮތްކަމާ، އެތަން ވަގުފްކުރިކަން އިނގެން ނެތްކަމާ، އެތަނަކީ އަމިއްލަ ބިމެއް ގޮތުގާ ވަކިކޮށްފާވާ ތަނެއް ނޫންކަމުގާ ބުނެ، އަދި ށ.ގާ، އެރަށު ފިނިފެންމާގެ، ފެންފުށީ މުހައްމަދު އަލީ، އެމީހުންގެ އަތުގާ، ވަގުފްފަތެއް އޮތް ކަމުގާ ބުނިކަމާ، އަދި އެފަތްވީ، އޭނާގެ ބޭބޭ އަބޫބަކުރު އަލީގެ އަތުގާ ކަމާ، އޭނާ އޭރުވީ މާލެގާ ކަމުގާ ބުނެފާވާ ލިއުމެއް. • 'ދަގެތި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށު އަހުމަދު އަބޫބަކުރުގެ މުދާކޮޅެއް، އެއީ ވަގުފްކޮށް، އޭނާގެ ދަރިންނަށް ހަވާލުވެރިކަންދީފާވާ އެއްޗެއްކަމުގާ، އެމީހުން ބުނާ ކަމުގަޔާ، ނަމަވެސް އެކަމުގެ އެއްވެސް ލިއުމެއް ނެތްކަމުގާ ބުނެފާވާ ލިއުމެއް. • 'ހަންޏާމީދޫ' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގާވާ ކަލާފާނު ޒިޔާރަތުގެ ބައެއް ލިއުން ހުރިކަމާ، އެއެއްޗެތިވީ، ވުޒާރަތުލް އައުގާފަށް ގެންގޮއްސާ ކަމުގާ ބުނެފާވާ ލިއުމެއް. • 'ތޮއްޑޫ' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގާ، ކަމަނާގޯތީގެ ވަގުފް ކިޔާތަނެއް އޮންނަކަމަށްވާ ކަމުގަޔާ، އެހެނަސް، އެކަމުގެ އެއްވެސް ލިއުމެއް ނުވާކަމުގާ ބުނެފާވާ ލިއުމެއް. އަދި، ށ.ގާ، އެރަށުގެ ގޮއިއާއި، 8 ހިންނަ ފިޔަވާ، އެހެންތަންތަނަކީ، އެރަށުގެ ހުކުރު މިސްކިތުގެ ފަތުގާ ލިޔެވި، ރައްޔިތުންނަށް އެއްޗެހި ހަށްދަން، އަމިއްލައެއްގޮތުގާ ދޫކޮށްފާވާ ތަންތަންކަމާ، އެ ފަތްތައް ވީ މާލެ ފޮނުވާފާވާ ކަމުގާ، ބުނެފާވާ ލިއުމެއް. • 'މާމިގިލި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގެ ވަށާއޮތް ހޭޅި އެއީ ވަގުފެއް ކަމުގާ ބުނާކަމާއި، އެއީ ރަށު މިސްކިތުގެ ބޯގައެއް ކަމާ، އެކަމުގެ ފަތްތައް ވަނީ މާލެ ގެންގޮސްފާ ކަމުގާ، ބުނެފާވާ ލިއުމެއް. • 'މަތިވެރި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގެ މިސްކިތަށް، އ.މަތިވެރި އާއި އެމަތިވެރީގެ ފަޅުގާވާ ފިނޮޅުއާއި ކުޑަފޮޅުދޫ، ވަގުފްކޮށްފާވާ ކަމާއި، އެވަގުފްގެ ފަތް ވީ، ވުޒާރަތުލް ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގާ ބުނެފާވާ ލިއުމެއް. Size: 8.8" X 5.4" 1.A.Maalhos- 2.A.Dh.Fenfushi- 3.A.Dhan'gethi- 4.A.Hangnyaameedhoo- 5.A.Thoddoo- 6.A.Maamigili- 7.A.Mathiveri - 1. Viyoz dhan'du (plot) and Kottethere- 2.Kuda Gan'duvaru (Palace)- 3.Dhangethi Ahmed Aboobakuruge Kuda Gan'duvaru - 4.Kalaafaanu Shrine- 5.Kamana Goathi (Housing Plot)- 6.Maamigili vashaaoi Heylhi- 7.Mathiveri Miskiiy (Mosque) - 1.Writing (Endowed housing plot) and Writing (Private Property)- 2.Wriiting (Endowment for property)
Republic of the Maldives1339ހ ރަޖަބް 14(1921މ މާޗް 24)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުގެ މަޖިލީހުގާ، މާމިގިލީ އިބްރާހީމްގެ ދަރި، އަށްނައިބު އާދަމު، އޭނާގެ އެންމެހާ މިލްކިއްޔާތެއް، އޭނާގެ ކިބައިން މިލްކުކަނޑާ، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާއަށާ، އޭނާ ނެތުމުން، އޭނާގެ ދަރިން، އަބްދުލް ރަހުމާނު، ދާވޫދު އަދި އޭނާގެ ހަދީޖާގެ މޫސާ، މިތިންމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށް އެދުމުން؛ އެ ވަގުފް ސައްހަކަމުގާ ނިއާކުރެއްވުމުން، މޫސަލް މަހައްލީގެ ދަރި އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 8.8" X 5.5") Chief Justices - Al Ghaazee Hussain Salahuddin A.Maamigili - Deed for housing plot
Republic of the Maldives1017ހ ޝައްވާލް 28(1609މ ފެބްރުވަރީ 3)ގާ، 'ދޮޅަސްދެގުރާބު'(24؟؟؟) ގުރާބުގާ އައި ހަސަދަވެރި ހޮޅިންނާއި، އަލްގާޒީ މުހައްމަދު ބޮޑުތަކުރުފާނުގެ ދަރި އައްސުލްތާނު އަލްގާޒީ އިބްރާހީމް ފާށަނާކިލެގެފާނު(ކަލާފާނު) ހަނގުރާމަކުރަށްވަނިކޮށް، އެބައިމީހުން އެއްލި ލޮންސިއަކުން އެކިލެގެފާނު ޝަހީދުވުމުން، ހަށިކޮޅު ހަންޏާމީދޫއަށް ގެންގޮސް، އެތާ ފަސްތާނުލާ، މަހާނަގާ ޖަހާ، ކިޔަވާ މިކަންކަންކުރުމަށްފަހު، ކަލާފަނުންގެ ދަށު(ހަގު؟؟)ދެ އަނބިން ކަމުގާވާ، އައިސާ ބިބީ އާއި ނަސްރަތު ކަމަނާއާއި، ކަލާފާނުންގެ ހަކުރަވެތި ކަލޯ އާއި، ވެލަވަޅުނާ(ވެލާނާ)ކަލޭގެ އާއި، މާބަނޑޭރިކަލޭގެ އާއި، ކޮށަރިކަލޭގެ އާއި، އަދި ކަލާފާނުގެ ހުރިހާ ހަނގުބޭކަލުންނާއި، މިއެންމެން، އެވަގުތު، އެތާ ތިބެގެން ކަލާފާނުންނަށް ޒިޔާރަތެއް ބިނާނުކޮށްފިއްޔާ، ދުވަހަކުވެސް ޒިޔާރަތެއް ބިނާނުކުރެވޭނެ ކަމުގާ، ކިޔާ، ޒިޔާރަތް ބިނާކުރުމަށް ކަނޑައަޅައި، މާކަނޑޫދޫ ވާތީ އައްލާ އާ، މަނަދޫ އަލީގެ ދަރި ހަސަންއާ، ލަންދޫ 'ދަރުވޭހުންގެ'؟؟ ދެބަފައިންނާ، ހިމަންދޫ އަލީ ރައިވެރިޔާއާ، މަހިބަދޫ ހިކަ އާއި ކިރަޑީ އައްލާއާ، އުކުޅޮހު 'ރަހުދާނާ'؟؟(ރަހުމާނާއި)، ކައްދޫ މޫސާގެ ތިންބަފައިންނާ، ދިޔަމިގިލީގާ ހުންނަ ހުސެއިންއާ، ކޮޅުމަޑުލު ކަނޑޫދޫ މުހައްމަދުގެ ދަރިން އައްލާއާއި، އުމަރުއާ، މިއެންމެންގެ އަތުގާ ހުރި ރުއްގަހާއި، އަދި ބަރެސްދޫ އުމަރުއާ، މުންޑޫ ހަސަންއާ، މަޑިފުށީ މަރުދޫ ހެއިވާގެ ދަރި މުހައްމަދުއާއި އޭނާގެ 'މަލާއި'(އަންހެންދަރި/އަނަބި؟؟)، މިއެންމެންގެ އަތުގާހުރި ބަންޑާރަ ރުއްގަހާއި، ތިމަރަފުށީގާ ހުންނަ ހުވަދޫ މުހައްމަދުކަލޯ އާއި، އޭނާގެ އަތުގާ ހުރި ދެބަނދި ރާރުކާއި، ވޭމަންޑޫގަ ހުންނަ ހުވަދޫ އުމަރުކަލޭ އާއި، އޭނާ އަތުގާ ހުރި ދެ ބަނދި ރާރުކާއި، އެއިން ކޮންމެ ރާވެރިއެއްގެ އަތުގާ ހުރި މަތީ ރާ؟؟ އާއި، އަތްމަތީ ރުއްހުރި ރާވެރިއެއްވިއްޔާ އެބައެއްގެ ރުކުރާއާއި، މާލޭ ފުނަދޫގާ ކަލާފާނު އިންދެވި ރުކުން މުޑުވަށްކޮށްގެން، އެ ކިލެގެފާނަށް ވީހާ ރުކާއި، އަރިއަތޮޅު ކުރަމަތީ މުޅިރަށާއި، އެރަށުން ބަންޑާރަޔަށްވީ ހުރިހާ އެއްޗަކާއި، ކޮޅުމަޑުލު ފެންފުށި ކިޔާ ރަށާއި، ހަނިމާދޫ ނޫރައްދީނު ފަނޑިޔާރުކަލޭފާނުންގެ ދަރި ހުސެއިން އަތުން ކޮޅުމަޑުލު ކަނޑޫދޫންވާ ރުކަށް އަގުދެއްވާ ކަލާފާނުން ބައްލަވައިގެންފާވާ އެރަށު ރަށްކޮޅު މިސްކިތުގެ ދެކުނުންއޮތް، ފާހިތި(72)ބަމަ ހުރި ހިންނައާއި، މިހިންނައިގާ ހުރި، ބައްލަވައިގެންފާވާ ރުއްގަހާއި، ކޭލާއި، ފަލަމަޑިއާއި، ކޮޅުމަޑުލު ކަނޑޫދޫ މީހުންގެ އަތުން ހަސަން ކައިއުޅަންނާކަލޯ އަގުދީ ވާރުންގަތް ކަނޑޫދޫ ހިންނަގެ އުތުރުން އޮތް ރަނިކިލެގެ ހިންނައާއި، އެ ހިންނަގެ ދެކުނުންއޮތް ފާށަނާ ކަލޯގެ ހިންނައާއި އިންވެ ދެކުނަށްއޮތް މުހައްމަދު ކަލޯ ހިންނައާއި އިންވެ ފޫރުއްބައިން(އިރުމަތި) ވިނަރެހާއި އިންވެ، މިހުރިހާ ހިންނައެއްގެ މެދުގާއޮތް ސައުހައްޓި(66)އަގުލު ބަމައިން، ދެއްސަފަނަސް(240)ބަމަ ހުރި، 'ބޮލިވަށްޗަށްކެވޭކައިއުޅަންނާއި'ކަލޯގެ ދަރިން ކަލާފާނަށް އަރުވާފާވާ ހިންނައާއި، އެ ހިންނައިގާވާ އެންމެހާ ރުއްގަހާއި، ކޭލާއި، ފަލަމަޑިއާއި، ހަންޏާމީދޫގާ، އެކިލެގެފާނު ފަސްތާނުލެވިފާވާ ބިންގަނޑާއި، މިހުރިހާ އެއްޗެއް، މި ޒިޔާރަތަށް މިސްކިތެއް އިމާރާތްކުރުމުގެ މައްޗަށް ލައްވާފާވާކަމާއި، މިޒިޔާރަތް އެޅުމަށާއި، މިފަތުގާ ބުނެވިފާވާ ތަކެތީން ލިބޭ ފައިދާއިން ކައިބޮއި އުޅޭ ކޮންމެ މީހަކު، ކޮންމެ ދުވަހަކު، ސޫރަތުލް ފާތިހާޔާ އާއި އިހްލާސް އާއި ފަލަގިއްނާސި ދެ ސޫރަތާއި ކިޔަވާ، ދުއާކޮށް ޒިޔާރަތް ކުނިކެހުމާއި، ކޮންމެ ހުކުރުވިއްލޭރެޔަކު، ކޮންމެ މީހަކު ހަނޑޫ ލާއްސެއްގެ ކެއިމެއް، އެ ޒިޔާރަތުގެ މިސްކިތްދޮށަށް ގެންގޮސް 10 އިސްލާމުންނަށް ކާންދީ، ސޫރަތުލް ފާތިހާ ކިޔެވުމަށާއި، އެކަން، އެހެން، ނުވެއްޖެ ހިނދަކު، ކޮންމެތާކުތިބެގެންވެސް އެކަންކުރުމަށާއި، އަދި ކޮންމެ އަހަރެއްގެ، އެ ކިލެގެފާނުން ޝަހީދުވީ ދުވަހު، ދިހަ މީހުންނަށް ކެވޭވަރުގެ ކެއުމެއް އެޒިޔާރަތަށް ގެންގޮސް، ތިރީސް ޖަޒްވާ(މާލޫދު ބައެއް؟؟) ކިޔުއްވާ، ކާންދީ، އެކިލެގެފާނަށް ދުއާކޮށް، މިހުރިހާ ކަންކަމެއް ކުރުން ޝަރުތުކޮށް، އެތަނުގެ ހަވާލުވެރިކަން، ހަންޏާމީދޫ ވަތަބަނޑޭރިކަލޯގެ ދަރި ކުޑަބަނޑޭރިއަށާއި، އަޑަފިކަލޯގެ ދަރި މުހައްމަދު ކަލޯއަށާއި، ހިރިއިމާންތިކަލޯގެ ދަރި ހަސަން ކަލޯއަށާއި، ވަތަބަނޑޭރީގެ ދަރިން މުހައްމަދު ކަލޯއާއި، އަލީކަލޯއަށާއި، ކުޑަބަނޑޭރި ކަލޯގެ ދަރިން މުހައްމަދު ކަލޯއާއި ހަސަން މާރާދަކަލޯ އަށާއި، މިކަލޯގެ 'މައުރަ'ކަލޯ އަށާއި، މިކަލޯގެ ދަރި މުހައްމަދު ކަލޯ އާއި، ރަމުދާނު ކަލޯގެ ދަރި މުހައްމަދު ކަލޯ އާއި، މި ދިހަ މީހުންނަށް ލަށްވާ، އެމީހުން އެކަން ގަބޫލުކޮށް، އަދި ފަތުގާ ބުނެފާވާ ތަކެތި ހަމަވިޔަސް ނުވިޔަސް އެ ކަންތައްތައް ކުރުމަށް މިދިހަމީހުން ހަވާލުވެއްޖެ ކަމާއި، މި ދިހަ މީހުން ކުރެ މީހަކު މަދުވެއްޖެ ނަމަ، އަލުން، އެރަށުން ރަނގަޅު މީހަކު އެކަމަށް ހޮވާ، ދިހަމީހުން ހަމަކުރާނެ ކާމަށާއި، އަދި ދުނިޔެއޮތްހާދުވަހަކު މި މިސްކިތުގެ ބަންގި ސޮލަވާތް ކިޔެވުމަށް، އެ ދެ ރަނިންނާއި ހުރިހާ ބޭކަލުން، ކަލާފާނު ޒިޔާރަތް އިމާރާތް ކުރުމަށް މިކުރި ވަގުފާއި އެއްވެސް މީހަކު ހިލާފުނުވުމަށާއި، މިއެންމެހާ ކަންކަމުގެ މައްޗަށް، މި އެންމެބޭކަލުން އެދުމުން، ރައްކައު ފަޑިއައް ކަލޯ ދިވެސްއަކުރުން ލިޔެފާވާ ފަތުގެ، ތާނަ ތާނަ ތަރުޖަމާއެއް. މިފަތުގެ ތިރީގާ: 'މިފަތު ހުށިމަގަށް މާފުށީ ދޮންމުހައްމަދު ކަލޯގެ ދަރި އުމަރު ހަތީބު އާއި އަލްހަތީބު ހަސަން ފާމުލަދޭރިކަލޭގެ ދަރި އިސްމާއީލް މާފަހަތްކަލޭގެ އާއި، ހެކިވެ، އަސްކުޑަ ބަނޑޭރިކަލޯގެ ދަރި އަލްހަތީބު އިބްރާހީމް ވަތަބަނޑޭރި ލިޔުނު' މިހެން ލިޔެވިފާވޭ(ތަރުޖަމާ ކުރި މީހުންގެ ނަން ކަމުގާ ވެދާނެ) މިއީ، (F0-105)ގެ ތަރުޖަމާއެއް. Size: 16.6" X 12.5" A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)
Republic of the Maldivesމިއީ (F0-84)އެކޭ އެކަށްޗެކެ. F0-105ގެ 1381ހ ޒުލްގައިދު 6(1962މ އޭޕްރިލް 11)ގާ ފޮރި ހަސަން ދީދީ، ކޮށްފާވާ، ތާނަ ތަރުޖަމާއެއް. އެކަމަކު މިތަރުޖަމާގާ ފަތުގެ ތާރީހް:1017ހ ޝައްވާލް 22(1609މ ޖަނަވަރީ 28) އާއި F0-84ގާ އޮތް ތާރީހު: 1017ހ ޝައްވާލް 28(1609މ ފެބްރުވަރީ 3)ކާއި، 6ދުވަހުގެ ތަފާތެއް އެބައޮތެ. އަދި F0-84 ތަރުޖަމާކޮށްފާވާ ތާރީހެއް ނެތެ. Size: 11" X 8.55" A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)
Republic of the Maldives