Mostrando 382 resultados

Descripción archivística
381 resultados con objetos digitales Muestra los resultados con objetos digitales
MV NAM MV NAM 012-F6-45 · Unidad documental simple · 1747
Parte de Manuscript

1611ހ ރަބީލްއާހިރު 29(1747މ މޭ 9)(މީގެ ނިމުމުގާވާ ތާރީހާ، މައިގަނޑުގާވާ ތާރީހާ ތައާރުޒްވޭ)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއްޔަތު މަޖިލީހުން؛ އެމަޖިލީހުގާ، ކާށިދޫ ބޮޑުފެން އަލީ ތަކުރުފާނުގެ ދަރިން އައިސް، އެމީހުންގެ ބައްޕަ ވަގުފްކޮށްފާ އޮތް 'މުހައްމަދުކޮށިތަން' ކިޔާ ތަނާއި، އެތާގާ ވީހާ ރުއްގަސް، ދިއްފުށީ މާވަޑިތަކުރުފާނުގެ ދަރިން އަތުލަން އުޅޭކަމުގާ ދައުވާކުރުމުން، އެ ޝަރީއަތަށް ކުރަށްވާ، އެވަގުފް އެއީ، ކާށިދޫ ބޮޑުފެން އަލިތަކުރުފާނުގެ ދަރިކޮޅުގެ ވަގުފެއް ކަމާ، އެތާގެ ވަގުފް ފަތް ސައްހަ ކަމުގާ ނިޔާކުރަށްވާ؛ ލިޔެދީފާވާ ފަތެއް. (Size: 8.8" X 6.6") Chief Justices - Al Ghaazee Mohamed Shamsuddin K.Kaashidhoo - Mohamed koshithan (plot) - Deed for housing plot- Endowment for property

Sin título
MV NAM MV NAM 012-F7-1 · Unidad documental simple · 1943
Parte de Manuscript

1362ހ ޒުލްހައްޖު 1(1943މ އޮކްޓޯބަރު 30)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ 1362 ރަބީލްއާހިރު 22(1943މ އޭޕްރިލް 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ފޮނުވާފާވާ، ހ-25ނަންބަރު ސިޓީގާވާ ފަދައިން، 1331ހ ޒުލްގައިދު 15(1913މ އޮކްޓޯބަރު 16)ގާ ފަތްލިޔެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ، އިރުން ދެވިނަމަގުގެ އުތުރުން އޮތް، ދޭވާނި ހާޖީކޮއިގެ ގޯތި، އޭނާގެ 2 ދަރިން، ދޮންތުއްތު އާއި ކުޑަތުއްތުގެ މެދުގައި ބަހާ، ދޭވާނީ ހާޖީ ކޮއިގެ ދޮންތުއްތު އަށް ލިބުނުބައި، މައްޗަންގޯޅި ދެކުނުއިންނަގޯތިގެ އިމާއި މިން ހިމަނާ؛ ލިޔެފާވާ ފަތުގެ ނަކަލެއް. (F7-8އަކީ މިތަނުގެ އަނެއްބައިގެ ފަތުގެ ނަކަލު) Real estate document for Machchangoalhi Dhekunuinnagoathi (Size: 8.8" X 6.65") K.Male' - Part of Ma.Dhekunuinna Goathi (Housing Plot) - Private Property

Sin título
MV NAM MV NAM 012-F7-8 · Unidad documental simple · 1943
Parte de Manuscript

1362ހ ޒުލްހައްޖު 1(1943މ އޮކްޓޯބަރު 30)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ 1362 ރަބީލްއާހިރު 22(1943މ އޭޕްރިލް 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ފޮނުވާފާވާ، ހ-25ނަންބަރު ސިޓީގާވާ ފަދައިން، 1331ހ ޒުލްގައިދު 15(1913މ އޮކްޓޯބަރު 16)ގާ ފަތްލިޔެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ، އިރުން ދެވިނަމަގުގެ އުތުރުން އޮތް، ދޭވާނި ހާޖީކޮއިގެ ގޯތި، އޭނާގެ 2 ދަރިން، ދޮންތުއްތު އާއި ކުޑަތުއްތުގެ މެދުގައި ބަހާ، ދޭވާނީ ހާޖީ ކޮއިގެ ކުޑަތުއްތު އަށް ލިބުނުބައި، މައްޗަންގޯޅި ދެކުނުއިންނަގޯތިގެ އިމާއި މިން ހިމަނާ؛ ލިޔެފާވާ ފަތުގެ ނަކަލެއް. (1F7-އެއީ މީގެ އަނެއްބައިގެ ފަތުގެ ނަކަލު) Real estate document for Machchangoalhi Ithuruinnagoathi (Size: 8.8" X 6.65") K - Male' - Ma.Uthuruinnaa Goathi (Housing Plot) - Private Property

Sin título
MV NAM MV NAM 012-F7-6 · Unidad documental simple · 1930
Parte de Manuscript

1349ހ މުހައްރަމް 12(1930މ ޖޫނު 10)ގާ، މަހްކަމަތުލް ޝަރީޔާގެ އަލްގާޒީ ހުސެއިން ސަލާހއްދީން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ވެލިދޫގޭ އިބްރާހީމް ދީދީ، މާލޭގާ ހުރި އޭނާގެ ބައްޕަގެ މިލްކު ގޯތިތައް، އެމަހްކަމާއިން ބައްސަވާދެއްވާ، އެތަނުން އޭނާއަށް މިލްކުވި، މާފަންނު ފަނޑިޔާރުގެ އުތުރުން އޮތް ގޯޅިއާ އިންވެ، ހުޅަނގުން ބޮޑުވެޔޮ އޮތްތާ އޮތް ބަންޑާރަ ގޯއްޗާ އިންވެ އޮތް ދަބުގެ ކިޔާގޯތީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އިބްރާހީމް ދީދީގެ ބައްޕަ، އަލްހަތީބު ހުސެއިން އަށް މިލްކުވެފާ ގޯއްޗެއް ކަމުގާ، 1333ހ(1915މ)ގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތަކުން ސާބިތުވެ، އަދި އެ ހަތީބުގެ ގޯތިތައް ބަހާ، އެގޯތި، ވެލިދޫގޭ އިބްރާހީމް ދީދީއަށް މިލްކުވެފާވާކަމުގާ އެޝަރީއަތުގެ މަޖިލީހަށް ސާބިތުވެ އޮތުމުން؛ އެތާގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Dhabuge- written in Thaana (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

Sin título
MV NAM MV NAM 012-F7-2 · Unidad documental simple · 1929- 1932
Parte de Manuscript

1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ދޮންމަނިކުފާނުގެ ދޮންދީދީގެ ދެދަރިން، ބޮއިގަސްދޮށުގޭ ތުއްތުދީދީ އާއި ބިސްދޮންމަނިކުގެ ތުއްތުދީދީ އަދި ތަކަންދޫ ހުސެއިންގެ އަލީ ހާޒިރުވެ ތިބެ، މައްޗަންގޯޅި ނިކަގަސްމަގު އިރުން އޮތް، މިރުސް އީސާފުޅުއަށް، ވެލިދޫގޭ އަލީ ދީދީ ވިއްކާފާވާ ގޯއްޗާއި އެގޯއްޗާ އިންވެ އިރުންއޮތް ގޯއްޗާ ދެގޯތީގެ އެކު ބޮޑުމިނަށް އޮތް، 1208ހ(1794މ)ގާ، ފިރުބައިދޫ ދަލޭކާބީއަށް މިލްކުވެފާވާ ކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާވާ ގޯތި، އެމުޅިގޯތީން، 2/1 އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިން އަށް ލިބި، އަދި މައްޗަންގޯޅި ދުންބުރުވާގެ ދޮންމަނިކުފާނުގެ ދޮންދީދީ އަށާއި ތުއްތުދީދީއަށް، ލިބުނު އެގޯތީގެ އިރުންއޮތް 2/1، އެތުއްތުދީދީ ނިއާވުމުން، އެތަނުން ބޮޑުގަލު ކުޑަމަނިކުގެ ދޮންމަނިކެއަށް، ހަލާލުބަޔަށް ލިބުނު ބައި، ބޮއިގޮސްދޮށުގޭ ތުއްތުދީދީ ގަނެ މިލްކުކޮށްފާވާކަމާއި، އަދި އެބަޔާއި، އެމީހުންގެ މަންމައަށް ވީބަޔާ، ދެބައި އެކުގާ، -/330 ރުފިޔާއަށް، ތަކަންދޫ އަލީއަށް ވިއްކައިފި ކަމުގާ ބުނެ، އަދި އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، ދޮންދީދީގެ ދެބެއިން އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރި ސައްހަ ކަމުގާ ނިޔާ ކުރަށްވާ؛ މއ.ދުންބުރުވާގެ އެއީ، ތަކަންދޫ ހުސެއިންގެ އަލީގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، އެ މަޖިލީހުން ނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 3ވަނަ ގަނޑުގާ: 1350ހ ޝައްވާލް 29(1932މ މާޗް 7)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ތަކަންދޫ ހުސައިނުގެ އަލީ އަތުން ބޮއިގަސްދޮށުގޭ އަހުމަދު ކަލޭފާނުތުއްތުގެ ދުންބުރުވާ ކުޑަމަނިކު -/400 ރުފިޔާއަށް ގަނެ، މއ.ދުންބުރުވާގެ، އެކުޑަމަނިކަށް މިލްކުވެއްޖެކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ، އެމަޖިލީހުން ނައިބު އަބްދުއްލޯ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Machchangoalhi Dhunburuvaage (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

Sin título
MV NAM MV NAM 012-F7-12 · Unidad documental simple · 1954
Parte de Manuscript

1374ހ ރަބީލްއައްވަލް 20(1954މ ނޮވެންބަރު 16)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އައްޑޫ ހާޖީގެ ދޮން އައިސާފާނުގެ ކަމަނަގެ ތުއްތުގެ މިލްކު ގޯތި، އެއްގަމުގޭ ހަސަން ފާމުލަދޭރި ކިލެގެފާނުގެ އިބްރާހީމް ދީދީއަށް ވިއްކާ، އޭނާއަށް މިލްކުވެފާވަނިކޮށް، އެގޯތި ދައުލަތަށް ބޭނުންވުމުން، އިބްރާހީމް ދީދީ އެގޯއްޗަށް(ބުރުނީގޭދެކުނުގެ؟) އެދިވަޑައިގެން އެދެގޯތި ބަދަލުކޮށް، ލާޖަށްސާ، އަދި އިބްރާހީމް ހަސަންދީދީގެ ގޯތިން އިތުރުވީ ތަން، އެގޯތީގާ އޮތް ބަންޑާރަތަނުން(ބުރުނީގެދެކުނުގެ؟) ނަގާ ހަމަކޮށް، އެގޯތި، އައްނަބީލް އިބްރާހީމް ހަސަން ދީދީ އަށް މިލްކުވެއްޖެ ކަމުގާ، 1366ހ ސަފަރު 26(1947މ ޖަނަވަރީ 19)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ފަތުގެ މައްޗަށް، ދާހިލިއްޔާއިން ލިޔެދީފާވާ ފަތެއްގެ ނަކަލެއް. (މީގާ މިބުނާ ކަމަނަގެ ތުއްތުގެ މިލްކު ގޯއްޗަކީ ކޮބައިކަމެއް އިނގޭކަށް ނެތް.. އަދި މުޅި ނަކަލަށް ބަލާއިރު، މާރަގަޅަކަށް ވީގޮތް ސާފެއް ނުވޭ.) Real estate document for Henveiru Burunige- written in Thaana- stating ownership of the land (Size: 8.8" X 6.65")

Sin título
MV NAM MV NAM 012-F7-7 · Unidad documental simple · 1943
Parte de Manuscript

1362ހ ޒުލްގައިދު 9(1943މ ނޮވެންބަރު 7)ގާ، މަހްކަމަތުލް ދާހިލިއްޔާއިން، މާފަންނު ބޮޑުގުޅަ މައިޒާންދޮށުން ދެކުނަށް އޮތް ގޯޅިއާ އިންވެ ހުޅަނގުން އަލީ ރަސްގެފާނު ޒިޔާރތް ދޮށަށްދާން އޮތް މަގެ އިންވެ އުތުރުން އޮތް، 1303ހ ޒުލްހައްޖު(1886މ އޯގަސްޓް)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު، ފަތް ލިޔެދެއްވާފާވާ، ދޭވާނީ އަލިފުތުގެ މިލްކު، މ.ލަންދޫގޯތި، އޭނާ، ލަންދޫ މޫސާގެ މުހައްމަދުއަށް ވިއްކި ކަމުގާ ޝަރީއަތަށް ސާބިތުކޮށްފާ ވަނިކޮށް، އެމުހައްމަދު ނިއާވެ، އޭނާގެ ތަރިކަ ބަހާ، އެގޯތިން، އޭނާގެ ދަރި އަހުމަދު މަނިކުއަށް ލިބުނު ބައި، އެ މުހައްމދުގެ ފާތުމަ ގަނެ، މިލްކުކޮށްފި ކަމުގާ، މަހްކަމަތުލް ޝަރީޔާއިން، 1362ހ ރަބީލްއާހިރު 22(1943މ އޭޕްރިލް 27)ގާ، އެތާގެ ހ.25ނަންބަރު ސިޓީއިން، ދާހިލިއްޔާއަށް އެންގުމުން، އެތަނުގެ މައްސާހުން( ގޯތިގޯއްޗާއި ބިންބިމާއި ޢިމާރާތްފަދަ ތަންތާގައި މިންއަޅައިގެން ތަނުގެ ބޮޑުމިން ބަލާމީހުން)ގޮސް މިންއަޅާ ހަމަކޮށް، މ.ލަންދޫގޯތި އެއީ، ލަންދޫ މޫސާގެ މުހައްމަދުގެ ފާތުމަގެ މިލްކެއް ކަމުގާ، ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Landhoogoathi- written in Thaana (Size: 8.8" X 6.65") K.Male' - M.Landhoo Goathi (Housing Plot) - Private Property

Sin título
MV NAM MV NAM 012-F7-5 · Unidad documental simple · 1896
Parte de Manuscript

1349ހ މުހައްރަމް 12(1896މ ޖޫނު 24)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނު ޝަރީއަތު މަޖިލީހުގާ، ވެލިދޫގޭ މުހައްމަދު ދީދީ، މާލޭގާ ހުރި އޭނާގެ ބައްޕަގެ މިލްކު ގޯތިތައް، އެމަހްކަމާއިން ބައްސަވައިދެއްވާ، އެތަނުން އޭނާއަށް މިލްކުވި، މާފަންނު ފަނޑިޔާރުގެއާ އިންވެ ހުޅަނގުންއޮތް ވެލިދޫގެ ކިޔާ ގޯތީގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ އިރުމަތީ ބައި އެއީ، އެ މުހައްމަދު ދީދީގެ ކާފަ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުއަށް މިލްކުވެފާވާ ތަނެއް ކަމުގާ، 1254ހ(1838މ)ގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތަކުން، ސާބިތުވެ، އަދި، އެގޯތީގެ ދެން އޮތް، ހުޅަނގު، ބައި އެއީވެސް ހަމަ އެއޭނާއަށް މިލްކުވެފާވާ ތަނެއް ކަމުގާ، 1283ހ(1866މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އޭގެ ފަހުން، އޭނާގެ ތަރިކަ ބަހާ، އެގޯތި، އޭނާގެ ދަރި އަލްހަތީބު ހުސެއިން އަށް މިލްކުވެ، އެ ހަތީބުގެ ގޯތިތައް ބަހާ، އެގޯތި، އޭނާގެ ދަރި، ވެލިދޫގޭ މުހައްމަދު ދީދީއަށް މިލްކުވެފާވާ ކަމުގާ، އެ ޝަރީއަތުގެ މަޖިލީހަށް ސާބިތުވެ އޮތުމުން؛ އެތާގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Velidhooge- written in Thaana (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

Sin título
MV NAM MV NAM 012-F8-2 · Unidad documental simple · -
Parte de Manuscript

އެއްފުށުގެ މަތީގާ، 'ހާއްސަ އިނާޔަތެއްގާ ކަރައަށް ތަކެތި ފޮނުވާ ޑިކްލަރޭޝަން ފޯމް' ޖަހާ، އެކިބައި ފުރާލުމަށް ފަރުމާކޮށް، އަދި އަނެއްފަރާތުގާ، 'އެންގުން'، މަތީގާ ޖަހާ، ރާއްޖެއަށް، ތަކެތި އެތެރެކުރުމާއި ބޭރުކުރުމާއި ރީއެކްސްޕޯޓްކުރުމުގާ، އެކި ފަރާތްފަރާތުން، ޑިއުޓީ ނެގޭނެ ގޮތާއި މިންވަރު، އަދި އެހެން މައުލޫމާތު ލިޔެ، މާލޭ ކަސްޓަމްގެ ނަމުގާ ޗާޕްކޮށްފާވާ، (ހުސް) ފޯމެއް. މީގެ 5 ފޯމު އެބައޮތް. Export declaration form used by Maldives Customs (Size: 6.5" X 8.25")

Sin título
MV NAM MV NAM 012-F9-1 · Unidad documental simple · 1953
Parte de Manuscript

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ނަރަވައި މާވަޑި ކަލޭފާނުގެ ދަރި އިބްރާހީމް މާވަޑި ކަލޭފާނު ގެ ދަރި އަލިމަނިކުގެ މިލްކު ގޯތި ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، އެ އަލިމަނިކުގެ ދެ އަންހެން ދަރިންނަށާއި، އެމީހުންގެ ދަރިކޮޅަށް ދީފާވާކަމަށް، 1267ހ(1851މ)ގާ، އަލްގާޒީ ސިރާޖުއްދީނު ބަންޑާރަނައިބުގެ ދަރި އައްނައިބު އަހުމަދު ލިޔެފާވާ ފަތުން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - Satharu Koshi (3rd Housing Plot) (Housing Plot) - Deed for housing plot (Th.Elaa)

Sin título