Mostrando 382 resultados

Descripción archivística
381 resultados con objetos digitales Muestra los resultados con objetos digitales
MV NAM MV NAM 012-F7-25 · Unidad documental simple · 1921
Parte de Manuscript

1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތުގެ މަޖިލީހުގާ، ލިޔާކޮއިގެ ކަޅުތުއްތު އާއި މަންދޫއެދުރުގޭ ހުސެއިން މަނިކުއާއި ހާޒިރުވެތިބެ، އޭނާގެ ބައްޕަ ލިޔާކޮއިއަށް މިލްކުވެފާވާ، ގަލޮޅު މައިމަގު ދެކުނުންއޮތް ގޯތި އޭނާގެ އެއްބަފާ އެހެންކުދިންގެ ރުހުމާއިއެކު، އަތިރީގޭ އަބްދުލް މަޖީދު ދީދީއަށް ދީފާ، އެދީދީގެ ފަނޑިޔާރު މިސްކިތްދޮށު ގޯތިން އެބޮޑުމިން އެމީހުން ހިފައިފިކަމުގާޔާ، އަދި އެ ދެގޯތި ލާޖައްސަން ބޭނުންވާކަމުގާ، އެ ކަޅުތުއްތު ބުނުމުން؛ އެތަންތަނުގެ އިހުފަތް ބަށްލަވާ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، އެގޯތީގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތަކުން، އެ ގޯތި އެއީ، ތުޅާދޫ އިސްމާއީލްގެ މިލްކެއް ކަމުގާ ސާބިތުވުމުން، އޭރު އެގޯތި ލިޔާކޮއިއަށް މިލްކުވެފާވާ ކަމުގާ ސާބިތުކޮށް، އަދި، 1339ހ ރަޖަބް(1921މ މާޗް)ގާ، ހަމަ އެ ޝަރީއަތު މަޖިލީހުން، އެތާގެ އިމާއި މިން ބަޔާންކޮށް ލިޔެފާވާ ފަތަކުން، ފަނޑިޔާރު މިސްކިތްދޮށުވާ ގޯތި އެއީ، ދެކުނުގޭ އަހުމަދު މަނިކުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި އޭނާ، އަބްދުލް މަޖީދު ދީދީއަށް އެތަން ވިއްކި ކަމުގާ ސާބިތުކޮށް، އެ ދެތަން ލާޖެއްސުން، ސައްހަކަމުގާ ނިޔާކޮށް، އެލިޔާކޮއިގެ ގޯތީގެ ބޮޑުމިނަށް، ފަނޑިޔާރުމިސްކިތްދޮށު ގޯތިން ތަންނަގާ، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން އޮތް މަގާ އިންވެ، ދެކުނުން ބޮނޑިބަތްގޭ ކުޑަތުއްތު އެގޭ ކުޑަކޮއްކޮއަށް ވިއްކި ގޯތީގެ ހުޅަނގުން އޮތް ގޯތި(މ.މެޑެލްމާގެ) އެއީ، ލިޔާކޮއިއަށް މިލްކުވެފާވާ ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި 1351ހ ސަފަރު 22(1932މ ޖޫނު 27)ގާ، ޝަރީއަތުގެ މަޖިލީހުން؛ މ.މެޑެލްމާގެއިން ލިޔާކޮއިގެ ތުއްތުއަށް ވީތަނުގެ ބަދަލުގާ، ގަލޮޅުގާ އޮތް ލިޔާކޮއިގެ ގޯއްޗަކުން، އޭނަގެ އެހެން ދަރިންގެ ރުހުމުގާ، އެމިނަށް ތަން ދީ، ދެންއޮތް ބަޔަށް، ތުއްތު އަގުދީ، މ.މެޑެލްމާގެ، ލިއާކޮއިގެ، ތުއްތު ނޫން، އެހެން ދަރިންނަށް މިލްކުވެއްޖެ ކަމުގާ؛ އެފަތުގާވާ ލިއުމުގެ ބޭރުގާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Maafannu Medelmaage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Sin título
MV NAM MV NAM 012-F7-20 · Unidad documental simple · 1937
Parte de Manuscript

1356ހ ޖުމާދިލްއާހިރު 8(1937މ އޯގަސްޓް 15)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މަލިން މޫސާ ކަލޭފާނު ގޮސް، އޭނާގެ ބައްޕަ ކުޑަހަސަން ތަކުރުފާނުގެ ތަރިކަމުދާ ބަހައިގެން އޭނާއަށާއި އޭނާގެ ބޭބެ، މުހައްމަދުފުޅުއަށް ލިބިފާވާ، މައްޗަންގޯޅި ފާތިލަކޮށީގެ ދެކުނުން ހިނގަންއޮތް މަގާ އިންވެ އޮތް ގޯތިން، މުހައްމަދުފުޅުއަށް ލިބިފާވާ ބައިގެ ފަތް ނުލިޔެވި އޮށްވާ، އޭނާ ނިޔާވެއްޖެ ކަމުގާ ބުނެ، އެތަން އޭނަގެ ދަރިންގެ މައްޗަށް ލަށްވާ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1329ހ(1911މ)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތަކުން، އެތަން އެއީ ކުޑަހަސަން ތަކުރުފާނުގެ މިލްކެއް ކަމާއި، އަދި އެތަނުގެ އިމާއި މިން، ސާބިތުވެ، އަދި އެތަކުރުފާނުގެ ތަރިކަ ބަހާ، އެގޯތީގެ އިރުމަތީ، 2/1، އޭނާގެ މުހައްމަދުފުޅުއަށް މިލްކުވެފާވާކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވެފާވުމާއެކު؛ އެގޯތީގެ އިރުމަތީބައި(މއ.ކަށިމާގެ)، އެއީ މަލިން މުހައްމަދުފުޅުގެ ދަރިންގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްސައްޔިދު އިސްމާއީލް މަހްލީ ގެދަރި އައްސައްޔިދު އިބްރާހީމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Kashimaage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Sin título
MV NAM MV NAM 012-F0-92 · Unidad documental simple · 1793
Parte de Manuscript

1208ހ ރަބީލުއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ގެންނަވާ؛ މާލޭގެ މުންކަރާތަކާ(ކުއްފާފަތައް)، މިސްކިތުގެ ބޯގަތަކާ، ބައިތުލްމާލާ، ރައްޔިތުންގެ މިލްކުތަކާ، އެފަދަ އެންމެހާ ކަންތައްތައް ބަލާ އިންސާފުކުރުމަށް އެންގެވުމުން، އެދުރު ފަސްމަންދޫ ހުސެއިން، އަލްވަޒީރު ހާޖީ މޫސާ މާފަތް، އަލްވަޒީރު މުހައްމަދު ބޮޑުގަލު ދަހަރަދަ، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި ކިނޮޅޮހު އަލީ މޭނާ، ބޭރު ބަނޑަހަލަ ބަނޑޭރި އަލީ ސައިފުއްލާ، މުހައްމަދު ރައްފަޑި، ތޮއްޑޫ އިބްރާހީމް އަދި ރަސްކެތީމު ހުސެއިން ކުޑަބަނޑޭރި ހިމަނާ ކޮމިޓީ އެއް އެކުލަވާލާ، އެ ކޮމިޓީން، އައްސުލްތާނު އަލްގާޒި އަލްހާޖީ އިބްރާހީމް އިސްކަންދަރު މަހާރަދުން، ހުކުރުމިސްކިތުގެ 8 ދޮށުންގެ ކަންތައްތައް ބެއްލިއިރު، އެ މިސްކިތުގެ ބޯގަ، ހިންނަހިންނަ އޮންނަންވީ ވަރަށްވުރެ ބޮޑުކަމަށް ސާބިތުވުމުން، އެތަންތަން މިން ހަމަކުރުމުން، އެމިސްކިތުގެ ދޮށުން، އޭގެ އިތުރުން އެއްޗެއް ދެއްވުމަށް އެދުމުން؛ ހެންވޭރު ހިހޫވާ ނިކަގަސްދަށު ދެކުނަށް އޮތް، ލޮނުޒިޔާރަތް ހިންނަ އާއި އެހިންނައިގެ އުތުރަށް ހުރި މާމިސްކިތު ހިންނަ އާއި ދެމެދުގާ އޮތް 280ބަމަ ހުރި ބިމާ، ގާމަގު އިރުމަތިން 320ބަމައިގެ ބިމާ، ގަލޮޅު ބޮޑުމަގު ހުޅަނގުން އޮތް 138ބަމައިގެ ބިމާ، ރަށްދެބައިމަގު އިރުމަތިން 112ބަމައިގެ ބިމާ، ކެލާއެދުރު މަގު ހުޅަނގުން 374ބަމައިގެ ބިމާ، އީދުމިސްކިތަށް ހިނގާ މަގުގެ ދެކުނުން އޮތް، ވަށާ 270ބަމައިގެ ބިމާ، ކޮށްޓަށްހިނގާ މަގު ދެކުނުގާ އޮތް، ވަށާ 173ބަމައިގެ ބިން، ހުކުރުމިސްކިތަށް ލެއްވިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތި ކަލޯގެ ދަރި ހުސެއިން ލިޔެފާވާ ފަތެއް. Size; 22.81" X 17.3" K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-91 · Unidad documental simple · 1914
Parte de Manuscript

1332ހ ޖުމާދިލްއާހިރު 18(1914މ މޭ 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، އެ ރަދުންގެ ދަރުބާރުގާ، ނިލަންދެއަތޮޅު (ފ.)ދަރަނބޫދޫ މީހުން، އެމީހުންގެ ރަށުގާ ހުރި ދެ މިސްކިތް ބެލެހެއްޓޭނެ ގޮތެއް ނެތް ކަމުގާ ބުނެ، އެމިސްކިތަށް އެއްޗެއް ދެއްވުމަށް އެދުމުން، ދަރނަބޫދޫގެ އިހުގެ ފަތް ބެއްލެވުމުން އެފަތްތަކަކީ، ވަނީ އެރަށު ދެމީހެއްގެ ދަރިކޮޅަށް، އެދެމީހުންގެ ހުރި ރުއްގަސް ވަގުފްކޮށްފާވާ ކަމާއި، އަދި އޭރު ހުންނެވި ރަދުން، އެ ރުއްގަހުގެ ބިންބައި)ބިމުގައި ހައްދާތަކެތީން ބިންވެރިޔާއަށް އޮންނަބައި( ކަނޑުއްވާ، ބޯގަޔަށް ލިޔެދެއްވާފާވާ ފަތަކާއި، އޭގެފަހުން، އެ ދެ ދަރިކޮޅުގާ އަރާރުންވެ އުޅޭތީ، އެކަން ސުލްހަ ކޮށް ދެއްވާފާވާ ފަތް ކަމުގަޔާ، އަދި، އެޒަމާނަށް އާއިރު، އެދަރިކޮޅުގެ އެއްވެސް މައުލޫމާތެއް ނެތުމުންނާއި، އެ ދެ މިސްކިތް ބެލެހެއްޓިފާ ނެތްކަމުން، އެ ފަތްތައް އުވާލަށްވާ، އެރަށު ގޮއިފާލަށްބައިގެ ބިންބައިގެ ހުރިހާ ތަކެއްޗެއް، އެ ދެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެއިރެއްގާ ހުންނަވާ ރަސްގެފާނެއް، އެ ދެ މިސްކިތް ބަލަހަށްޓާނެ ބަޔަކު ކަނޑައަޅުއްވާނެ ކަމާއި، އެރަދުން، އެބޯގައިގެ ހަވާލުވެރިކަން، އެރަށުގެ ރައްޔިތުންނަށް ލަށްވައިފި ކަމުގެ ފަތް ލިޔުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތެއް. Size; 19.9" X 11.9" F.Dharan'boodhoo - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-18/R-37 · Unidad documental simple · 1801
Parte de Manuscript

1216ހ ރަބީލްއާހިރު(1801މ އޯގަސްޓް)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ދަރުބާރުގާ، އަރިއަތޮޅު މާމިގިލި މީހުން، އެރަށުގެ ފަޅުގާ އޮންނަ ދިއްފުށީގެ ރުއްއަޅާ 2/1ބަންޑާރައަށް ނަންގަވާ އަނެއްބައި، އެމީހުންގެ ރަށުގެ ކުޑަމިސްކިތާއި، ކަނދިލި މިސްކިތަށް، ބޯގަޔަށް ލަށްވާދެއްވުމަށް އެދުމުން، އެގޮތަށް އެކަން ކުރުމަށާއި އަދި އެބޯގައިގެ ހަވާލުވެރިކަން، މާމިގިލި ރައްޔިތުންނަށް ލަށްވައިފި ކަމުގެ އަމުރު އިއްވެވުމުން، އެރަދުންގެ ސިއްކަޖަހާ، މުހައްމަދު ހަނދޭގިރި ލިޔެފާވާ ފަތެއް. 12.5" 9" A.Maamigili - Kuda Miskiiy (Mosque)- Kan'dhili Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-26 · Unidad documental simple · 1923
Parte de Manuscript

1341ހ ޝައްވާލް 17(1923މ ޖޫނު 2)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ މަޖިލީހުގާ، ވަށަފަރު ހަސަން ވަތަބަޑޭރި ތަކުރުފާނުގެ ދަރި އަލީ ތަކުރުފާނު، އޭނާގެ މިލްކުގާވާ ހުރިހާ އެއްޗެއް، މިލްކުން ކަނޑާ، ވަގުފްކޮށް، އެއެއްޗެތީގެ ހަވާލުވެރިކަން އޭނާގެ ތިބިހާ ދަރީންނަށާއި، އޭނާގެ މަރުވި އަންހެން ދަރީގެ ދަރިންނަށާ، އެމީހުން ނެތުމުން، އެދަރީންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތެއް ލިޔުނު ކަމުގާ، ބުނެފާވާ ލިޔުމެއް. Last will and testament (Size: 11.8" X 9.4") K.Male' - Endowment for property

Sin título
MV NAM MV NAM 012-F0-34T · Unidad documental simple · 1691
Parte de Manuscript

1102ހ ޝައްވާލް(1691މ ޖުލައި)ގާ؛ އައްސުލްތާނު މުހައްމަދު މުހިޔުއްދީނު އާދިލް(ފަތުގާ ނަމެއްނެތް – ތާރިހަށް އަދި ކޮލިނަމަށް ބަލާފާ)ގެ ދަރުބާރުގާ، މ.ނާލާފުށި މީހުން އެމީހުންގެ ރަށުގާހުރި ބާ؟ މިސްކިތު ބޯގަ ފަތް ބާވެއްޖެކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެ ފަތް ބަށްލަވާ، އޭގާވީ މަގަށް، ނާލާފުށީ ރަސްބޮލިން(އެ ރަށުން ނަގާ ވަރުވާ އެއްޗެތިން)، އިހުއްސުރެ އެރަށު ބޮޑުޒިޔާރަތް މައްޗަށް، ހުރި 'ހަރި ރު ލާރި'؟؟؟އާއި، މުހައްމަދު ކަތީބު ހެދި މިސްކިތަށް ދެއްވި ހިންނަ، އެތަންތަނުން ވީއްލާ، އެ މިސްކިތަށް ލަށްވާ، އެރަށުގެ ގޮއިފާލަށްބައާއި އަދި، މުޅި އެ ނާލާފުށްޓާއި، އެރަށު ފަޅު މާބަދިން(ފަޅުފަޅުގާ ހުންނަ ބޮޑެތި ގާ) އެއަތޮޅު މުލީ ކަނާ ހަމަޔަށް އޮތް ފަޅުވެސް، އެ މާ؟ މިސްކިތް މައްޗަށް ލަށްވާ، އަދި، އެފަޅު، ނާލާފުށީ އާއި މުލީ މީހުންނޫން، އެހެން އެއްވެސް ބަޔަކަށް، އެދެރަށުގެ މީހުންގެ ރުހުމުގާ ނޫނީ، ބޭނުން ނުކުރެވޭނެ ކަމުގަޔާ، އެއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އަލީ ހަނދޭގިރި ކިއުމުން، އަލީ މާމުދިން، ދިވެސް އަކުރުން ލިއެފާވާ ފަތުގެ(F0-34)، 1378ހ ޝައުބާން 6(1959މ ފެބްރުވަރީ 16)ގާ، ހުސެއިން ފަހުމީ ތާނަކޮށް، ބޮޑުފެންވަޅުގޭ ސީދީ ސައްހަކޮށްފާވާ ތަރުޖަމާއެއް. Size: 13" X 8" M.Naalaafushi - Baa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-41 · Unidad documental simple · 1757
Parte de Manuscript

1170ހ(1757މ)(ވީދިފާވާތީ، ތާރީހްގެ ފަހު އަކުރު ނެތް)ގެ އަހަރެއްގާ، ގާޒީ މުހައްމަދު މުހިއްބުއްދީނު(ޝެއިހުލް އިސްލާމް) އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ވާދޫ މަނިކުފާނުގެ އެންމެހާ ދަރީން، އެރަށު ހުކުރު މިސްކިތުގެ ވަގުފް ފަތް ބަށްލަވާ، އެރަށު ގޮއިފާލައްބަތައް ހުރިނެތްގޮތް ސާފުކޮށްދެއްވުމަށް އެދުމުން، މިހުކުރު މިސްކިތުގެ އިހުފަތް ބަށްލަވާ، ހުވަދުއްމަތީ(ހުވަދޫއަތޮޅު) ވާދޫގާ ހުރި، ވާދޫ ތުއްކަލާ އާއި، އޭނާގެ އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ މިލްކު ރުއްނޫން އެންމެހާ ރުކެއްގެ ގޮއިފާލައްބައިގެ ½ ބައި ހުކުރު މިސްކިތައް، އަނެއްބައި ބަންޑާރައަށް އޮތްކަމާ، އަދި އެރަށުގެ ކޮންމެ ތަނެއްގާ އެއްޗެއް އިންދިޔަސް، އެއެއްޗެތީގެ ގޮއިފާލަށްބަ އެކުގާ، އެމިސްކިތަށް ލެއްވި ކަމުގާ ސާބިތުވެ އޮތުމުން؛ އޭގެ ފަހުން ރަސްބަންޑާރައިން، ގޮއިފާލަށްބަ ކަނޑުވާ، މީސްމީހުންނަށް ލިޔެފާވާ ފަތް އެއީ ބާތިލް ފަތް ކަމާއި، އެރަށު އިހު ބުނި ދެބެންގެ ތަކެތި ނޫން، އެހެން ހުރިހާ ރުއްގަސް، ދަނޑުފަގު ކޭލަ، އެއެންމެހާ ތަކެތި، އެ ހުކުރު މިސްކިތު މައްޗަށް، ކޮށްފާވާ ވަގުފްއަކީ ސައްހަ ވަގުފެއް ކަމުގަޔާ، އެދެބެއިންގެ ދަރިކޮޅު މީހަކު އެރަށުގާ އިންދި އެއްޗެއް، އެވަގުފްގާ ނުހިމެނޭނެކަމުގަޔާ އަދި، ރަސްކަލަކު ދެއްވާފާވާ ފަތެއްގާ އެހެންގޮތަކަށް އޮތަސްވެސް، މިއެންމެހާ ކަންކަން އޮންނާނީ މިހެން ކަމުގާ ނިޔާކޮށް، އަދި އެރަށު އެހެން މިސްކިތްތަކަށް އޮންނަ ކޮންމެ އެއްޗެއްވެސް އެ ހުކުރު މިސްކިތަށް އޮންނާނެ ކަމާ، އަދި އެރަށު ކާރުދަ(މަސައްކަތް ކޮށްގެން އުފައްދާ އެއްޗިހިން ސަރުކާރަށް ނަގައި އުޅުނުބައި) ހަވާލުކޮށްފާވާ މީހަކަށް އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، އެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތެއް. (Size:16.5" X 10.4") Chief Justices - Al Ghaazee Mohamed Muhibbuddin R./K.//G.DH.Vaadhoo - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-9 · Unidad documental simple · 1872
Parte de Manuscript

1289ހ ރަޖަބް 13(1872މ ސެޕްޓެންބަރު 16)ގާ؛ އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު މުހައްމަދު އިމާދުއްދީނު އާއި، ރަންނަބަނޑޭރި އިބްރާހީމް މަނިކުފާނުގެ ދަރި ރަންނަބަނޑޭރި އަލީ ކިލަގެފާނު، ގަލޮޅު ބޮޑުމަގު ހުޅަނގުން ދަނޑިދިރުބާގޭ އިރުން ނޮޅިވަރަމު މުހައްމަދު މާލިމީގެ ގޯތީގެ ދެކުނުން އޮތް، ދިދިގެ ކުދިންނާއި، ބޮޑުގަލުގެ ކުދިން އަތުން މަލިކު ހުސެއިން ތަކުރު ގަނެ މިލްކުކޮށްފާވާ ގޯތިން، ހުސެއިން ތަކުރުގެ ދަރި ހަސަންއަށް ވީތަން، ގަނެފިކަމުގަޔާ، އަދި އެތަން ވަގުފްކޮށް، އެތަނުގެ ހަވާލުރިކަން އެދެމީހުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރިއާ އެ ވަގުފް ސައްހަ ކަމުގާ ނިޔާކުރަށްވާ، އެތަނުގެ އިމާއި މިން ހިމަނާ، އެފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް. އަދި ފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާވާ، މަލިކު ހުސެއިން ތަކުރުގެ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެފާވާ ކަމުގާ؛ ލިޔެފާވާ ލިޔުމެއް. (Size:12.6" X 8.5") Chief Justices - Al Ghaazee Moosa BadhuruddinK. Male' - Deed for housing plot

Sin título
MV NAM MV NAM 012-F0-47 · Unidad documental simple · -
Parte de Manuscript

(ތާރީހެއް އިނގޭކަށް ނެތް) އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ދަރިކަލުން، އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ ސިއްކަޖަހާފާވާ ދިވެސް އަކުރުން ލިޔެފައިވާ ފަތެއް. ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ 'ކައްޗޭ މީދޫމިސްކިތުގެ ބޯގަ' އަދި 'ރ.މީދޫ' މިހެން ލިޔެފާވޭ. Size: 12.1" X 10.5" R.Meedhoo - Meedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título