Mostrando 382 resultados

Descripción archivística
381 resultados con objetos digitales Muestra los resultados con objetos digitales
MV NAM MV NAM 012-F0-24 · Unidad documental simple · -
Parte de Manuscript

(ތާރީހެއް އިނގޭކަށް ނެތް) "ހުވަދޫ އަތޮޅު މާތޮޑާ ވަގުފް ފަތެއް" މިހެން ނުފުށުގާ، ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size: 10.6" X 10.4 G.DH - Lhohi

Sin título
MV NAM MV NAM 012-F0-75 · Unidad documental simple · 1659
Parte de Manuscript

1105ހ ޒުލްހައްޖު(1694މ އޯގަސްޓް)ގާ، (ފަތަކު ނަމެއް ނެތް ތާރީހަށް ބަލާފާ)އައްސުލްތާނު މުހައްމަދު(ދެއްވަދޫ ރަސްގެފާނު)ގެ ދަރުބާރުގާ، ފާދިއްޕޮޅު (ޅ.)ލޯކުރެންދޫ(ކުރެންދޫ) މީހުން، އެރަށުގެ މާމިސްކިތް މައްޗަށާއި، އެރަށުގާހުންނަ ޝެއިހު ނަޖީބު ހަބުޝީގެ ޒިޔާރަތް މައްޗަށް، އައްސުލްތާނު މުހައްމަދު(އިމާދުއްދީނު؟) ދެއްވި ފަތް ބައުވެގެން، އިބްރާހީމް އިސްކަންދަރު އާކޮށްދެއްވާފާ އޮތް ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތެއް އާކޮށްދެއްވަން އެދުމުން، ކުރީގެ ފަތުގާވާ މަގަށް، އެފަތް އާކޮށްދިނުމަށް އަމުރުނެރުއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1332ހ ޖުމާދިލްއައްވަލް 14(1914މ އޭޕްރިލް 10)ގާ ކޮށްފާވާ ތާނަ ތަރުޖަމާ، (މީގާ އެމިސްކިތަށާ އަދި އެ ޒިޔާރަތަށް ބޯގަޔަށް ލެއްވި އެއްޗެއް ސާފުކޮށް މާނައެއް ނުކުރެވުނު....) Size; 13.4" X 8" Lh.Kurendhooi - Sheikh Najeeb Habushee Shrine- Kurendhoo Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-70 · Unidad documental simple · 1820
Parte de Manuscript

1235ހ ޝައްވާލް 16(1820މ ޖުލައި 27)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ޝަރީއަތު މަޖިލީހުގާ، އުތީމު ދޮންއަލީ ތަކުރު، އުތީމު އުމަރުކަލޭގެ މަރުވުމުން، އެކަލޭގެ ތަރިކައިން، އޭނާއަށް ވާނެކަމުގާ ދައުވާކޮށް، އެތަކެތި ހޯދާދެއްވުމަށް އެދުމުން، އެއުމަރުކަލޭގެގެ ގޯތީގާ އިންނަ، އުތީމު އައިސާބީ އާއި، އެދޮންއަލީ ތަކުރު، ޝަރީއްޔަތަށް ހާޒިރުކުރަށްވާ، ދެފަރާތުގެ ދައުވާ އެއްސެވުމަށްފަހު، އެތަކުރުގެ ހުރިހާ މުދަލެއް ދޮންއަލީ ތަކުރަށް ކަމާއި، އަދި ގޯތި ވަގުފްކޮށް އައިސާބީއަށް ކަމުގާ، އެދެމީހުން އެއްބަސްވާ، އެޔަށްފަހު، އެ ތަރިކަޔާމެދު އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމުގާ ނިއާކުރެއްވުމުން، ނައިބު ބޭކަލުންނާއި، ދޭވާނީން ފޮނުވާ، ތަކެތި ދޮންއަލީ ތަކުރަށް ހަވާލުކުރުމުން، މިކަންކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، އެ އައިސާބީ އެދުމުން، ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ؛ އަލުން ފަތެއް ލިޔެދީފާވާ ކަމުގާ، އޮތް ލިޔުމެއް. (Size: 10.1" X 8")Chief Justices - Al Ghaazee Ibrahim Sirajuddin K.Male' - G.Irujehige - (Housing Plot) - Deed for housing plot/Endowment for property

Sin título
MV NAM MV NAM 012-F0-32 · Unidad documental simple · 1928
Parte de Manuscript

1347ހ ޖުމާދިލްއާހިރު 4(1928މ ނުވެންބަރު 17)ގާ؛ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ދަރުބާރުގާ، ހުވަދޫ އަތޮޅު ތިނަދޫ މީހުން، އެރަށު މާމިސްކިތް މައްޗަށް އޮތް ބޯގަ ފަތް ބާވެއްޖެކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، އިހުގެ ފަތް ބަށްލަވާ، އޭގާ ވާގޮތަށް، އެއަތޮޅު މެންތަންދޫ އާއި ބޮޑުރަހާ، އެ މިސްކިތް މަށްޗަށް ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ތިނަދޫ ރައްޔިތުންނަށް ދެއްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާގެ ދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް.Size: 16.8" X 9" G.DH.Thinadhoo - Thinadhoo - Endowment for Shrine (ziyaaraiy)

Sin título
MV NAM MV NAM 012-F0-37 · Unidad documental simple · 1915
Parte de Manuscript

1334ހ(1916މ)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދީނުގެ ބަންޑާރަނައިބު މަޖިލީހަށް، ރ.އަތޮޅު މާމުނަގަލުގެ ރުއްބައިގެ ވަގުފްވެރި، ބޮޑުފުށި މުހައްމަދު ތަކުރުފާނުގެ ދަރި ހުސެއިން ތަކުރުފާނުގެ ދަރިކޮޅުމީހުންނާއި، ކައްޗޭމީދޫ(ރ.މީދޫ) މީހުންނާއި ގޮވައިގެން ބަނޑޭރި ބޭކަލުން ހާޒިރުވެ ތިބެ؛ މީދޫ މީހުންގެ ފަތުގާވާ މާމުނަގާ ކިޔާ ރަށާއި، އެ ހުސެއިން ތަކުރުފާނުގެ ވަގުފް ފަތުގާ އޮތް މާމުނަގާ ކިޔާ ރަށާއި މެދު އޮޅުން އަރާތީ މިކަން ސާފުކޮށްދެއްވުމަށް އެދުމުން، މިމާމުނަގަލުގެ ރުއްއިންދިބަޔާއި އަދި ބަންޑާރައިން އެރަށުގާ ރުއް އިންދި ބައިވެސް، ހަސަން ތަކުރުފާނުގެ ދަރިކޮޅަށް އޮތްކަމަށް ނިޔާކުރައްވާ، އެދަރިކޮޅުގެ މީހުންގެ ތެރެއިން، ކުޑަރިކިލު ކަތީބު ހުސެއިން މަނިކު، ބުޗާ މުހައްމަދު ދަންޑެހެލު ތަކުރުފާނު، ރުއްކޮށީ ހުސެއިންގެ އާދަނު، މީދޫ ކެޔޮޅު މުހައްމަދުގެ އިބްރާހީމް އަދި ނެވި އާދަމްބެގެ ހުސެއިން، ޝަރީއްއަތުގެ މަޖިލީހުގާ ހާޒިރުވެ ތިބެ، މި ވަގުފް ބެލެހެއްޓުން ކުޑަރިކިލު ކަތީބު ހުސެއިން މަނިކުއާއި ހަވާލުކުރުމަށް އެއްބަސް ވުމުން، ކޮންމެ އަހަރަކު މާމުނަގަލަށް ލިބޭ ވަރުވާގެ ½އިން، ކުރީގެ ފަތުގާ އޮތްގޮތައް ވަގުފް ފުއްދުމަށް ޝަރުތުކޮށް، ބާކީ އޮތް ބަޔެއް، އޭނާގެ ދަރިކޮޅަށް އެއްވަރަށް ބެހުމަށާއި، އަދި ވަގުފް ފުއްދުމަށް 8ރުފިޔާއިން ފުދޭނެ ކަމަށާއި، އަދި އެ މަސައްކަތުގެ އުޖޫރައަކަށް، އޭނާގެ ބައިގެ އިތުރުން، އޭނާޔަށް، އެ ވަގުފްން ލިބޭ މީހަކާއި އެއްވަރަށް ބަޔެއް، ލިބޭގޮތަށް އެ މަޖިލީހުގާ އެ 6 މީހުން އިއްތިފާގުވުމުން، އެ މަހްކަމާގެ އަސްލު ތައްގަނޑު ޖަހާފާވަ ނަކަލެއް. R-19)އެއީ، މީގެ އަސުލު) (Size:12.8" X 8.3") Chief Justices - Bandaara Naaibu Hussain Salahuddin A.Maamunagau - Endowment for Trees

Sin título
MV NAM MV NAM 012-F0-39 · Unidad documental simple · 1927
Parte de Manuscript

1345ހ ޖުމާދިލްއާހިރު 20(1926މ ޑިސެންބަރު 26)ގާ، މަހްކަމަތުލް ޝަރީޔާގެ، ބަންޑާރަ ނައިބު ހުސެއިން ސަލާހުއްދީނުގެ މަޖިލީހުގާ، ބުޗާ މުހައްމަދުފުޅު، އޭނާގެ އެއްބަނޑު ދޮންއަލިފުޅުގެ އަނބި ފިހާރަ ދޮންކޮއްކޮގެ ހަދީޖާފުޅު އާއި މޭނާގެ އާދަމް ކަލޭފާނު ދެމީހުންގެ މައްޗަށް، ހަމަހަމައަށް ހަވާލުވެރިކަން އޮތް، ގަލޮޅު ތުއްކަމަނާފާނު ހިންނައިގެ ހުޅަނގުން އޮތް، އުމަރު މޭނާ ބަނޑޭރި ތަކުރުފާނުގެ ވަގުފް ގޯތިން، އާދަމް ކަލޭގެފާނަށް އޮތްތަން، އޭނާގެ ދަރިކޮޅު މީހުން، ހަދީޖާފުޅު އާއި ހަވާލުކޮށް، އެކަމުގެ ބަދަލުގާ، ހަދީޖާފުޅުއާއި އޭނަގެ ފިރ ދޮންއަލިފުޅުގެ އަތުން -/256 ރުފިޔާ ނަގާ، އެ ލާރި އަނބުރާ ނުދައްކާހާ ހިނދަކު އެތަނުގެ ހަވާލުވެރިކަން ނުލިބޭނޭ ކަމުގާ، ހެކިންގެ ހާޒިރުގާ ލިޔުމަކުން ދީފާ ވާކަމާއި، މަގުތައް ތެދުކުރެއްވުމުގެ ތެރޭގާ އެގޯތީގެ އިމާއި މިން ތަފާތުވުމުން، އަލުން އިމާއި މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ އިހުފަތް ބަށްލަވާ، 1172ހ(1759މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެފާވާ ފަތަކުން، އެގޯތި، އުމަރުމޭނާ ބަނޑޭރިއަށް ވަގުފްވެ އޮތްކަމަށް ސާބިތުވެ، 1316ހ(1898މ)ގާ، ހަތީބު ހުސެއިން ލިޔެދެއްވާފާވާ ފަތަކުން އެގޯތި އެއީ ޒަމާނުއްސުރެ ހަދީޖާފުޅު އާއި އާދަމް ކަލޭގެފާނަށް އޮތް ތަނެއް ކަމުގާ ސާބިތުވެ، އަދި، އެ އާދަމް ކަލޭފާނުގެ ދަރިކޮޅު މީހުން، ބުޗާމުހައްމަދު ފުޅު އެބުނާ ކަމުގެ މައްޗަށް އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ އިމާއި މިން ހިމަނާ، އަހުމަދު މަހައްލީގެ ދަރި ނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. Court order on a disupte over the land of Umaru Meyna Thakurufaanu Vagufu Goathi. The land was inherited equally by his two half-siblings- Buchaa Muhammadfulhu and Dhonalifulhu- as well as by his wife Fihaara Dhokkoge Khadijafulhu and Meynaa Adamkileyfaanu. The family of Meynaa Adamkileyfaanu's half-brother leased a part of inherited land to Khadijafulhu for 256 rufiyaa. Khadijafulhu claimed that the family would not be able to regain ownership of the land until they repaid what was owed. In the course of drafting this new document- it was found out that there were inaccuracies with the measurements of the land- which was then checked against an earlier document prepared by Al-Ghazi Muahmmad Muhhibbuddeen in 1759. That older document reportedly stated that Umaru Bandeyri had the right to inherit the land. The court was thus requested to certify the measurements- and to recognize another document- written in 1898 by Hatheeb Hussein and authenticated by Buchaa Muhammadfulhu- which was seen to prove that the land belonged to Khadhijafulhu and Adamkaleyfaanu who are descendants of the family. (Size: 14.8" X 9.6") Chief Justices - Bandaara Naaibu Hussain Salahuddin K.Male' - Umaru Meyna Thakurufaanuge Vagufu Goathi (Housing Plot) - Order (Private property)

Sin título
MV NAM MV NAM 012-F0-50T · Unidad documental simple · -
Parte de Manuscript

(ތާރީހެއް ނެތް ރަސްކަމުގެ އަހަރަށް ބަލާފާ)1081ހ ރަމްލޯނު(1671މ ޖަނަވަރީ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު I ގެ ރަސްކަމުގެ 23ވަނަ އަހަރު، އެރަސްގެފާނު، ހުވަދޫއަތޮޅަށް ރަސްބަންޑާރަ ކަންތަކު ދާ މީހުންނަށާ، އެއަތޮޅު ތިނަދޫ ހުރިހާ ރައްޔިތުންނަށާ އަދި އެއަތޮޅު އެންމެހާ ރައްޔިތުންނަށް، މާފަރު ކިޔާ ފަރު، އެއަތޮޅު ހައޮއްޑޭ؟(ހަވޮށްޑާ؟) މީހުނަށް ދެއްވި ކަމާއި، އަދި އެ ހަވޮށްޑާގެ އެއްވެސް މީހަކަށް އަދި އެއްޗަކަށް، އެއްވެސް މީހެއް، ގެއްލުމެއް ދީގެން ނުވާނެކަމާ، ދީފިނަމަ އަދަބުލިބޭނެ ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އިބްރާހީމް އާއި އުމަރު ގަދަހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-50)ގެ، 1962މ މާޗް 28(1381ހ ޝައްވާލް 21)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Transcription from Dhives Akuru into Thaana script of stating ownership of the deserted island (Size: 9.8" X 7.8") G.Havo'ddaa - Maafaru - Order

Sin título
MV NAM MV NAM 012-F0-55 · Unidad documental simple · 1938
Parte de Manuscript

1357ހ ޝައުބާން 9(1938މ އޮކްޓޯބަރު 3)ގާ؛ އިހުއްސުރެ ރާއްޖޭގާ ވަގުފް ގޯތި މީސްމީހުންނާ ހަވާލުކުރާ އުސޫލުން، ގަލޮޅު ކަކާގެ އިސްމާއީލް ދީދީގެ ބޭފުޅުން އަތުން -/300 ރުފިޔާ ނަގާ، އެއަވަށު ސަތަރު ގޯތި، އެގޯތީގާ، ގަސް އިންދާ އިމާރާތްކޮށް އެތަން ބޭނުންކޮށް ގެންގުޅުމަށް، ހަވާލުކޮށްފި ކަމުގަޔާ، އަދި އެ ރުފިޔާ އާއި އެތަނުގާ ކުރެވޭ ކޮންމެ އިމާރާތަކަށް، ހަމައަށް އަގުދެއްކުމުން ނޫނީ، ދުވަހަކުވެސް އެތަން، އެމީހުން އަތުން ނުނެގޭނެ ކަމާއި، އެތަނާއި، އެބައިމީހުން ހަވާލުވީއިރު، އެތާ އެއްވެސް ފާރެއް، އިމާރާތެއް ނުވާ ކަމުގާ، 1357ހ ސަފަރު 16(1938މ އޭޕްރިލް 17)ގާ، އޭނާ ވައުދުވެ އިގުރާރު ވީކަމުގާ، ސިއްކަގޭ ސަންޕާމަނިކެގެ ދަރި ދަރަވަންދޫގެ މުހައްމަދު ސައީދު ދީދީ އާއި، ހެކިންގެ ދެމީހުންނާއި، ސޮއި ކޮށް، 6ލާރީގެ ސްޓޭންޕެއް ޖަހާފާވާ، ލިޔުމެއް. Size:12.9" X 7.9" K.Male' - G.Satharu Goathi (Housing Plot) - Endowment

Sin título
MV NAM MV NAM 012-F0-53 · Unidad documental simple · -
Parte de Manuscript

(ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'ހަކުރާގޭ، ވަރުހަގުން'، މިހެން ޖަހާ، ކޮންމެ އަވަށެއްގެ ވަރުހަނގުންގެ ނަން ވަކިވަކި ކޮލަމެއްގާ ޖަހާ، ހެންވޭރުގާ، އެއްގަމުގޭ އިބްރާހީމް ދީދީ، ދޮންމަނިކުގެ އިސްމާއީލް ދީދީ، ސިއްކަ އިސްމާއީލް ދީދީ، ނަލަ ހުސެއިން މަނިކު، ފުއްލާ އިބްރާހީމް ފުޅު، މާދޫގޭ އަހުމަދު ކަލޭފާނު، ސިއްކަ އަލިމަނިކުފާނު، މާދޫގޭ ދޮންތުއްތު، ބިލާލު އިސްމާއީލް ދީދީ، ބުޗާ މުހައްމަދު ފުޅު، ސިއްކަ ދޮންތުއްތު، ބުޗާ ދޮންތުއްތު، ހަސަން ތުއްތު، ޅަކޮއި ހާޖީ، ޅަރީތި އާދަމްފުޅު، އަނދުންގޭ ދޮންއަލިފުޅު، ފަހާގޭ އާދަމް ފުޅު، ބަބާގޭ ދޮންކޮއްކޮ، ހޮޅިކޮށީ ދޮންމަނިކު، އުމަރު ދޮންއަލީ، މާވަޑި އިބްރާހީމްގެ މުހައމަދު ފުޅު، ބުޗާ ކަޅުތުއްތުގެ ދޮންމަނިކު އަދި ރަންވިއްކާ އަލީ ކޮއި، އަދި މާފަންނުގާ، އެއްގަމުގޭ މުހައްމަދު ދީދީ، ބޮނޑިބަތްގޭ އިބްރާހީމް މަނިކު، ކާފޯގޭ އިސްމާއީލް މަނިކު، ފަށަވާޅުގޭ ކުޑަދޮންތުއްތު، ހަވައްޑޭ ތުއްތު ދީދީ، ކަނޑޫދޫގޭ ހާޖީ ކަލޭފާނު، ފުރަހަނީ މުހައްމަދު ހާޖީ ކަލޭފާނު، އެދުރުފުތު މުހައްމަދު މަނިކު، ކަނޑޫދޫ އަލީ ދީދީ، ކަރުކެހޭ ޅަކޮއި އަދި ކަނޑި ހުސެއިން މަނިކުގެ ދޮންމަނިކު، އަދި މައްޗަންގޯޅީގާ، ސޯޅިޔާ ދޮންހުސެއިން، ބާގަ މުހައްމަދުފުޅު، ކަބީލާ؟، އަދި ބާގަ މުހައްމަދުފުޅުގެ ދޮންތުއްތު، އަދި ގަލޮޅުގާ، މުލީގޭ ތުއްތުދީދީގެ އަބްދުއްލޯ ދީދީ، ސައިކުރާ ހަސަން ކަލޭފާނު، ކަތްދަކޮއި އިސްމާއީލްފުޅު، މުލަކު އަހުމަދުކަލޭފާނު، ސަތަރު ކުޑަތައްހާނު، ހަފޮޅު ދޮންކޮއި، ގިރާވަރު ޔޫސުފް އަދި ނާވައިދޫ އިބްރާހީމްގެ މުހައްމަދު، މިނަންތައް ޖަހާފާވާ ލިސްޓެއް. List of personal names (Size: 13.3" X 16.3") K.Male' - Hakuraage - List

Sin título