1319ހ ސަފަރު 8(1901މ މޭ 27)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ރަސްކަމުގެ ހަސަން ދީދި އަލްއައްޑުވީ ގެދަރި އަލީ ދީދީ އާއި ނައިބު އީސަލް މުލަކީ ގެދަރި ޝެއިހު މުހައްމަދު އާއި ދެމީހުންގެ ޟަރީއަތު މަޖިލީހުގާ، ވަޑި(ދަންވަރު؟) ހުސެއިންފުޅުގެ ދޮންމޫސާ ކަލޭފާނު، ކާޅުގުއިރޭމަގުގެ ދެކުނުން އޮތް ޖަހާބަކަރި އައިމިނާފުޅުގެ ގޯތި ކިޔާ ގޯތީގެ މިލްކުވެރިޔާ، ތުޅާދޫގެ މޫސާ މަނިކުގެ އަތުން އޭނާ އެގޯތި ގަނެފި ކަމުގާ ބުނެ، އެ އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، އެ ވިޔަފާރި ސައްހަކަމުގަ ނިޔާކުރަށްވާ، އެގޯތި(މއ.އަންޑާޕޫލްގެ) އެއީ، ވަޑި ހުސެއިންފުޅުގެ ދޮންމޫސާ ކަލޭފާނުއަށް މިލްކުވެއޮތް ތަނެއް ކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ، އެ މަޖިލީހުން، މޫސަލް މުލަކީގެ ދަރި އައްނައިބު މޫސާ ދީދީ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 2ވަނަ ގަނޑުގާ: 1968މ އޯގަސްޓް 19(1388ހ ޖުމާދިލްއައްވަލް 24)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މޫސާ ކަލޭފާނު ނިޔާވެގެން، އޭނާގެ ތަރިކަ ބަހާ، ހިބައިން ލިބިމުންނާއި އަދި ގަތުމުން، އެ ގޯތީ، އޭނާގެ ދަރި، އައިސާފުޅު އާއި، އެ އައިސާފުޅުގެ އަލިފުޅު އަދި އައިމިނާފުޅުއަށް މިލްކުވެފާވާ ކަމުގާ؛ މަތީގާ ބުނެފާވާ ފަތުގެ ނުފުށުގާ، އަބްދުއްލޯ ފަހުމީ ދީދީ ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. އަދި ހަމަ އެގަނޑުގާ: 1367 ރަމްލޯނު 14(1948މ ޖުލައި 21)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެ މަޖިލީހުގާ، ހޯޑެއްދޫ ހުސެއިން ދީދީގެ މުހައްމަދު ދީދީ އާއި އުމުރުގެ ޔޫސުފްފުޅު އާއި ދެމީހުން، އެ ގޯތި(މއ.އަންޑާޕޫލްގެ)ގެއިން، ދަންވަރު(ވަޑި؟) ދޮންމޫސާ ކަލޭފާނުގެ އައިސާފުޅުއަށްވީ ބައި، އެދެމީހުން ހެކިކޮށް، އޭނާގެ ދެދަރިން، އަލިފުޅު އަށާ އައިމިނާފުޅުއަށް، ހަމަހަމައަށް، ހިބައިންދީފި ކަމުގާ، އެދެ މީހުން ބުނުމުން؛ އެކަން ބަލާ، ސާބިތުކޮށް، މަތީގާވާ ފަތުގެ ނުފުށުގާ، އަބްދުއްލޯ ފަހުމީ ދީދީ ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. މަތީގާވާ ދެ ލިޔުން ލިޔެފާވާ ތާރީހު، އިސްފަސް ވެފާވާ ކަމުގާ ބެލެވޭ. Real estate document for Machchangoalhi Andaapoolge (Size: 8.8" X 6.65")
Republic of the Maldives1379ހ ޒުލްގައިދު 28(1960މ މޭ 24)ގާ، މަހަކްމަތުލް ޝަރީއްޔާ(ހ)އިން؛ 1379ހ ޒުލްގައިދު 15(1960މ މޭ 11)ގާ، މއ.އަދުންކޮށީގޯތީގެ މިން ހަމޖެއްސުމަށް، އަދުން ހަސަން މަނިކު ހުށަހެޅި މައްސަލަ ބަށްލަވާ، އެގޯއްޗަކީ، އަމިއްލަ ގޯއްޗެއް ކަމާ، އެތަނުގެ އިމާއި މިން އިނގެންނެތުމުން، އެކަން ދެނެހުރި ދުވަސްވީ މީހުންކުރެއަހާ އޮޅުންފިލުވާ، އެގޮތުގެމައްޗަށް، އެމައްސަލަ މުޅިން ނުނިމި އޮށްވާ، އެ މަހްކަމާގެ 'ގޮވަތިގޮވަތީގެ ފަތްފަތުގައި ހުންނަ ރިޔަންކޮޅު ނަގާފޮތް' ކިޔާ ފޮތް ވުޒާރަތުލް ދާހިލިއްޔާއިން ފެނި، އެފޮތުން، މައްޗަންގޯޅި ރެކީގޮވަތި(އަދުންކޮށީގެ)ގެ މިން އިނގި، އަދި ފަތުގެ ތިރީގާ، އެފަތަކީ، 1240ހ(1825މ)ގާ ލިޔެފާވާ، ސިއްކައެއް، ސިއްކަފުޅެއް، ސޮޔެއްނެތް، އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިއުއްވާފާވާ ކަމުގާ ބަޔާންކޮށްފާވާ ފަތެއްކަމުގާ، 1349ހ ރަޖަބް 29(1930މ ޑިސެންބަރު 20)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމެއް އޮތްކަމާ، އަދި އެހެން އެއްވެސް ގޮތަކުން، އެވަރަށްވެސް އެގޯތީގެ މިން، އިނގެން ނެތުމުން، އަދުންކޮށީގޯތީގެ މިންތަކަކީ، އެ ފޮތުގާވާ ލިއުމުގާ، އޮތް މިންތައް ކަމުގާ ނިޔާކޮށް، އެމިންތައް ހިމަނާ، މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރު ސޮއިކޮށްފާވާ ލިޔުމެއްގެ، 1381ހ ޝައުބާން 4(1962މ ޖަނަވަރީ 11)ގާ، އެ މަހްކަމާއިން އަލީ އަހުމަދު ކޮށްފާވާ ނަކަލެއް. Real estate document for Machchangoalhi Adhunkosheege (Size: 8.8" X 6.65")
Republic of the Maldives1362ހ ޒުލްހައްޖު 1(1943މ އޮކްޓޯބަރު 30)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ 1362 ރަބީލްއާހިރު 22(1943މ އޭޕްރިލް 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ފޮނުވާފާވާ، ހ-25ނަންބަރު ސިޓީގާވާ ފަދައިން، 1331ހ ޒުލްގައިދު 15(1913މ އޮކްޓޯބަރު 16)ގާ ފަތްލިޔެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ، އިރުން ދެވިނަމަގުގެ އުތުރުން އޮތް، ދޭވާނި ހާޖީކޮއިގެ ގޯތި، އޭނާގެ 2 ދަރިން، ދޮންތުއްތު އާއި ކުޑަތުއްތުގެ މެދުގައި ބަހާ، ދޭވާނީ ހާޖީ ކޮއިގެ ކުޑަތުއްތު އަށް ލިބުނުބައި، މައްޗަންގޯޅި ދެކުނުއިންނަގޯތިގެ އިމާއި މިން ހިމަނާ؛ ލިޔެފާވާ ފަތުގެ ނަކަލެއް. (1F7-އެއީ މީގެ އަނެއްބައިގެ ފަތުގެ ނަކަލު) Real estate document for Machchangoalhi Ithuruinnagoathi (Size: 8.8" X 6.65") K - Male' - Ma.Uthuruinnaa Goathi (Housing Plot) - Private Property
Republic of the Maldives1354ހ ޒުލްހައްޖު 3(1936މ ފެބްރުވަރީ 26)ގާ، މަހްކަމަތުލް ޝަރީޔާއިގެ، އަލްގާޒީ ހުސެއިން އަފީފުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އީސާފުޅު މަރުވިއިރު އިނދެގެން ހުރި، ކުޅުދުއްފުށީ މާވަޑި ހުސެއިންގެ ފާތުމާފުޅު، އޭނާއާއި އީސާފުޅުއަށް ލިބުނު ދަރި މަރިޔަމްފުޅު އަދި އީސާފުޅުގެ ތުއްތުކަނބުލޮ، އެތިންމީހުން ހާޒިރުވެ ތިބެ، އީސާފުޅުގެ ތަރިކަ މުދަލުގެ ތެރެއިން، މައްޗަންގޯޅި ނިކަގަސްމާގާ އިންވެ އިރުންއޮތް ގޯތީގެ އެންމެ ދެކުނުން އޭނާއަށް ލިބުނު ތަން، އޭނަގެ ދަރި މަރިޔަމްފުޅަށް ހިބައިން ދީފިން ކަމުގާ، ފާތުމާފުޅު ބުނެ، އަދި އެތަނުން، ތުއްތުކަނބުލޮއަށް ވެފާވާތަން، -/60ރުފިއާއަށް، މަރިޔަމް ފުޅަށް ވިއްކައިފި ކަމުގާ ތުއްތުކަނބުލޮ ބުނެ، އެދެތެނާ، އަދި އެ މަރިޔަމްފުޅަށް ލިބުނު ތަނާ، ތިންބައި އެކު، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެ މަރިޔަމްފުޅު އެދުމުން؛ 1346ހ(1928މ)ގާ، އައްނއިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ، އެގޯތީގެ އިމާއި މިން ހިމަނާއޮތް ފަތަކުން، އެތަން އެއީ މިރުސް އަހުމަދުފުޅުގެ އީސާފުޅުގެ މިލްކެއް ކަމުގާ ސާބިތުވުމުން، އެ މުއާމަލާތުތައް ސައްހަކަމުގާ ނިޔާކުރަށްވާ، މައްޗަންގޯޅި ނިކަގަސްމަގާ އެތަނުގެ ހުޅަނގު ބިތް އިންވެ، އުތުރުބިތް، އެގޯތިން މިރުސް އީސާފުޅުގެ ދޮންތުއްތުގެ ބަޔާ އިންވެ އޮތް ގޯތި(މއ.ފިޔަޖަހާގެ ގޯތި)އެއީ، މިރުސް އީސާފުޅުގެ މަރިޔަމްފުޅުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަލްގާޒީ ސައީދު ލިއެފާވާ ފަތުގެ ނަކަލެއް.Real estate document for Machchangoalhi Fiyajahaagoathi- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Afeefuddin
Republic of the Maldives1349ހ ރަބީލްއާހިރު 27(1930މ ސެޕްޓެންބަރު 21)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، 1333ހ(1915މ)ގާ، ހަމަ އެޝަރީއަތު މަޖިލީހުން، ބާޑީގޭ އައިމިނަތު ދީދީއަށް މިލްކުވެ، އޭނާ ނިއާވުމުން، އޭނާގެ ދަރި ސާރާ ދީދީ އަށް މިލްކުވެފާވާ ކަމުގާ ފަތްލިޔެފާވާ، އަދި އޭގެފަހުން، ސާރާގެ އިޒްނަޔާ އެކު، އޭނާގެ ބައްޕަ، މަލިންގޭ މުހައްމަދު ދީދީގެ ދަރި އަލީ ދީދީ، ކަންޒުދޮށުގޭ މަނިއްޕުޅުގެ ދަރި އަބްދުލް މަޖީދު ދީދީއަށް ވިއްކާފާވާ ކަމުގާ އެ މަޖިލީހަށް ސާބިތުވެފާވާ، މައްޗަންގޯޅި ވައިދެރިމަގުގެ ހުޅަނގުން އޮތް، ކަންކޮށިގޯތި، އަބްދުލް މަޖީދު، ތަކަންދޫ ހުސައިނުގެ އަލީއަށް، -/472 ރުފިޔާއަށް ވިއްކާ، އަގުދީ ހަލާސްކޮށްފި ކަމުގާ، އަލީ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އަބްދުލް މަޖީދު ދީދީ އިގްރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ މއ.ދަބުގަސްދޮށުގެ އެއީ، ތަކަންދޫ ހުސައިނުގެ އަލީގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އައްސައްޔިދު އަބްދުލް ގައްޔޫމް، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގެ ތިރީގާ: 1352 ޖުމާދިލްއައްވަލް 4(1933މ އޯގަސްޓް 26)ގާ، ވުޒާރަތުލް ހައްގާނިއްޔާއިން، ތަކަންދޫ ހުސައިނުގެ އަލީ ނިއާވުމުން، މއ.ދަބުގަސްދޮށުގެ، އޭނާގެ ދޮން ހައްވާފުޅުއަށް މިލްކުވެއްޖެ ކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ ވާ ލިޔުމެއްގެ ނަކަލެއް. Real estate document for Machchangoalhi Dhabugasdhoshuge (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
Republic of the Maldives1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ދިދިގޯތީ ހަކުރާ ތަކުރުފާނު، އެދުރު މުހައްމަދު ތަކުރުފާނުގެ ދަރި އައިމިނާފާނުގެ، މައްޗަންގޯޅި ބޮޑުގަލު މިސްކިތު ހުޅަނގުން އޮތް ޗާނދަނީ މަގާ އިންވެ ހުޅަނގުން އޮތް، ދިދިގޯތި ކިޔާ ގޯތީއެއީ، 1181ހ(1767މ)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ގެ ދަރި އަލްގާޒި އިބްރާހީމް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފަތް، ބާވެގެން، 1345ހ ޖުމާދިލްއައްވަލް 8(1926މ ނޮވެންބަރު 14)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު އާކޮށްދެއްވި ފަތުން، އެދަރިކޮޅަށް ވަގުފްކޮށްދީފާވާ ގޯއްޗެއްކަން ސާބިވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - Ma.Didi Goathi (37rd Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the Maldives1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ދޮންމަނިކުފާނުގެ ދޮންދީދީގެ ދެދަރިން، ބޮއިގަސްދޮށުގޭ ތުއްތުދީދީ އާއި ބިސްދޮންމަނިކުގެ ތުއްތުދީދީ އަދި ތަކަންދޫ ހުސެއިންގެ އަލީ ހާޒިރުވެ ތިބެ، މައްޗަންގޯޅި ނިކަގަސްމަގު އިރުން އޮތް، މިރުސް އީސާފުޅުއަށް، ވެލިދޫގޭ އަލީ ދީދީ ވިއްކާފާވާ ގޯއްޗާއި އެގޯއްޗާ އިންވެ އިރުންއޮތް ގޯއްޗާ ދެގޯތީގެ އެކު ބޮޑުމިނަށް އޮތް، 1208ހ(1794މ)ގާ، ފިރުބައިދޫ ދަލޭކާބީއަށް މިލްކުވެފާވާ ކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާވާ ގޯތި، އެމުޅިގޯތީން، 2/1 އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިން އަށް ލިބި، އަދި މައްޗަންގޯޅި ދުންބުރުވާގެ ދޮންމަނިކުފާނުގެ ދޮންދީދީ އަށާއި ތުއްތުދީދީއަށް، ލިބުނު އެގޯތީގެ އިރުންއޮތް 2/1، އެތުއްތުދީދީ ނިއާވުމުން، އެތަނުން ބޮޑުގަލު ކުޑަމަނިކުގެ ދޮންމަނިކެއަށް، ހަލާލުބަޔަށް ލިބުނު ބައި، ބޮއިގޮސްދޮށުގޭ ތުއްތުދީދީ ގަނެ މިލްކުކޮށްފާވާކަމާއި، އަދި އެބަޔާއި، އެމީހުންގެ މަންމައަށް ވީބަޔާ، ދެބައި އެކުގާ، -/330 ރުފިޔާއަށް، ތަކަންދޫ އަލީއަށް ވިއްކައިފި ކަމުގާ ބުނެ، އަދި އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، ދޮންދީދީގެ ދެބެއިން އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރި ސައްހަ ކަމުގާ ނިޔާ ކުރަށްވާ؛ މއ.ދުންބުރުވާގެ އެއީ، ތަކަންދޫ ހުސެއިންގެ އަލީގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، އެ މަޖިލީހުން ނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 3ވަނަ ގަނޑުގާ: 1350ހ ޝައްވާލް 29(1932މ މާޗް 7)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ތަކަންދޫ ހުސައިނުގެ އަލީ އަތުން ބޮއިގަސްދޮށުގޭ އަހުމަދު ކަލޭފާނުތުއްތުގެ ދުންބުރުވާ ކުޑަމަނިކު -/400 ރުފިޔާއަށް ގަނެ، މއ.ދުންބުރުވާގެ، އެކުޑަމަނިކަށް މިލްކުވެއްޖެކަމުގާ، އެގޭގެ ފަތުގެ ނުފުށުގާ، އެމަޖިލީހުން ނައިބު އަބްދުއްލޯ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Machchangoalhi Dhunburuvaage (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
Republic of the Maldives1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15 ވަނަ އަހަރު، މާލޭގާވާ އަމިއްލަ ގޯއްޗާއި ބަންޑާރަ ގޯތި ވަކިކުރެއްވުމަށް އަންގަވާ، އެކަން ކުރުމަށް ނެންގެވި ކޮމިޓީއަށް، އެތެރެބަނޑަހަލު ބަނޑޭރި، ކިނޮޅަހު އަލީ މޭނާ ހާޒިރުކުރައްވާ، ގައްދޫ ގޯއްޗާ ބެހޭގޮތުން ސުވާލުކުރެއްވުމުން، އެގޯއްޗަކީ ކުޑަހުވަދޫ ކުޑަ މަރިޔަމްފާނުގެ މިލްކު ގޯއްޗެއްކަމާއި، އެ މަރިޔަމްފާނުގެ އައިމިނާފާނުގެ މަރިޔާފާނު އާއި، އެ އަލީ މޭނާގެ އެއްބަފާ ކިނޮޅަހު ކާސިމް ފަޑިއަތް އިނދެގެން ހުއްޓާ، އެފާނު ނިޔާވުމުން، އޭނާއަށް، އެގޯތިން 2/1 ލިބިފާވަނިކޮށް، އޭނާ ނިޔާވުމުން، އަލީ މޭނާއަށް މިގޯތި މިލްކުވެފާވާ ކަމުގާ، އެ އަލީ ދައުވާކުރުމުން، އެކަން ބަށްލަވާ، އެއިރުގެ މީހުނުން، އެކަން އެގޮތަށް ސާބިތުވުމުން؛ އެތެރެބަނޑަހަލު ބަޑޭރި ކިނޮޅަހު އަލީ މޭނާ އަށް މއ.ގައްދޫގެ މިލްކުވެފާވާ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ: 1970މ ޖޫނު 1(1390ހ ރަބީލްއައްވަލް 26)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މަތީގާ ބުނެވިފާވާ ގޯއްޗަކީ ވަލުގަނޑުވަރު އިސްމާއީލް ދީދީ މެންގެ ގައްދޫ ގޯއްޗެވެ ކިޔޭ ގޯއްޗެއްކަމާއި، މާލޭގެ މަގުތައް ހެއްދެވުމުގެތެރޭގާ، އެތަން ނެތިގޮސްފާވާ ކަމުގާ، އެމަހްކަމާގާ، ޒަކަރިއްޔާ ހަސަން ކަލޭފާނު އާއި ނައިބުގޭ ހުސެއިންފުޅު ހެކިބަސް ދިނުމުން، އެކަމުގެ މައްޗަށް؛ އަބްދުލޯ ފަހުމީ ދީދީ ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ: 1970މ ޖޫނު 1(1390ހ ރަބީލްއައްވަލު 26)ގާ، މަހްކަމަތުލް ޝަރީއާއިން؛ މަތީގާ ބުނެވިފާވާ ގޯއްޗަކީ ވަލުގަނޑުވަރު އިސްމާއީލް ދީދީ މެންގެ ގައްދޫ ގޯއްޗެވެ ކިޔޭ ގޯއްޗެއްކަމާއި، މާލޭގެ މަގުތައް ހެއްދެވުމުގެތެރޭގާ، އެތަން ނެތިގޮސްފާވާ ކަމުގާ، އެމަހްކަމާގާ، ޒަކަރިއްޔާ ހަސަން ކަލޭފާނު އާއި ނައިބުގޭ ހުސެއިންފުޅު ހެކިބަސް ދިނުމުން، އެކަމުގެ މައްޗަށް؛ އަބްދުލޯ ފަހުމީ ދީދީ ސޮއިކޮށްފާވާ ލިއުމެއްގެ ނަކަލެއް. Real estate document for Machchangoalhi Gadhdhooge (Size: 8.8" X 6.65")
Republic of the Maldives1370ހ ޖުމާދިލްއާހިރު 25(1951މ އޭޕްރިލް 2)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ނިޔާކުރައްވާ މަޖިލީހުން؛ ސީވަލު ދޮންތުއްތު އާއި ކުޑަތުއްތު އާއި ދެބެންނަށް، މިލްކުވެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ ހުޅަނގުން ގުމްރީގޯޅިއާއި އިންވެ ދެކުނުން ގާފަރުގެއާ އިންވެ އިރުން އޮތް، ގޯތީން ދޮންތުއްތު އަށްވީ ބައި، އޭނާގެ ދަރި ޝަރީފާއަށް ހިބައިންދީފާވާކަން ސާބިތުވެ އޮތުމުންނާއި، އަދި ކުޑަތުއްތުގެ ބައި ދޮންތުއްތު، 50/111ރުފިއާއަށް ގަނެ، އޭނާ މިލްކުކުރުމަށް ފަހު، އޭނާގެ ދޮންދަރި އަހުމަދު ނަޒީރުއަށް ހިބައިންދީފި ކަމުގާ ސާބިތުވުމާއެކު؛ އެގޯތި(މއ.ގުމްރީގެ)، ސީވަލު ދޮންތުއްތުގެ ދަރި، ޝަރީފާއަށާއި، އަދި ދޮންދަރި، އަހުމަދު ނަޒީރުއަށް މިލްކުވެއްޖެކަމުގާ، އެތަނުގެ އިމާއި މިން ހިމަނާ، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Machchangoalhi Gumreege- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Jalaluddin
Republic of the Maldives1351ހ ޖުމާދިލްއާހިރު 5(1932މ އޮކްޓޯބަރު 6)ގާ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރު ޝަރީއަތު މަޖިލީހަށް، މަލިން މޫސާ ކަލޭފާނު ގޮސް، މައްޗަންގޯޅި ފައިތިލަކޮށީގެ ދެކުނުން އޮތް މަގާ އިންވެ ދެކުނުން އޮތް، އޭނާގެ މިލްކު ގޯތީގެ، އުތުރާއި ހުޅަނގުން އޮތް ދެ މަގު ސީދާ ކުރެއްވުމުން، މިން ތަފާތުވެފާ ވާތީވެ، އެގޯތީގެ މިން ހަމަކުރަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ، 1345ހ(1927މ)ގާ ލިއެފާވާ ފަތަކުން، އެގޯތި އެއީ އޭނާގެ މިލްކެއް ކަމާއި އަދި އެތަނުގެ އިމާއި މިން ސާބިތުވެ ހުރުމުން، އެބޮޑުމިނަށް ގޯތީގެ މިން ހަމަކުރަށްވާ، އެގޯތި(މއ.ގުލާބީގެ)އެއީ، ކޮއެލު މިސްކިތު މަލިން މޫސާ ކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Machchangoalhi Gulaabeege- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Republic of the Maldives