Showing 382 results

Archivistische beschrijving
381 results with digital objects Show results with digital objects
MV NAM MV NAM 012-F0-1 · Stuk · 1884
Part of Manuscript

1302ހ(1884މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 4ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރީ އައިދޫގެ ޒިޔާރަތުގެ ބޯގައަށް، އެއައިދޫ ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، މާލެ ފަތްލިޔާ އުމަރު ލިޔެފާވާ ފަތެއް. Document on the consecration of Boaga Ziyaarat on Aidhoo Island (Size: 7.6" X 5.5") Ba.Aidhoo - Aidhoo Shrine - Endowment for Shrine (ziyaaraiy)

Zonder titel
MV NAM MV NAM 012-F0-13/R-36 · Stuk · 1777
Part of Manuscript

1191ހ ޝައްވާލް 16(1777މ ނުވެންބަރު 17)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު ޝެއިހުލްއިސްލާމް އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ހިތާދޫ މީހުން، އެމީހުން ނަށް އޮތް، ވަގުފް ރަށެއްކަމުގާވާ އަންހެންފުށި، ކިނޮޅޮހު ފަޑިޔަތް ތަކުރުފާނު އަތުލައިގަނެގެން އުޅޭކަމުގާ ދައުވާކުރުމުން، އެރަށާ ބެހޭ، ދެއްވަދޫ ރަސްގެފާނުން(ފަނޑިޔާރު ކަމުގާ ހުރިއިރު) ނިޔާކުރަށްވާފާ ވަނިކޮށް އައްސުލްތާނު މުހައްމަދު މުހްޔިއްދީނުގެ ސިއްކަޖަހާ ލިޔެފާވާ ފަތަކުން، އަންހެންފުއްޓާއި މަޑުއްވަރީ އެއީ ހިތާދޫއަށް އޮތް ދެރަށްކަމުގާ ސާބިތުވުމުން، އެ ދެރަށް އެއީ ވަގުފް ސައްހަ ކަމާ، އެފަޑިއަތް ތަކުރަކަށް އެރަށުގެ އެއްވެސް ކަމެއް ނޯންނާނެކަމުގަޔާ ބަޔާންކޮށް، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ޝެއިހުލްއިސްލާމް އާއީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ފަނޑިޔާރުމަނިކުފާނު ލިޔެފާވާ ފަތެއް. (Size:13.2" X 8") Chief Justices - Al Ghaazee Mohamed Muhibbuddin Ba.Hithaadhoo - Anhenfushi- Kinolhas - Order (Reef)

Zonder titel
MV NAM MV NAM 012-F0-25 · Stuk · 1926
Part of Manuscript

1344ހ ޝައްވާލް 26(1926މ މޭ 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ދަރުބާރުގާ، މާލެ އަތޮޅު ތުލުސްދޫ މީހުން، އެރަށު މާމިސްކިތުގެ ބޯގަޔަށް، އެރަށު އުތުރުން އޮތް ވިލިނގިލިއާއި، މަތިދަހުރާ؟ ލަށްވާ، ދެއްވާފާވާ ފަތް ބާވެގެން އާކޮށްދެއްވުމަށް އެދުމުން، 1227ހ(1812މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވައިފާވާ ފަތުން، އެ ދެރަށް، އެ މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ކަމާއި، ދިއްފުށީ ފަޅުގާ އޮންނަ ގިރިފަށް(ގިރުފުށި؟) އާއި އުތުރުކޮޅުދުނި ކިޔާތަނާއި ދެތަނުގެ މެދުން، ދެކުނަށް ވީބައި، ތުލުސްދޫ މީހުންނަށް ދެން އޮތްބައި ދިއްފުށި މީހުންނަށް އޮތްކަމުގާ ސާބިތުވުމުން، އެފަތް އާކުރުމަށް އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Size: 15.9" X 8.8" K.Thulusdhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Zonder titel
MV NAM MV NAM 012-F0-20 · Stuk · 1879
Part of Manuscript

(Size:9.9" X 7.8") Chief Justices - Ah Naaib Ismail 1296ހ ރަޖަބް 6(1879މ ޖޫނު 26)ގާ، އައްނައިބު އިސްމާއީލް ބަހާއުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ތަކަންދޫ ދޭވާނީ މުހައްމަދު ތަކުރުފާނުގެ ދަރި ސަންފާ މަނިކުފާނުގެ ދަރި ތުޅާދޫގެ މުހައްމަދު މަނިކު، މާފަންނު ކުޑަކޮށީގައި އޮތް އޭނާގެ މަންމަމެންގެ ބީނާކޮށި ކިޔާ، ވަގުފް ގޯތިން އޭނާގެ ބޮޑުދައިތަ ފާތުމާފުޅުގެ ދަރި ދޭވާނީ އަހުމަދުފުޅު އާއި، ހޮޅުދޫ ހާޖީއާއި، މިދެބެންނަށްވީ ތަނާއި، އޭނާގެ ބޮޑުބޭބެ ދޮންއަލިފުޅުގެ އައިމިނާފުޅުގެ ތިބި ތިން ބެއިން ކުރެ ފިރިހެން ދެބެއިންނަށް ވީތަން، އެދެތަނުގެ ވަގުފް ފުއްދާ ބެލެހެއްޓުމަށް، އޭނާޔާ ހަވާލުކޮށްފި ކަމުގާ ބުނެ، އަދި އެދެބަޔާއި، އޭނާގެ މަންމަގެ ބަޔާއި މިތިންބައި އެއްކޮށް، މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނު، ސަންފާ މަނިކުފާނާއި، ފާތުމާފުޅާއި އަދި ހޮޅުދޫ ހާޖީ، މިތިންބެއިންނަށް ބައްސަވާ ވަކިކޮށްދެއްވާފާ ވުމާއެކު، އެތިންބައި އެއްކޮށް، ތުޅާދޫ މުހައްމަދު މަނިކުއަށް އެތަނުގެ ހަވާލުވެރިކަން ލިބިއްޖެކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، ނައިބު އީސާ ގެދަރި ނައިބު މުހައްމަދު ލިޔެފާވާ ފަތެއް.Bahaauddin K.Male' - Kuda Koshi (Housing Plot - Deed for housing plot

Zonder titel
MV NAM MV NAM 012-F0-22 · Stuk · 1716
Part of Manuscript

1128ހ ޖުމާދިލްއާހިރު 6(1716މ މޭ 28)ގާ، އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، މާލޭ ހުކުރު މިސްކިތުގެ ދޮށުން(މިސްކިތް ބަލަހަށްޓާ މީހުން)، ދިގުފިނޮޅު ކިއަނީ، އެހުކުރުމިސްކިތަށް، އިސްކަންދަރު ރަސްގެފާނު ލަށްވާފާވާ ތިލަދުންމަތި ހުވަރަފުށިގެ އެއްބަޔަށް ކަމުގަޔާ، އެކަމަކު، އެއީ ވަކި ދެރަށޭ ކިޔާ، މަރުދުރު މަނިކު، އެތަން ހިފައިގެން އުޅޭތީވެ އެކަން ބަށްލަވާދެއްވުމަށް އެދުމުން، ތިލަދުންމަތީ މުސްކުޅިން އެ މަޖިލީހަށް ހާޒިރުކުރައްވާ، އެދެތަން ވަކިން އޮށްވާ ދެކުނު އެއްވެސް މީހެއް ނެތުމުން، އެ ދިގުފިނޮޅު ކިޔާ ތަނަކީ ހުވަރަފުށީގެ ބައެއް ކަމުގާ ނިޔާކޮށް، ލިޔެފާވާ ޝަރީއަތު ފަތެއް. Land deed (Size:8.8" X 4.5") Chief Justices - Al Ghaazee Hassan Thajuddin K.Male' - Hukuru Miskiiy (Mosque) - Order (Iisland)

Zonder titel
MV NAM MV NAM 012-F0-23 · Stuk · 1887
Part of Manuscript

1304ހ ޝައްވާލް 6(1887މ ޖޫނު 28)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ، އަލްގާޒީ މުހައްމަދު މުހީބުއްދީނު ގެދަރި އަލްހަތީބު ހުސެއިން(ވެލިދޫގޭ ހުސެއިންދީދީ) ޝަރީއަތު މަޖިލީހުގާ، ނިލަންދެ އަތޮޅު މީދޫ މީހުންނާއި، ބަނޑިދޫ މީހުން ހާޒިރުވެ ތިބެ، އެއަތޮޅު ޅޮހިގާ މީދޫމީހުން އިންދާފާވާ ރުކުން އެއްވެސް އެއްޗެއް އެމީހުންނަށް ނުދީ، ބަނޑިދޫ މީހުން އުޅޭތާ ސަތާރަ އަހަރުވެއްޖެ ކަމާއި، އޭގެކުރިން އެދެރަށަށް، ހަމަހަމަޔަށް ލިބޭކަމަށް މުސްކުޅިން ބުނާކަމަށާއި، އެއެއްޗެތި ލިބޭގޮތް ހަށްދަވާދެއްވުމަށް، މީދޫ މީހުން، އެދުމުން، ބަނޑިދޫ މީހުން، އެމީހުން އެއެއްޗެތި ގަދަކަމުން އަތުލައިނުގަންނަކަމަށާއި، ވެގެން އުޅޭގޮތަކީ، އެމީހުން އެރަށުގާ ރުއްއިންދާ، އެބިމަށް، ދޮށްށުންނަށް ވަރުވާ ދައްކަން ފަނޑިޔާރުގެއިން ފަތެއް ދީ، އެވަރުވާދައްކާ، އަދި، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު، ލިޔެދެއްވި ފަތުގާ، މި ރުއްތަކުން، މީދޫ މީހުންނަށް ލަށްވާފާވަނީ ¼ ކަމާއި، އެފަތް އެބައޮތްކަމާ، އަދި، އެސަތާރަ އަހަރު ކުރިން މީދޫ މީހުން، މިތަކެތިން ½ ނަގާފާވާތީ، އެތަން ހަމަކުރުމަށް މިހާރު އެމީހުންނަށް އެކަށްޗެއްވެސް ނުދެނީ ކަމުގާ ބުނުމުން، މި މައްސަލަ ބަށްލަވަން، އެ ޅޮހިއާއި ބެހޭ ފަތްތައް ގެނެސް ބެއްލެވުމުން، ބަނޑިދޫ މީހުން އެބުނަނީ ތެދުކަމުގާ ސާބިތުވެ، މީދޫމީހުން ކުރި ދައުވާ ބާތިލްކުރަށްވާ، އޭގެފަހުން އެރަށުން ވަރުވާޔަށް ލިބޭ ތަކެތިން ½ ބައި، ހުކުރުމިސްކިތު ދޮށުންނަށް ދަށްކާ، ދެންއޮތްބައިން ¼، މީދޫ މީހުންނަށް އަދި އަނެއް ¾ ބަނޑިދޫ މީހުންނަށް ލަށްވާ، އެމަޖިލީހުން ލިޔެފާވާ ފަތެއް. Document on the distribution of goods from a deserted island (Size:13" X 8") Chief Justices - Al Khatheeb Hussain Dh.Meedhoo- Dh.Ban'didhoo - Lhohi - Order (Iisland)

Zonder titel
MV NAM MV NAM 012-F0-59 · Stuk · -
Part of Manuscript

(ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'އަސްކަރުން'، މިހެން ޖަހާ، ފަސް ބަޔަކަށް ބަހާ، ފުރަތަމަ ހަތަރުބައި، 'މާފަތްގެ އަގުރަންނައޮޅި މި ނަމުގާ: މުހިއްދީނު އާދަމް ކަލޭފާނު، ކައިރު ދަންޑެހިލު ތައްހާނު، ހުވަރަފުށީ ކާސިން ތައްހާނު، ހައްދުންމަތީގޭ އަލިމަނިކު، ޅަކަލޯ، މުރައިދޫ ކާސިން ތައްހާނު، ލަންދޫ މޫސާ ކޮއި، މިރުސް ތުއްތު، މިރުސް މޫސާ ކަލޭފާނުގެ ދޮންތުއްތު، ހިކަނދި އީސާފުޅު، ކޮއްޔަ ތައްހާނު، މިރުސް އީސާފުޅުގެ ދޮންތުއްތު އަދި ގުއިކަރު އާދަމްފުޅު، ދެވަނަ ބައި، ހަކުރާގޭ އޮމާއޮޅި މި ނަމުގާ؛ ފާމުދޭރިގޭ ތުއްތުދީދީ، މާމާގެ އިދުރީސް ތައްހާނު، ދަލޭކާފުޅު ދޮންތުއްތު، ވަޑިކޮއި ދޮންތުއްތު، ޅަކޮއި އާދަމް ތައްހާނު، ކާށިދޫ އިބްރާހީމް ތައްހާނު، ބަބުރުކޮއި މޫސާފުޅު އަދި އުބުށެން ތައްހާނު، ތިންވަނަ ބައިގާ، ވެލާނާގޭ މުސްކުޅި އޮޅި، މިނަމުގާ: ފެންތަށި އާދަމް ކަލޭފާނު، މިރުސް ދޮންތުއްތު، ހޭނަ ޔަހުޔާ، ސިއްކަ އަލީ ދީދީ، ސިއްކަ މޫސާ ދީދީ، ފައްކާ މުހައްމަދު މަނިކު، ހޮޅިކޮށީ އެދުރު މަނިކު، ހިމިތީ ދޮށީކޮއި އަދި އޮޅިތެރި ދޮންތުއްތު، އަދި ހަތަރުވަނަ ބައި، ދޮށިމޭނާގެ މި ނަމުގާ: ހިތާދޫ ދޮން ތައްހާނު، މިރުސް އާދަމް ފުޅު، ސޯޅިޔާ ދޮންހުސެއިން، ބިލާލު އިސްމާއީލް ދީދީ، ހަނީފާ ދޮންކަލޭފާނު، ގާފަރު އަލީ، އަދި ބުޅި ހާޖީ، އަދި ފަސްވަނަބައިގާ(ބައިގެ ނަމެއްނެތް)، ކާފޯގޭ އިސްމާއީލް މަނިކު، ބަނޑިދޫ އުމަރު ތައްހާނު، ދައްޕަރު ތުއްތުދީދީ، ސީވަލު ކުޑަތުއްތު، ކަޅުފުތު އިސްމާއީލްފުޅު، ފިނދަނު އަލިފުޅު، ކުކުޅުކޮއި އަދި ކޮލިގޭ އީސާފުޅު، އެމީސްމީހުންގެ ނަން ޖަހާފާވާ ލިސްޓެއް. List of names of royal guards listed in five columns. The first Maafaige Aguranna'olhi- lists: 1. Muhhidheen Adamkaleyfaan 2. Kairu Dhandahilu Thahhaan 3. Huvarafushee Kaasain Thahhaan 4. Hadhunmatheegey Alimanku 5. Lhakalo 6. Muraidhoo Kaasin Thahhaan 7. Landhoo Moosaakoi 8. Mirus Thuthu 9. Mirus Moosa Kaleyfaanuge Dhonthuthu 10. Hikandhi Easaafulhu 11. Koyya Thahhaan 12. Mirus Easaafulhuge Dhonthuthu 13. Guikaru Adamfulhu. The second column “Hakuraagey Omaan'olhi” lists: 1. Faamudheyrigey Thuthu Dīdī 2. Maamaage Idhurees Thahhhaan 3. Kaashidhoo Ibrahim Thahhaan 5. Baburukoi Moosaafulhu 6. Ubushen Thahhaan. The third column “Velaanaage Muskulhi'olhi”: 1. Fenthashi Adamkaleyfaanu 2. Mirus Dhonthuthu 3. Heynaa Yahya 4. Sikka Ali Dīdī 5. Sikka Moosaa Dīdī 6. Fakka Muhammed Manik 7. Holhikoshee Edhuru Maniku 8. Himithee Dhosheekoi 9. Olhitheri Dhonthuthu. The fourth column “Dhoshimeynaage” lists: 1. Hithaadhoo Dhon Thahhaan 2. Mirus Adamfulhu 3. Soalhiyaa Dhon Hussein 4. Bilal Ismail Dīdī 5. Haneefaa Dhonkaleyfaanu 6. Gaafaru Ali 7. Bulhi Haajii. The fifth column is untitled- listing the names of: 1. Kaafoage Ismail Maniku 2. Banddidhoo Umaru Thahhaan 3. Dhapparu Thuthu Dīdī 4. Kalhufuthu Ismailfulhu 5. Finndhanu Alifulhu 5. Kukulhukoi 6. Koligey Easafulhu. (Size: 13.4" X 16.5") K.Male' - list (Royal Gaurds)

Zonder titel
MV NAM MV NAM 012-F0-74 · Stuk · 1930
Part of Manuscript

1349ހ(1930މ)ގާ، މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު، ކަލާފާނު ޒިޔާރަތުގެ ހަވާލުވެރިން ކަމުގާވާ، ހަންޏާމީދޫ ރައްޔިތުންނަށް، (އދ.)ދިއްދޫ މީހުން، 6000 ކާއްޓާ، 30 އަޑުބައި ކާށިތެލާ، 18 ބޮނޑި ރޯނާ، 200 ގަނޑު ފަނާ، 5 ކުކުޅާއި، ކޮންމެ އަހަރަކު ޝައުބާން މަހުގެ އެއްވަނަ ދުވަހަށް ދެއްކުމަށްޓަކާ، ދިއްދޫ ފާލަށްބަކޮށް، ދިއްދޫއަށްވީ ރުއްގަހާއި، ދިއްދޫ ރަށުމަހުގެ ދެބައިކުޅައެއްބައި ދިއްދޫ މީހުނަށް ލަށްވާ، މިތަކެތިން މިކަންކަން ކުރަންޖެހޭނެ ކަމުގާ ލިޔެ އަމުރުކުރަށްވާ، ހަންޏާމީދޫ މީހުންނަށް ދެއްވި ފަތެއް. Size: 9.4" X 4.3" A.Hangnyaameedhooi - Kalaafaanu Shrine - Order (gift)

Zonder titel
MV NAM MV NAM 012-F0-73 · Stuk · 1819
Part of Manuscript

1224ހ ޖުމާދުލްއާހިރު(1809މ ޖުލައި)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 11ވަނަ އަހަރު، މާޅޮސްމަޑުލު(ރ.) ކަޅިފުށީ(އަލިފުށީ؟؟) މީހުން އެ ރަދުންގެ ދަރުބާރުގާ، އެރަށު ހުކުރު މިސްކިތް ވަގުފްކޮށް ދެއްވާފާވާ މިލަދުންމަޑުލު(ށ.) ދޮޅިއަދޫ، އެއީ މާލޭ މަށްޗަންގޯޅި ބާމިސްކިތަށް ބޯގަޔަށް ލަށްވާފާވާ ތަނެއްކަމުގާ، އެ މިސްކިތުގެ ބެރިޔެއްގާ ލިޔެފާ އެބައޮތޭ ކިޔާ، އެމިސްކިތުގެ ހަވާލުވެރިން، އެތަން އަތުލައިގެން އުޅޭކަމުގާ ދައުވާކުރުމުން، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ޝަރީއްޔަތުގެ މަޖިލީހަށް، އެދެބައިމީހުން ފޮނުއްވުމުން، އެމަޖިލީހުން އެކަން ބަށްލަވާ، އަލިފުށީ ހުކުރުމިސްކިތް ނޫން އެހެން އެއްވެސް ތަނަކަށް، ދޮޅިޔަދޫ އޮތް ހަނދާނެއްވާ އެއްވެސް މީހަކު އެ ރަށުގާވެސް އަދި އެ އަތޮޅުގާވެސް ނޫޅޭ ކަމުގާ އަލިފުށީ މީހުން ބުނިކަމުގާ ރަސްގެފާނަށް ދަންނަވާ، އަލިފުށީ 8 މީހުން ޝަރީއްޔަތު މަޖިލީހަށް ހާޒިރުކޮށް، އެމީހުން އެގޮތަށް އެކަންއޮތްކަމަށް ހުވާކުރުމުން، އެހުވާމައްޗަށް، މި ޝަރީޔަތް ނިންމެވުމުން، ދޮޅިޔަދޫ އަކީ އަލިފުށީ ހުކުރު މިސްކިތަށް، ބޯގަޔަށް އޮތްތަނެއް ކަމުގާ ބަޔަންކޮށް، އައްނައިބު އަލްކަބީރު އަލްހާއްޖަ މޫސާ ހަނދޭގިރިން ކިޔުމުން، ފަތްލިޔާ އަލީ ހާޖީ ލިޔެފާވާ ފަތެއް. Size: 13.7" X 10.7" R.Alifushi - Alifushi Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Zonder titel