1347ހ ޖުމާދިލްއައްވަލް(1928މ އޮކްޓޯބަރު)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ރަނަހަމާދި އާދަމް ކަލޭފާނުގެ ކުޑަކިބާ ބަނޑޭރި އަލްހާއްޖު އަލީކަލޭފާނު، މައްޗަންގޯޅި ބޮޑުގަލު، ފަތަސްލީގެ ކިޔާ ގޯތި، ބޮޑުގަލުގޭ އިސްމާއީލް މަނިކުގެ ދަރި ދޮންމަނިކުގެ އަތުން ގަނެފައިވާތީ، އެކަމަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެތާގެ އިހުފަތުން، އެގޯތި އެއީ ބޮޑުގަލުގޭ ދޮންއަލީ ތަކުރުފާނުގެ މުހައްމަދު ތަކުރުފާނުއަށް މިލްކުވެފައިވާކަމުގާ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރުއްދީނު ލިޔެދެއްވާފާ ފަތެއް ކަމުގާ ސާބިތުވެ، އަދި މިގޯތީގެ ވާރުތަވެރި ދޮންމަނިކު، އަލީކަލޭގެފާނަށް -/550 އަށް ވިއްކިކަމުގާ އިގުރާރުވުމުން، މައްޗަންގޯޅި ގަނޑުވަރުގެ ދެކުނު މަގު ހެއްދެވީމާ، ގޯތި ކުޑަވުމުން، އަލީރަސްގެފާނު ގަނޑުވަރުގެ ހުޅަގުން އެހެދި މަގާ އިންވެގެން ދެކުނުން އެ ގޯއްޗަށް އެމަދުވިބައި ލަށްވާ މިން ހަމަކުރައްވާ، އަދި އެ އަލީކަލޭފާނުންގެ އެދުމުމުގެމަތިން އެގޯތި ވަގުފްކޮށް، އެތާގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލެއްވުމަށް އެދުމުން، އެކަން އެގޮތައް ކުރައްވާ، އެ މަޖިލީހުން، އަހުމަދު މަހައްލީ ގެދަރި ނައިބު މުހައްމަދު ލިޔުއްވާފާވާ ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Naaibu Hussain Salahuddin K.Male' - Ma.Jan'buroaluge (Fathaslee Goathi) (Housing Plot) - Deed for housing plot
Republic of the Maldives1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1329ހ ޖުމާދިލްއާހިރު 16(1911މ ޖޫނު 14)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން، ރިބުދޫ މުހައްމަދު ތަކުރުގެ ދަލޭކާފުޅުގެ އާދަމްފުޅުގެ ތަބައް ދޮންކޮއްކޮއަށް ފަތްލިޔެދީފާވާ، މައްޗަންގޯޅި ގުމްރީގޯޅިއާ އިންވެ އުތުރުން ތަބައްގެއާ އިންވެ އިރުން، މާބަޑޭރިގޭ ކުދިންނަށް މިލްކުވެއޮތް، އިހުގާ ރިބިދޫ ކޮށި، ކިޔާ ގޯތީގެ އުތުރުބިތުން 19ރިޔަން 14އަނގޫ އަދި ދެކުނު ބިތުން 17ރިޔަން 6އަނގޫގެ ބޮޑުމިނުގާ އޮތް ބައި، އެދަލޭކާފުޅުގެ ހަނދޭގިރި ތަކުރުފާނުއަށް މިލްކުވެއޮތް ކަމުގާ އެފަތުން ސާބިތުވާ ކަމާއި، އަދި އެހަނދޭގިރި ތަކުރފާނުގެ ދަރި އިބްރާހީމް މަނިކުގެ، މާބަނޑޭރި އަލިމަނިކު އަދި ހަސަން މަނިކުއަށް އެތަން ލިބިފާ ވަނިކޮށް، އެދެބެއިންނަށް އޮތް، ހެންވޭރު، އޭރު ވާނީގެ ކިއާގޯތިން، އަލީ މަނިކަށްވީ ބައި ހަސަން މަނިކުއަށް ދީ، އަދި މައްޗަންގޯޅި ގޯތިން ހަސަން މަނިކަށްވީ ބައި އަލިމަނިކުއަށް ދީ، އެދެބައިންގެ ހަޔާތުގާ އެކަން އެގޮތަށް ނިންމާފާވާ ކަމުގާ، އެދެބެންގެ ބެހެނިވެރިން އިގުރާރުވާ ކަމާއި، 1375 މުހައްރަމް 2(1955މ އޯގަސްޓް 20)ގާ، ދާހިލިއްޔާ އަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ، ހ-2/4ނަންބަރު ސިޓީއިން، އެތަން އެއީ، އެއަލިމަނިކުގެ ދަރިންގެ ތަނެއްކަމުގާ ސާބިތުވާ ކަމުގަޔާ؛ އަދި ގަލޮޅުގާ އޮތް، މަލިކު ދޮންނަ..؟ ގޯތި ކުޑައަލީ ތަކުރުއަށް މިލްކުވެފާވާ ކަމުގާ، މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތީގެ 3/2ބައި، ލިބިފާވަނީ އެތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުއަށް ކަމާއި، އަނެއް 3/1 އެއީ، މާބަނޑޭރި ހަސަން މަނިކު އާއި އަލީ މަނިކާއި ދެމީހުންގެ މަންމަ، އެ އަލިތަކުރުގެ ދޮންމަނިކެގެ ތަނެއް ކަންވެސް އެފަތުން ނާއި އަދި، 1374ހ ޝައުބާން 20(1955މ އޭޕްރިލް 14)ގާ، ދާހިލިއްޔާއަށް ފޮނުވި، މަހްކަމަތުލް ޝަރީޔާގެ ހ-2/53ނަންބަރު ސިޓީން ސާބިތުވެފާވާ ކަމާއި؛ އަދި ޝަރީޔަތް މެދުވެރިކޮށް، މަޑިފުށީ މުހައްމަދު މަނިކުއަށް އެގޯތިން ލިބިފާވާ 3/2 ބޮޑުމިން، މާބަނޑޭރިގޭ އަލިމަނިކުގެ ދަރިންނަށް މިލްކުވެފާވާ ބައި(މއ.ޗިޅިޔާގެ)އާއި ބަދަލުކޮށް، ޗިޅިޔާގެއިން އިތުރުވީ ބޮޑުމިނަށް، އޭނާ އަގުދައްކާފާވާ ކަމާއި، ގަލޮޅުގާ އެއޮތް ގޯތީގެ، 6/1ނޫން ހުރިހާ ބައެއް، އަލިމަނިކުގެ ދަރިން، މުހައްމަދު މަނިކު، އަހުމަދު ދީދީ އަދި އައިޝަތު ދީދީ އަށް މިލްކުވެފާވާ ކަމާއި، އެ 6/1 މިލްކުވެފާވަނީ، މާބަނޑޭރި ހަސަން މަނިކުގެ ދަރިންނަށާއި، އޭނާގެ އަނބި، ކަނޑި މޫސާގެ ނޫރުއްނަހާރުއަށް ކަމަށާއި، އަދި މއ.ޗިޅިޔާގެ އެއީ، މަލިކު އަލީ ތަކުރުގެ މޫސާފުޅުގެ މަޑިފުށީ މުހައްމަދު މަނިކުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ދާހިލިއްޔާއިން ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Machchangoalhi Chilhiyaage- written in Thaana- stating ownership of the land (Size: 8.8" X 6.65")
Republic of the Maldives1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތުގެ މަޖިލީހުގާ، ލިޔާކޮއިގެ ކަޅުތުއްތު އާއި މަންދޫއެދުރުގޭ ހުސެއިން މަނިކުއާއި ހާޒިރުވެތިބެ، އޭނާގެ ބައްޕަ ލިޔާކޮއިއަށް މިލްކުވެފާވާ، ގަލޮޅު މައިމަގު ދެކުނުންއޮތް ގޯތި އޭނާގެ އެއްބަފާ އެހެންކުދިންގެ ރުހުމާއިއެކު، އަތިރީގޭ އަބްދުލް މަޖީދު ދީދީއަށް ދީފާ، އެދީދީގެ ފަނޑިޔާރު މިސްކިތްދޮށު ގޯތިން އެބޮޑުމިން އެމީހުން ހިފައިފިކަމުގާޔާ، އަދި އެ ދެގޯތި ލާޖައްސަން ބޭނުންވާކަމުގާ، އެ ކަޅުތުއްތު ބުނުމުން؛ އެތަންތަނުގެ އިހުފަތް ބަށްލަވާ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، އެގޯތީގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތަކުން، އެ ގޯތި އެއީ، ތުޅާދޫ އިސްމާއީލްގެ މިލްކެއް ކަމުގާ ސާބިތުވުމުން، އޭރު އެގޯތި ލިޔާކޮއިއަށް މިލްކުވެފާވާ ކަމުގާ ސާބިތުކޮށް، އަދި، 1339ހ ރަޖަބް(1921މ މާޗް)ގާ، ހަމަ އެ ޝަރީއަތު މަޖިލީހުން، އެތާގެ އިމާއި މިން ބަޔާންކޮށް ލިޔެފާވާ ފަތަކުން، ފަނޑިޔާރު މިސްކިތްދޮށުވާ ގޯތި އެއީ، ދެކުނުގޭ އަހުމަދު މަނިކުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި އޭނާ، އަބްދުލް މަޖީދު ދީދީއަށް އެތަން ވިއްކި ކަމުގާ ސާބިތުކޮށް، އެ ދެތަން ލާޖެއްސުން، ސައްހަކަމުގާ ނިޔާކޮށް، އެލިޔާކޮއިގެ ގޯތީގެ ބޮޑުމިނަށް، ފަނޑިޔާރުމިސްކިތްދޮށު ގޯތިން ތަންނަގާ، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން އޮތް މަގާ އިންވެ، ދެކުނުން ބޮނޑިބަތްގޭ ކުޑަތުއްތު އެގޭ ކުޑަކޮއްކޮއަށް ވިއްކި ގޯތީގެ ހުޅަނގުން އޮތް ގޯތި(މ.މެޑެލްމާގެ) އެއީ، ލިޔާކޮއިއަށް މިލްކުވެފާވާ ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި 1351ހ ސަފަރު 22(1932މ ޖޫނު 27)ގާ، ޝަރީއަތުގެ މަޖިލީހުން؛ މ.މެޑެލްމާގެއިން ލިޔާކޮއިގެ ތުއްތުއަށް ވީތަނުގެ ބަދަލުގާ، ގަލޮޅުގާ އޮތް ލިޔާކޮއިގެ ގޯއްޗަކުން، އޭނަގެ އެހެން ދަރިންގެ ރުހުމުގާ، އެމިނަށް ތަން ދީ، ދެންއޮތް ބަޔަށް، ތުއްތު އަގުދީ، މ.މެޑެލްމާގެ، ލިއާކޮއިގެ، ތުއްތު ނޫން، އެހެން ދަރިންނަށް މިލްކުވެއްޖެ ކަމުގާ؛ އެފަތުގާވާ ލިއުމުގެ ބޭރުގާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Maafannu Medelmaage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Republic of the Maldives1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ކުޑަކޮށީގާ އޮތް، ތުޅާދޫ އިބްރާހީމް މަނިކުމެންގެ ވަގުފްގޯޗެއް ކަމުގާވާ މޭބިސްކަދުރުގޯތީގެ ވަގުފްވެރިންކުރެ ބަޔަކު އެބައި މީހުންނަށް ވީތަން، ތަކަންދޫ ދޭވާނީ މުހައްމަދު ތަކުރުފާނުގެ ދަރި ސަންޕާ މަނިކުފާނުންގެ ދަރި، ތުޅާދޫގޭ މުހައްމަދު މަނިކުއާއި ހަވާލުކޮއްފާ އޮތްކަމުގެ ހަދާނަށް، އަލްގާޒި މަޖުދުއްދީނު ބަންޑާރަނައިބު ތަކުރުފާނު ގެ ދަރި އައްނައިބު އިސްމާއިލު ލިޔެދެއްވި ފަތާއި(F0-20)، އެގޯތީގެ ވަގުފްވެރިން ކަމުގާ ތިބި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި މޫސާ މަނިކުގެ ތިބި ދެ ފިރިހެން ދަރިން އެގޯތީގެ ވަގުފާއި، ތުޅާދޫގޭ މުހައްމަދު މަނިކުގެ ދަރި އިސްމާއީލް މަނިކުގެ ދަރި އިބްރާހީމް މަނިކުއާއި ހަވާލު ކޮށްފާވާ ކަމަށް، 1331ހ(1913މ)ގާ، މޫސަލް މަހައްލީ އުއްތަމަ ފަނޑިޔާރުގެ ދަރި އަލްގާޒީ ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތުން(R-30)، ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - M.Meuybiskadhuruge (16th Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the Maldives1339ހ ޒުލްގައިދު 4(1921މ ޖުލައި 10)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުން؛ މައްޗަންގޯޅި މަގުތެދުކުރެއްވުމުގެ ތެރޭގާ އުނިވެފާހުރި މީސްމީހުންގެ އަމިއްލަ ގޯތިގޯތި ހަމަކޮށްދެއްވާ ފަތްލިޔެދެއްވުމަށް، މާފަންނުގެ ސަރުދާރުންނާއި މުދިމުން އެދުނު އެދުމުގެ މަތިން، މާފަންނު ފަނޑިޔާރު މިސްކިތުގެ ދެކުނުން ހުރި އަމިއްލަ ގޯތިތަކުގެ މިން ހަމަކުރެއްވި އިރު، ހިރިމަރަދޫ އިސްމާއީލް ތަކުރު ގަނެ، މިލްކުކޮށްފާވާ ކަމުގާ، 1287ހ(1870މ)ގާ، އަލްގާޒީ އިބްރާހީމް މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ ގޯތި، ހަމަކުރައްވާ، އެގޯތިން އެ އިސްމާއީލްތަކުރުގެ 5 ދަރިންގެ ބައިން، ކުރެންދޫ ވާނީ އާދަމްފުޅުއަށް ނުވިއްކާއޮތް، އެތާގެ އިރުމަތީބިތް، މާފަންނާއި މައްޗަންގޯޅި ދެއަވަށް ދެމެދުގާ އޮތް މަގާ އިންވެ، އަދި ހުޅަނގު ބިތް ވެލިދޫގޭ ހަދީޖާ ދީދީގެ ގޯއްޗާ އިންވެ އޮތް، އެދޮންކަމަނަގެ ބައި(މ.ފާގަތިގޯތި؟)، އެއީ އެދޮންކަމަނަގެ ދަރިންނަށް އޮތް، އޭނާގެ މިލްކު ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެބައިގެ މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ: (ތާރީހެއް ނެތް)، މަތީގާ ބުނެފާއެވާ ގޯތީގެ ބެހެނިވެރިން، އެތަން، ވެލިދޫގޭ މުހައްމަދު ދީދީ އަށް -/90 ރުފިއާއަށް ވިއްކާ، އަގުހިފާ ހަލާސްކޮށް،(މިހިސާބަށް ނަކަލުކޮށް) އަދި، ދެންއޮތްބައި ކިޔަން ނޭނގޭ ކަމުގާ ލިޔެފާވާ ލިޔުމެއް. Real estate document for Maafannu Faagathigoathi- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Republic of the Maldives1331ހ ޒުލްހައްޖު 7(1913މ ނޮވެންބަރު 6)ގާ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ ހާޖީ މޫސާ ކަލޭފާނު އާއި އެގޭ ދޮންތުއްތު، މާފަންނު މާވެޔޮ ހުޅަނގުން އޮތް މަގާ އިންވެ، މާވެވުއާދިމާލު ހުޅަނގުން އޮތް، އެމީހުންގެ ކާފަ، މިނާ ދޮންއަލީގެ މިލްކުގާވާ، މ.ފިޔަނޫމާގެ ބައްސަވާދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތި، އެ، މިނާ ދޮންއަލީއަށް މިލްކުވެފާވާކަން، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވުމުން، ދޭވާނީން(އިހުގައި ސަރިއަތް ކުރާތަންތާނގައި ޕިޔޯނެއްގެ ވަޒީފާ އަދާކުރާ މިހުން)ގޮސް، އެތަނުގެ ބޮޑުމިން ބަލާ، މިނާ ދޮންއަލީގެ ދަރި، ބޮއިގަސްދޮށުގެ ހާޖީ ހުސެއިން ކަލޭފާނުގެ ބެހެނިވެރިންނަށް، ބަހާ، އެ ހުސެއިން ކަލޭފާނުގެ ދަރި އީސާ ކަލޭފާނުގެ ދަރި މޫސާ ކަލޭފާނުއަށް ވީތަން ނޫން އެހެން ހުރިހާ ތަނެއް، އެ އީސާ ކަލޭފާނުގެ ދަރި އަލީ ކަލޭފާނުގެ ދަރި މޫސާ ކަލޭފާނުއަށް، އެތަންތަނުގެ ވެރިން، ބަޔެއް މީހުން ވިއްކާ، އަނެއްބައި މީހުން ދީ، އެގޯތީގެ، އިރުމަތީ ބިތުން، 19ބަމަ 2ރިޔަން 14އަގޫ، އަދި ދެކުނު ބިތުން، 16ބަމަ 2ރިޔަން 12އަގޫ، ބޮޑުމިން، ބޮއިގަސްދޮށުގޭ ހާޖީ އަލީ ކަލޭފާނުގެ މޫސާ ކަލޭފާނުއަށް މިލްކުވެ، އެތަނުގެ އެންމެ އިރުމަތީކޮޅު ދެކުނު ބިތުން ބައެއް، އޭނާގެ އެއްބަނޑުއެއްބަފާ ދޮންތުއްތުއަށް އަދި ދެން އޮތް ބައި، އޭނާގެ އެއްބަނޑުއެއްބަފާ ބޭބެގެ ތުއްތު ދީދީއަށް، އެމީހުންގެ މައްޗަންގޯޅި ބޮއިގަސްދޮށުގެ ކިއާގެއިން އެދެމީހުންނަށް ވީތަނުގެ ބަދަލުގާ، ދީ، އެދެބެއިން، އެކަން ގަބޫލު ކޮށްފި ކަމުގާ، އެ ޝަރީއަތުގެ މަޖިލީހުގާ އިގުރާރުވުމުން؛ އެ ގޯތީގެ އުތުރާއި ދެކުނު ބިތުގާ އޮތް ބައި އެއީ، ބޮއިގަސްދޮށުގޭ ހާޖީ އީސާ ކަލޭފާނުގެ މޫސާ ކަލޭފާނަށް މިލްކުވެއޮތްކަމާ، ދެންއޮތް ބައިން އިރުމަތީ ބައި އެއީ ބޮއިގަސްދޮށުގޭ ހާޖީ އަލީ ކަލޭފާނުގެ ދޮންތުއްތުގެ ތަނެއް ކަމާ، ދެންއޮތްބައި އެއީ ހާޖީ އަލީ ކަލޭފާނުގެ ކާފަދަރި ތުއްތު ދީދީގެ ތަނެއް ކަމުގާ ބަޔާންކޮށް، އެބައިބައިގެ އިމާއި މިން ހިމަނާ، ނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް. (F7-23އާ ގުޅޭ) އަދި މިކަރުދާހުގެ 3ވަނަ ގަނޑުގާ: 1350ހ ޝައުބާން 11(1931މ ޑިސެންބަރު 31)ގާ، މަތީގާ އެބުނާ ގޯތިން، ތުއްތު ދީދީގެ ބައި، ދޮންތުއްތު ގަނެ، އޭނާއަށް އެގޯތިން މިލްކުވެފާވާހާ ތަނަކާ، އެތާގާ ހުރި ގެއާ، ބަދިގެއާ، އެތަނުގާ ވާހާ ތަކެއްޗަކާ، ފެންވަޅާ، -/1500 ރުފިއާއަށް، ތަކަންދޫ ހުސެއިންގެ ދަރި އަލީއަށް ވިއްކައިފި ކަމުގާ، ޝަރީއަތު މަޖިލީހުގާ، ދޮންތުއްތު އިގުރާރުވުމުން، އެ މަޖިލީހުން، އެފަތުގެ ނުފުށުގާ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. މީގެ އިތުރުން، 3ވަނަ ގަނޑުގެ ތިރީގާ: 1351ހ ޖުމާދިލްއައްވަލް 4(1932މ ޖުލައި 8)ގާ، މަހްކަމަތުލް ޝަރީޔާއިން، މަތީގާ އެބުނާ ގޯތީގެ މިލްކުވެރިޔާ، ތަކަންދޫ އަލީ، ނިއާވެ، އެތަން، އޭނާގެ ދަރި ދޮންކަމަނައަށް މިލްކުވެފާވާ ކަމުގާ، ލިއެ، ވުޒާރަތުލް ހައްގާނިއްޔާއިން ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Maafannu Fiyanoomaage (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
Republic of the Maldives1962ހ މާރޗް 4(1381ހ ރަމްލޯނު 27)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެމަހްކަމާއަށް ހުށަހެޅި މުދަލުގެ މައްސަލައެއް ބެލުމުގާ، ނައިބުތުއްތުގެ ކަޅުތުއްތު، އޭނާގެ ދަރި އައިސާމަނިކެ 1381ހ ޝައުބާން 21(1962މ ޖަނަވަރީ 28)ގާ ނިޔާވެއްޖެ ކަމުގަޔާ އަދި އޭނާގެ ފިރިއެއް ދަރިއެއް ނެތް ކަމާއި، ހުރި ވަރިސަކީ، ހަމައެކަނި އޭނާ ކަމުގާ ބުނެ، ފަށަވާޅު ކުޑަދޮންތުއްތު، އެ އައިސާ މަނިކެއަށް ދީ އޭނާއަށް މިލްކުވެފާވާ، މ.ފިޔާތޮށިގެ، ކަޅުތުއްތު އަށް ލެއްވުމަށް އޭނާ އެދުމުން، އައިސާ މަނިކެގެ މަރު ސާބިތުކޮށް، އެގޯތި އިހު ފަތުންނާއި، ޝަރީޔާއިން ލިއެފާވާ ލިއުމަކުން، 1366ހ ރަބީލްއައްވަލް 21(1947މ ފެބްރުވަރީ 13)ގާ ކުޑަދޮންތުއްތުގެ، އެގޯއްޗާ އެތާގާވީ ގެއާއި، އަދި އޭނާގެ ހުރިއްޔާ ހުރި މުދަލެއް، އެ އައިސާ މަނިކެއަށް ދީފާވާކަން ސާބިތުވެ، އަދި އުއްސަކުރު ހާޖީ އާއި ކަރުކެހޭ ހުސެއިންފުޅުގެ ހެކިބަހުން، އެކަޅުތުއްތު ނޫން، އޭނާގެ އެހެން ވާރިސެއް ނެތްކަމުގާ ސާބިތުވުމުން؛ މ.ފިޔާތޮށިގެ ކިޔާ ގޯއްޗާ، އެތާގާވާ ގެއާ، އަދި އެ އައިސާ މަނިކެގެ ހުރިހާ މުދަލެއް އެ ނައިބުތުއްތުގެ ކަޅުތުއްތުއަށް މިލްކުވެއްޖެ ކަމުގާ ނިޔާކުރަށްވާ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.Real estate document for Maafannu Fiyaathoshige- written in Thaana- stating ownership of the land (Size: 8.8" X 6.65")
Republic of the Maldives1349ހ މުހައްރަމް 12(1930މ ޖޫނު 10)ގާ، މަހްކަމަތުލް ޝަރީޔާގެ އަލްގާޒީ ހުސެއިން ސަލާހއްދީން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ވެލިދޫގޭ އިބްރާހީމް ދީދީ، މާލޭގާ ހުރި އޭނާގެ ބައްޕަގެ މިލްކު ގޯތިތައް، އެމަހްކަމާއިން ބައްސަވާދެއްވާ، އެތަނުން އޭނާއަށް މިލްކުވި، މާފަންނު ފަނޑިޔާރުގެ އުތުރުން އޮތް ގޯޅިއާ އިންވެ، ހުޅަނގުން ބޮޑުވެޔޮ އޮތްތާ އޮތް ބަންޑާރަ ގޯއްޗާ އިންވެ އޮތް ދަބުގެ ކިޔާގޯތީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އިބްރާހީމް ދީދީގެ ބައްޕަ، އަލްހަތީބު ހުސެއިން އަށް މިލްކުވެފާ ގޯއްޗެއް ކަމުގާ، 1333ހ(1915މ)ގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތަކުން ސާބިތުވެ، އަދި އެ ހަތީބުގެ ގޯތިތައް ބަހާ، އެގޯތި، ވެލިދޫގޭ އިބްރާހީމް ދީދީއަށް މިލްކުވެފާވާކަމުގާ އެޝަރީއަތުގެ މަޖިލީހަށް ސާބިތުވެ އޮތުމުން؛ އެތާގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Dhabuge- written in Thaana (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
Republic of the Maldives1366ހ ރަބީލްއައްވަލް 29(1947މ މޭ 21)ގާ، މަހްކަމަތުލް ޝަރީޔާއިން، މާދޫގެ އަހުމަދު ކަލޭފާނުގެ ތަރިކައިން، އޭނާގެ ދަރި ތުއްތުދީދީއަށް މިލްކުވެފާވާ ހެންވޭރު ގައްޑާމީ ގޯއްޗާއި، އެތާގާ ހުރި ގެ، ދައުލަތަށް ބޭނުންވެ، އެގޯތީގެ ބަދަލުގާ، މާފަންނުން ގޯއްޗެއް ދެއްވުމަށް އޭނާ އެދުމުން، މާފާންނު އަނދިރިއަނދިރި މަގުގާ އޮތް ބަންޑާރަ، ހަނިމާ ގޯއްޗާއި އަދި އެހެން ދެގޯއްޗަކުން، އެގައްޑާމީ ގޯތީގާ އޮތްވަރަށް މިން ހަމަކޮށް، ދެތަން ބަދަލުކޮށް ލާޖައްސާ، އެތާގާހުރި ގެއަށް ދައުލަތުން އަގުދެއްވާ، އެގައްޑާމީ ގޯތި ބަންޑާރަވެ، އަދި މާފަންނު އަނދިރިއަނދިރި މަގާ އިންވެ އިރުން، މާފަންނު ކަންމަތީގޭ އުތުރުން ހިނގާން އޮތް މަގުގެ ފުރަތަމައަށް އޮތް ގޯތި(މ.ދިލްބަހާރު ގޯތި) އެއީ، މާދޫގެ އަހުމަދު ކަލޭފާނުގެ ތުއްތުދީދީ ގެ މިލްކެއްކަމުގަޔާ، އަދި އެ ގައްޑާމީ ގޯތީގެ އިރުން އޮތް ގައްޑާމީ ދަރިކޮޅަށް އޮތް ވަގުފް ތަން އެއީ، އަހުމަދު ކަލޭފާނު -/150ރުފިއާ ދައްކާ، އޭނައަށް ހަވާލުވެރިކަން ލިބިފާވާ ތަނެއް ކަމާއި، އަދި އޭނާގެ ތަރިކަ ބެހުމުގާ، ތުއްތުދީދީ، އެފައިސާ، އެތާގެ އެހެން ބެހެނިވެރިންނަށް ދައްކާ، އެތަނުގެ ހަވާލުވެރިއަކީ، އެ ތުއްތުދީދީ ކަމުގަޔާ، އެގޯތި އޮންނަން ވީވަރަށްވުރެ 90އަކަ އަނގޫ ކުޑަވެފާވާނެ ކަމާއި، މި އެންމެހާ ކަންތައްތައް ބަޔާންކޮށް، އެ އަމިއްލ ގޯއްޗާ އަދި ވަގުފްގޯތީގެ އިމާއި މިން ހިމަނާ، އެމަހްކަމާއިން ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 3ވަނަ ގަނޑުގާ: 1380 ރަބީލްއައްވަލް 29(1960 ސެޕްޓެންބަރު 21)ގާ، ޝަރީއަތުގެ މަޖިލީހުން؛ މ.ދިލްބަހާރު ގޯތި، މާދޫގޭ އަހުމަދު ކަލޭފާނުގެ ތުއްތުދީދީގެ ތިން ދަރިން، ދޮންމަނިކު، އަބްދުލް މައްނާނު އަދި ޖަމީލާއަށް، ހަމަހަމައަށް، އޭނާ ހިބައިން ދީ، އެމީހުންނަށް އެތަން މިލްކުވެފާވާ ކަމުގާ، މަހްކަމަތުލް ޝަރީޔާގެ 60/132ނަންބަރު ގަޒިއްޔާއިން ސާބިތުވެފާވާކަމުގާ؛ އައްޝެއިހު މުހައްމަދު ޖަމީލް ދީދީ ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް. Real estate document for Maafannu Dhilbahaarugoathi and Henveiru Gaddaamee- written in Thaana- stating ownership of the land (Size: 8.8" X 6.65")
Republic of the Maldives1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، މަހްކަމަތުލް ޝަރީޔާއިން؛ 1365ހ ޝައުބާން 17(1946މ ޖުލައި 17)ގާ، މަހްކަމަތުލް ދާހިލިއްޔާއިން ފޮނުވި، 1-4/4ނަންބަރު ސިޓީއާއި، 1368ހ ޝައުބާން 22(1949މ ޖޫނު 19)ގާ، މަހްކަމަތުލް އައުގާފުން ފޮނުވި، 3ނަންބަރު ސިޓީގާ އަންގާފާވާ ގޮތުގެ މަތިން، ހުރާ ދޮންމުހައްމަދު ކަލޭގެ ގެދަރި ހަސަންކަލޭގެގެ ވަގުފް ގޯތި ހެންވޭރު ދޮންހުރާ ގޯތި، ސަރުކާރަށް ބޭނުންވެގެން، އެތަނުގެ ބަދަލުގާ، އެގޯއްޗާ ޖެހިގެންއޮތް ބަންޑާރަގޯތިން އެ ބޮޑުމިނަށް ގޯތި ނަގާ، ލާޖައްސާ، (ކުރީގެ)ދޮންހުރާގޯތި ބަންޑާރަވި ކަމާއި، އަދި އެތަނާ ޖެހިގެން އޮތް ބަންޑާރަ ގޯއްޗަށް ދޮންހުރާ ގޯތި ނަންދީ، އެއީ، އެ ހަސަން ކަލޭގެގެ ގޯއްޗެއް ކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ، އެމަހްކަމާގެ ސިއްކަޖަހާ ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިނީ ކަމާއި، ވީމާ މިފަތް ބާތިލްވީ ކަމާއި، އަދި ބުނެފާވާ ގޯތީގެ މުސްކުޅި ވަގުފް ފަތަކީ، 1213ހ ރަމްލޯނު(1799މ ފެބްރުވަރީ)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު ލިޔެދީފާވާ ފަތެއް(F0-83A) ކަމުގާ؛ ލިޔެފާވާ ލިޔުމެއް. Size; 15.8" X 11.9" K.Male' - Dhonhuraa Goathi (Housing Plot) - Deed for housing plot- Housing plot (government)
Republic of the Maldives