1316ހ(1898މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ރަސްކަމުގެ 6ވަނަ އަހަރުތެރޭގާ، އެރަދުންގެ ދަރުބާރުގާ، މާޅޮސްމަޑުލު އުތުރުބުރީ(ރ.) މަޑުއްވަރީ މީހުން، އެރަށު މިސްކިތުގެ ބޯގަޔަށް، އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު ދެއްވި ފަތް ބާވުމުން، އައްސުލްތާނު އިބްރާހީމް ފާށަނާ ދެއްވި ފަތް ބާވުމުން، އައްސުލްތާނު މުހައްމަދު ރަދުން ދެއްވި ފަތެއް ބާވުމުން، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ދެއްވި ފަތްވެސް ބާވެއްޖެކަމަށް ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެއިހު ފަތުގާވާ ގޮތަށް، އެމިސްކިތައް ބޯގަޔަށް ހުރި ތަންތަން ކަމައްވާ، ރ.ހިބޫދޫއާ، މަޑުއްވަރީ ގޮއިފާލަށްބައާ، ބޯގަޔަށް ލަށްވާ، އެފަތް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަމާލެ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެދީފާވަ ފަތެއް. Size: 15" X 13.3" R.Maduvvari - Maduvvari Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sin título1213ހ ރަމްލޯނު 24(1799މ މާޗް 1)ގާ، އަލްގާޒި މޫސާ މުހިޔިއްދީނު ފަނޑިޔާރުގެ މަޖިލީހުގާ، ހުރާ ދޮންމުހައްމަދުގެ ދަރި ހަސަން ކަލޭގެ، ހެންވޭރު ކެނބުއަޅާމަގުގެ އިރުމަތީ އޮތް އޭނާގެ މައިންބަފައިންގެ ގޯތި ބަހާ، އޭނަޔަށް ވީހާތަނާއި، އަޅާފާހުރި ގެޔާއި، އެތާގާވާހާ ރުއްގަހާއި، ގެންގުޅޭ ގެކަންވާރާއި(ހިފާ ގެންގުޅޭ ސާމާނު)، އެގޯތީގާވާ އެންމެހާ ތަކެތިން، އޭނާގެ މިލްކު ކަނޑާ، ވަގުފްކޮށް، އެ ވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރި އާބަކުރު އަށާއި އެބަކުރުގެ މަންމަ ހައްވާބީ އަށާއި، އެ ހައްވާޔަށް ލިބޭ، ހަސަންގެ ހުރިހާ ދަރިންނަށާއި، އެމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. އަދި ފަތުގެ ނުފުށުގާ: 'ދޮންހުރާގޯތީގެ ވަގުފް ފަތެއްކޮޅު' މިހެން ލިޔެފާވެއެ. (Size: 13.2" X 9") Chief Justices - Al Ghaazee Moosa Muhyiddin Endowment for property- Deed for housing plot
Sin título(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ، 'ކައްޗޭމީދޫ މިސްކިތަށް އޮތް ފަތެއް' މިހެން ތާނައިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް. Size: 16.2" X 12.7" R.Meedhoo - Mosque - Endowment for Shrine (ziyaaraiy)
Sin título(މިތަރުޖަމާގެ މައިގަނޑުގާ ލިޔެފާވާ ތާރީހު)1213ހ ސަފަރު 23(1798މ އޯގަސްޓް 6)ގާ، އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު ނަރަވައިކާންނާގެ ދަރިކޮޅު މީހުން، އެމީހުންގެ ކާފަ، ނަރަވައިކަންނާ، ކަނޑޫދޫގާ އެޅި މިސްކިތަށް، އިސްކަންދަރު ޝާހު މަހާރަދުން ދެއްވި ވަގުފް ފަތް އަނދައިފި ކަމުގާ ބުނެ، އަލުން ފަތެއް ދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށްވާ، އެ ނަރަވައިކާންނާއިގެ މިލްކުގާ ހުރި ރުއްގަހާ ދަނޑުފަގު(ދަނޑުވެރިކަންކުރާ ބިން) ކޭލާ، ފަލަމަޑިއާ، ބިންހިންނައާ، ތ.ފޮއްދޫ އާއި އެރަށުގާ ވީހާ ތަކެއްޗަކާ، އެމިސްކިތް ހުރި ބިންގަނޑާ، އެމިސްކިތުގެ ހަތަރުފާރުގެ ބޭރުން ވަށާ، 2ބަމަ ފުޅާމިނުގެ ބިމާއި އެބިމުގާ ވީހާ އެއްޗަކާ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ނަރަވައިކާންނާގެ ދަރިކޮޅަށް ލަށްވާ، މިސްކިތް ބަލަހަށްޓާފާ ބާކީވީ އެއްޗެއް އެ ދަރިކޮޅަށްވާނެ ކަމަށާއި، އަދި ހަވާލުވެރިކަމުގެ ނާޒިރަކީ، އެއިރެއްގާ އެދަރިކޮޅުގެ އެންމެ ދޮށީ މީހެއްކަމުގަޔާ، މިއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިނު އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެފާވާ، ދިވެސްއަކުރު ފަތުގެ(F0-102)ގެ، 1378ހ ޒުލްހައްޖަ 17(1959މ ޖޫނު 25)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާ. މިތަރުޖަމާގެ ތިރީގާ، މީގެ ދިވެސްއަކުރު ފަތުގާ ވާފަދައިން، 1113ހ(1701މ)ތާރީހު ޖަހާފަވެއެ. Size: 13" X 7.9" Th.Kan'doodhoo - Kan'doodhoo Miskiiy (Mosque) - Endowment for Mosque)
Sin título1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، މަހްކަމަތުލް ޝަރީޔާއިން؛ 1365ހ ޝައުބާން 17(1946މ ޖުލައި 17)ގާ، މަހްކަމަތުލް ދާހިލިއްޔާއިން ފޮނުވި، 1-4/4ނަންބަރު ސިޓީއާއި، 1368ހ ޝައުބާން 22(1949މ ޖޫނު 19)ގާ، މަހްކަމަތުލް އައުގާފުން ފޮނުވި، 3ނަންބަރު ސިޓީގާ އަންގާފާވާ ގޮތުގެ މަތިން، ހުރާ ދޮންމުހައްމަދު ކަލޭގެ ގެދަރި ހަސަންކަލޭގެގެ ވަގުފް ގޯތި ހެންވޭރު ދޮންހުރާ ގޯތި، ސަރުކާރަށް ބޭނުންވެގެން، އެތަނުގެ ބަދަލުގާ، އެގޯއްޗާ ޖެހިގެންއޮތް ބަންޑާރަގޯތިން އެ ބޮޑުމިނަށް ގޯތި ނަގާ، ލާޖައްސާ، (ކުރީގެ)ދޮންހުރާގޯތި ބަންޑާރަވި ކަމާއި، އަދި އެތަނާ ޖެހިގެން އޮތް ބަންޑާރަ ގޯއްޗަށް ދޮންހުރާ ގޯތި ނަންދީ، އެއީ، އެ ހަސަން ކަލޭގެގެ ގޯއްޗެއް ކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ، އެމަހްކަމާގެ ސިއްކަޖަހާ ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިނީ ކަމާއި، ވީމާ މިފަތް ބާތިލްވީ ކަމާއި، އަދި ބުނެފާވާ ގޯތީގެ މުސްކުޅި ވަގުފް ފަތަކީ، 1213ހ ރަމްލޯނު(1799މ ފެބްރުވަރީ)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު ލިޔެދީފާވާ ފަތެއް(F0-83A) ކަމުގާ؛ ލިޔެފާވާ ލިޔުމެއް. Size; 15.8" X 11.9" K.Male' - Dhonhuraa Goathi (Housing Plot) - Deed for housing plot- Housing plot (government)
Sin título1107ހ(1696މ)ގާ، (ރަދުންގެ ނަމެއް ނެތް... ތާރީހަށް ބަލާފާ)، މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ ދަރުބާރުގާ، ފީވަކު އަލީ ބަނޑޭރި، އެރަށުގެ މިސްކިތަށް، ބޯގަޔަކަށް އެދުމުން، އެ އަލީ ބަނޑޭރި، ފީވަކު ރައްޔިތުން އަތުން، 200ލާރި(2ރުފިޔާ)އަށް ގަތް، ރަށުގެ ދެކުނަށް އޮތް ހިންނަގެ ހުޅަގުން ހަރުގެމަގާ އިންވެ މައިމަގުގެ ދެކުނުން އޮޅި މަގާ އިންވެ ދެކުނުން އޮތް ހިންނަޔާ، މިދެ ހިންނަގެ ދެމެދު އޮތް ބިމާއި، އެބިމުގާ ވާހާ ތަކެއްޗަކާއި، އެ މިސްކިތުގެ ވަށާ، 3ބަމަ ފުޅާމިނުގެ ބިމާއި، އެބިމުގާ ވާހާ ތަކެއްޗަކާއި، ރާ އަޑުބަޔަކާއި، އެރަށުގެ މަސްވެރިކަންކުރާ ކޮންމެ އުޅަދަކުން މަސް ބަޔަކާއި، މި ތަކެތި އެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެ އަލީ ބަނޑޭރީގެ އެއްބަފާ ބޭބެ/ކޮއްކޮގެ ދަރި ވަތަބަނޑޭރި އާއި، އެ ވަތަބަނޑޭރީގެ ދަރި ހަސަން އާއި، އެ ރަށުގެ ރައްޔިތުންނަށް، ހަވާލުވެރިކަން ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، އަލީ ހަތީބު ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޒުލްހައްޖު 7(1959މ ޖޫނު 14)ގާ، ހުސެއިން ފަހުމީ ކޮށްވާފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 8" Sh.Feevaku -Feevaku Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sin título1957މ ޖުލައި 8(1376ހ ޒުލްހައްޖު 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، ތުރުކީގެ ކުރީގެ ޖެނެރަލެއް ކަމުގާވާ ބުރުހާނުއްދީން އަހުމަދު އެރިލްގޫން ކިޔާ މީހަކު، އެމެރިކާގެ މަޖައްލާއަކުން، ދިވެހިރާއްޖޭގެ ވާހަކަ ކިޔުމަށްފަހު، ތުރުކީގެ މައުލޫމާތު ކޮޅެއް ލިޔެ، ދިވެހިރާއްޖެއަށާ، ރަދުންނަށް ތައުރީފުކޮށް، ހެޔޮ ދުއާ އާއި ތަހުނިޔާ ފޮނުވާފާވާ ސިޓީއެއް. Letter sent by Buruhaanu Deen Ahmed Erilguun- a retired Turkish General from Istanbul- to Sultan Mohamed Fareed Didi on July 8- 1957 (Size: 9.9" X 7.2") Turkey - letter (Foriegn)
Sin título1957މ ޖަނަވަރީ 13(1376 ޖުމާދިލްއާހިރު 12)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޕޯލް އެލް ޗެޕްމަން، އެރަދުންގެ ސޮއެ(އޮޓޯގްރާފް)އަށް އެދި، ލިޔެފައިވާ، 2 ސްޓޭންޕް ޖަހާފާވާ، ކާޑެއް. Letter sent by Paul L Chapman to Sultan Mohamed Fareed Didi on January 13- 1957- requesting an autograph (Size: 3.2" X 5.5") America - card (foriegn)
Sin título1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ؛ އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރުގެ ތެރޭގާ، އެރަދުންގެ ދަރުބާރަށް، ކަމުވޮށި ބޭކަލުންކުރެ، އަލްހާޒިން މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި އަލީ މޭނާ، ބޭރު ބަނޑަހަލު ބަނޑޭރި އަލީ ސައިފުއްލާ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް އަޅާ އަށް، މާލޭގެ ހަތަރު އަވަށުގެ އޮތްހާ ބަންޑާރަ ގޯތި ތަކާއި، އަމިއްލަ ގޯތި ތަށް ވަކިން އިނގޭނޭ ގޮތް ހެދުމަށް އެންގެވުމުން، އެކަންތައް ބެލުމުގާ، އެ ހަތް މީހުންގެ މަޖިލީހަށް، މައްޗަންގޯޅި، މާވެވު ފޫރުއްބައިން(އިރުން) އޮތް، ނޮޅިވަރަމު އާބަކުރުގެ ދަރި ދޮންއަލީގެ ދަރި މުހައްމަދު ތަކުރުގެ ގޯތީގެ މިލްކުވެރިކަން ސާބިތު ކުރުމަށްޓަކާ، ވަށަފަރު ހަސަން ވަތަބަނޑޭރިގެ ދަރި އަލީ، ހާޒިރުކުރަށްވާ، އެކަން ވެފާވާގޮތް އެހުމުން، އޭނާޔަށް އެގޯތި، 53ކޮށްޓޭ ބޮއްޔަށް، އެމުހައްމަދު ތަކުރު ވިއްކާ، އަގުދީ ހަލާސްކޮށް މިލްކުކޮށްފާވާކަމުގާ ބުނެ، އަދި ބޮނޑިބަތް މުހައްމަދު ތަކުރުގެ ދަރިން އަހުމަދު ތަކުރުފާނާއި، އަލީ ތަކުރުފާނާއި، ބޮނޑިބަތްގޭ ދޮންބީފާނުންގެ ފިރި އަލީ ތަކުރުފާނާއި، ގިރާވަރު ހަސަން ތަކުރު، ހެކިންގޮތުގާ ދައްކާ، އެމީހުންގެ ހެކިބަހުން އެކަން ސާބިތުވެ، އެތަނުގެ މިން އަޅާ ވިކިކުރުމުން، އެތަނުގެ ފަތަކަށް އެ އަލީ ތަކުރު އެދުމުން، އެއީ ސައްހަ މިލްކެއްކަމުގާ، އެ މަޖިލީހުން، ރަދުންގެ ދަރުބާރުގާ އިއްތިފާގުވުމުން، އެކަމަށް ރަދުންގެ އަމުރުނެރުއްވުމުން، އެތަނުގެ އިމާއި މިން ހިމަނާ، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެދީފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިންކަމުގާ ބުނެފާވާ ލިޔުމެއް. Declaration of a change of ownership of residential land (Size: 13.4" X 10.65") K.Male' - Ma.Dheydharuge - Order
Sin título1221ހ ރަބީލްއާހިރު(1806މ ޖުލައި)ގާ، އައްސުލްތާނު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 8ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް ނ.ތޮޅެންދޫ؟/ބ.މާޅޮހު؟ ހަސަން ތަކުރުފާނުގެ ދަރި ހޮޅުދޫ މުހައްމަދު ފަޑިއަތް، ހޮޅުދޫގާ، އެރަދުންނަށް އެޅި މިސްކިތުގެ ބޯގަޔަށް، ނ.ފުށިވެލާވަރު އާއި، ހޮޅުދޫގާ އޮތް ބަންޑާރަ ދަނޑާއި ފާލަށްބަ ދެއްވާ، އެ ބޯގައިގެ ހަވާލުވެރިކަން، ފަޑިއަތްއަޅާގެ ދަރިކޮޅަކަށާއި، އަދި އެއިން މީހަކު ނެތްނަމަ، އެރަށުގެ ރައްޔިތުންގެ މައްޗަށް ލަށްވާ، އެމިސްކިތުގެ މުދިމަކަށް ވާރު އިސްތިސްނާ ވާނެ ކަމާ، ކޮންމެ ކެއުޅުކަމަކުން، މަސްބަޔެއް އޮންނަންވާނެ ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު ހަނދޭގިރި މޫސާ ކިޔުމުން މުދިން ހަސަން ލިޔެފާވާ ދިވެސްއަކުރުގެ، 1962މ މާޗް 3(1381ހ ރަމްލޯނު 26)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. މި ތަރުޖަމާގެ ސުރުހީއަކަށް 'ހުޅިޔަންދޫ މިސްކިތު ބޯގަފަތުގެ ދިވެސް އަކުރުގެ ތާނަ.' ލިޔެފާވިޔަސްވެސް، މައިގަނޑުގާ ވަނީ ތޮޅެންދޫ، ހޮޅުދޫ، ފުށިވެލާވަރު، މި ރަށްރަށުގެ ނަން ކަމުންނާ، އަދި ހުޅިޔަންދޫ އަކީ ލާމު އަތޮޅު، ފަޅުރަށަކަމުގާ ވުމާއެކު، ނ.ހޮޅުދޫ ކަމުގާ ބަލާފާ. Size: 19.1" X 11.8" N.Holhudhoo - Island Mosque - Endowment for Shrine (ziyaaraiy)
Sin título