1362ހ ޒުލްގައިދު 9(1943މ ނޮވެންބަރު 7)ގާ، މަހްކަމަތުލް ދާހިލިއްޔާއިން، މާފަންނު ބޮޑުގުޅަ މައިޒާންދޮށުން ދެކުނަށް އޮތް ގޯޅިއާ އިންވެ ހުޅަނގުން އަލީ ރަސްގެފާނު ޒިޔާރތް ދޮށަށްދާން އޮތް މަގެ އިންވެ އުތުރުން އޮތް، 1303ހ ޒުލްހައްޖު(1886މ އޯގަސްޓް)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު، ފަތް ލިޔެދެއްވާފާވާ، ދޭވާނީ އަލިފުތުގެ މިލްކު، މ.ލަންދޫގޯތި، އޭނާ، ލަންދޫ މޫސާގެ މުހައްމަދުއަށް ވިއްކި ކަމުގާ ޝަރީއަތަށް ސާބިތުކޮށްފާ ވަނިކޮށް، އެމުހައްމަދު ނިއާވެ، އޭނާގެ ތަރިކަ ބަހާ، އެގޯތިން، އޭނާގެ ދަރި އަހުމަދު މަނިކުއަށް ލިބުނު ބައި، އެ މުހައްމދުގެ ފާތުމަ ގަނެ، މިލްކުކޮށްފި ކަމުގާ، މަހްކަމަތުލް ޝަރީޔާއިން، 1362ހ ރަބީލްއާހިރު 22(1943މ އޭޕްރިލް 27)ގާ، އެތާގެ ހ.25ނަންބަރު ސިޓީއިން، ދާހިލިއްޔާއަށް އެންގުމުން، އެތަނުގެ މައްސާހުން( ގޯތިގޯއްޗާއި ބިންބިމާއި ޢިމާރާތްފަދަ ތަންތާގައި މިންއަޅައިގެން ތަނުގެ ބޮޑުމިން ބަލާމީހުން)ގޮސް މިންއަޅާ ހަމަކޮށް، މ.ލަންދޫގޯތި އެއީ، ލަންދޫ މޫސާގެ މުހައްމަދުގެ ފާތުމަގެ މިލްކެއް ކަމުގާ، ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Landhoogoathi- written in Thaana (Size: 8.8" X 6.65") K.Male' - M.Landhoo Goathi (Housing Plot) - Private Property
Republic of the Maldives1340ހ ރަބީލްއާހިރު 27(1921މ ޑިސެންބަރު 27)ގާ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތުގެ މަޖިލީހުގާ، ބެރުއެދުރު ކާސިމް ކަލޭފާނުގެ ދަރި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނު؛ ގ.ފާރުރީތި މިސްކިތުގެ ދެކުނުން އޮތްގޯތިން، ކޮއި އިބްރާހީމްފުޅުގެ ދަރިކޮޅަށާއި، ބެރުކޮއްކޮއަށާ، އޭނާގެ އެއްބަފާ ދޮންކަމަނައަށް ވީތަތަންތަނުގެ ވަގުފް ފުއްދާ، އިތުރަށް ލިބޭ އެއްޗެއް އޭނާޔަށް ލިބި، އެގޯތި ބެލުމަށް އޭނާއާއި ހަވާލުކުރުމަށް، ކޮއި އިބްރާހީމްފުޅުގެ ދަރީން، -/69، ބެރުކޮއްކޮ -/58، އަދި ދޮންކަމަނަ -/22 ރުފިޔާ ނަގާފިކަމުގާ ބުނެ، އެކަން ސާބިތުކޮށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އޭގެ އިހުފަތް ބަލައިގެން، މި ޝަރީއަތު މަޖިލީހުން، 1339ހ(1921މ)ގާ، ހުރާ ދޮންއަލިތަކުރުގެ މުހައްމަދު ތަކުރު ވަގުފްކޮށް، މިތަކުރުގެ ފާތުމާބީގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ އޮތް ގޯއްޗެއްކަމާއި، އަދި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނުގެ އެ މުއާމަލާތް ސައްހަކަމުގާ ނިޔާކޮށް، އެތަނުގެ އިމާއި މިން ހިމަނާ، މޫސަލް މަހައްލީ ގެދަރި ނައިބު އަބްދުއްލޯ ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - G.Beruge - Deed for housing plot
Republic of the Maldives1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ފަހާގޭ އަލީކަލޭފާނުގެ މުހައްމަދު މަނިކު، ގަލޮޅު ގިނިރާހިގެ އިރުން އޮތް، އޭނާގެ މައިފުށުގެ ކާފަ ދިގުކުޑަކޮއި މުދިންކަލޭފާނުގެ ގޯތީގެ ވާރިސުން މުހައްމަދު މަނިކަށް، -/130ރުފިއާއަށް، އެގޯތި ވިއްކައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1263ހ(1847މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ނެލު މޫސާފުޅުގެ އަލީ ކަލޭފާނަށް މިލްކުވެ އޮތްތަނެއްކަމާއި، އަދި އެތަނުގެ އިމާއި މިން ސާބިތުވެ، އެޔަށްފަހު އެ އލީ ކަލޭފާނުގެ ދަރި ތަކަންދޫ އާދަމް އަށް މިލްކުވެ، އަދި އޭނާ، ދިގުކުޑަކޮއި މުދިން ކަލޭފާނަށް ވިއްކާފާވާކަން ޝަރީއަތު މަޖިލީހަށް ސާބިތުވެގެން ވުމާއެކު، އޭނާގެ ވާރިސުން، އެތަން، މުހައްމަދު މަނިކުއަށް ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ މިން ހަމަކޮށް؛ ގަލޮޅު ކޮލިހިނގާ މަގާ، އެތަނުގެ އުތުރުބިތް އިންވެ، ހުޅަނގު ބިތް، ގަލޮޅު ގިނިރާހިގެއާ އިންވެ އޮތް، ގޯތި(ގ.ކަރަންކާގެހުރި ގޯތި)އެއީ، ފަހާގެ އަލީކަލޭފާނުގެ މުހައްމަދު މަނިކުއަށް މިލްކުވެއޮތް ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އައްނައިބު އަބްދުއްލޯ ކަމާލުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Galolhu Karankaage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Republic of the Maldives1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އުތީމު މުސްކުޅި ދޮންކަލޭގެގެ ގަލޮޅު މައިޒާން ވަކަރުގަނޑު އިރުމަތީ އޮތް ވަގުފް ގޯތި، ގ.އިރުޖެހިގެ އެއީ، މި އުތީމު މުސްކުޅި ދޮންކަލޭގެ މިލްކުގާ ވަނިކޮށް، ވަގުފްކޮށް، 1141ހ ޖުމާދިލްއާހިރު(1729މ ޖަނަވަރީ)ގާ، ފަތް ލިޔެދެއްވާ، އޭނާގެ ދަރިކޮޅަށް، އަދި އެދަރިކޮޅު ނެތްނަމަ، އޭނާގެ ބޭބެ/ކޮއްކޮ ދޮންއަލީ ކަލޭގެ ދަރިފޮޅަށް، ހަވާލުވެރިކަން ލަށްވާ، އެފަތް ބާވެގެން، 1207ހ(1793މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެފަތް(F4-5) އާކޮށްދެއްވާފާ ވަނިކޮށް، އަދި ހަމަ އެގޯތި މުސްކުޅި ހާޖީގެ ހުސެއިން އަޅާގެ ދަރިންގެ މިލްކު ގޯއްޗެއް ކަމަށް، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާ(F0-17) ވިޔަސްވެސް، އެއީ އޮޅުމެއްކަމަށް ބަލާ، 1235ހ(1820މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުންވެސް(F0-70) އެއީ ވަގުފްގޯއްޗެއްކަން ސާބިތުވެ، މިގޯތީގެ ސައްހަ ފަތަކީ، 1207ހ(1793މ)ގެ ފަތްކަމުގާ، އައްޝެއިހު މުހައްމަދު ޖަމީލުދީދީ ގެ ޝަރީއްޔަތު މަޖިލީހުން ނިންމާ، އެގޯތީގެ ވަގުފް ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - G.Irujehi Goathi (33rd Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the Maldives54/2/22މ(18.6.1373ހ) ތާރީހުކޮށް، 'ބާރަ މައުލޫދުއަށް އެތެރެ ބަނޑަހަލަށް' ސުރުހީކޮށް، އެކިއެކި ތަންތަނަށް އެކެއެކި ކެއިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3") K - Male' - Royal Palace - list
Republic of the Maldives(ތާރީހެއް ނެތް) އެއްފުށުގާ، ހުކުރު ހަޑޫ، ފޮއި ހަޑޫ، އީދު ހަޑޫ، އަހަރުމަތި ހަޑޫ އަދަދާއެކު ނޯޓްކޮށް އަދި އަނެއް ފުށުގައި ހިސާބުތަކެއް ޖަހާފާވާ ކަރުދާހެއް.List of the amounts of rice used for ceremonies (Size: 8.3" X 6.7") K - Male' - list
Republic of the Maldives(ތާރީހެއް ނެތް) އެކިއެކި ބަދިގެއާއި ގަނޑުވަރުތަކާއި، ބޭބޭކަލުންނާއި، ތަކެތީގެ އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް. List of palace kitchens and their staff (Size: 6.9" X 3.85")
Republic of the Maldives(ތާރީހެއް ނެތް) އެކި ބަދިގެއާއި، ގަނޑުވަރުތަކާއި، ބޭބޭކަލުންނާއި، އެއްޗެތިކޮޅު ބަޔާންކޮށް، އެއެއްޗެއް ކައިރީ އަދަދު ޖަހާ ލިސްޓުކޮށް، ރަސްގެލާފާވާ(ޗެކްކުރާގޮތަށް)ވާ ކަރުދާހެއް. List of palace kitchens and their staff (Size: 8.65" X 6.85")
Republic of the Maldives1952މ ފެބްރުވަރީ 6(1371ހ ޖުމާދިލްއައްވަލް 10)ތާރީހުކޮށް، މަތިގެއިން، ކަކާ ބޭކަލުން ކަމުގާވާ،(ނަމުގެކުރިޔަށް 'ކަކާ' ޖަހާ)، އަލިފުޅު، ހަސަން މަނިކު، ދޮންމޫސާ ކަލޭފާނު، މުލީ ހަސަންފުޅު، މި މީސްމީހުންގެ ނަންޖަހާ، އެއިން ކޮންމެ ބޭކަލެއް ފޮނުއްވަން ވީ އެއްޗެތި ކަމުގާ ތިރީގާ ދުފާ ސާމާނުގެ ބާވަތްތައް ޖަހާ، އެއެއްޗެތި، ހުކުރުދުވަހު ހަވީރު 4ޖަހަން ވާއިރަށް ފޮނުވަން އެދިފާވާ، ކަރުދާހެއް.List of ingredients for dishes to be provided for a ceremony (Size: 13.2" X 7.8") K - Male' - Royal Palace - list
Republic of the Maldives'1 މުހައްރަމް'' އެއްފުށުގާ ތާރީހުކޮށް، 'މޮޓަރުބޯޓު ބިސްކޯދު ފޮށި، ކިރުދަޅު، އަދިވެސް ރަދުންގެ ފަރިށްކޮޅަށް ބޭނުންވާ ތަކެތި ގަތް އަދަދާއި ލާރި ދިން އަދަދު ޖަހާފާވާ، އަދި އަނެއްފުށުގާ 'ޝައްވާލް' ޖަހާ، މުސްކުޅިބޭކަލުން، ކުދިބޭކަލުންނަށް ދިން ހަނޑުލުގެ ވަރާއި، އަދިވެސް އެކި އެއްޗެހި ލިޔެފާވާ ކަރުދާހެއް.List of ingredients used in the king's meals and their prices (Size: 7.85" X 5.9") K - Male' - Royal Palace - Writing
Republic of the Maldives