1381ހ ސަފަރު 20(1961 އޮކްޓޯބަރު 1)ގާ މަހްކަމަތުލް ޝަރީޔާއިން؛ އެ މަހްކަމާއަށް ފޮނުވާފާވާ ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ ބަދަލުގާ އަލްމުހްތަރަމް މުހައްމަދު އަލީ ނަސީރު ހުށައެޅުއްވި ވަލުފަތްލިޔާގެއެ ކިޔާގޯތީގެ މައްސަލަ ބެއްލެވިއިރު، އެ ގޯއްޗަކީ، 1306ހ ރަބީލްއައްވަލް 23(1888މ ނޮވެންބަރު 27)ގާ ލިޔެފާވާ ފަތަކުން(F5-19)،ކުޑަ ހަސަން ތަކުރުފާނުގެ ގޯއްޗެއް ކަމުގާ ސާބިތުވާ ކަމާއި، އަދި އެގޯތީގެ ފަތް، އޭނާގެ ދަރި އާދަމްފުޅުގެ މައްޗަށް ބަދަލުކޮށްދެއްވަން އެދުމުން(F5-19)، އެކަން ބެއްލެވިއިރު، އެގޯތި ވަނީ، ކުޑަ ހަސަން ތަކުރުފާނުގެ ދަރިންނަށް ވާރުތައިންލިބި، އަދި އެހާތަނަށް ނުބާހާ ކަމަށާއި، އޭނާގެ ވާރިސުން ކުރެ އޭރު ދުނިޔޭގާ ތިބި، އައްޝެއިހު މަލިން މޫސާ ކަލޭފާނު، ހަސަންތަކުރުފާނުގެ މުހައްމަދުފުޅުގެ ދޮންމަނިކު، އޭނާގެ އައިމިނަތު މަނިކެގެ އިބްރާހީމް މަނިކު އާއި ދަލޭކާމަނިކެ، އެމީހުންގެ ބައިބައި ،ގ.ފޭދޫކޮށީގެ އިސްމާއީލްފުޅު އާއި ފެންތަށިގެ އިސްމާއީލްފުޅު، ހެކިކޮށް، އަދި ލިޔުމުން، އެއާދަމްފުޅުއަށް ދިންކަމުގާ ސާބިތުވުމުން؛ މއ.ވަލުފަތްލިޔާގެއޭ ކިޔާ ގޯއްޗަކީ، ދޭވާނީ ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ މިލްކެއްކަމުގާ ހުކުމްކުރިކަމުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 1 October 1961 regarding the ownership of the land Machchangoalhi Gulbakaage. (Size: 10" X 7.35) K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Writing (Court case)
Republic of the Maldives1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި، ގައުމީ ގޯޅިއާއި އިންވެ އުތުރުން ޕިޔާނާގެއާ އިންވެ އިރުން އޮތް، ރިބުދޫ ކޮށްޓޭ ކިޔާ ބިމުގެ މެދުތެރެއިން، އުތުރު ބިތުން 14ރިޔަން 18އަނގޫ، ދެކުނު ބިތުން 12ރިޔަން 14އަނގޫ ބޮޑުމިން(މއ.ތަބައްގެ)، ރިނބިދޫ މުހައްމަދު ތަކުރުގެ ޒުލޭހާފުޅުގެ އާދަމްފުޅުގެ ތަބައްގޭ ދޮންކޮއްކޮ އަށް މިލްކުވެފާވާކަން، 1329ހ ޖުމާދިލްއާހިރު 11(1911މ ޖޫނު 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އާއި ހުސެއިން ސަލާހުއްދީނާއި ދެ ބޭފުޅުންގެ ޝަރީޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އަދި ދޮންކޮއްކޮ ނިޔާވުމުން، އޭނާގެ ތަރިކަވެރިން ކަމުގާވާ އޭނާގެ އަނބި، ކަތްދާފުޅު، ދަރިން، އަލިފުޅުއާއި ދޮންކަމަނައަށް ލިބިފާވަނިކޮށް، ކަތްދާފުޅާއި ދޮންކަމަނަ ނިޔާވެ، ތަބައްގޭ ދޮންކޮށްކޮގެ ހުރި، ހަމައެކަނި ތަރިކަވެރިޔާ އަކީ އަލިފުޅު ކަމާއި، އެގޯތި އެއީ އޭނާގެ މިލްކެއް ކަމުގާ ބަޔާންކޮށް 1374 ޒުލްހައްޖު 22(1955މ އޯގަސްޓް 11)ގާ، މަހްކަމަތުލް ޝަރީޔާއިން، ވުޒާރަތުލް ދާހިލިއްޔާ އަށް ފޮނުވާފާވާ ހ-2/119ނަންބަރު ސިޓީއިން ސާބިތުވެ، އެގޯތީގެ މިލްކުވެރިޔާއަކީ، ރިބުދޫގޭ މުހައްމަދު ތަކުރުގެ ޒުލޭހާފުޅުގެ އާދަމްފުޅުގެ ތަބައްގޭ ދޮންކޮއްކޮގެ އަލިފުޅު ކަމުގާ ބަޔާކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 14 March 1956 regarding the ownership of the land Machchangoalhi Thabagge (Size: 10" X 7.36)K.Male' - MA.Thabahge (Housing Plot) - Private Property
Republic of the Maldives1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ؛ އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރުގެ ތެރޭގާ، އެރަދުންގެ ދަރުބާރަށް، ކަމުވޮށި ބޭކަލުންކުރެ، އަލްހާޒިން މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި އަލީ މޭނާ، ބޭރު ބަނޑަހަލު ބަނޑޭރި އަލީ ސައިފުއްލާ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް އަޅާ އަށް، މާލޭގެ ހަތަރު އަވަށުގެ އޮތްހާ ބަންޑާރަ ގޯތި ތަކާއި، އަމިއްލަ ގޯތި ތަށް ވަކިން އިނގޭނޭ ގޮތް ހެދުމަށް އެންގެވުމުން، އެކަންތައް ބެލުމުގާ، އެ ހަތް މީހުންގެ މަޖިލީހަށް، މައްޗަންގޯޅި، މާވެވު ފޫރުއްބައިން(އިރުން) އޮތް، ނޮޅިވަރަމު އާބަކުރުގެ ދަރި ދޮންއަލީގެ ދަރި މުހައްމަދު ތަކުރުގެ ގޯތީގެ މިލްކުވެރިކަން ސާބިތު ކުރުމަށްޓަކާ، ވަށަފަރު ހަސަން ވަތަބަނޑޭރިގެ ދަރި އަލީ، ހާޒިރުކުރަށްވާ، އެކަން ވެފާވާގޮތް އެހުމުން، އޭނާޔަށް އެގޯތި، 53ކޮށްޓޭ ބޮއްޔަށް، އެމުހައްމަދު ތަކުރު ވިއްކާ، އަގުދީ ހަލާސްކޮށް މިލްކުކޮށްފާވާކަމުގާ ބުނެ، އަދި ބޮނޑިބަތް މުހައްމަދު ތަކުރުގެ ދަރިން އަހުމަދު ތަކުރުފާނާއި، އަލީ ތަކުރުފާނާއި، ބޮނޑިބަތްގޭ ދޮންބީފާނުންގެ ފިރި އަލީ ތަކުރުފާނާއި، ގިރާވަރު ހަސަން ތަކުރު، ހެކިންގޮތުގާ ދައްކާ، އެމީހުންގެ ހެކިބަހުން އެކަން ސާބިތުވެ، އެތަނުގެ މިން އަޅާ ވިކިކުރުމުން، އެތަނުގެ ފަތަކަށް އެ އަލީ ތަކުރު އެދުމުން، އެއީ ސައްހަ މިލްކެއްކަމުގާ، އެ މަޖިލީހުން، ރަދުންގެ ދަރުބާރުގާ އިއްތިފާގުވުމުން، އެކަމަށް ރަދުންގެ އަމުރުނެރުއްވުމުން، އެތަނުގެ އިމާއި މިން ހިމަނާ، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެދީފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިންކަމުގާ ބުނެފާވާ ލިޔުމެއް. Declaration of a change of ownership of residential land (Size: 13.4" X 10.65") K.Male' - Ma.Dheydharuge - Order
Republic of the Maldives1380ހ ޒުލްގައިދު 7(1961މ އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1302ހ ޒުލްހައްޖު 4(1885މ ސެޕްޓެންބަރު 13)ގާ، އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރުމަނިކުފާނުގެ ދަރިން ކުރެ، ހައްވާ މަނިކުފާނު އާއި، ޒައިނަބު މަނިކުފާނުގެ ދަރިކޮޅުގެ ތެރެއިން، ޒައިނަބު މަނިކުފާނުގެ ދަރި، އަލިމަނިކުފާނުގެ ދަރިން ކުރެ، މުހައްމަދު މަނިކުފާނު، ހުސެއިން މަނިކުފާނު އަދި އިސްމާއީލް މަނިކުފާނު ނޫން އެހެން އެންމެހާ ދަރިންނަށް އެގޯތިން ވާ، ގޯތީގެ4/3، ވަގުފްކޮށް، އެ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ ސާބިތުވާ، މަޖީދީމަގާ އިންވެ އެމަގުގެ އުތުރުން، ޗަންޕާމަގާ އިންވެ އިރުން، ބަގުފަޑިއަތްގޭ ހުޅަނގުން އޮތް، ފާވާ، މއ.'ފަސްގެރިގެ' ކިޔާ ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 23)ގެ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ތ.އެލާއިން ނަގާ، ލާޖައްސާ ހަމަކޮށް، އެވުޒާރާއިން ލިޔެފާވާ ފަތެއް. Size: 10" X 7.5" K.Male' - Ma.Fasgeri Goathi (G.40 No. Housing Plot) - Deed for housing plot
Republic of the Maldives1208ހ ޖުމާދިލްއާހިރު 17(1794މ ޖަނަވަރީ 19)ގާ، އައްސުލްތާނު ގާޒީ ހަސަން އިއްޒުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރަށް؛ މާންދޫ ބޮޑު ބަނޑޭރިތަކުރުފާނުގެ ދަރި ކުޑަބަނޑޭރި ތަކުރުފާނުގެ ދަރި މަރިޔަމް މަނިކެގެ ދަރި އަލިމަނިކު ހާޒިރުވެ ހުރެ؛ އޭނާގެ މަތިފުށުންއައިސް އޭނާޔަށް މިލްކުވެފާވާ، ރައްދެބައިމަގުގެ ދެކުނުގާ އޮތް މާންދޫ ގޯއްޗާއި އެގޯއްޗާ އިންވެގެން 'ނޮރިންމަކަނު'(ދެކުނުހުޅަނގު)ކަނުގާ އޮތް، ފަށަވާޅު ކޮށްޓާއި، އެދެގޯތި ވަށާ އޮންނަ 119ބަމަ ހިންނަ ބިމާއި، އެބިމަށް އޮތްހާ ތަކެއްޗާއި، އެގޯތީގެ އުތުރުން އިންވެގެން، ބިހުރޯޒު މިސްކިތުގެ ދެކުނުން އޮތް 54ބަމަ ހިންނަ ބިމާއި، އެބިމުގާ ވާހާ ތަކެއްޗާއި، މާންދޫގޯތި ދެކުނުން އޮތް ކޮލިހިނގާ މަގާ އިންވެގެން، ވަށާ 48ބަމަ އޮތް ހިންނަބިމާއި، އެތަނުގާ ވީހާ ތަކެއްޗާއި، އެ ގޯއްޗާ އިންވެ އުތުރަށް އޮތް ކަދުކޮށްޓާއި ޖެހިގެން އިންވެ ދެކުނަށް އޮތް ބަންޑާރަ ބިމާއި އިންވެގެން ފޫރުއްބަ(އިރުމަތިން) އޮތް، ބަންޑާރަ ބިމާއި، ދޮށުންގެ ބިމާއި މިދެބިމާއި އިންވެ، އުތުރަށް އޮތް ކަލާފާނު މިސްކިތު ބިމާއި، ފާމުލަދޭރި ކިލެގެފާނު މިސްކިތު ބިމާއި، އެދެބިމާއި އިންވެ ދެމެދުގާ އޮތް، ފަށަވާޅުކޮށިން ބޮޑު ބަންޑާރައިންގެ ބިމަށް 61ބަމަ ލައި، ވަށަމިނުގާ 193ބަމަ ހުރި މާންދޫގޭ ބިމާއި، އެބިމުގާވާހާ ތަކެއްޗާއި، އެ އަލިމަނިކުގެ މިލްކުން ކަނޑާ، އައްސުލްތާނު ހަސަން ނޫރައްދީނަށާއި، އެރަދުންގެ މައިކަމަނާ އައިމިނަ މަނިކުފާނަށާއި، ބައްޕާފުޅު އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނަށް ވަގުފްކޮށް، ހަވާލުވެރިކަން އެ ރަދުންގެ ދަރިކޮޅަށް ދީ، އަދި، އެ އަލިމަނިކުގެ، ހައްދުއްމަތީ ގަމުގެ މަތިމަރަދޫގާ ހުރި މިސްކިތު ބޯގަ އާއ، މުކުރު ހިންނައާއި، އަދި އެ މިސްކިތުގެ ބޯގަޔަށް ވާހާ ތަކެއްޗާއި، އެމިސްކިތް ހުރި ހިންނައާއި، ގަމުން އަލީމަނިކަށް މިލްކުވާހާ ބިމާއި، އެބިންބިމުގަ ވާހާ ތަކެއްޗާއި، މާންދޫ އާއި ފޮނަދޫއިން އޭނަޔަށް ވާހާ ތަކެއްޗާއި، ކުޑަފެންރެހާ އާއި އައްލަންދޫ އާއި، އެތާނގާ ހުރިހާ ތަކެއްޗަކާއި، މިހުރިހާ ހިންނައާއި ތަކެތި 'ފޫރުއްބަ ރަސްބައި'(ޓެކްސް) ކަނޑާ، ގަމުގެ މަތިމަރަދޫ މިސްކިތައް ވަގުފަށް ލަށްވާ، އެ އަލީމަނުކު މައްޗަށް އޮތް ހަވާލުވެރިކަން 'ރަންދިޔަގެފާނު'(ރަދުންގެ އަނބި/އަންހެން ދަރި؟؟)ޔަށް ވަގުފަށް ލަށްވާ، ހަވާލުވެރިކަން ރަދުންނާއި ރަދުންގެ ދަރިކޮޅަށް ލަށްވައިފިކަމަށާއި، އެ މިސްކިތުގެ މުދިމަށް 'ވާރުކޮޑި'(ވާރު އޮޑި؟؟/ވާރުން އިސްތިސްނާވުން؟) ލަށްވައިފި ކަމުގާ، އެއަލީމަނުމު ބުނުމުން، އެމަގަށް ފަތް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިން ކިޔުއްވުމުން، ފުރަމާލޭ ފަތެއްލިޔާ އަލީ ލިޔެފާވާ ފަތެއް. Size; 35.5" X 14.7" K.Male' - Maandhoo Goathi (Housing Plot) - Deed for housing plot
Republic of the Maldives1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ޒަމާނީ ހިނގުމާ އިންވެގެން އުތުރުން، ބުލްބުލް ގޯޅިޔާ އިންވެގެން އިރުން އޮތް ގޯއްޗަކީ، 1329ހ ސަފަރު 11(1911މ ފެބްރުވަރި 11)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ، އަލްހަތީބު ހުސެއިން އާއި ހުސެއިން ބަންޑާރަނައިބާއި ދެ ބޭފުޅުނުންގެ ޝަރީއަތު މަޖިލީހުން، ބޯހުދު ދޮންފުތުގެ މިލްކެއް ކަން ސާބީތުވެ، 1375ހ މުހައްރަމް 23(1955މ ސެޕްޓެންބަރު 10)ގާ، މަހްކަމަތުލް ޝަރީޔާ އިން ފޮނުވާފާވާ، ހ-2/11ނަންބަރު ސިޓީއިން، އެ ގޯތި ބޯހުދު ދޮންފުތު އަތުން، އިންނަތުއްތުގެ އަނބި، އިންނަ ތުއްތު އައިޝަތު ފުޅު(ލަންގަރު އައިޝަތު ފުޅު) ގަތް ކަމުގާ ސާބިތުވެ، އޭނާ ބަލިވެގެން ތަރިކަ ބެހުމުގާ، އޭނާގެ ބެހެނިވެރިން ކުރެ، އޭނާގެ ދަރި ކުޑަ ހާޖީގެ ތުއްތު، -/250ރުފިޔާ އަށް އެގޯތި ގަނެ މިލްކުކުރިކަން، 1366ހ ޖުމާދިލްއައްވަލް 17(1947މ އޭޕްރިލް 9)ގާ، މަހްކަމަތުލް ޝަރީޔާއިން ތުއްތުއަށް ދީފާވާ ލިޔުމަކުން ސާބިތުވެ؛ އެގޯއްޗަކީ އިންނަ ތުއްތުގެ ކުޑަ ހާޖީގެ ތުއްތު އަށް މިލްކުވެފާވާ ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތެއްގެ ނަކަލެއް.. A copy of the report originally written 14 March 1956 regarding the ownership of the land Machchangoalhi Iraakuge (Size: 10" X 7.35) K.Male' - Ma.Iraakuge (Housing Plot) - Private Property
Republic of the Maldives1375ހ ޝައުބާން 1(1956މ މާޗް 14)ގާ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، 1297ހ(1880މ)ގާ، ދަހަރާ އަލިމަނިކުފާނު ވަގުފްކޮށް، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު ފަތް ލިޔެދެއްވާފާވާ، އަދި 1339ހ ޒުލްގައިދު 29(1921މ އޯގަސްޓް 4)ގާ، އެގޯތީގެ 2/1ގެ މިލްކުވެރިކަން، މި އަލިމަނިކުފާނުގެ އަހުމަދުދީދީގެ މުހައްމަދު ސައްލިދީދީއަށް ހަވާލުވެ، އަދި 1369ހ ޒުލްހައްޖު 1(1950މ ސެޕްޓެންބަރު 14)ގާ އަނެއް ބައި، އެ އަލިމަނިކުގެ މުހައްމަދު ދީދީ ގެދަރި ހުސެއިން ބަނޑުދީދީއަށް، ހަވާލުވެ، އަދި އެތަނުގެ ހަވާލުވެރިކަން އެ ދެމީހުންގެ ދަރިކޮޅަށް ލަށްވާ، ފަތްލިޔެފާވާ ގޯތި، މއ.އަލަނާސިގެ، ތ.އެލާއިން ނަގާ ލާޖައްސާ، އެތަނުން ލިބޭ ވަރުވާއިން، އެވަގުފް ފުއްދުމަށް ސަރުކާރުން ހަވާލުވީކަމުގާ ލިޔެފާވާ ފަތުގެ ނަކަލެއް. Size: 10" X 7.4" K.Male' - Ma.Alanaasige (Housing Plot) - Deed for housing plot
Republic of the Maldives1339ހ ޒުލްޙައްޖު(1921މ އޯގަސްޓު)ގާ، މޫސާމަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ގެދަރި އަލްހަތީބު ހުސެއިން ގެދަރި ވެލިދޫގޭ މުހައްމަދު ދީދީ އައިސް؛ އޭނާގެ މައިފުށު މީހުންގެ، މައްޗަންގޯޅި އައުގެގެ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބެއްލެވިއިރު، އެއީ 1242ހ(1827މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަފަނޑިޔާރު މަނިކުފާނުން، އަހްމަދު މާލިމީގެ ދަރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނާއި، އޭނާގެ އެއްބަނޑުއެއްބަފާ މަރިޔަމްފާނު އާއި އެދެބެންގެ މަންމަގެ ގޯތިކަމަށްވާ މައްޗަންގޯޅި އައުގެ، އެދެބެންނަށް އެއްވަރަށް ބައްސަވާ، އުތުރުބައި މަރިޔަންފާނަށް އަދި ދެކުނުބުރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނަށް ލިބި، އެދަބައި އެއްކޮށް ވަގުފްކޮށް، މުޅި އެ ގޯއްޗާއި އެގޯތީގާވާހާ ތަކެއްޗެއްގެ ހަވާލުވެރިކަން، އެދެބެއިންނާއި އެދެބެންގެ ދަރިފަސްކޮޅަށް ލައްވާ، އައްނައިބު މުހައްމަދު ބަންޑާރަނައިބު ލިޔުއްވާފާވާ ސައްހަ ފަތެއްކަމަށް ސާބިތުވުމުން އެފަތް އޮތްގޮތަށް އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - H.Kudafareege - Private Property
Republic of the Maldives1339ހ ޒުލްޙައްޖު(1921މ އޯގަސްޓް)ގާ، މޫސާމަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ގެދަރި އަލްހަތީބު ހުސެއިން ގެދަރި ވެލިދޫގޭ މުހައްމަދު ދީދީ އައިސް؛ އޭނާގެ މައިފުށު މީހުންގެ، މައްޗަންގޯޅި އައުގެގެ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބެއްލެވިއިރު، އެއީ 1242ހ(1827މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން، އަހުމަދު މާލިމީގެ ދަރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނާއި، އޭނާގެ އެއްބަނޑުއެއްބަފާ މަރިޔަމްފާނު އާއި އެދެބެންގެ މަންމަގެ ގޯތިކަމަށްވާ މައްޗަންގޯޅި އައުގެ، އެދެބެންނަށް އެއްވަރަށް ބައްސަވާ، އުތުރުބައި މަރިޔަމްފާނަށް އަދި ދެކުނުބުރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނަށް ލިބި، އެދަބައި އެއްކޮށް ވަގުފްކޮށް، މުޅި އެ ގޯއްޗާއި އެގޯތީގާވާހާ ތަކެއްޗެއްގެ ހަވާލުވެރިކަން، އެދެބެއިންނާއި އެދެބެންގެ ދަރިފަސްކޮޅަށް ލައްވާ، އައްނައިބު މުހައްމަދު ބަންޑާރަނައިބު ލިޔުއްވާފާވާ ސައްހަ ފަތެއްކަމަށް ސާބިތުވުމުން އެފަތް އޮތްގޮތަށް އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - Ma.Auge/Huvarafusee Kudage (Housing Plot) - Deed for housing plot
Republic of the Maldives1373ހ ސަފަރު 15(1953 އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، ރިނބޫދޫ މޫސާ ހަތީބް ކަލޭގެ ދަރި ދޮންއަލީ ކަލޭގެ ވަގުފްކުރި މައްޗަންގޯޅި ކުންނާރު ގޯތީގެ ވަގުފް، ތ.އެލާއިން ނަގާ، ލާޖައްސާފާ، އެގޯތީގެ ހަވާލުވެރިކަން، 1218ހ ޒުލްގައިދު 12(1804މ ފެބްރުވަރީ 24)ގާ އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފައިވާ ފަތުގާ އޮތްގޮތަށް، ރިނބުދޫ ދޮން އަލީ އަށާއި، އޭނާގެ އަނބިންނަށާއި، ހުރިހާދަރިންނާއި، ދަރިކޮޅަށް ލަށްވާ؛ ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7" K.Male' - Ma.Kunnaaru Goathi (Housing Plot) - Deed for housing plot
Republic of the Maldives