1359ހ(1940މ)ގެ ރަބީލްއައްވަލް މަހުގެ ދުއާޔަށް ކެއިން ކައްކާ އަދި އެހެނިހެން ރަސްމީކަންކަން، އެއަހަރުގެ ސަފަރު މަހު 23، 27، 29ގާ ގަނޑުވަރުގެ އެކިއެކި ކޮއިލުގައަ، ގޭގޭގާ ކުރެވުނު ކަންތައްތަކާ، ކަންތައްތައް ކުރީ ކޮންކޮން ބަޔެއްކަމާ، ކަންތައްތައް ކުރި ގޮތާ، އިންތިޒާމުތައް ހުރި ގޮތާއި، އެ ރަސްމިއްޔާތަށް ރަދުންގެ ކަންކަން ކުރެވުނު ގޮތުގެ ތަފްސީލާއި، ރަބީލްއައްވަލް 12ގެ މާލޫދުއަށް، އެމަހުގެ 8ވަނދުވަހުން ފެށިގެން ކަންތައްތައް ކުރެވުނު ގޮތުގެ ތަފްސީލާއި، 1360ހ ޝައުބާން 3(1941މ އޯގަސްޓް 26)ގާ ގަނޑުވަރުގާ ވަރުހަނގުން ބެހުމަށްޓަކާ، ރަދުންނަށް ވެދުމަށް ގެނައި 'ދަޅުފުޅު' ދެއްވިކަމާއި، އަދި ވެދުން ބޮނޑިޔަށް ކަންތައް ކުރިގޮތާއި، އަދި އެއަހަރު ޝައުބާން 23ގާ ބޮޑުބޮލި ބެއްސެވިކަން ބަޔާންކޮށްފާވާ ލިޔުމެއް. މި ކަރުދާހުގާވާ 7 ގަނޑު ވަނީ ތަރުތީބުން ނޫން ކަމާ، އަދި ދޭތެރެއިން ގަނޑު މަދުވެފާވާ ކަމަށް ބެލެވެއެ. Report on the ceremony planning and food preparation (Size: 8.05" X 5.95") K - Male' - Royal Palace - Writing(food)
Republic of the Maldives1343ހ ޝައްވާލް 16(1925މ މޭ 9) އަދި 1344ހ ރަޖަބް 17(1926މ ފެބްރުވަރީ 1) އަދިވެސް އެހެން ތާރީހުގާ(މިބައި ވީދިފާ)ގާ، ރާއްޖޭން ބޭރަށް ދިޔަ ނާފަހަރާއި އޮޑީގެ އަދަދާއި، ދިޔަ ތަންތަނާއި، އެއިން ގެނައި ތަކެއްޗާއި، އެތަކެތިން ކުރި ވިޔަފާރިއާއި އެހެނިހެން ކަންކަން ބަޔާންކޮށްފާވާ ކަރުދާހެއް. List of ships that have traveled abroad- their destinations- and the products they brought back (Size: 7.8" X 6.4")
Republic of the Maldives(ތާރީހެއް ނެތް)ބޮޑުބަދިގެ، ކައްކާބަދިގެ، ކުޑަކިބާ ބަދިގެ އަދި ރަންބަދިގެ، މީން ކޮންމެ ބަދިގެޔަކަށް ލާރީގެ އަދަދެއް ޖަހާފާވާ، ނުފުށުގާ 'ތެލިމުށިދޭގޮތް' މިހެން ޖަހާފާވާ ކަރުދާހެއް. List of kitchen expenses (Size: 4.6" X 4.2") K - Male' - Royal Palace - Writing
Republic of the Maldives1372ހ ސަފަރު 7)1952މ އޮކްޓޯބަރު 26)ގާ، އެއްފުށުގާ، ކަނދިލިއާ ސިކަންތި ދަނޑި ހެދުމަށްޓަކާ ބޭނުންވާނެ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށް އަދި، 'ހަސަން ނޫރައްދީނުގެ ބޮޑުފޭލިގެ' އަދި 'ދޮންބަންޑާރައިންގެ ކަޑިކޮޅޫ' 'މުލަކު ހަރިއްތަ' ނޯޓުކޮށްލާފާ، ސަރަކައަކާ، ހަވައަކާ އެއްޗެހި ގަލަމުން ކުރަހާ އަދި ހިސާބުތަކެއް ޖަހާފާވާ ކަރުދާހެއް.Size: 7.6" X 8.9" K - Male' - Royal Palace - list
Republic of the Maldives(އަހަރެއް ނެތް)ރަޖަބް މަހުގެ އެކި ދުވަސް ޖަހާ، އެއްފުށުގާ 'ސިއްތިފުޅުއަށް' މުސްކުޅިފާނު ބަދިގޭ މީހުނަނަށް' ' ގަނޑު މާލޫދު ކިޔާ މީހުންނަށް' އދވސ، ތަކެތި ހޯދަން ފައިސާ ދިން ކަމާއި، ވަރު ޖަހާ، އަނެއްފުށުގާ، އެކިތަންތަނަށް އެކި ކަންކަމު ހަނޑޫ ދިންވަރު ޖަހާފާވާ ކަރުދާހެއް. މިކަރުދާސް ވަނީ ފުދޭވަރަކަށް ހަލާކުވެފަ. List of people who were given money to purchase supplies- and a rice distribution list (Size: 7.7" X 6.3")
Republic of the Maldives1352ހ ޝައުބާން 16(1933މ ޑިސެންބަރު 4)ގާ، 'ބޮއިދޮންތުއްތު އަށް ބަހެ' މަތީގާ ޖަހާ، އެތެރެބަޑަހަލަށް ރޯދަމަހު އަސީދާ ތައްޔާރުކުރުމަށާއި، މާހެފުމަށާއި، ބޯފޮޅިދުވަހާ، ގާޒީ ބަންޑާރައިންގެ އަހަރުމަތިފުޅަށާ، މިދުވަސްދުވަހު ކެއިމަށް ބޭނުންވާނެ ތަކެއްޗާއި، އެކަންކަމަށް ބޭނުންވާ ކުނާ ފަދަ އެއްޗެތި، ނިސްބަތްވާ އަދަދާ އެކު ޖަހާ، ލިސްޓްކޮށް، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހަފާވާ ލިޔުމެއް.List of ingredients (Size: 13.2" X 8.2") K - Male' - Royal Palace - list(food)
Republic of the Maldives1354ހ ސަފަރު(1935މ މޭ)ގާ، 'ބޮއިދޮންތުއްތުއަށްބަހެ' އެތެރެބަޑަހަލަށް، ދުއާ ދުވަސްތަކަށާ، އަހަރުމަތިފުޅަށާ އަދި ބާރަ މާލޫދަށް ކެއިމާއި އެހެނިހެން ކަންތައްތައް ތައްޔާރުކުރަން ބޭނުންވާނެ ތަކެއްޗާއި އަދަދު ޖަހާ، ލިސްޓުކޮށް، ހަސަންފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.List of ingredients (Size: 13.0" X 8.3") K - Male' - Royal Palace - list(food)
Republic of the Maldives1346ހ ޝައްވާލް 6(1928މ މާޗް 28)ގާ، 'އެތެރެބަޑަހަލުން ފިތުރު ދޭނެ ތަންތަނާއި ދޭނޭ އަދަދު'، މިހެން ސުރުހީކޮށް، ގަނޑު ދިގަށް ދެބައިކޮށް ކޮންމެބަޔެއްގާ 4ފަތި(ކޮލަމް)އަށް، ތަންތަނުގެ ނަމާއި، ނިސްބަތްވާ ދިމާލުގާ، ހަނޑުލުގެ އަދަދު ނާޅި-ލާހިން ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް. #List of places where Zakat Fitr is collected (Size: 13.2" X 8.25")
Republic of the Maldives(ތާރީހެއް ނެތް) އެކި ރަދުން ރަދުންގެ ތަކެއްޗާއި ލިއުމާއި، ރަދުންގެ ނަމާއި(ބަޔެއް އެއްޗެތީގާ) ޖަހާ، 'ލޮގްކޮށް'ފާވާ (ފޮތެއް)ކަރުދާހެއް. List of assets and the appointment of heirs (Size: 8" X 6.5")
Republic of the Maldives(ތާރީހެއް ނެތް) އެއްފުށުގާ ހިސާބުތަކެއް ޖަހާފާވާ، އަދި އަނެއް ފުށުގާ، އެތެރެ ބަނޑަހަލަށް، ހަޑުލާ، ލޮނު ދީފާވާ އަދަދު ޖަހާފާވާ ކަރުދާހެއް. Note with mathematical calculations (Size: 7.8" X 6.15") K - Male' - Royal Palace - Writing - Thaana- Numbers
Republic of the Maldives