Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F0-49 · Item · 1804
Part of Manuscript

1218ހ ޒުލްހައްޖު 12(1804މ މާޗް 24)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނުގެ ޝަރީއަތު މަޖިލީހުގާ، ރިނބުދޫ ދޮންމޫސާ ހަތީބު ތަކުރުފާނުގެ ދަރި ދޮންއަލީ ކަލޭގެ، މައްޗަންގޯޅި ރަށްދެބައިމަގަށް އަތިރިއަށް އެރޭ މަގުގެ ވައަތުފަޅީގާ އޮތް، ކުޅުދުފުށީ ހުސެއިން ތަކުރުފާނުގެ ގޯތި ބަހާ، އެތަކުރުފާނުގެ ދަރިން ހައްވާބީ އާއި ވާތީ އަހަންމާބެ، އަދި އެތަކުރުފާނުގެ އަނބި ހައްވާފާނުއަށް ވީތަން ނޫން އެހެން ހުރިހާތަނެއް، އެ ދޮންއަލީ ކަލޭގެ ގަނެ މިލްކުކޮށްފި ކަމުގަޔާ، އަދި އެގޯއްޗާ އެތަނުގާ ވީހާ ރުއްގަހާ އަދި އެތާގާ ވީހާ ތަކެއްޗެއް، އޭނަގެ މިލްކުން ކަނޑާ، އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ތިބިއްޔާތިބި ދަރިއަކަށާ، އަދި އެދަރިން ނެތްނަމަ، އެދަރިންގެ ދަރިކޮޅަށް ލަށްވާފިކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެޝަރީއަތު މަޖިލީހުން ލިޔެވާފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މިފަތުގާ ބުނެފާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތްލިއެދީފާވާ ކަމުގާ، ބުނެފާވާ ލިޔުމެއް. Court order arranging for the division of a plot of land owned by Kulhudhufushi Hussein Thakurufaanu on the road to the sea on the left side of Machangoalhi Rahdhebai Magu. It is stipulated that it be divided between his children: Hawwaabee Ahannmaabe and Vaathee Ahannmaabe- and his wife Hawaafaanu- after which the remainder shoudl be sold to Dhon Alikileyfaanu- son of Rinboodhoo Dhonmoosa Hatheebu Thakurufaanu. Kulhudhufushi Hussein Thakurufaanu also endowed palm trees and other assets to his descendants. On the reverse is written a note recording that the order of the court was executed on October 23- 1953- and copied by Elaa. (Size:15.8" X 10.6") Chief Justices - Al Ghaazee Moosa Muhyiddin K.Male' - Kunnaaru Goathi (Housing Plot) - Deed for housing plot

Republic of the Maldives
MV NAM MV NAM 012-F9-18 · Item · 1953
Part of Manuscript

1373ހ ސަފަރު 15(1953މ އޮކްޓީބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1218ހ ޒުލްހައްޖު 12(1804މ މާޗް 24)ގާ، އަލްގާޒީ މުސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު، ރިނބުދޫ މޫސާ ހަތީބުގެ ދަރި ދޮން އަލީ ކަލޭގެ މައްޗަށް ވަގުފްކޮށް، އެ ދޮންއަލީ ކަލޭގެއަށާއި އޭނާގެ އަނބިންނަށާއި، އޭނާގެ އެންމެހާ ދަރިންނާއި އެދަރިންގެ ދަރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، ފަތް(F0-49) ލިޔެދެއްވާފާވާ، މއ.ކުންނާރުގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - H. Ma.Kunnaaru Goathi (11th Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"

Republic of the Maldives
MV NAM MV NAM 012-F0-10 · Item · 1799
Part of Manuscript

1214ހ ސަފަރު(1799މ ޖުލައި)ގާ؛ އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީއްޔަތު މަޖިލީހުގާ، ފާދިއްޕޮޅު ހަކުރާ ތަކުރުފާނުގެ ދަރި އަހުމަދު މަނިކުގެ ދަރިން އިބްރާހީމް މަނިކު އާއި ހުސެއިން މަނިކު، އެމީހުންގެ ބައްޕަގެ މިލްކު، މައްޗަންގޯޅި ރަށްދެބައިމަގު ކަނާއަތުން އަތިރިޔަށް އެރޭތާ، ތާޅަފިލިކަލޭގެ ހުރި ގޯއްޗާ އިންވެ އުތުރުން އޮތް ގޯތި، ރިނބުދޫ މޫސާކަލޭގެގެ ދަރި ދޮންއަލީ ކަލޭގެއަށް ވިއްކައިފި ކަމުގަޔާ، އެތާ ތިބި ހެކިންނަކީ، ސިއްކަ އަހުމަދު ތަކުރުފާނު، ފާދިއްޕޮޅު އަހުމަދު މަނިކުގެ އެއްބަފާ ހުސެއިން މަނިކު، އަދި ބަންޑާރަނައިބު މުހައްމަދު ކަލޭފާނު ކަމާއި، އަދި މި އަހުމަދު މަނިކުގެ ދަރިން، އިބްރާހީމް މަނިކާ، ފާތުމާމަނިކެއާ އަދި ހުސެއިން މަނިކު، މި މުއާމަލާތު ގަބޫލުކުރާ ކަމާއި، އެތަނުގެ ދިގުމިނުގާ 36ރިޔަން އަދި ފުޅާމިނުގާ 25ރިޔަން ހުންނާނެ ކަމުގާ ބުނެ، ދޮންއަލީ ކަލޭގެއަށް އެގޯތި މިލްކުވެއްޖެ ކަމުގާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަގަށް، އެއުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: (ތާރީހެއް ނެތް) ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާވާ، މަލިކު ހުސެއިން ތަކުރުގެ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެފާވާ ކަމުގާ؛ ބުނެފާވާ ލިޔުމެއް. (Size:8.9" X 7.5") Chief Justices - Al Ghaazee Moosa Muhyiddin K.Male' - Deed for housing plot

Republic of the Maldives
MV NAM MV NAM 012-F0-93 · Item · 1884
Part of Manuscript

1320ހ ސަފަރު 6(1902މ މޭ 14)ގާ، އައްސުލްތާނު އަލްހާއްޖަ މުހައްމަދު އިމާދުއްދީނުގެ ދަރުބާރުގާ، ހަސަން ދީދީގެ ދަރި އަލްހާއްޖަ އަލީ ދީދީ ފަނޑިޔާރުގެ ޝަރީއްޔަތު މަޖިލީހުގާ، ރިނބުދޫ ދޮންއަލީގެ ދަރި ދޮންމޫސާފުޅު، އެމީހުންގެ ގޯތީގެ ފަތް ބާވެގެން، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އާކޮށްދެއްވި ފަތްވެސް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތުގާ ވާގޮތުގެ މަތިން، ފާދިއްޕޮޅު ހަކުރާ ތަކުރުފާނުގެ ދަރި އަހުމަދު މަނިކުގެ ދަރި އިބްރާހީމް މަނިކު އާއި އޭނާގެ އެއްބަފާ ހުސެއިން މަނިކު، އެދެބެންގެ ބައްޕަގެ މިލްކުގާވާ، މައްޗަންގޯޅި.....(ކިޔަންނޭގޭ ބައެއް).. އިންވެގެން އުތުރުން އޮތް ގޯތި، ރިނބުދޫ މޫސާކަލޭގެ ދަރި ދޮންއަލީ ކަލޭގެޔަށް، ސިއްކަ އަހުމަދު ތަކުރުފާނުއާ، އެތަކުރުފާނުގެ އެއްބަފާ ހުސެއިން މަނިކު ބަންޑާރަ ނައިބު، ހެކިކޮށް، 50ކޮށްޓޭއަށް ވިއްކާ، އެގޯއްޗާއި، ގޯތީގާވާހާ ތަކެތި، ދޮންއަލީޔަށް މިލްކުވެފާވާ ކަމުގާ، އާފަތެއް ލިޔެދިނުމަށް އެންގެވުމުން، މުހައްމަދު މުލަކީ މަނިކުފާނުގެ ދަރި އައްނައިބު މޫސާ ދީދީ ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތިގާ ބުނެވިފާ އެވާ ގޯތި ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދީފާވާ ކަމުގާ ބަޔާންކޮށްފާވަ ލިޔުމެއް. (އެކަމު މަތީގާ އެވަނި ވަގުފް ފަތެއް ނޫން.) List of private house in Machchangoalhi Kunnaarugoathi- Malé (Size: 13.2" X 9.5") Chief Justices - Al Haajja Ali Didi K.Male' - Ma. Kunnaaru Goathi (Housing Plot) - Private Property

Republic of the Maldives
MV NAM MV NAM 012-F0-19 · Item · 1802
Part of Manuscript

1216ހ ރަމްލޯނު 16(1802މ ޖަނަވަރީ 21)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު ފަޑިޔާރުމަނިކުފާނުގެ ޝަރީއަތުގެ މަޖިލީހުގާ، ރިނބުދޫ ދޮންއަލީ ކަލޭގެ، މައްޗަންގޯޅި ރަށްދެބައި މަގުން އެރޭތަނުގެ ކަނާއަތު ފޅީގާ އޮތް، ވާތީ އަހަންމާބޭގެ ގޯތިން، މުލަކުގާ ތިބި އޭނާގެ ވާރުތަވެރިންނަށް ވީބަޔާ، އެތާނގާ ހުރި ރުކާއި އަދި ބަނބުކެޔޮގަސް، ތިނަދޫ ކާސިންކަލޭގެޔާ ފުއްލާ މުހައްމަދު ފުޅުގެ ހާޒިރުގާ، ގަތްކަމުގާ ބުނުމުން، އެއެންމެހާ މީހުން އެމަޖިލީހަށް ހާޒިރުކުރުމުން، އެގޯތި ބަހައިގެން، މޫސާ ތަކުރުފާނުއަށް ވީބަޔާއި، އައިމިނާފާނުއަށް ވީބަޔާއި، މުހައްމަދު ތަކުރުފާނުއަށް ވީބައިބަޔާއި، އެބައިބައިގާ ހުރި ހުރިހާ ރުކާއި ބަނބުކެޔޮގަސް، އެގޯތީގެ އެއްބައި ގަނެގެން ހުރި، ރިނބުދޫ ދޮންއަލީއަށް ވިއްކާ އަގުދީ ހަލާސްކޮށްފި ކަމުގާ އިގުރާރުވުމުން، އެތަނަކީ އެ ރިނބުދޫ ދޮންއަލީ ކަލޭގެ މިލްކެއްކަމުގާ ނިޔާކުރެއްވުމުން، އޭނަގެ އެދުމަކަށް، އެކަންކަން ބަޔާންކޮށް، އައްނައިބު މުހައްމަދު ބަންޑާރަނައިބު ކަލޭފާނު ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތެއް ލިޔުނު ކަމުގާ، ބުނެފާވާ ލިޔުމެއް. (Size:11" X 9.2") Chief Justices - Al Ghaazee Moosa Muhyiddin K.Male' - Endowment for property

Republic of the Maldives
MV NAM MV NAM 012-F3-6 · Item · 1958
Part of Manuscript

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެ ދަށުން، ބޮޑުގަލުގޭ އިބްރާހީމް މަނިކު ވަގުފްކުރި މައްޗަންގޯޅި ރޯށަނީގޯތީގެ ވަގުފް، ތ.އެލާއިން ނަގާ ލާޖައްސާފާ، އެގޯތީގެ ހަވާލުވެރިކަން، 1215ހ ޝައްވާލް(1801މ މާޗް)ގާ، އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތުގާވާ ގޮތަށް، އެގޯތީގެ ހަވާލުވެރިކަން، ބޮޑުގަލުގެ އިބްރާހީމް މަނިކުފާނުގެ ދަރި މޫސާ މަނިކު އާއި އާމިނާ މަނިކެ އާއި މިދެބޭންނާއި އެއްބަނޑު ހަސަން ތަކުރު އާއި މި 3 ބެއިންނަށާއި އެމީހުންގެ ދަރިކޮޅަށް ލަށްވާ؛ ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7" K.Male' - Ma.(4th Housing Plot) Roashanee Goalhi (street) - Deed for housing plot

Republic of the Maldives
MV NAM MV NAM 012-F5-21 · Item · 1960
Part of Manuscript

1380ހ މުހައްރަމް 28(1960މ ޖުލައި 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ޗާންދަނީމަގާއި އިންވެ ހުޅަގުން ކުދިރަތްމާގޯޅި އާއި އިންވެ ދެކުނުން ދެވިނަމަގެއާއި އިންވެ އުތުރުން އޮތް ގޯއްޗަކީ، ބަނޑޭރި ތަކުރުފާނުގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި ހިތިލާގޭ އިބްރާހީމް ދީދީ އަށް މިލްކުވެފާވާ ގޯއްޗެއްކަމުގާ، 1362ހ ޒުލްހައްޖު 14(1943މ ޑިސެންބަރު 12)ގާ، ދާހިލިއްޔާއިން ލިޔެދީފާވާ ފަތަކުން ސާބިތުވެ، 1379ހ ސަފަރު 18(1959މ އޯގަސްޓް 23)ގާ، އައްޝެއިހު މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތުގެ މަޖިލީހުން އެފަތުގެ ނުފުށުގާވާ ލިޔުމަކުން، މއ.ހިތިލާގެ ކިޔާ ގޯއްޗާއި އެގޯތީގާވާ ގެ، ހިތިލާގޭ އިބްރާހީމް ދީދީ، އޭނާގެ ދަރި އައިމިނަތު ދީދީއަށް ހިބައިން ދީ، އޭނާއަށް މިލްކުވެފާވާ ކަން ސާބިތުވެ، އަދި އޭގެ ފަހުން، އޭނާ، ހަމައެކަނި، އެގޯތި، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނުއަށް ހިބައިން ދިންކަމުގާ، އއަލްފާލިލް ލާމީގޭ ސީދީ އާއި އުނގޫފާރު މޫސާފުޅު އާއި ދެމީހުންގެ ހެކިބަހުންނާ، އަދި އައިމިނަތު ދީދީ އާއި އިބްރާހީމް ކަލޭފާނުގެ އިއުތިރާފުން ސާބިތުވުމުން؛ މއ. ހިތިލާގެ އެއީ، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދިއްދޫ އިބްރާހީމް ކަލޭފާނުގެ މިލްކެއް ކަމުގަ ބަޔާންކޮށް، ގޯތީގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ނަކަލުގާ 'ނޯޓް'އެއްގެ ގޮތުގާ: އެގޯތީގެ އަސްލު މިނަށް ވުރެ، 47.75އަކަފޫޓު ބޮޑުވާނެކަމާއި، އެހެން ވެފާއެވަނީ ގޯތީގެ ތިންފަރާތުގާ މަގު އޮވެފާ، ގޯތީގެ މެދު ފުޅަފުގެ ފާރުވެސް 2/1ވުރެ ބޮޑަށް ރޭނިފާވާތީވެ، އެޔަށްވުރެ ކުޑަކުރެވެން ނެތިގެން ކަމުގާ، ލިޔެފާވެއެ. A copy of the report originally written on 23 July 1960 regarding the owernship of the land Machchangoalhi Hithilaage (Size: 10" X 7.35) K.Male' - Ma.Hithilaage (Housing Plot) - Private Property

Republic of the Maldives
MV NAM MV NAM 012-F5-9 · Item · 1953
Part of Manuscript

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެދަށުން، 1340ހ ރަބީލްއާހިރު 20(1921މ ޑިސެންބަރު 20)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުންގެ ޝަރީޔަތު މަޖިލީހުން، މުޑާ އިބްރާހީމް(ގެ) އޮޅުތެރެ އަހުމަދު ކަލޭފާނު ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ ފަތްލިޔެފާވާ، މ.ކުރިކިހަށްފިލާގޯތި، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު އެލައިން ދެއްވާ، ލާޖައްސާ ހަމަކޮށް ވުޒާރަތުލް ދާހިލިއްޔާއިން ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް.(Size: 8.85" X 6.7") K.Male' - M.Kurikihahfilaa Goathi (Housing Plot) - Private Property

Republic of the Maldives
MV NAM MV NAM 012-F5-23 · Item · 1952
Part of Manuscript

1371ހ ރަބީލްއާހިރު 24(1952މ ޖަނަވަރީ 22)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1349ހ(1930މ)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތަކުން، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިންގެ ދަރި ވެލިދޫގޭ މޫސާ ދީދީގެ މިލްކެއް ކަމުގާ ސާބިތުވާ، މާފަންނު ކުޑަކޮށީގާ އޮތް ކާނޭޝަންމާގެ(ކުރީގެ ކުޑަކޮށީފަނޑިޔާރުގެ)، ދައުލަތަށް ބޭނުންވުމުން، އެތަނުގެ ބަދަލު، މާފަންނު ކަނޑޫދުގެ ކިޔާ ބަންޑާރަ ގޯތި އާއި، މުލީގޭ އައިޝަތު ފުޅުއަށް މިލްކުވެފާ ވަނިކޮށް، 1371ހ(1952މ)ގާ، މ.ސައްކެޔޮގަސްދޮށުގެއޭ ކިޔާ ގޯއްޗާއި ލާޖައްސާ ދައުލަތަށް ނެގިފާވާ، މާފަންނު ބޮނޑިބަތްގެއާ، މިދެގޯތިން ދެއްވުމަށް، މޫސާ ދީދީ ވިދާޅުވެ، ކުޑަކޮށީފަނޑިޔާރުގެ ދައުލަތަށް ނަންގަވާ، ކަނޑޫދޫގެ އާއި ބޮނޑިބަތްގެ މިދެގެއިން، އެގޯތީގެ ބޮޑުމިނަށް ތަންނަންގަވާ، ލާޖައްސާ؛ އޯކިޑްމަގާ އިންވެގެން އުތުރުން އަސުރުމާގެއާ އިންވެގެން ހުޅަނގުން އޮތް ގޯތީ، މ.ކާނޭޝަންމާގެ އެއީ، ވެލިދޫގޭ މޫސާ ދީދީގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally writen on 22 January 1952 regarding the ownership of the land Maafannu Kaanashionmaage (Size: 10" X 7.35) K.Male' - Ma.Carnationmaage (Housing Plot) - Private Property- Housing plot (government)

Republic of the Maldives
MV NAM MV NAM 012-F3-1 · Item · 1927
Part of Manuscript

1346ހ ޖުމާދަލްއައްވަލު 18(1927މ ނޮވެންބަރު 13)ގާ އައްނައިބު މޫސަލް މަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުގެ ޝަރީއަތު މަޖިލީހުގާ، ބަނޑޭރިބެއިކަލުންނާއި، މާފަންނު ސަރުދާރުތުއްތު އައިސް؛ މާފަންނު ވައިޖެހޭކޮށްޓޭ ކިޔާތާންގާ، ބޮނޑިބަތްގޭ ކުޑަކޮއްކޮގެ ދަރި މަރިޔަމްފުޅުގެ ދަރި ތުއްތުއަށް މިލްކުވެފާވާކަމަށް، އެ މަޖިލީހުން، 1345ހ(1927މ)ގާ، ފަތްލިޔެދެއްވާފާވާ ގޯތި، ތުއްތުގެ ރުހުމާއެކު ސަރުކާރަށް ނަގާ، ހަމަ އެބޮޑުމިނަށް، ކުޑަކޮށީގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ތިންދަރީންނަށް މިލްކުވެފައިވާ ގޯއްޗާ އިންވެގެން އުތުރުން އޮތް ބަންޑާރަ ގޯތިން ބަދަލުދެއްވާ އެ ތުއްތުއަށް މިލްކުވީކަމުގެ، ފަތެއް، މިން ހިމަނާ ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، ސާބިތުވުމުން، އެތުއްތުގެ އެދުމުގެމަތިން އެގޯތި ވަގުފްކޮށް، އެތުއްތުގެ ދަރިކޮޅަށް ހަވާލުވެރިކަން ދެއްވާ، އިމާއި މިން ހިމަނާ، އަހުމަދުލް މަހައްލީ ގެދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - M.Kandhooge (Housing Plot) - Deed for housing plot

Republic of the Maldives