Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F10-41 · Item · 1930
Part of Manuscript

1348ހ ރަމްލޯނު 29(1930މ ފެބްރުވަރީ 28)ގާ، އެއްފުށުގާ 'ފިތުރު ދިން ކަރުދާސް' މަތީގާ ޖަހާ، ތަންތަނުގެ ނަން(މސލ:ކުޑަކިބާބަދިގެ..ބެލެވޭގޮތުގާ ފިތުރު ޒަކާތް ދިން ފަރާތް)ޖަހާ، ނިސްބަތްވާ އަދަދު ޖަހާ، އަދި އަނެއްފުށުގާ އެކި މީހުންގެ ނަމާއި(ލިބުނު ފަރާތް)ދިން އެއްޗެތި ޖަހާފާވާ، ލިޔުމެއް. List of Zakat Fitr recipients and tha amounts given to each (Size: 8.5" X 10.5") K - Male' - Royal Palace - Writing(Zakat)

Republic of the Maldives
MV NAM MV NAM 012-F2-2 · Item · -
Part of Manuscript

(ތާރީހެއް ނެތް) 'ފުރަމާލޭގެ އަމިއްލަ ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-130 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. List of private properties in Malé- with details on the property name- district- building owner- land owner- and condition of the land and building (Size: 13" x 8.3") K.Male' - list(Private Property)

Republic of the Maldives
MV NAM MV NAM 012-F2-1 · Item · -
Part of Manuscript

(ތާރީހެއް ނެތް) 'މާލޭގެ މީސްމީހުންގެ ވަގުފް ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-64 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. މިލިސްޓުގާ، ނަންބަރު 43ން 47ށް ވަނީ އުނިކޮށެ. List of residential lands in Malé (Size: 13" x 8.3") K.Male' - list (Endowed housing plot)

Republic of the Maldives
MV NAM MV NAM 012-F2-3 · Item · -
Part of Manuscript

(ތާރީހެއް ނެތް) 3ފަށްޗަކަށް ބަހާފާވާ، ސީރިއަލް ނަންބަރު 1-62 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. މި ލިސްޓުގާ، ފަހުގެ ތާރީހެއްގާ، ބަޔެއް ގޭގެ ނަމަށް ނިސްބަތްވާގޮތަށް، ފަންސުރުން، 'ބ'، '' ނޫނީ '×' ޖަހާފާ ވެއެ. List of residential lands in Malé. The original document appears to have been later modified. (Size: 12.9" x 8.15") K.Male' - list (housing plot)

Republic of the Maldives
MV NAM MV NAM 012-F9-4 · Item · 1956
Part of Manuscript

1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ތުނބުޅި ހަސަން ތަކުރުފާނުގެ ފީވަކު ގޯތީ ވަގުފްކޮށް، އެ ހަސަން ތަކުރުފާނުގެ 3 ފިރިހެންދަރިން، އެތަނުގެ ހަވާލުވެރިކަން، ފައިނު އަހުމަދު ފަށަވާޅުކަލޭފާނުއާއި އޭނާ ނެތިއްޖެނަމަ އޭނާގެ ދަރިކޮޅަށް ދީފާވާކަމަށް 1234ހ(1819މ)ގާ، އަލްގާޒީ ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއްޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - H.Dhoalhan'buge/Feevaku Goathi (20th Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F9-24 · Item · 1958
Part of Manuscript

1378ހ ޖުމާދިލްއައްވަލް 29(1958މ ޑިސެންބަރު 11)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1211ހ ޖުމާދިލްއައްވަލް(1796މ ސެޕްޓެންބަރު)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ، މުހައްމަދު ބަންޑާރަނައިބުގެ މަޖިލީހުން، ބޮޑުކާށި އުބުރަހިން ކަލޭފާނުއާ، މަލިން ތަކުރުފާނުގެ ދަރި މޫސާ ތަކުރުފާނުއާއި ދެބެން، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން އެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ، އަދި އެޔަށްފަހު އެގޯތި ބަންޑާރަގޮތުގާ އެތައްދުވަހުކު އޮއްވާ، އެ އުބްރާހިން މަނިކު އެކަމާ ދައުވާކުރުމުން، 1284ހ ސަފަރު(1867މ ޖޫނު)ގާ، އަލްގާޒި މުހައްމަދު މުހިއްބުއްދީނު، އެތަނުގެ ބޮޑުމިން ހިމަނާ، ލިޔެފާވާ ފަތެއްގެ ނަކަލަކުން، އެތަނުގެ ވަގުފް އޮތީ ކުރީގާވެސް އޮތްގޮތަށް ކަމުގާ ސާބިތުކޮށް، އެބައިމީހުންނަށް ގޯތި ލިބިދީ، ފަތް ލިޔެފާވަނިކޮށް، އެގޯތި ބަންޑާރަ ކޮށް، ލާޖައްސާ، އޭގެ ބަދުލުގާ އެބައިމީހުންނަށް ދީފާވާ މިގޯތީ(ބޮޑުކާށި ގޯތި؟)ގެ ހަވާލުވެރިންނަކީ، މަނަދޫގާ ހުރި ބޮޑުކާށި ދޮންމަނިކުގެ ދަރިކޮޅުކަމުގާ، 1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު ލިޔެފާވާ ފަތަކުން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - H.?Bodukaashi Goathi (24 number Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F5-27 · Item · 1926
Part of Manuscript

1345ހ މުހައްރަމް 27(1926މ އޯގަސްޓް 6)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދިނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ދަރި އަހުމަދު ކަލޭފާނުއާއި، މާފަންނު ސަރުދާރު އިބްރާހީމް ކަލޭފަނުއާއި، ތުލުސްދޫ އުމަރުގެ ދަރި މުހައްމަދުގެ ދަރި ޔޫސުފް ފުޅުއާއި، 3 މީހުން ހާޒިރުވެތިބެ، ހެންވޭރު ކަޅުހުރާގެ އިރުންއޮތް މަގާ އިންވެ، އިރުން އޮންނަ މެދުރީމުސްކުޅި މަނިކަގެ ވަގުފް ގޯތީގެ އުތުރުން އިންވެ އޮތް، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުއްލޯ ދީދީ ބައްލަވައިގަނެ މިލްކުވެފާވާ، ލޮނު ގޮއްޔެގޯތި ކިޔާ ގޯތި، އެގޯތީގާ ހުރި ރުއްގާހާ، ފެންވަޅާ އަދި ގެޔާ އެކު، -/300ރުފިޔާ އަށް، ޔޫސުފްފުޅުއަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާ ކަމުގާ ބުނެ، ޔޫސުފްފުޅުގެ މައްޗަށް އެގޯތީގެ ފަތް ލިޔެދެއްވުމަށް، އޭނާގެ ފަރާތުން އެދުމުން؛ 1339ހ(1921މ)ގާ، ހަމަ އެ މަޖިލީހުން، އިމާއި މިން ހިމަނާ ލިޔެދެއްވާފާވާ އެގޯތީގެ އިހު ފަތުން، އެތަނަކީ އަބްދުއްލޯ ދީދީގެ މިލްކެއް ކަމުގާ ސާބިވެ، ކޮށްފާވާ އެވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ އެގޯއްޗާއި، އެތަނުގާ ވާހާ ތަކެތި، ޔޫސުފް ފުޅުއަށް މިލްކުވީ ކަމުގާ، އެ މަޖިލީހުން، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް. އަދި 1345ހ ރަމްލޯނު 15(1927މ މާޗް 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ފާދިއްޕޮޅު، ވާރުވެރި އަލީބޭ އާދަމް ކަލޭފާނުއާއި، ތޮއްޑޫ އިބްރާހީމް މަނިކުއާއި، 2 މީހުން، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުގާވާ، މަތީގާ ބުނެވިފާވާ ފަތުގާ އެވާ ގޯއްޗާ، އެތާގެ ހުރި ގެޔާ، އޭނާގެ ދަރިފުޅަށް، އެދަރި ނެތުމުން އެދަރީގެ ދަރިންނަށް، އަދި އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ވަގުފްކޮށްފި ކަމުގާ، ބުނުމުން، އެކަމުގެ މައްޗަށް؛ މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 6 August 1926 about the ownership of the land Henveiru Hikifinifenmaage and all the assets in it. (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Hikifinifenmaagege (Housing Plot) - Private Property

Republic of the Maldives