1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1177ހ ޝައްވާލް(1764މ އޭޕްރިލް)ގާ، ގުރައިދޫ އަލިމަނިކުފާނުންގެ ދަރި ފާތުމަތު މަނިކުފާނުގެ މިލްކުގާ އޮށްވާ، އޭނާ ވަގުފްކޮށް، ހަވާލުވެރިކަން އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުއަށް ދިންކަމުގާ އަލްގާޒީ ބަހާއުއްދީނު ފަތްލިޔެފާވާ ދާންނާ ގޯޗާއި، ބަދަލުކޮށް ލާޖަށްސާ، 1365ހ ސަފަރު 24(1946މ ޖަނަވަރީ 28)ގާ، މަހްކަމަތުލް ޝަރިއްޔާއިން ފަތް(F0-82) ލިޔެދެއްވާފާވާ މާފަންނު ބޮޑުދިއްގާގަސްދޮށު ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - M.Bodudhiggaagasdhoshuge (28th Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the Maldives1355ހ ރަބީލްއައްވަލް 3(1936މ މޭ 24)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނުގެ ޝަރީއަތުގެ މަޖިލީހުގާ، ބެރު މުސްކުޅި ހަސަންކަލޭފާނުގެ ދަރި މުހައްމަދު ބެރުމުސްކުޅި ކަލޭފާނު، މާފަންނު ވަށްވެއު ހުޅަގުން އިންވެގެން އޮތް އަލާޖީގޯތިން އޭނާގެ ކާފަ، ބެރު މުސްކުޅިތަކުރުފާނު ގަތް ތަނާއި، ދެން އޮތް ބައި ކަމަގާވާ އިބްރާހީމް ހާޖީގެ ދަރީންގެ ބަޔާއި، މުޅި އެގޯތި އޭނާ ގަނެފިކަމުގަޔާ އަދި އެގޯތި ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، ސާބިތުކުރައްވާ، އެމަގަށް، ގޯތީގެ އިމާއި، މިން ހިމަނާ، އެ ޝަރީއަތުގެ މަޖީލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Ghaazee Ismail Bahaauddin K.Male' - M.Beru Goathi (Housing Plot) - Deed for housing plot
Republic of the Maldives1344ހ ޒުލްގައިދު 24(1926މ ޖޫނު 5)ގާ، މޫސަލް މަހްލީ ގެދަރި އައްނައިބު ސަލާހުއްދީނު ބަންޑާރަ މަނިކުފާނުންގެ ޝަރީއަތު މަޖިލީހުގާ، ކަނޑޫދޫ ހާޖީ ހަސަންކަލޭފާނުގެ ދަރި ހާޖީ އަހުމަދު ކަލޭފާނު އައިސް؛ މާފަންނު ކުޑަކޮށީގާ އޮތް އަހުމަދު ހާޖީގެ ވަގުފް ގޯތި އޭނާއާއި އޭނާގެ އެއްބަޑު އެއްބަފާ މެދުތުއްތުއާއި ދޮށީތުއްތުގެ ރުހުމުގައި އެތިންބެއިންނަށް ހަމައަށް ބަހާ، އެގޯތީގެ އުތުރުބައި ހާޖީ އަހުމަދަށް، އެއާޖެހުނުބައި މެދުތުއްތުއަށް އެންމެ ދެކުނުބައި ދޮށީތުއްތުއަށް މިލްކުވީކަމުގެ، ފަތެއް، (މީން ކޮންމެ މީހަހަކަށްވީ ތަނުގެ މިން ހިމަނާފާ) ލިޔެދެއްވުމަށް އެދުމުން، އެތާގެ އިހުފަތް ބައްލަވާ، އެފަތަކީ މިގޯތި އޭނާގެ ކާފަ ކަޑޫދޫ އިބްރާހީމް ކަލޭފާނުއަށް މިލްކުވުމަށް ފަހު، އެކަލޭފާނުން އެގޯތި ވަގުފް ކޮށް، އެކަލޭފާނުންގެ ދަރިކޮޅަށް ހަވާލުވެރިކަން ދެއްވާ، މިން ހިމަނާ، އައްނައިބު އަހުމަދު ބަންޑާރަ މަނިކުފާނުން 1272ހ(1856މ)(ފަތުގައި އޮތީ 1372... އެހެން ފަތްތަކަށް ބަލާއިރު އޮޅުމަކަށް ބެލެވޭ)ގާ ލިޔުއްވާދެއްވި ފަތެއްކަން ސާބިތުވުމުން، މިގޯތި އެތިން ބެއިންނަށް ބަހާ، ހާޖީ އަހުމަދު ކަލޭގެފާނަށް ލިބުނު ބައިގެ ބޮޑުމިން ބައްލަވާ، އެބައިގެ އިމާއި މިން ހިމަނާ، އަހުމަދުލްމަހްލީ ގެދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - M.Baansaage - Deed for housing plot
Republic of the Maldives1341ހ ޝައްވާލް 17(1923މ ޖޫނު 2)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ މަޖިލީހުގާ، ވަށަފަރު ހަސަން ވަތަބަޑޭރި ތަކުރުފާނުގެ ދަރި އަލީ ތަކުރުފާނު، އޭނާގެ މިލްކުގާވާ ހުރިހާ އެއްޗެއް، މިލްކުން ކަނޑާ، ވަގުފްކޮށް، އެއެއްޗެތީގެ ހަވާލުވެރިކަން އޭނާގެ ތިބިހާ ދަރީންނަށާއި، އޭނާގެ މަރުވި އަންހެން ދަރީގެ ދަރިންނަށާ، އެމީހުން ނެތުމުން، އެދަރީންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތެއް ލިޔުނު ކަމުގާ، ބުނެފާވާ ލިޔުމެއް. Last will and testament (Size: 11.8" X 9.4") K.Male' - Endowment for property
Republic of the Maldives1235ހ ރަޖަބް(1820މ މޭ)ގައި، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރު؛ އެރަދުންނާ، އެރަދުންގެ ބައްޕަ އައްސުލްތާނު ހަސަން ނޫރައްދީނު އާއި، ރުއް އިންދެވި، މާލެއަތޮޅު މާހިތާހިންތެ(މިހާރުގެ ބޮޑުހިތި)އަށާއި، މާލެ އަތޮޅު އެރިޔަދޫ އާއި، މިދެރަށުން ކޮންމެ ރަށެއްގެ 2/1 އެދެބޭފުޅުން އެޅުއްވި އީދުމިސްކިތް މައްޗަށް ވަގުފްކޮށް، އެ ވަގުފްގެ 4/1 އެ މިސްކިތުގެ ބަންގީދޭ މީހާއަށް، ދެންއޮތް 4/3، އެ މިސްކިތް ބަލަހަށްޓާ މީހުންނަށް ލަށްވާ، އަދި، އެއިން ކޮންމެ ރަށެއްގެ ދެންއޮތް 2/1، އެދެބޭފުޅުންނާއި އެދެބޭފުޅުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ވިދާޅުވެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެކަން ސައްހަ ކަމުގާ ނިޔާކޮށް، އަލްއާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަފަޑިޔާރު ލިޔެފާވާ ފަތެއް. (Size:11" X 9.6") Chief Justices - Al Ghaazee Ibrahim Sirajuddin K.Male' - Eid Mosque - Endowment for Shrine (ziyaaraiy)
Republic of the Maldives(ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'އަސްކަރުން'، މިހެން ޖަހާ، ފަސް ބަޔަކަށް ބަހާ، ފުރަތަމަ ހަތަރުބައި، 'މާފަތްގެ އަގުރަންނައޮޅި މި ނަމުގާ: މުހިއްދީނު އާދަމް ކަލޭފާނު، ކައިރު ދަންޑެހިލު ތައްހާނު، ހުވަރަފުށީ ކާސިން ތައްހާނު، ހައްދުންމަތީގޭ އަލިމަނިކު، ޅަކަލޯ، މުރައިދޫ ކާސިން ތައްހާނު، ލަންދޫ މޫސާ ކޮއި، މިރުސް ތުއްތު، މިރުސް މޫސާ ކަލޭފާނުގެ ދޮންތުއްތު، ހިކަނދި އީސާފުޅު، ކޮއްޔަ ތައްހާނު، މިރުސް އީސާފުޅުގެ ދޮންތުއްތު އަދި ގުއިކަރު އާދަމްފުޅު، ދެވަނަ ބައި، ހަކުރާގޭ އޮމާއޮޅި މި ނަމުގާ؛ ފާމުދޭރިގޭ ތުއްތުދީދީ، މާމާގެ އިދުރީސް ތައްހާނު، ދަލޭކާފުޅު ދޮންތުއްތު، ވަޑިކޮއި ދޮންތުއްތު، ޅަކޮއި އާދަމް ތައްހާނު، ކާށިދޫ އިބްރާހީމް ތައްހާނު، ބަބުރުކޮއި މޫސާފުޅު އަދި އުބުށެން ތައްހާނު، ތިންވަނަ ބައިގާ، ވެލާނާގޭ މުސްކުޅި އޮޅި، މިނަމުގާ: ފެންތަށި އާދަމް ކަލޭފާނު، މިރުސް ދޮންތުއްތު، ހޭނަ ޔަހުޔާ، ސިއްކަ އަލީ ދީދީ، ސިއްކަ މޫސާ ދީދީ، ފައްކާ މުހައްމަދު މަނިކު، ހޮޅިކޮށީ އެދުރު މަނިކު، ހިމިތީ ދޮށީކޮއި އަދި އޮޅިތެރި ދޮންތުއްތު، އަދި ހަތަރުވަނަ ބައި، ދޮށިމޭނާގެ މި ނަމުގާ: ހިތާދޫ ދޮން ތައްހާނު، މިރުސް އާދަމް ފުޅު، ސޯޅިޔާ ދޮންހުސެއިން، ބިލާލު އިސްމާއީލް ދީދީ، ހަނީފާ ދޮންކަލޭފާނު، ގާފަރު އަލީ، އަދި ބުޅި ހާޖީ، އަދި ފަސްވަނަބައިގާ(ބައިގެ ނަމެއްނެތް)، ކާފޯގޭ އިސްމާއީލް މަނިކު، ބަނޑިދޫ އުމަރު ތައްހާނު، ދައްޕަރު ތުއްތުދީދީ، ސީވަލު ކުޑަތުއްތު، ކަޅުފުތު އިސްމާއީލްފުޅު، ފިނދަނު އަލިފުޅު، ކުކުޅުކޮއި އަދި ކޮލިގޭ އީސާފުޅު، އެމީސްމީހުންގެ ނަން ޖަހާފާވާ ލިސްޓެއް. List of names of royal guards listed in five columns. The first Maafaige Aguranna'olhi- lists: 1. Muhhidheen Adamkaleyfaan 2. Kairu Dhandahilu Thahhaan 3. Huvarafushee Kaasain Thahhaan 4. Hadhunmatheegey Alimanku 5. Lhakalo 6. Muraidhoo Kaasin Thahhaan 7. Landhoo Moosaakoi 8. Mirus Thuthu 9. Mirus Moosa Kaleyfaanuge Dhonthuthu 10. Hikandhi Easaafulhu 11. Koyya Thahhaan 12. Mirus Easaafulhuge Dhonthuthu 13. Guikaru Adamfulhu. The second column “Hakuraagey Omaan'olhi” lists: 1. Faamudheyrigey Thuthu Dīdī 2. Maamaage Idhurees Thahhhaan 3. Kaashidhoo Ibrahim Thahhaan 5. Baburukoi Moosaafulhu 6. Ubushen Thahhaan. The third column “Velaanaage Muskulhi'olhi”: 1. Fenthashi Adamkaleyfaanu 2. Mirus Dhonthuthu 3. Heynaa Yahya 4. Sikka Ali Dīdī 5. Sikka Moosaa Dīdī 6. Fakka Muhammed Manik 7. Holhikoshee Edhuru Maniku 8. Himithee Dhosheekoi 9. Olhitheri Dhonthuthu. The fourth column “Dhoshimeynaage” lists: 1. Hithaadhoo Dhon Thahhaan 2. Mirus Adamfulhu 3. Soalhiyaa Dhon Hussein 4. Bilal Ismail Dīdī 5. Haneefaa Dhonkaleyfaanu 6. Gaafaru Ali 7. Bulhi Haajii. The fifth column is untitled- listing the names of: 1. Kaafoage Ismail Maniku 2. Banddidhoo Umaru Thahhaan 3. Dhapparu Thuthu Dīdī 4. Kalhufuthu Ismailfulhu 5. Finndhanu Alifulhu 5. Kukulhukoi 6. Koligey Easafulhu. (Size: 13.4" X 16.5") K.Male' - list (Royal Gaurds)
Republic of the Maldives1327ހ ރަބީލްއާހިރު 22(1909މ މޭ 13)ގާ،(އެކަމަކު މައިގަނޑުގާ ލިޔެފާވަނީ، 1325ހ ސަފަރު 28(1907މ އޭޕްރިލް 12)ގާ ކަމުގާ) އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 5ވަނަ އަހަރު، އެރަދުން، މާލޭގެ (މއ.)މާންދޫގޭ ދެކުނުން، ކޮލިހިނގާމަގާ(މަޖީދީމަގު)އިންވެގެން ހުރި، ކަލާފާނު މިސްކިތް ބާވެ ވީރާނާވެފާވާތީ، އެމިސްކިތް އާކުރެވޭނެ ގޮތެއް ބެއްލެވުމުގާ، އެ މިސްކިތުގެ ހަވާލުވެރިން، އެކަން ކުރެވެންނެތް ކަމުގަ ބުނުމުން، އެ ރަދުން އެ މިސްކިތް އާކުރަށްވާ، އިހުއްސުރެ އެމިސްކިތުގެ ބޯގަކަމުގާ ލަށްވާފާވާ ކަމުގާ އެނގެންހުރި، ހުވަދޫއަތޮޅު(ގދ.) ހަވައްޑޭ(ހަވޮށްޑާ)އޭ ކިޔާ ރަށު ގޮއިފާލަށްބައާއި، ހައްދުންމަތީ(ލ.) އިސްދޫ، އިސްދޫގަޑު ކިޔާ ތަނުގާ އޮތް، ވަށަމިނުގާ 260ބަމަ ހުރި، އަންހެނުން ބޮނބިތަޅާ ރުއްގަނޑޭ ކިޔާ ހިންނައާއި، އިސްދޫގާ، ކަލައިދޫއޭ ކިޔާ ތާގާ އޮތް، ވަށަމިނުގާ 158ބަމަ ހުރި، ސަންބަޔާޕަ ކިޔާ ހިންނަޔާ، ވަށަމިނުގާ 246ބަމަ ހުރި، ކުކުޅުދޫ ކިއާ ހިންނައާއި، މާލޭ، ފަނޑިޔާރުގެ އޮތް ހިންނައިގެ، ވަށަމިނުގާ 175ބަމަ ހުރި، ރުއްގަހު ފާލަށްބައާއި، އަތިރީފަނޑިޔާރުގެ އޮތް ހިންނައިގެ، ވަށަމިނުގާ 143ބަމަ ހުރި، ރުއްގަހު ފާލައްބައާއި، ދޮށިމޭނާ ގަނޑުވަރު ކިޔާ ތަނުގާ އޮތް، ވަށަމިނުގާ 94ބަމަ ހުރި، ރުއްގަހު ފާލައްބައާއި، ކަލާފާނު މިސްކިތުގާ އޮތް، ވަށަމިނުގާ 202ބަމަ ހުރި، ރުއްގަހު ފާލައްބަ، އެއީ އެމިސްކިތުގެ އާ ބޯގަ ކަމުގާ ނިންމަވާ، އެމިސްކިތުގެ ހަވާލުވެރިކަން، މާލޭ ހުކުރު މިސްކިތުގެ 8 ދޮށުންނަށް ލަށްވާ، އަދި އެ މިސްކިތް މަރާމާތު ކޮށްފި ކޮންމެ މުސްލިމަކަށް ހެވާ ދަރުމަ ލިބޭނެކަމާ، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން(ސަލާހުއްދީނު) ލިޔެފާވާ ފަތެއް. Size: 18.9" X 12" K.Male' - Kalaafaanu Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1070ހ ޝައުބާން 9(1660މ އޭޕްރިލް 19)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1(ތާރީހަށް ބަލާފާ)، މާފިލާފުށީ ހަތީބު އުމަރު (ފަތުގާ އޮތީ 'ކިމަރު')އަށް، މާފިލާފުށީ މުހައްމަދު ފާށަނާކިލެގެ ސިއްތި ބޮޑުކަމަނާއިން ލިބުނު ދަރި، ދުނިޔެހުންނެވި އޮނަހަތްތެރި(69)އަހަރުގެ ތެރެއިން 63 އަހަރު ރަނިކަން ކުރަށްވާފާވާ، ކަނބާ އައިސަ ކިލެގި އަވަހާރަވުމުން، އޭނާގެ ދަރިކަލުން، އިސްކަންދަރު ރަދުން، ހުކުރު މިސްކިތުގާ ހެއްދެވި ޒިޔާރަތުގާ(ކަނބާ އައިސަ ޒިޔާރަތް)ވަޅުލެވިފާވާ ކަމާއި، އަދި މި ޒިޔާރަތުގާ، އެއްމަސް ދުވަހު ކިޔަވާ، ހައިރާތު ދެއްވާ، ހުރިހާ ރައްޔިތުންނަށް މާކެއުން ދެއްވި ކަމާއި، އަދި އެކަންކަން ކުރަން 5 މީހުން އައްޔަން ކުރަށްވާ، މީގެ ތެރެއިން އެކަކު ބަންގީގޮވަން އިސްކުރަށްވާ، އެ ޒިޔާރަތުގެ ފަންގިއަށް، ކ.ހިންމަފުށީން ސަތޭކަ ރުށް ލަށްވާ، އަދި ކޮޅުމަޑުލުގާ އޮތް ކަނބާ އައިސަގެ އަމިއްލަ ރަށް ކަމުގާވާ، ދޫރިހާފުށި އާއި ފުޅައުރިހާ ކިއާ ފުށްޓާއި، މި ދެ ރަށް، އެ ޒިޔާރަތުގެ ބޯގަޔަށް ލަށްވާ، މި ތަންތަނުން، އެ ރާނީ އަށާ، އޭނާގެ ދަރިން، އިސްކަންދަރު ރަދުންނާއި، ވަޒީރު ހަސަން ފާށަނާކިލެގެ އަށް، ކޮންމެ ދުވަހަކު ޔާސީން ސޫރަތް ކިޔަވާ، ކޮންމެ އަހަރަކު އަންނަ 'ހޮބަފަސްދާ'؟އަކު، ފަރިވަޅުކަށްކާ ފާތިހާ ކިޔަވާ، އެކަންކަން ކުރުމަށް އަމުރުކުރެއްވި ކަމުގެ ހަނދާނަށް، މާލޭ ހުކުރު މިސްކިތުގެ އުތުރަގާ އޮތް ކަނބާ އައިސަ ޒިޔާރަތުގެ ތަނބެއްގާ، ދިވެސްއަކުރުން ލިޔެފާވާ ލިޔުމެއްގެ، ހުސެއިން ފަހުމީ ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. އަދި މި ކަރުދާހުގާ އެވާ ތަރުޖަމާގެ ތިރީގާ: (ތާރީހެއް ނެތް) މަތީގާ ބުނެވިފާވާ ލިއުމުގާ އޮތް އެއްޗެއް މާނަކޮށް، ހުސެއިން ފަހުމީ ދީދީގެ ސޮއި ކޮށްފާވާ ލިޔުމެއް. Size; 10.3" X 8.2" K.Male' - Kan'baa Aisa Shrine- Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'ހެންވޭރު ބޮޑުކާށިމިސްކިތުގެ ވަގުފް ފަތް' މިހެން ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size: 31.5" X 11.6" K.Male' - Bodukaashi Miskiiy (Mosque)
Republic of the Maldives1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ބަބުރު ފަޑިއްތަކުރުފާނުގެ ދަރި އައިޝާފާނުން ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން، ދޮންރިނބުދޫ ހަސަން ތަކުރުގެ ދަރި އައިޝާފަނުގެ ދަރިކޮޅަށް ދީފާވާކަމަށް، 1338ހ ޖުމާދިލްއައްވަލް 28(1920މ ފެބްރުވަރީ 19)ގާ، މޫސަލް މަހައްލީ ބަންޑާރަނައިބު ގެ ދަރި އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއްޔަތު މަޖިލީހުން، ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 4ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - Roashanee Hotel (10th Housing Plot) (Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives