1371ހ ރަބީލްއައްވަލް 21(1951މ ޑިސެންބަރު 20)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަންދުއެދުރުގެ ހުސެއިން މަނިކުއަށް މިލްކުވެފާވާ ކަމުގާ، 1355ހ ސަފަރު 10(1936މ މޭ 2)ގާ، އަލްގާޒީ އަފީފުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، ފަތްލިޔެދެއްވާފާވާ، ނަސީމީ ގޯޅިޔާ އިންވެގެން، ވައްބެރު ކޮށީގާ އޮތް ގޯތި، ދައުލަތަށް ބޭނުންވެ، ހ.ނޫމާގެޔާ އެގޯތި ބަދަލުކޮށް ލާޖެއްސުމަށް ދައުލަތުން އެދި، ހުސެއިން މަނިކުގެ ބެހެނިވެރިން އެކަން ގަބޫލު ކޮށް، އެދެގޯތި ބަދަލުކޮށް، ލާޖައްސާ، އެދެތަނުގެގެ އަކަމިނުން، އަމިއްލަ ގޯތީން އިތުރުވީ ބައިގެ ބަދަލަށް، މަހްކަމަތުލް ޝަރީޔާއިން އެތާގެ ބެހެނިވެރިންނަށް ބަށްސަވާ އެ މުއާމަލާތް ނިމިފާވާ ކަމާއި، އަދި، އެބެހެނިވެރިން، އެގޯތި، ހުސެއިން މަނިކުގެ ދަރި ތުއްތުމަނިކެއަށް ހިބައިން ދީ، އޭނާޔަށް އެގޯތި މިލްކުވެއްޖެ ކަމުގާ، އަލްގާޒި އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ނިޔާކުރެއްވާފާވާ ކަމުގާ، އެމަހްކަމާއިން 1371ހ ރަބީލްއައްވަލް 23(1951މ ޑިސެންބަރު 22)ގާ ދާހިލިއްޔާއަށް ފޮނުވާފާވާ ސިޓީއަކުން ސާބިތުވެ؛ ހ.ނޫމާގެ އަކީ، މަންދުއެދުރުގޭ ހުސެއިން މަނިކުގެ ދަރި ތުއްތުމަނިކެގެ މިލްކު ގޯއްޗެއް ކަމުގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 20 December 1951 regarding Henveiru Noomaage (Size: 8.85" X 6.7") K.Male' - H.Noomaage (Housing Plot) - Private Property- Housing plot (government)
Republic of the Maldives- 1331ހ ޒުލްގައިދު 21(1913މ އޮކްޓޯބަރު 22)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކުރިބީ މުހައްމަދު ތަކުރުފާނުގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި ރޯނުގޭ އަލީ ދީދީގެ ދަރި ސަންޕާ ދީދީގެ ފިރި ފޫޅުމާގެ އަލީ ދީދީ އާއި އަހުމަދު ކަލޭފާނުގެ ދަރި ރޯނުގޭ މޫސާ ދީދީގެ ދަރިން، އެމީހުންގެ ކާފަޔަށް މިލްކުވެގެންވާ، ހެންވޭރު އައިހާފާނުމަގާ އިންވެ ދެކުނުން އޮތް ގޯތި، އެތަކުރުފާނުގެ ދަރިކޮޅު މީހުންނަށް ބައްސަވާދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ، އެގޯތީގެ އިހު ފަތަކުން، ވަށާ 38ބަމަ ހުރި، އެގޯތީގެ މެދު ބައަކީ ކުރިނބީ މުހައްމަދު ތަކުރުފާނުއަށް މިލްކުވެފާވާ ތަނެއް ކަމުގާ ސާބިތުވެ، އެރަދުންގެ އެހެން ފަތަކުން، މުޅި އެ ގޯތި، އެ ތަކުރުފާނަށް މިލްކުވެފާވާކަން ސާބިތުވެ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު(ތާރީހު ނެތީމާ ކޮން މުހިއްބުއްދީނެއް ކަމެއް ނޭނގެ!!!) އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެ ތަކުރުފާނުގެ އަނބި، ހަތިފުށީ ދަލޭކާފުޅުގެ ހަލާލުބަޔަށް ވީ ބައާއި، އެތަކުރުފާނުގެ ދަރި، އައިޝަތު ފުޅުއަށްވީ ބައާއި، އެތަކުރުގެ ދަލޭކާފުޅުގެ ދަރިން ކުރެ، ހީނާޑި ކަލޭފާނުގެ ދަރިންނަށް ވީ ބައާ، ރޯނުގޭ އަލީ ދީދީ ގަނެ މިލްކުކުރެއްވި ކަމުގާ ސާބިތުވެ، އެގޯތީގެ މިން އަޅުއްވާ، އެތަނުން މަދުވެފާވާ ވަރަށް، އެގޯތީގެ އިރުމަތިން ނާއި ދެކުނުން ތަން ނަގާ، ހަމަކޮށް، ކުރިނބީ މުހައްމަދު ތަކުރުފާނުގެ ތަރިކަވެރިންގެ މެދުގާ އެތަން ބެހުމުން، އޭނާގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި ރޯނުގޭ އަލީ ދީދީގެ ދަރި ސަންޕާ ދީދީއަށް ވަނީ، އޭނާގެ ބައްޕަ އަލީ ދީދީގެ ބައިން އޭނާއަށް ލިބުނު ބަޔާ، އެތަނުން އަލިފުޅުކޮއިގެ މޫސާ ކަލޭފާނަށް މިލްކުވެ، އޭނާއަށް ހިބައިން ދިން ބަޔާ، އޭނާގެ މަންމަގެ ހަލާލުބައިން، އިބްރާހީމް ދީދީއަށްވީ ބައިން، އެދީދީގެ ދަރި ފާތުމަތު ދީދީއަށް ލިބި، އޭނައަށް ހިބައިން ދިން ބަޔާ، އެ އިބްރާހީމް ދީދީގެ އަނބި ދޮންދީދީގެ ތިންމައިން، އޭނާއަށް ވިއްކި ބަޔާ، ކުރެންދޫގެ އިސްމާއީލް މަނިކު އޭނާއަށް ވިއްކި ބަޔާ، ގޯތީގެ ބާރަބައިންބަޔަށް ނެގުނު ބައިން އޭނާ ގަތް ބަޔާ، އަލީ ދީދީގެ އައިމިނަތު ދީދީގެ ބައިން އޭނާއަށް ވާރުތަ ވީ ބަޔާ، އެކު، އެގޯތީގެ އެންމެ ހުޅަނގުން އުތުރު ބިތު 31ރިޔަން 3އަނގޫ، ދެކުނުބިތު 32ރިޔަން 1އަނގޫ ކަމާއި، އެތަނާޖެހިގެން އިރުން އޮތް، އުތުރު ބިތު 5ރިޔަން 1އަނގޫ، ދެކުނު ބިތު 5ރިޔަން 2އަނގޫ ބޮޑު މިނުގެ ބައި އެއީ، ރޯނުގޭ އަލީ ދީދީގެ އައިމިނަތު ދީދީގެ ފިރި، ހަލީމާ ސޮރު ގޮއްޔެގެ ދޮންތުއްތުގެ ބައި ކަމާއި، އެބައިގެ އިރުން އޮތް، ރޯނުގޭ މޫސާ ދީދީއަށް ވާރުތަވީ ބަޔާ، ރޯނުގޭ އަލީ ދީދީގެ ބައިން އޭނަގެ ދަރިންނަށް ވާރުތަވީ ބަޔާ، ބާރަބައިންބަޔަށް ނެގުނުބައިން އޭނަގެ ދަރިން ގަތް ބަޔާ، އެކު އުތުރުބިތު 13ރިޔަން 19އަނގޫ، ދެކުނު ބިތު 13ރިޔަން 22އަނގޫ، އެއީ، ރޯނުގޭ މޫސާދީދީގެ ދަރިންނަށް މިލްކުވެފާވާ ކަމުގާ، މޫސާ މަހައްލީ ގެދަރި އަބްދުއްލާ ލިޔެދީފާވާ ފަތުގެ ނަކަލެއް. 2. 1348ހ ޒުލްހައްޖު 5(1930މ މޭ 4)ގާ، ހ.ރޯނުގެ ގޯތިން، ހަލީމަތު ސޮރު ގޮއްޔެގެ ދޮންތުއްތު އަށް ވީ ބައި، އޭނާގެ ދަރިން، ކަޅު ތުއްތު އާއި ކުޑަ ތުއްތު، ރޯނުގޭ ސަންޕާ ދީދީއަށް -/10ރުފިޔާ އަށް ވިއްކާ، އަގު ހިފާ ހަލާސް ކޮށް، އެބައި ސަންޕާ ދީދީ ގެ މިލްކަކަށް ވީކަމުގާ؛ ޝަރީޔަތުގެ މަޖިލީހުން ދެއްވި ލިޔުމެއްގެ ނަކަލެއް. 3. 1351ހ ސަފަރު 8(1932މ ޖޫނު 13)ގާ، ފަނޑިޔާރުގޭ މަޖިލީސްއިން، ހ.ރޯނުގެ ގޯތިން، އެގޭ ސަންޕާ ދީދީ އަށް މިލްކުވެ އޮތް ތަނުން، އެންމެ އިރުމަތިން، އޭނާގެ ދަރި ތުއްތު ދީދީގެ، ހޮޅިގޭ ދޮންމަނިކެއަށް، އުފަންވީ ދެ އަންހެން ދަރިންނަށާއި، ފިރިހެން ދަރިޔަކަށާއި، ތިން މީހުންނަށް ލިބުނު، އުތުރާއި، ދެކުނާއި ދެ ބިތުން ކޮންމެ ބިތެއްގާ 12 ރިޔަން ހުރި ބައި ނޫން، އެހެން ހުރިހާ ތަނެއް، އެ ސަންޕާ ދީދީގެ ފިރި ފޫޅުމާގޭ އަލީ ދީދީއަށް މިލްކުވެއްޖެ ކަމުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. 4. 1368ހ ރަބީލްއާހިރު 19(1949މ ފެބްރުވަރީ 17)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ހ.ރޯނުގޭ ގޯތިން ފޫޅުމާގޭ އަލީ ދީދީއަށް ވާހާ ތަނަކާއި، އެތާގާ ހުރި ގެޔާ،-/1500ރުފިޔާ އަށް، ކަނޑިގޭ ދޮންމަނިކުއަށް ވިއްކާ، އަދި، އެ ގޯތިން ރޯނުގޭ ތުއްތު ދީދީގެ، ހޮޅިގޭ ދޮންމަނިކެޔަށް އުފަންވީ 3 ކުދިންނަށް ލިބިފާވާ ތަން(3.ބަލާ)ވެސް، ކަނޑިގޭ ދޮންމަނިކު އަށް، -/160ރުފިޔާއަށް ވިއްކާ، މި ދެ ބައިގެ އަގުދީ ހަލާސްކޮށް، މުޅި އެ ގޯއްޗާއި، އެ ގޯތީގާ ހުރި ގެ، ކަނޑިގޭ ދޮންމަނިކުއަށް މިލުކުވީ ކަން ބަޔާންކޮށް؛ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. 5. 1370ހ ޒުލްހައްޖު 19(1951މ ސެޕްޓެންބަރު 21)ގާ، (ލިޔުނު ވަކިފަރާތެއް ނެތް)، 'މިފަތުގައި ނަންގަނެވިގެންވާ ގޯތްޗާއި ގެ ދައުލަތުއަށް މިލްކްވެއްޖެއެވެ.' މިހެން ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. 6. 1371ހ މުހައްރަމް 28(1951މ އޮކްޓޯބަރު 29)ގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީޔަތު މަޖިލީހުން، 1370ހ ޒުލްހައްޖު 19(1951މ ސެޕްޓެންބަރު 21)ގާ، ދައުލަތަށް މިލްކުވެފާ(5.ބަލާ)ވަނިކޮށް، 1371ހ މުހައްރަމް 27(1951މ އޮކްޓޯބަރު 28)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަހްކަމަތުލް ޝަރީޔާއަށް ފޮނުވި ސިޓީ އަކުން، ދައުލަތަށް އެގޯތި ގަތް އަގު ކަމުގާވާ -/1700ރުފިޔާ، ކަނޑި ދޮންމަނިކު ދައުލަތަށް ދެއްކުމުން، ކުރީގާ އޮތް ފަދައިން، އެގޯތި ކަނޑި ދޮންމަނިކުއަށް މިލްކުވެއްޖެ ކަމުގާ ބަޔާންކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 22 October 1913 regarding the transfer of ownership under inheritance of the lands in Henveiru Roanuge Goathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Roanuge Goathi (Housing Plot) - Private Property
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ހެންވޭރު ވެލާނާގޭ ތެރޭގާ އޮތް، އަލިމަތާ އުރަންނާ ކަލޯގެ ދަރި ފަސްމަންދޫ ކޮލި މުހައްމަދު ކަލޯގެ ދަރި މަރިޔާބީ، ބަނޑޭރި މުހައްމަދު ކަލޭގެ ދަރި ހުސެއިން މަފުތުގެ މައްޗަށް ވަގުފްކޮށް، އެފުތާއި، އޭނާ ނެތުމުން އޭނަގެ ދަރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، 1047ހ މުހައްރަމް 17(1637މ ޖޫނު 11)ގާ، މުހައްމަދު ޝަމްސުއްދީނު އުއްތަމަ ފަނޑިޔާރު، ފަތް ލިޔެދެއްވާފާވާ، އަދި އެޔަށްފަހު، ބަޑޮހު މުދިން ދޮންފާތުމާފާނުގެ ދަރިން އެދިގެން، އަލްގާޒީ މޫސާ ނަޖްމުއްދީނު، 1207ހ ޒުލްގައިދު(1793މ ޖޫނު)ގާ، އެފަތް އާކޮށްދެއްވާފާވާ ގޯތި، ބަޑޮހު މުދިންކަލޭފާނުގެ، ބަޑޮހު ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - H.badohu Goathi (19 number Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the Maldives1374ހ ރަބީލްއައްވަލް 20(1954މ ނޮވެންބަރު 16)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އައްޔަފުޅު ކޮއިގެ މިލްކެއްކަމުގާ، އައްނައިބު ސަލާހުއްދީނު ފަތްލިޔެދެއްވާ، 1373ހ ސަފަރު 4(1953މ އޮކްޓޯބަރު 12)ގާ، އެފަތުގެ ނުފުށުގާވާ މަހްކަމަތުލް ޝަރީޔާގެ ލިއުމަކުން، އައްނަބީލް އިބްރާހީމް ހަސަން ދިދީއަށް މިލްކުވެފާވާ، ހެންވޭރު ހިތަށްފިނިވާމަގާއި އިންވެ އޮތް ކަރަންފޫ ގޯތި؛ އަދި 1208ހ(1794މ)ގާ، ބުރަކި ހާޖީގެ މިލްކެއްކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާ، 1368ހ ޖުމާދިލްއާހިރު 5(1949މ އޭޕްރިލް 4)ގާ، އިބްރާހީމް ހަސަން ދީދީއަށް ވިއްކާ އޭނާގެ މިލްކެއްކަމުގާ، މަހްކަމަތުލް ޝަރީޔާގެ ލިއުމަކުން ސާބިތުވާ، ހެންވޭރު މުޅަދޫގެއާ ގުރާތުންގެއާ އިންވެ އިރުންއޮތް، ބުރަކިގޯތި؛ އަދި، އަލްއަމީރު ހަސަން ފާށަނާކިލެގެފާނުގެ ދަރި ނޫމަރާގަނޑުވަރު ތުއްތުމަނިއްޕުޅުގެ މިލްކެއް ކަމުގާ، އައްނައިބު ސަލާހުއްދީނުގެ ޝަރީޔަތު މަޖިލީހުން ފަތްލިޔެދެއްވާ، އެ ތުއްތުމަނިއްޕުޅު، ފިހާރަކޮއިގޭ އާދަމްފުޅުއަށް ވިއްކާ، އިބްރާހީމް ހަސަން ދިދީ އޭނާ އަތުން ގަނެ، މިލްކުރެއްވިކަމުގާ، 1370ހ ރަބީލްއާހިރު 23(1951މ ޖަނަވަރީ 31)ގާ، އެގޯތީގެ ފަތުގެ ނުފުށުގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިއުމުން ސާބިތުވާ، ހިރުނދުގޯޅިއާ އިންވެގެން އޮތް ފިހާރަގޯތި؛ 1208ހ(1794މ)ގާ، ބަންޑާރަ އެދުރުގޭ ދޮންމަނިކުގެ ދަރީންގެ މިލްކެއްކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާ، 1317ހ ޖުމާދިލްއައްވަލް 15(1899މ ސެޕްޓެންބަރު 21)ގާ، އޭރުގެ އެގޯތީގެ މިލްކުވެރިޔާ، އަސޭގޭ ދޮށީމަނިކު، އަލްއަމީރު ހަސަން ފާމުލަދޭރިކިލެގެފާނުއަށް ވިއްކާ، އޭނާއަށް މިލްކުވެފާކަމުގާ، ނައިބު ތުއްތުގެ ފަނޑިޔާރު ގެއިން، އެގޯތީގެ ފަތުގެ ނުފުށުގާވާ ލިއުމަކުން ސާބިތުވެ، އެކިލެގެފާނު ނިޔާވުމުން، އޭނާގެ ބެހެނިވެރިން ކަމުގާވާ، އޭނަގެ ދަރިން، އިބްރާހީމް ހަސަން ދީދީ، މުހައްމަދު ހަސަން ދީދީ އަދި އަލްމަރްހޫމް އައިމިނަތު ދީދީގެ ފާތުމަތު ދީދީގެ މިލްކުވިކަމުގާ، 1374ހ ސަފަރު 11(1954މ އޮކްޓޯބަރު 8)ގާ މަހްކަމަތުލް ޝަރީޔާއިން ފޮނުއްވި، ހ-2/10ނަންބަރު ސިޓީން ސާބިތުވެ، ފާތުމަތު ދިދީއަށްވީ ބައި، އޭނާ، އިބްރާހީމް ދީދީ އާއި މުހައްމަދު ދީދީ އަށް ހިބައިން ދެއްވާ، މުހައްމަދު ދީދީއަށްވީ ބައި، އިބްރާހީމް ދީދީ އަށް ވިއްކަވާ، މުޅިގޯތި އިބްރާހީމް ހަސަން ދީދީ އަށް މިލްކުވެއްޖެކަމުގާ، 1374ހ ރަބީލްއައްވަލް 14(1954މ ނޮވެންބަރު 10)ގާ، މަހްކަމުތުލް ޝަރީޔާއިން ފޮނުވި، ހ-2/18ނަންބަރު ސިޓީން ސާބިތުވާ، މެދުޒިޔާރަތް މަގާ އިންވެގެން އޮތް، މަދްރަސާފެހި ކިޔާތަނުގާ އޮތް ގޯތި؛ އަދި އަބާ އީސާ ހާޖީގެ ދަރި އާދަމް ފުޅުގެ މިލްކެއްކަމުގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުގެ ޝަރީޔަތު މަޖިލީހުން ފަތްލިޔެ، އާދަމްފުޅު ނިޔާވުމުން އޭނާގެ ދަރި އިބްރާހީމް ރަޝީދުއަށް މިލްކުވީ ކަން، އެ ފަތުގެ ނުފުށުގާ، 1365ހ ރަޖަބް 5(1946މ ޖޫނު 5)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިއުމުން ސާބިތުވެ، ރަޝީދު ނިޔާވުމުން އޭނާގެ އެއްބަނޑު، އަބާ މޫސާފުޅުއަށް މިލްކުވެ، އޭނާ، އިބްރާހީމް ހަސަން ދީދީ އަށް ވިއްކާ، އިބްރާހީމް ހަސަން ދީދީއަށް އެގޯތި މިލްކުވީ ކަމުގާ، 1373ހ ޒުލްގައިދު 24(1954މ ޖުލައި 25)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމަކުން ސާބިތުވާ، މައްޗަންގޯޅި އަޅިވިލާގޯޅި އާއި އިންވެ އުތުރުން އޮތް، އަބާ މޫސާފުޅު ހުރި ގޯތި ކިޔާ ގޯތިއާއި، މި 5 ގޯތި؛ ހިތަށްފިނިވާމަގާ އިންވެ ދެކުނުން ހަދީބީމަގާ އިންވެ އިރުން އޮތް، ބަންޑާރަގޯއްޗާއި ބަދަލުކޮށް، ލާޖައްސާ، އެ 5ގޯތި ދައުލަތުއަށް މިލްކުވެ، އެހުރިހާ ގޯތިތަކުގެ ބޮޑުމިނުން އިތުރުވީ ބައި، ބުރުނީގޭ ދެކުނުގެއާ ލާޖައްސާ؛ އެ މުޅިގޯތި(ހ.ބުރުނީގެ އާއި އެގޭ ދެކުނުގެ) އައްނަބީލު އިބްރާހީމް ހަސަންދީދީ އަށް މިލްކުވެއްޖެ ކަމުގާ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެދީފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 16 November 1954 about the transfer of ownership of the land Henveiru Buruneege till the latest Owner. (Size: 10" X 7.35)K.Male' - H.Buruneege (with Dhekunuge) Housing Plot) - Private Property- Housing plot (government)
Republic of the Maldives1371ހ ރަމްލޯނު 27(1952މ ޖޫނު 20)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1339ހ ޖުމާދިލްއައްވަލް 21(1921މ ޖަނަވަރީ 31)ގާ، އާދަމް އަލް މަހްލީ ގެދަރި އައްނައިބު މޫސާ ތަކުރުފާނުގެ މިލްކެއްކަމުގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އޭގެފަހުން 1370ހ ޖުމާދިލްއައްވަލް 1(1951މ ފެބްރުވަރީ 8)ގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނުގެ ޝަރީޔަތު މަޖިލީހުން ލިޔެފާވާ ލިޔުމަކުން، އެތަކުރުފާނުގެ ދަރި އަބްދުލް ހަކީމްއަށް އެގޯތި މިލްކުވެ، އޭނާ ނިޔާވުމުން، އޭނާގެ ވާރިސުން، އެގޯތި، ހަސަން ރަނަހަމާންތި ކަލޭފާނަށް -/800ރުފިޔާ އަށް ވިއްކާ، އޭނާޔަށް މިލްކުވެފާވާ ކަމުގާ ސާބިތުވާ، މާފަންނު މިރިޔާސްމަގު ދެކުނުން އިންވެގެން އޮތް ދިރިމާގޯތި('ގިއުޅުގޯތި')؛ އަދި 1329ހ ޖުމާދިލްއާހިރު 11(1911މ ޖޫނު 9)ގާ، ރިނބުދޫ ދޮންއަލީ ކަލޭފާނުގެ ހުސެއިންފުޅުގެ ދަރި ރިނބުދޫ ދޮންމޫސާ ކަލޭފާނުގެ މިލްކެއްކަމުގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ ފަތްލިޔެދެއްވާފާވާ، އޭގެފަހުން، އެފަތުގެ ނުފުށުގާ، 1369ހ ޝައްވާލް 29(1950މ އޯގަސްޓް 15)ގާ، ދޮންމޫސާ ކަލޭފާނުގެ ދަރި ދޮންތުއްތުއަށްވީ ބައި، ހަސަން ރަނަހަމާންތި ކަލޭފާނަށް، -/250ރުފިޔާ އަށް ވިއްކާ، އޭނާއަށް މިލްކުވެފާވާ ކަމުގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާވާ، މައްޗަންގޯޅި ރަށްދެބައިމަގާ އިންވެ ހުޅަނގުން އޮތް ރިނބުދޫގެ ކިޔާ ގޯއްޗާއި އިންވެ ހުޅަނގުން އޮތް މަލިކުރުވާގޯތި؛ އަދި، 1329ހ ޖުމާދިލްއާހިރު 12(1911މ ޖޫނު 10)ގާ، ރިނބުދޫ ދޮންއަލީ ކަލޭގެ ދަރި ހައްވާފުޅުގެ ދަރި މާއްޑޫ މުދިންކަލޭފާނުގެ ދަރި ދޮންމަނިކުއަށް މިލްކުވެފާވާކަމުގާ، އަލްހަތީބު ހުސެއިން އާއި އައްނައިބު ހުސެއިން ބަންޑާރަނައިބު މަނިކުފާނުގެ ޝަރީއަތު މަޖިލީހުން ފަތްލިޔެދެއްވާފާވާ، އަދި ދޮންމަނިކު ނިޔާވެ، އެގޯތި، އޭނާގެ ދަރި ފާތުމަތު މަނިކެގެ ދަރިންނަށް މިލްކުވެ، އެމީހުން، އެގޯތި، -/350ރުފިޔާއަށް، ހަސަން ރަނަހަމާންތި ކަލޭފާނަށް ވިއްކާ، އޭނާޔަށް މިލްކުވެފާވާ ކަމުގާ، އެފަތުގެ ނުފުށުގާ، 1369ހ ރަމްލޯނު 5(1950މ ޖޫނު 21)ގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުން ލިޔެދެއްވާފާވާ ލިޔުމަކުން ސާބިތުވާ، އެ މަލިކުރުވާގޯއްޗާ އިންވެ އުތުރުން އޮތް ފަރުދާބަގީޗާ ގޯތި އާއި؛ މި 3 ގޯތީގެ ބޮޑުމިނަށް، ހެންވޭރު ކަރަންކާމަގާ އިންވެ ހުޅަނގުން ކަޅުހުރާމަގާ އިންވެ އުތުރުން އޮތް، ހެންވޭރު ކަރަންކާގޯތީގާވާ ބަންޑާރަ ބަޔާއި، ބަދަލުކޮށް ލާޖައްސާ، އެ 3 ގޯތީގެ ބޮޑުމިނުން އިތުރުވީ ތަނަށް، ދައުލަތުން އަގުދެއްވާފާވާ ކަމުގާ، މަހްކަމަތުލް ޝަރީޔާއިން ފޮނުވާފާވާ، ހ.2/84ނަންބަރު ސިޓީއިން ސާބިތުވެ، އަދި އެކަރަންކާގޯތީގެ އިރުދެކުނު ކަނުގާވާ، ގަޖަޑާ ހަސަންފުޅުގެ ދަރި އަލިމަނިކުއަށް މިލްކުވެފާވާ، އަދި އޭނާ ނިޔާވުމުން، އޭނާގެ ތަރިކަވެރިން، އަލްއަމީރު އަބްދުލް މަޖީދު ދީދީއަށް ވިއްކާ، އޭނާ، ހަސަން ރަނަހަމާންތި ކަލޭފާނަށް ހިބައިން ދެއްވާ، އެ ކަލޭފާނަށް އެތަން މިލްކުވެފާވާ ކަމުގާ 1351ހ ޖުމާދިލްއައްވަލް 13(1932މ ސެޕްޓެންބަރު 14)ގާ، އަލްގާޒި ހުސެއިން ސަލާހުއްދީނު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވާ ބަޔާއި އެކު، މުޅި ހެންވޭރު ކަރަންކާގޯތި(ހ.ކަރަންކާގެ) އެއީ، މާއެބޫދޫގޭ ދަހަރާގޭ ކުޑަކޮއްކޮ ގެދަރި ހަސަން ރަނަހަމާންތި ކެލޭފާނުގެ މިލްކެއް ކަމުގަޔާ، މ.ދިރިމާގޯތި، މއ.މަލިކުރުވާގޯތި އަދި މއ.ފަރުދާބަގީޗާގޯތި، އެއީ ދައުލަތުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަންތަނުގެ އިމާއި މިން ހިމަނާ، ލިޔެދީފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 20 June 1952 regarding the ownership of the land Henveiru Karankaage (Size: 10" X 7.37) K.Male' - H.Karankaage (Housing Plot) - Private Property- Housing plot (government)
Republic of the Maldivesމި ކަރުދާހުގާ 2 ބަޔެއް ވެއެ. • 1344ހ ޒުލްގައިދު 17(1926މ މޭ 29)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީސްއަށް، ތުރުކީ ހަސަން މުދިންކަލޭފާނުގެ ދަރި ދޮންކަމަނަގެ ފިރި، މިލަދޫ ހުސެއިން ހާޒިރުވެ ހުރެ، ހެންވޭރު ވައްބެރު މިސްކިތް އިރުން އޮތް މަގާ އިންވެ އިރުން ރަންހަދާ ގޯތި އާއި އިންވެ އުތުރުން އޮތް، އޭނާގެ ބަފާކަލޭގެގެ ގޯތީގެ ފަތް، ބަފާކަލޭގެ މަރުވުމަށްފަހު ނުފެނިފާ ވާތީވެ، އެ ގޯއްޗާއި، އެގޯތީގެ އިރުން އޮތް އަރޮޅިގޯތި ކިޔާ ގޯތިން ބިސް ކުޑަމަނިކުގެ އަތުން، އެހަސަން މުދިންކަލޭފާނުގެ ދަރި ދޮން ތުއްތު؟؟(ކަމަނަ؟؟)ގަނެފާވާ ތަނާއި، އެދެތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ މިލްކުވެރިކަން ސާބިތުކުރައްވާ، އެތާގެ މިން ހަމަކޮށް، އެއީ، ހަސަން މުދިންކަލޭފާނުގެ ދަރި ދޮން ތުއްތު؟؟(ކަމަނަ؟؟)ގެ މިލްކެއްކަމާ، އެތަނުގެ އިމާއި މިން ހިމަނާ، އަހުމަދު މަހައްލީ ގެދަރި ނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް. • 1352ހ ޝައުބާން 21(1933މ ޑިސެންބަރު 9)ގާ، މަތީގާ ބުނެވިފާވާ ގޯއްޗާއި، އެގޯތީގާ މިލަދޫ ހަސަން އަޅާފާވާ ގެޔާ އެކު، ތުރުކީ މުދިންކަލޭފަނުގެ ދަރި ދޮންކަމަނައާ އޭނާގެ ފިރި މިލަދޫ ހުސެއިން އާއި ދެމީހުން، -/200ރުފިޔާ އަށް، ތުރުކީ މުދިންކަލޭފަނުގެ ދަރި ހަސަން ފުޅުއަށް ވިއްކާ، އެގޯއްޗާއި އެތާގަހުރި ގެ އޭނާޔަށް މިލްކުވެއްޖެ ކަމުގާ މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the Onwership Confirmation report originally written on 29 May 1926 of the land Henveiru Kafuloagoathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Kafuloa Goathi (H.Kashimaa Goathi) (Housing Plot) - Private Property
Republic of the Maldives1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1262ހ(1846މ)ގާ، އަލްގާޒި މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން ލިޔެދެއްވާފާވާ ފަތަކުން، ހ.ކާނޭޝަންމާގެ ކިޔޭ ގޯއްޗަކީ، ފެންނުވަރާ އަލީ ތައްހާނުގެ މިލްކެއް ކަމާއި، އޭނާ ނިޔާވުމުން، އޭނާގެ ބެހެނިވެރިން އަތުން، ދޮންހުރާގޭ އަލްވަޒީރު އިބްރާހީމް ދަހަރާ ތަކުރުފާނު އެގޯތި ގަނެ މިލްކުކޮށް، އޭނާ ނިޔާވުމުން، އޭނަގެ ދަރިކޮޅުގެ، ދަނޑިކޮށީގޭ މީހުންނަށް ވީތަން، ގުރައިދޫ ކުޑަމޫސާ ކަލޭފާނު ގަނެ، ދެން އޮތް ބައިން، މާކަނާ ކުޑަތުއްތު ދީދީ އަށް ވީ ތަނާއި، އެގޯތީގެ އެހެނިހެން ބެހެނިވެރިންގެ އަތުން ކުޑަތުއްތު ދީދީ ގަނެފާވާ، ތަންތަންވެސް ގުރައިދޫ ކުޑަމޫސާ ކަލޭފާނުން ގަނެ، މުޅި އެގޯތި އޭނާޔަށް މިލްކުވެފާވާ ކަމާއި، އަދި އޭނާ ނިޔާވުމުން، އޭނާގެ ދަރިން، ކަމަނަ، އިބްރާހީމް ހަލީމް، މުހައްމަދު ހަލީމް އަދި އަހުމަދު ހަލީމް އަށް ވީ ބައިބައި، ކުޑަމޫސާ ކަލޭފާނުންގެ ދެންހުރި ދަރި، ތުއްތު ގަނެ، މުޅި އެގޯތި އޭނާއަށް މިލްކުވެ، ތުއްތު ނިޔާވުމުން އޭނާގެ ދަރި ދޮންތުއްތުއަށް އެ ގޯތީގެ 8/7ވެ، ތުއްތު އިނދެގެން އުޅުނު އައިޝާފުޅުއަށް ވީ 7/1، އޭނާ އެ ދޮންތުއްތު އަށް ދިން ކަމާއި، މިއެންމެ ކަންކަން، 1377ހ ޝައްވާލް 20(1958މ މޭ 10)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ދާހިލިއްޔާއަށް ފޮނުވާފާވާ 2/131ނަންބަރު ސިޓީއިން ސާބިތުވެ؛ މުޅި އެގޯތި އެއީ ގުރައިދޫ ކުޑަމޫސާ ކަލޭފާނުގެ ތުއްތުގެ ދޮންތުއްތުގެ މިލްކެއްކަމުގާ ބަޔާންކޮށް، ލިޔެފާވާ ފަތުގެ ނަކަލެއް. A copy of the report originally written on 26 November 1959 regarding the ownership of the land Henveiru Kaanashionmaage (Size: 10" X 7.35) K.Male' - H.Carnationmaage (Housing Plot) - Private Property
Republic of the Maldives1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން، ފެންފުށި މުދިން ކަލޭފާނުގެ ދަރި ހަސަން އެދުރު މަނިކު އަށް ލިޔެދެއްވާފާވާ ވަގުފް ފަތް ބާވެގެން، 1219 ޒުލްގައިދު 17(1805މ ފެބްރުވަރީ 17)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު، ކުޑަފަރީ މުދިން ތަކުރުފާނުގެ ދަރި މަރިޔަމްފާނު، ވަގުފްކޮށް އޭނާގެ ދަރި ހަސަން މުދިންނަށާއި އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ، ޅޮހީގެ އާއި ކުރެދިމާގެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - H.Kuredhimaage (6th Housing Plot)- Lhohige (6th Housing Plot) - Deed for housing plot (Th.Elaa) (Size: 10" X 7.5") Chief Justices - Al Ghaazee Moosa Najmuddin
Republic of the Maldives1304ހ ރަޖަބް 22(1887މ އޭޕްރިލް 16)ގާ؛ އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގާ، ފަނޑިޔާރު އައްޝައިހުލް އަލީ އަށްނަސްކީ އަލްގާހިރިއްޔާގެ ޝަރީއަތު މަޖިލީހުގާ، މަލިންގޭ ހަސަންދީދީ، ވާދޫ ދަންޑެހެލުގެ، ވަގުފް ގޯތި، ވެޔޮދޮށު ގޯތިން ވަށްބެރުގޭ އެންމެންނަށް ވީބަޔާއި، ހައްދުންމަތީ ހަސަން މަނިކުގެ ދަރިއަށްވީ ބަޔާއި، ހުރާ އިސްމާއީލްފުޅުގެ ދަރިންނަށް ވީބަޔާއި، އައްޔަފުޅު ދޮންކޮއްކޮގެ ދަރިޔަށް ވީބަޔާއި؛ މިހުރިހާތަނެއް، އޭނާ -/111 ރުފިޔާއަށް ގަނެ، އެތަނުގެ ހަވާލުވެރިކަން އޭނައަށް ލިބިއްޖެކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ފަނޑިޔާރު، ލިޔެފާވާ ފަތެއް. Size: 10.2" X 5.8 " K.Male' - Part of H.Veyodhoshu goathi (housing plot) - Deed for housing plot
Republic of the Maldives1308ހ ރަބީއުލްއަށްވަލް 21(1890މ ނޮވެންބަރު 4)ގާ؛ އަބްދުލް ގާދިރު އައްނަސްކީ އަލްގާހިރިއްޔާ އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ދަރި އަލްގާޒީ އަލީ ހުޝާމުއްދީނުގެ މަޖީލުހުގާ، ހެންވޭރު ކޮލިހިނގާ މަގުގެ ދެކުނުން އަތިރީ ހަކުރާގެއާ އިންވެ އިރުން އަތިރީގެގެ ހުޅަނގުން އޮތް، ހުކުރުމިސްކިތު މަލިންމަނިކުފާނުގެ ދަރި އަލްވަޒީރު ހަސަން ޝާހު ބަންދަރު ވެލަވަޅުނާ(ވެލާނާ) މަނިކުފާނު، ވާދޫ ދަންޑެހެލުގެ، ވެޔޮދޮށު ގޯތި، އެ ދަންޑެހެލުގެ ދަރިން ކުރެން، ވަށްޓާލާ އިބްރާހީމް ކަލޭފާނު އިނދެގެން އުޅުނު ކެޔޮޅު ހުސެއިން ކަލޭފާނުގެ އަންހެންދަރިޔަށް ވީބައި ނޫން، އެހެން ހުރިހާ ބައެއް، އެބައިބައިގެ ބެހެނިވެރިން، އޭނާޔަށް -/211ރުފިއާއަށް ވިއްކާފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެއީ ވަގުފް ގޯއްޗެއް ކަމާއި އަދި އެ ފައިސާ ދީ ހަލާސްކޮށްފިކަމުގާ ސާބިތުވި ނަމަވެސް، އެވިޔަފާރި ސައްހަ ނޫންކަމުގަޔާ، އަދި އެފައިސާ އަނބުރާ އެމަނިކުފާނަށް ދިނުމަށް އަންގަވާ، އަދި އެފައިސާ ދެއްކެންދެން އެތަނުގެ ހަވާލުވެރިއަކީ، ވެލާވަޅުނާ މަނިކުފާނުކަމުގާ ނިޔާކުރެއްވުމުން؛ އެތަނުގެ އިމާއި މިން ހިމަނާ، ހަސަންލް މުލައްގަބް މާރާދަލް މުލަކީ ގެދަރި އައްނައިބު އަލްކަބީރު މުހައްމަދު ލިޔެފާވާ ފަތެއް. (Size: 11.7" X 8.6") Chief Justices - Al Ghaazee Ali Husamuddin K.Male' - Part of H.Veyodhoshu goathi (housing plot) - Deed for housing plot
Republic of the Maldives