Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F0-126 · Item · 1946
Part of Manuscript

1115ހ ރަމްލޯނު 11(1704މ ޖަނަވަރީ 18)ގާ؛ 'ކޮލިނަންފުޅަކަށް މުޒްހިރުއްދީނު ކިޔުނު، އިބްރާހީމް އިސްކަންދަރު(ޝާހު ބަންދަރު)ރަދުން، ބޮޑު އިސްކަންދަރު ރަދުން'، ބިނާކުރެއްވި މިސްކިތް ހުރީ ގިބްލައަށްނޫންކަމުގާ ގަބޫލުކުރެވި، އެކަން ބަށްލަވާ، އެއީ ނުރަނގަޅު މިސްރާބެއް ކަމުގެ ދަލީލު ހޯއްދަވާ، ދީނުގެ ދަންނަބޭކަލުންނާއި، ނިޔަމިންނާއި، މަޝްވަރާކޮށް، އެމީހުންނަށްވެސް އެކަން އެގޮތަށް ފެނުމުން، އެމިސްކިތް ކައިރީގާ، ގިބްލަޔަށް ބިންގާއަޅާ، އެމިސްކިތާ އެއްގޮތަށް(އޭރު އެހުރި ގޮތަށް)މިސްކިތް އިމާރާތްކޮށް ނިންމަވާ، ކުރީގެ މިސްކިތާ، އަދިވެސް އެހެނިހެން މިސްކިތާ އެއްގޮތަށް އެމިސްކިތުގެ ކަންތައް ރާވާ، ދާއިމީ ގޮތެއްގާ އެކަން ބެލެހެއްޓޭނެ ގޮތް ހަމަޖަށްސަވަން ނިންމަވާ، އެމިސްކިތަށް ހައިރާތެއް ކުރަން ބޭނުންވާ މީހުންނަށް ކިޔޭނޭގޮތަށް، އެމިސްކިތުގެ އިރުމަތީ ފާރު ބަލަން އެންގެވި ކަމާ، އަދި އެހާތަނަށް ކުރެވުނު ކަންތަކާ ރަދުން ހިތްހަމަޖެހި އުފާކޮށް، އެމިސްކިތުގެ ބޯގަޔަށް، ހދ.ކުރިނބީ، ށ.ކުޑަޅައިމެންދޫ، ރ.އުނގޫފާރު، ބ.ނިބިލިގާ، (ކ.ތ.ޅ.އދ؟؟؟)ދިއްފުށި، ކ.ހެލެނގެލި، އ.މިރިހި، ވ.ވަށުގިރި، ބުޅަވެލި، ދ.ބަނޑިދޫ، ނަބަދި؟ ހުރުއު؟(އދ.ހުރުއެޅި؟) އަދި (ގއ/ގދ)މާރެހާ އާއި އެހުރިހާ ތަނެއް، ލަށްވާ، ކުރީގެ މިސްކިތުގެ ހާދިމުންނަށް މިމިސްކިތްވެސް ހަވާލުކުރަށްވާ، އިހުމިސްކިތާ އެއްފަދައިން، ފުރާޅުލުމާ، ރާއްޖޭގާ ހާނާހާ ތެލެއްގެ ތެރެއިން ކޮންމެ މަހަކު 6އަޑުބާތެލާއި(ވޮށްދިއްލަން)، ކޮންމެހުކުރު ވިއްލޭރެޔަކު ފަގީރުންނަށް ހަނޑޫ ނާޅިޔެއް ދޭން ކަނޑައެޅުއްވި ކަމާ، އަދި ބަޔާންވެ ދިޔަ ގޮތަށް ދުނިޔެ ދެމިއޮތްހާ ދުވަހަކަށް ދިގުދެމެންޖެހޭނެ ކަމާއި، ޝަރުތުތައް އަބަދަށް ފުރިހަމަކުރަންޖެހޭނެ ކަމާއި، މިވަގުފަކީ، ނުވިއްކޭނެ، ހިބައިން އަދި ސޮދަގާތަކަށްވެސް ނުދެވޭނެ އަދި އެއްވެސް މީހަކަށް މިލްކު ނުކުރެވޭނެ ކަމާއި، އެކަންކަން ނިގުޅައިގަތް މީހަކަށް އޭގެ އަޒާބު ލިބޭނޭ ކަމުގާ؛ އަލްގާޒީ އަބްދުލް ހަކީމް ބުނު މުހައްމަދު، އަރަބިން ލިޔެފާވާ ފަތުގެ(R-28)ގެ، 1325ހ ޖުމާދިލްއާހިރު 10(1907މ ޖުލައި 21)ގާ ކޮށްފާވާ ނަކަލެއް. މިފަތުގެ މަތީގައި، ސުރުހީއަކަށް، ކިލެގެފާނު މިސްކިތުގެ ބޯގަފަތްކޮޅުގެ ނަކަލު'، މިހެން ޖަހަފާވެއެ. މިއީ F0-100ގެ، 1234ހ ޝައަވާލް 20(1819މ އޯގަސްޓް 12)ގާ، ކޮށްފާވާ ތާނަ ތަރުޖަމާގެ ނަކަލެއް ކަމުގާ ބެލެވޭ، އެހެންނަމަވެސް، ދެކަރުދާހުގާ ކޮންމެސްވަރަކަށް ތަފާތު އެބަހުރި. Size: 8.8" X 7.2" K.Male' -2 Dhanaaru of Hukuru Mosque - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-57 · Item · -
Part of Manuscript

(ތާރީހު އެގެންނެތް) އިސްކަންދަރު ރަސްގެފާނު، ރައްޔިތުންނަށް އައިނިއްޔަ ފަރުލުގެ އިލްމު ކިއަވާދިނުމަށް، ފިގުހުވެރިއެއް، އެދޮރޯއްޓަށް ލަށްވާ، އެއީ މަދަރުސާއެއް ކަމުގާ ހަށްދަވާ، އެފިގުހުވެރިޔާއަށް މުސާރައަކަށް އޮތް ތަކެއްޗަކީ، ވަށާ 50ބަމަ ހުންނަ ފަސް ހިންނަ، 200ބަމަ ހުންނަ ތިން ހިންނަ، 100ބަމަ ހުންނަ ތިން ހިންނައާއި، ދ.ދެބައިދޫ އާއި ފ/ދ.؟މާފުށިއާއި، ލެއްވިކަމުގާ، މާލޭ ހުކުރުމިސްކިތު ދެކުނު ދޮރާށީގެ އިރުމަތީ ބިތުގާ، އަރަބިން ލިޔެފާވާ ލިއުމުގެ، ތާނަ ތަރުޖަމާ. އަދި މަތީގާވާ ލިއުމުގެ ތިރީގާ: އެތަކެތި ހަވާލުކޮށްފާ ވަނީ ދޮށުންނަށް ކަމާ، އޭރު އެތަކެތި ދޮށުން އަތުގާ ވީނަމަ، އެއީ ބޮޑުބަނޑޭރިގެއަށް ހުންނަންވީ ތަކެތި ކަމުގާ، ތާނައިން ލިއެފާވެއެ.(މީ އެއަރަބި ލިއުމުގެ ބައެއް ކަމެއް އިނގޭކަށް ނެތެ) Statement of the wages and assets of a person appointed as a Fiqh scholar of Malé Hukuru Miskiyy (Size: 10.1" X 8.1") K.Male' - list (Trees)

Republic of the Maldives
MV NAM MV NAM 012-F0-92 · Item · 1793
Part of Manuscript

1208ހ ރަބީލުއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ގެންނަވާ؛ މާލޭގެ މުންކަރާތަކާ(ކުއްފާފަތައް)، މިސްކިތުގެ ބޯގަތަކާ، ބައިތުލްމާލާ، ރައްޔިތުންގެ މިލްކުތަކާ، އެފަދަ އެންމެހާ ކަންތައްތައް ބަލާ އިންސާފުކުރުމަށް އެންގެވުމުން، އެދުރު ފަސްމަންދޫ ހުސެއިން، އަލްވަޒީރު ހާޖީ މޫސާ މާފަތް، އަލްވަޒީރު މުހައްމަދު ބޮޑުގަލު ދަހަރަދަ، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި ކިނޮޅޮހު އަލީ މޭނާ، ބޭރު ބަނޑަހަލަ ބަނޑޭރި އަލީ ސައިފުއްލާ، މުހައްމަދު ރައްފަޑި، ތޮއްޑޫ އިބްރާހީމް އަދި ރަސްކެތީމު ހުސެއިން ކުޑަބަނޑޭރި ހިމަނާ ކޮމިޓީ އެއް އެކުލަވާލާ، އެ ކޮމިޓީން، އައްސުލްތާނު އަލްގާޒި އަލްހާޖީ އިބްރާހީމް އިސްކަންދަރު މަހާރަދުން، ހުކުރުމިސްކިތުގެ 8 ދޮށުންގެ ކަންތައްތައް ބެއްލިއިރު، އެ މިސްކިތުގެ ބޯގަ، ހިންނަހިންނަ އޮންނަންވީ ވަރަށްވުރެ ބޮޑުކަމަށް ސާބިތުވުމުން، އެތަންތަން މިން ހަމަކުރުމުން، އެމިސްކިތުގެ ދޮށުން، އޭގެ އިތުރުން އެއްޗެއް ދެއްވުމަށް އެދުމުން؛ ހެންވޭރު ހިހޫވާ ނިކަގަސްދަށު ދެކުނަށް އޮތް، ލޮނުޒިޔާރަތް ހިންނަ އާއި އެހިންނައިގެ އުތުރަށް ހުރި މާމިސްކިތު ހިންނަ އާއި ދެމެދުގާ އޮތް 280ބަމަ ހުރި ބިމާ، ގާމަގު އިރުމަތިން 320ބަމައިގެ ބިމާ، ގަލޮޅު ބޮޑުމަގު ހުޅަނގުން އޮތް 138ބަމައިގެ ބިމާ، ރަށްދެބައިމަގު އިރުމަތިން 112ބަމައިގެ ބިމާ، ކެލާއެދުރު މަގު ހުޅަނގުން 374ބަމައިގެ ބިމާ، އީދުމިސްކިތަށް ހިނގާ މަގުގެ ދެކުނުން އޮތް، ވަށާ 270ބަމައިގެ ބިމާ، ކޮށްޓަށްހިނގާ މަގު ދެކުނުގާ އޮތް، ވަށާ 173ބަމައިގެ ބިން، ހުކުރުމިސްކިތަށް ލެއްވިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތި ކަލޯގެ ދަރި ހުސެއިން ލިޔެފާވާ ފަތެއް. Size; 22.81" X 17.3" K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-22 · Item · 1716
Part of Manuscript

1128ހ ޖުމާދިލްއާހިރު 6(1716މ މޭ 28)ގާ، އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، މާލޭ ހުކުރު މިސްކިތުގެ ދޮށުން(މިސްކިތް ބަލަހަށްޓާ މީހުން)، ދިގުފިނޮޅު ކިއަނީ، އެހުކުރުމިސްކިތަށް، އިސްކަންދަރު ރަސްގެފާނު ލަށްވާފާވާ ތިލަދުންމަތި ހުވަރަފުށިގެ އެއްބަޔަށް ކަމުގަޔާ، އެކަމަކު، އެއީ ވަކި ދެރަށޭ ކިޔާ، މަރުދުރު މަނިކު، އެތަން ހިފައިގެން އުޅޭތީވެ އެކަން ބަށްލަވާދެއްވުމަށް އެދުމުން، ތިލަދުންމަތީ މުސްކުޅިން އެ މަޖިލީހަށް ހާޒިރުކުރައްވާ، އެދެތަން ވަކިން އޮށްވާ ދެކުނު އެއްވެސް މީހެއް ނެތުމުން، އެ ދިގުފިނޮޅު ކިޔާ ތަނަކީ ހުވަރަފުށީގެ ބައެއް ކަމުގާ ނިޔާކޮށް، ލިޔެފާވާ ޝަރީއަތު ފަތެއް. Land deed (Size:8.8" X 4.5") Chief Justices - Al Ghaazee Hassan Thajuddin K.Male' - Hukuru Miskiiy (Mosque) - Order (Iisland)

Republic of the Maldives
MV NAM MV NAM 012-F0-66 · Item
Part of Manuscript

1208ހ މުހައްރަމް(1793މ އޯގަސްޓް)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރުގާ ދޮށުންގެ 8 މީހުން، މަހިބަދޫގާ، އަލްގާޒީ ހުސެއިން ވެލާނާކިލެގެފާނު ހުންނަވައިގެން ދެއްވި ފަތްކޮޅު ބާވެގެން، އާކޮށްދެއްވުމަށް އެދުމުން، މިފަތް ބަށްލަވާ، އެފަތަކީ، މާލޭ ހުކުރު މިސްކިތަށް ބޯގައެއް ނެތުމުން، އޭރުގާވެސް ދޮށުންގެ 8 މީހުން ދެންނެވި ދެންނެވުމުން، އޭރުގެ ވަޒީރުންނާއި، ބަނޑޭރިން ގެންނަވާ އެމިސްކިތަށް ލާނެ ބޯގައެއް ބެލުމަށް އެންގެވުމުން، އެމީހުން އެކަން ބަލާ، ފުރަބަންޑާރައިން އެކަމަށް ލާނެ އެއްޗެއް ނެތޭ ބުނުމުން، ވޭވަށުގެ ރަސްބޮލިން، 4ކޮށްޓޭ ބޮލި ހަތީބު(ކަތީބު)އަށް ނަގާފާ، ދެންހުރި ހުރިހާ އެއްޗެއް އެ މިސްކިތަށް ލެއްވިކަމަށާއި، އެއްވެސް މީހަކު، މި ވޭވަށުގެ ރަސްބޮލި އެނޫން އެހެން ގޮތަކަށް ބޭނުން ނުކުރުމަށް އަމުރުކޮށްފާވާ، އަލީ ވެލާނާގެ ދަރި މާބަނޑޭރި، ރަންނަބަނޑޭރިގެ ދަރި އަލީ ހަކުރާވެތި، ހަސަން ފާމުލަދޭރިގެ ދަރި އަލީ، ހަކުރަވެތީގެ ދަރި މުހައްމަދު އަދި މުހައްމަދުގެ ދަރި ހަސަން ރަނަހަމާދި؛ މިމީސްމީހުން ހެކިކޮށް ލިޔެދެއްވާފާވާ ފަތެއްކަމަށް ވުމާއެކު، ހަމަ އެގޮތަށް މިފަތް އާކޮށްދިނުމުގެ އަމުރަށް، އަލް ހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިއުމުން، ފަސްމަންދޫ އަލީ ހަކުރަވެތިގެ ދަރި ފުރަމާލޭ އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 17.2" X 11.7" K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Republic of the Maldives
MV NAM MV NAM 012-F0-53 · Item · -
Part of Manuscript

(ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'ހަކުރާގޭ، ވަރުހަގުން'، މިހެން ޖަހާ، ކޮންމެ އަވަށެއްގެ ވަރުހަނގުންގެ ނަން ވަކިވަކި ކޮލަމެއްގާ ޖަހާ، ހެންވޭރުގާ، އެއްގަމުގޭ އިބްރާހީމް ދީދީ، ދޮންމަނިކުގެ އިސްމާއީލް ދީދީ، ސިއްކަ އިސްމާއީލް ދީދީ، ނަލަ ހުސެއިން މަނިކު، ފުއްލާ އިބްރާހީމް ފުޅު، މާދޫގޭ އަހުމަދު ކަލޭފާނު، ސިއްކަ އަލިމަނިކުފާނު، މާދޫގޭ ދޮންތުއްތު، ބިލާލު އިސްމާއީލް ދީދީ، ބުޗާ މުހައްމަދު ފުޅު، ސިއްކަ ދޮންތުއްތު، ބުޗާ ދޮންތުއްތު، ހަސަން ތުއްތު، ޅަކޮއި ހާޖީ، ޅަރީތި އާދަމްފުޅު، އަނދުންގޭ ދޮންއަލިފުޅު، ފަހާގޭ އާދަމް ފުޅު، ބަބާގޭ ދޮންކޮއްކޮ، ހޮޅިކޮށީ ދޮންމަނިކު، އުމަރު ދޮންއަލީ، މާވަޑި އިބްރާހީމްގެ މުހައމަދު ފުޅު، ބުޗާ ކަޅުތުއްތުގެ ދޮންމަނިކު އަދި ރަންވިއްކާ އަލީ ކޮއި، އަދި މާފަންނުގާ، އެއްގަމުގޭ މުހައްމަދު ދީދީ، ބޮނޑިބަތްގޭ އިބްރާހީމް މަނިކު، ކާފޯގޭ އިސްމާއީލް މަނިކު، ފަށަވާޅުގޭ ކުޑަދޮންތުއްތު، ހަވައްޑޭ ތުއްތު ދީދީ، ކަނޑޫދޫގޭ ހާޖީ ކަލޭފާނު، ފުރަހަނީ މުހައްމަދު ހާޖީ ކަލޭފާނު، އެދުރުފުތު މުހައްމަދު މަނިކު، ކަނޑޫދޫ އަލީ ދީދީ، ކަރުކެހޭ ޅަކޮއި އަދި ކަނޑި ހުސެއިން މަނިކުގެ ދޮންމަނިކު، އަދި މައްޗަންގޯޅީގާ، ސޯޅިޔާ ދޮންހުސެއިން، ބާގަ މުހައްމަދުފުޅު، ކަބީލާ؟، އަދި ބާގަ މުހައްމަދުފުޅުގެ ދޮންތުއްތު، އަދި ގަލޮޅުގާ، މުލީގޭ ތުއްތުދީދީގެ އަބްދުއްލޯ ދީދީ، ސައިކުރާ ހަސަން ކަލޭފާނު، ކަތްދަކޮއި އިސްމާއީލްފުޅު، މުލަކު އަހުމަދުކަލޭފާނު، ސަތަރު ކުޑަތައްހާނު، ހަފޮޅު ދޮންކޮއި، ގިރާވަރު ޔޫސުފް އަދި ނާވައިދޫ އިބްރާހީމްގެ މުހައްމަދު، މިނަންތައް ޖަހާފާވާ ލިސްޓެއް. List of personal names (Size: 13.3" X 16.3") K.Male' - Hakuraage - List

Republic of the Maldives
MV NAM MV NAM 012-F0-14 · Item · 1869
Part of Manuscript

1285ހ ޝައްވާލް 29(1869މ ފެބްރުވަރީ 11(ގާ؛ އަލްގާޒީ އިބްރާހީމް މަޖުދުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ދުނބުރުގުދުގޭ ފާތުމާފުޅުގެ ދަރި އަލީ ކަލޭފާނު، އޭނާގެ މާމަ ތޮއްޑޫ ސަންޕާ ކަނބުލޯފާނު ގަތް، ހައިވަކަރު ދައިތަގެ ގޯތިން، އެ އަލީ ކަލޭފާނުގެ ބޮޑުބޭބެ މޫސާފުޅުގެ ދަރި ހަސަން ދުބުރިކޮއިއަށް ވީތަން، އޭނާ، 8ކޮށްޓޭ ބޮއްޔާއި 4މުޅި ހަނޑުލާ ގަނެފާ އޮށްވާ، ހަސަން ދުނބުރިކޮއި ނިޔާވުމުން، އޭނާގެ ދަރިންގެ މާމަ، އެތަން ހިފާށްޓާ، އަލީ ކަލޭފާނުއަށް ނުދީގެން އުޅޭ ކަމުގާ ދައުވާކޮށް، އެތަން އޭނާޔަށް ލިބިދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، ލޯފިނދު އަހައްމާ ތަކުރުފާނާއި، ބަނޑުއީސާ ތަކުރުފާނާއި އަދި ކަޅުއޮށްކޮޔާއި، މިތިންމީހުން، އެމުއާމަލާތް އެގޮތަށް ހިނގިކަމުގާ ހެކިބަސް ދީ، އަދި އެގޯތިން ސައްޔިދު ކަތްދާފާނަށް ވީތަނާ، އެ އަލީ ކަލޭފާނުގެ މަންމައަށް ވީތަން، އޭނާއަށް މިލްކުވެއޮތް ކަމުގާ އޮތް ފަތަކުން ސާބިތުވެ، އެގޯތިން(ހ.ގަރަބުގޯތި)، ކުޑަފަރީ މަލިން ތަކުރުފާނުނަށް އޮތްތަން ނޫން އެހެން ހުރިހާ ތަނެއް، ދުނބުރުގުދުގޭ އަލީކަލޭފާނުއަށް މިލްކުވެއްޖެ ކަމާއި، އޭނާގެ ދަރިކޮޅަށް އެތަން ވަގުފްކުރި ކަމުގާ ބަޔާންކޮށް އަލްގާޒީ އިބްރާހީމް މަޖުދުއްދީނު ލިޔެފާވާ ފަތެއް. (F0-15އާގުޅޭ) އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާވާ ގޯތީގެ ފަތް އަލުން ލިޔެފާވާ ކަމުގާ، ބުނެފާވާ ލިޔުމެއް. (Size:8.2" X 6.5") Chief Justices - Al Ghaazee Ibrahim Majduddin K.Male' - H.Garabu Goathi (Housing Plot) - Deed for housing plot

Republic of the Maldives
MV NAM MV NAM 012-F9-19 · Item · 1959
Part of Manuscript

1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1279ހ ސަފަރު 24(1862މ އޯގަސްޓް 20)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތުން(F0-147)، ދުނބުރި އަލީ ކަލޭފާނުގެ ގަރަބު ގޯއްޗޭ ކިޔާގޯޗަކީ، އަލީ ކަލޭފާނުގެ މާމަ، ތޮއްޑޫ ސަންޕާ ކަލޭފާނު، ހައިވަކަރު ދައިތަ އަތުން ގަނެ، އަދި އެތަނުގެ ބެހެނިވެރިން، މި އަލީ ކަލޭގެފާނަށް ބައިބައި ހިބައިންދީ، އަނެއް ބައިބައި، އޭނާ ގަނެ، މިލްކުވެ، ވަގުފްކޮށް، ހަވާލުވެރިކަން، އޭނާ އަށާއި، އޭނާގެ ދަރިކޮޅަށް ލަށްވާފާވާ ގޯއްޗެއް ކަމާ، އަދި 1282ހ ޖުމާދިލްއައްވަލް(1865މ އޮކްޓޯބްރު)ގާ، ހަމަ އެގާޒީގެ ޝަރީއްޔަތުގެ މަޖިލީހުން ލިޔެދިން ފަތަކުންނާއި، ދުނބުރި އަލީ ކަލޭގެފާނާއި ކުޑަފަރީ މަލިންތަކުރުގެ ދަރީންނާ، އެގޭގެ ބަޔެއް އެއީ، ކުޑަފަރީ ސަންޕާގެ ހިބައެއްކަން ސާބިތުކޮށް ފަތް(F0-15) ލިޔެ، އަދި 1285ހ ޝައްވާލް 29(1869މ ފެބްރުވަރީ 11)ގާ، އަލްގާޒީ މަޖުދުއްދީނު ލިޔެދެއްވާފާވާ ފަތުން، އަލީ ކަލޭގެފާނަކީ ދުނބުރިގުދުގޭ ފާތުމާފުޅުގެ ދަރިޔެއްކަމާއި، އަދި އެގޯތިން، ކުޑަފަރީ މަލިންތަކުރުފާނުގެ ދަރިކޮޅުގެ މިލްކު ނޫން ހުރިހާތަނަކީ، މިއަލީ ކަލޭފާނުއަށް މިލްކުވެ، އޭނާގެ ދަރިކޮޅަށް ވަގުފްކޮށްފާވާ ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - H. H.Garabu Goathi (26 number Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F0-147 · Item · 1862
Part of Manuscript

1279ހ ސަފަރު 24(1862މ އޯގަސްޓް 20)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުން؛ ދުނބުރި އަލީ ކަލޭފާނު، އޭނާގެ މާމާ، ދުނބުރިގުދު ދަލޭކާފާނުގެ މަންމަ ތޮއްޑޫ ސަންފާ ކަނބުލޭފާނުން، ހައިވަކަރު ދައިތަ އަތުން ގަނެ މިލްކުކޮށްފާވާ ގޯތިން، އޭނާގެ މަންމަ ފާތުމާފުޅަށް އޭނާގެ މާމަ ހިބައިން ދިން ބަޔާ، މާމަ މަރުވެގެން ގޯތި ބަހައި، އޭނާގެ މަންމަޔަށް ލިބި މަންމަ ފަރާތުން އޭނާޔަށް ލިބުނު ބަޔާ، އޭނާގެ ބޮޑުދައިތަ ސައީދު ކަތްދާފާނަށް ލިބުނު ބައި، އޭނާގެ ދަރީން އަތުން ގަނެ މިލްކުކޮށްފާވާ ތަނާ، އޭނާގެ ބޮޑުބޭބެ މޫސާފުޅަށް ލިބުނު ތަނުގެ 5/1، އެބޭބެގެ ދަރިން އަތުން ގަނެ މިލްކޮށްފާވާ ތަނާ، މި ހަތަރުބައި އެއީ އޭނާގެ މިލްކެއްކަމުގާ ދައުވާ ކުރުމުން، އެކަން ބަށްލަވާ، ސާބިތުވުމުން، އަލީ ކަލޭފާނު އޭނާގެ މުޅި އެގޯތި ވަގުފްކޮށް އެތާގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލަށްވާފި ކަމުގާ ބުނެ، އެއެންމެ ކަންކަމުގެ މައްޗަށް ފަތް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިންކަމުގާ ބުނެފާވާ ލިޔުމެއް. (Size: 13.25" X 9.55") Chief Justices - Al Ghaazee Mohamed Muhibbuddin K.Male' - H.Garan'bu Goathi (Housing Plot) - Deed for housing plot

Republic of the Maldives
MV NAM MV NAM 012-F0-6 · Item · 1818
Part of Manuscript

1233ހޝައްވާލް(1818މ އޯގަސްޓް)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރިއްޔަތު މަޖިލީހުގާ، ފީވަކު ހަސަން ތަކުރުގެ ދަރީންނާއި ގޮއިދޫ އުމަރު ތަކުރުފާނުގެ މީހުންނާއި، އެ ދެބައި މީހުންނަށް އޮތް، ހެންވޭރު ލޮނުޒިޔާރަތް ދޮށަށް އެރެންއޮތް މަގުގެ ކަނާތްފަރާތުގާ އޮތް، ތުނބުޅިކޮށި ކިޔާތަނުގެ ވަގުފްގެ ހަވާލުވެރިކަމުގެ މައްސަލ ހުށައެޅުމުން، އެކަން ބަށްލަވާ، އެވަގުފް، އުމަރު ތަކުރުފާނުގެ ހަވާލުގާ އޮށްވާ، ތުބުޅި ހަސަން ތަކުރުފާނުގެ ދަރިންނަށް ލެއްވިކަމާއި، އެދަރިން، އެތަނުގެ ހަވާލުވެރިކަން، ފައިނު ފަށަވާޅު އަހުމަދު ކަލޭފާނާއި ހަވާލުކުރި ކަމުގާ ނިޔާކުރުއްވުމުން، ނައިބު މުހައްމަދު ލިޔެފާވާ ފަތެއް. Letter written by Naibu Muḥammad to al-Ghāzī Ibrahīm Sirāj Uthama Fandiyāru- in order to settle a dispute over land ownership of Themnbulhikoshi Goathi- which is located on the right side of the road leading to Henveyru Lonu Ziyaarat. The dispute arose between the children of Feevaku Ḥasan Thakuru and the relatives of Goidhuu Umar Thakurufānu. Upon investigation of the matter- it was found that ownership had passed from Umar Thakurufānu to the children of Thunbulhi Thaturufānu. (Size: 6.7" X 6.5) Chief Justices - Al Ghaazee Ibrahim Sirajuddin K.Male' - H.Thun'bulhi Koshi housing plot - Deed for housing plot

Republic of the Maldives