1285ހ ޝައްވާލް 29(1869މ ފެބްރުވަރީ 11(ގާ؛ އަލްގާޒީ އިބްރާހީމް މަޖުދުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ދުނބުރުގުދުގޭ ފާތުމާފުޅުގެ ދަރި އަލީ ކަލޭފާނު، އޭނާގެ މާމަ ތޮއްޑޫ ސަންޕާ ކަނބުލޯފާނު ގަތް، ހައިވަކަރު ދައިތަގެ ގޯތިން، އެ އަލީ ކަލޭފާނުގެ ބޮޑުބޭބެ މޫސާފުޅުގެ ދަރި ހަސަން ދުބުރިކޮއިއަށް ވީތަން، އޭނާ، 8ކޮށްޓޭ ބޮއްޔާއި 4މުޅި ހަނޑުލާ ގަނެފާ އޮށްވާ، ހަސަން ދުނބުރިކޮއި ނިޔާވުމުން، އޭނާގެ ދަރިންގެ މާމަ، އެތަން ހިފާށްޓާ، އަލީ ކަލޭފާނުއަށް ނުދީގެން އުޅޭ ކަމުގާ ދައުވާކޮށް، އެތަން އޭނާޔަށް ލިބިދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، ލޯފިނދު އަހައްމާ ތަކުރުފާނާއި، ބަނޑުއީސާ ތަކުރުފާނާއި އަދި ކަޅުއޮށްކޮޔާއި، މިތިންމީހުން، އެމުއާމަލާތް އެގޮތަށް ހިނގިކަމުގާ ހެކިބަސް ދީ، އަދި އެގޯތިން ސައްޔިދު ކަތްދާފާނަށް ވީތަނާ، އެ އަލީ ކަލޭފާނުގެ މަންމައަށް ވީތަން، އޭނާއަށް މިލްކުވެއޮތް ކަމުގާ އޮތް ފަތަކުން ސާބިތުވެ، އެގޯތިން(ހ.ގަރަބުގޯތި)، ކުޑަފަރީ މަލިން ތަކުރުފާނުނަށް އޮތްތަން ނޫން އެހެން ހުރިހާ ތަނެއް، ދުނބުރުގުދުގޭ އަލީކަލޭފާނުއަށް މިލްކުވެއްޖެ ކަމާއި، އޭނާގެ ދަރިކޮޅަށް އެތަން ވަގުފްކުރި ކަމުގާ ބަޔާންކޮށް އަލްގާޒީ އިބްރާހީމް މަޖުދުއްދީނު ލިޔެފާވާ ފަތެއް. (F0-15އާގުޅޭ) އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާވާ ގޯތީގެ ފަތް އަލުން ލިޔެފާވާ ކަމުގާ، ބުނެފާވާ ލިޔުމެއް. (Size:8.2" X 6.5") Chief Justices - Al Ghaazee Ibrahim Majduddin K.Male' - H.Garabu Goathi (Housing Plot) - Deed for housing plot
Sans titre(ތާރީހެއް ނެތް) ސިރީ ކުލަ ސަދައިރަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ބަވަނަ މަހާރަދުން(އައްސުލްތާނު ހަސަން ނޫރައްދީނު)ގެ ދަރުބާރުގާ، ހުވަދޫއަތޮޅު މާތޮޑާގެ މަހަމޫދު ކަތީބުގެ ދަރިން، އެރަށުގާ މިސްކިތެއް އިމާރާތްކުރެވޭނެ ގޮތް ހަށްދަވާދެއްވުމަށް، އެދުމުން، މާލޭ މިސްކިތުން ފަންސަހަ؟ ލާރީގެ ކުނަލާ، ބޮޑީ؟ 8 ލާރި އާއި، ގޮއިކަން ލިއުވުމުން، މޫނުން މިނޭ(ރަށްމެދު މާލޫދު ކިޔާއިރު މީހުން އެހީއަކަށް ދޭފައިސާ ނުވަތަ ތަކެތި)ތަނުން 4 ލާރި އާއި، އެރަށުގެ ގޮއިބަޔަށް ލިބޭ އެއްޗަކުން 8 ލާރިޔަށްވުރެ އިތުރުވާ އެއްޗަކާ، އެރަށުގެ 'ހަންކަންދަލިދާގަ'؟ ގޮނޑުދޮށު 'މޫނުންބާނު'(ރަށްމެދު މާލޫދު ކިޔާއިރު މީހުން އެހީއަކަށް ދޭފައިސާ ނުވަތަ ތަކެތި، ވެދުމަށް ނުވަތަ ހަދިޔާއަށް ގެންދާ ތަކެތި)އާއި، އެރަށުން މަހަށް ދިޔަ ކޮންމެ އޮޑިއެއްގެ ރަށު މަހާއި، އެރަށުގެ ދެކޮޅުގާ އޮތް ފަޅާއި، މަސްބަޔަކާއި، އެއެންމެހާ އެއްޗެއް އެ މިސްކިތް މައްޗަށް ލަށްވާ، ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-24)، ތާނަ ތަރުޖަމާއެއް. Size: 13.2" X 8.2" G.DH - Lhohi
Sans titre1071ހ(1661މ)ގާ، ސުވަސްތިސިރީ މަތަމަހާ ސިރީ ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުން(އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1)ގެ ރަސްކަމުގެ 13ވަނަ އަހަރު، އަލްގާޒީ އިބްރާހީމް ފާށަނާކިލެގެފާނު(އައްސުލްތާނު އިބްރާހީމް 3 ކަލާފާނު)ގެ ޒިޔާރަތު(ކަލާފާނު ޒިޔާރަތް)ގެ ކިޔެވެނީން، އެރަދުންގެ ދަރުބާރުގާ، އެމީހުންގެ ވެރިއަކަށް ހުރި އަލްވަޒީރު ހުސެއިން ރަންނަބަނޑޭރި، ތުއްކަމަނާއަށް ދަރުމަކޮށް، ކަލާފާނު ޒިޔާރަތަށް ކޮށްފާވާ ވަގުފް އަތުލައިގަނެގެން އުޅޭކަމުގާ ބުނެ، އެވަގުފްގެ އިހުފަތުގާވާ މަގަށް އެކަން ހަމަޖަށްސާދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެތުއްކަމަނާ ނިޔާވިއިރު އޭނާގެ ފިރިއަކަށް ހުރި ފަރަށްޓެ ވެލާވަޅުނަ ތަކުރު އާއި އޭނާއަށް، އެތުއްކަމަނާއަށް ލިބުނު ތުއްކަލާ، އެކަމަނާއަށް ދަރުމަކޮށް ވަގުފްކޮށްފާ ވަނީ، ހަނިމާދޫ ނޫރައްދީނު ފަނޑިޔާރުގެ ދަރިން އަތުން އެކަމަނާ ގަނެފާވާ، މިލަދުންމަޑުލު (ނ.)މަނަދޫގާ އޮތް ހިންނައާއި، ކޮޅުމަޑުލު (ތ.)މާލިފުށި، އަރިއަތޮޅު(އދ.)މަންދޫގާ އޮތް އޭނާގެ ބެއި (ދެބެންގެދެދަރި)ކަލާފާނު ދެއްވާފާވާ، ކޮންމެ ބިތަކު 30ބަމަ ހުރި ބިމަކާ، އެބިމުގާ ހުރި ގޮއިދޫ ހުސެއިން އިންދާފާވާ ރުކާއި، (ފ.)ނިލަންދޫ މާޑުއް؟ އަތުން އެކަމަނާގެ ދެމަފިރިން ގަތް އަރިއަތޮޅު އެމްބުޅަލަފުށި؟(ބުޅާޅޮހި؟) ކިޔާ ރަށާއި، އެރަށުގާ ވީހާ ތަކެއްޗަކާ، އެކަމަނާ ރުއްއިންދަވާފާވާ އަރިއަތޮޅު(އދ.)ހިޔަފުށި އާއި، ތިލަދުންމަތިން އޭނާ، ކޮށަރިބެޔާގެ ދަރިންއަތުން ގަތް ބޮޑުހިންނައާއި، ކޮންމެއަހަރަކު އޭނާގެ އަހަރުމަތި ދުވަހު 8ފަހަރު ޔާސީން ސޫރަތް ކިޔަވާ، އޭނާގެ ޒިޔާރަތް އިމާރާތް ކޮށް، އަހަރުމަތި ފާތިހާ ކިޔަވާ، އެއެންމެހާ ކަންކަން ކުޅައުމަށް، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިން ކަން، އޭނާގެ ބެއި، ކަލާފާނުގެ ޒިޔާރަތުގެ ކިޔެވެނިންނަށް މަތިކުރަށްވާފާވާ ކަމުގާޔާ، އެއެންމެހާ ކަންކަން އޮންނަންވާނީ އެގޮތަށް ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު އަބޫބަކުރު ލިޔެފާވާ ފަތުގެ(F0-36) ތާނަ ތަރުޖަމާ. މި ތަރުޖަމާގެ ސުރިހީއެއްގެ ގޮތުގާ، 'ގާޒީ އިބްރާހީމް ފާށަނާ ކިލެގެފާނުގެ ޒިޔާރަތް ބެހެއްޓުމަށް ވަގުފް ކުރި ތަކެތީގެ ފަތުގެ ތަރުޖަމާ' މިހެން ލިޔެފާވިޔަސް، މައިގަނޑުގ ލިޔެފާވަނީ، ތުއްކަމަނާ ޒިޔާރަތެ. Size: 9.9" X 7.8" ADh.Mahibadhoo - Thuhkamanaa (ziyaaraiy)
Sans titre1234ހ ޝައުބާން 27(1819މ ޖޫނު 20)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ފީވަކު ތުނބުޅި ހަސަން ތަކުރުފާނުގެ ތިން ދަރިން، ހެންވޭރު ލޮނުޒިޔާރަތްކޮޅަށް އެރޭ މަގުގެ ކަނާތް ފަރާތުގާވާ ބުރެކިގެއާއި އިންވެ އިރުން އޮތް، އެމީހުންގެ ވަގުފް ގޯތީގެ ހަވާލުވެރިކަން، ފައިނު އަހުމަދު ފާށަނާ ކަލޭފާނުއާއި، އެކަލޭފާނުންގެ ދަރިކޮޅަށް ދީފި ކަމުގާ ބުނެ، އެމަގަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަގަށް، އެތަނުގެ އިމާއި މިން ހިމަނާ، އެފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: (ތާރީހެއް ނެތް) މަހްކަމަތުލް ޝަރީޔާއިން، މިފަތު މައްޗަށް އަލުން ފަތް ލިއެވުނީ 1356ހ ރަބީލްއާހިރު 24(1937މ ޖުލައި 3)ގާ ކަމުގާ ބުނެފާވާ ލިޔުމެއް. (Size:10.5" X 5.7) Chief Justices - Al Ghaazee Ibrahim Sirajuddin K.Male' - Deed for housing plot
Sans titre1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، ހާޒިނު މުހައްމަދު ހަދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި އަލީ މޭނާ، ބޭރުބަނޑަހަލު ބަނޑޭރި އަލީ ސައިފުއްލޯ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް ހިމަނާ، އުފެއްދެވި، މާލޭގާ ހުރި ބަންޑާރަ ގޯތިތަކާއި އަމިއްލަ ގޯތިތައް ބަލާ ވަކިކުރުމުގެ މަޖިލީހުން، ގަތްގޯތި އައިޝާގެ އިބްރާހީމްގެ ދަރީންނާއި، އައިޝާގެ ފާތުމާގެ ދަރީންނަށް، ގަލޮޅު ޖަހާހަގުބިމުގާ އޮތް ގޯތީގެ ކަންތަކުގާ، އޭރުގެ ދުވަސްވީ މީހުންގެ ބަހުން އެގޯއްޗަކީ އެމީހުންގެ މިލްކެއް ކަމުގާ ސާބިތުވުމުން، އެ އައިޝާ އެގޯތި، ވަގުފްކޮށް، އޭނާއަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ، އެމީހުން ބުނުމުން، އެކަން ގަބޫލުކޮށް، އެމަގަށް، އެހަނދޭގިރިން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: (ތާރީހެއް ނެތް) މަތީގާ ބުނެވިފާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދީފާވެއްޖެ ކަމުގާވާ ލިޔުމެއް. Size: 16" X 8.9" K.Male' - G.Daisyfehi (Housing Plot) -Deed for housing plot
Sans titreމިކަރުދާހުގާ 3 ފަތެއް ވެއެ: 1. 1213ހ ޝައުބާން(1799މ ޖަނަވަރީ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ، ކޮޅުމަޑުލު (ތ.)ވިލުފުށިގާ، ބަންޑާރަޔަށް އޮތް ފާލަށްބައަށްވީ އެއްޗަކުން، 8ކޮއްޓޭ ބޮލި އެރަށުގެ މިސްކިތް، ބެލެހެއްޓުމަށްމ، ބޯގަޔަށް ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާފި ކަމުގެ އަމުރަށް، ލިޔެފާވާ ފަތެއްގެ ނަކަލެއް؟/ތަރުޖަމާއެއް؟. 2. 1171ހ ރަމްލޯނު(1758މ މޭ)ގާ، ހުސެއިން އަފީފުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނު ގެދަރި އަލްގާޒީ މުހައްމަދު މުހީބުއްދީނުގެ ޝަރީއަތު މަޖިލީހަށް، ކޮޅުމަޑުލު(ތ.) ވިލުފުށީ މިސްކިތުގެ ވަގުފަށް ލަށްވާފާވާ ފުށިފަރަށް، އެއަތޮޅު ބުރުނީ މީހުން އަރާ، ރުއްއަޅާ، ހިތްތަލަ ކޮނެ، ރުއްތައް ކަނޑާ، އެރަށް ހަލާކު ކުރާކަމުގެ މައްސަލަޔާއެކު، ކުރީގެ ރަސްރަސްކަލުންނާއި، ފަނޑިޔާރުން ދެއްވާފާވާ ފަތްކޮޅު ހިފައިގެން، އެ މިސްކިތުގެ ވަގުފްގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ ކެޔޮޅު ދޮންތަކުރުގެ ދަރިކޮޅާއި އައިމިނާފާނުގެ ދަރިކޮޅުގެ މީހުން ގޮސް، އެކަން ބަށްލަވާ، ކޮޅެއްގާ ޖައްސާދެއްވުމަށް އެދުމުން، ބުރުނީ މީހުންނަށް މާލެ އައުމަށް އެންގެވުމުން، އެމީހުން މާލެ ނައިސް، ހަމަ، އެކަންކަން ކުރަމުންގެންދާ ކަމާއި، އެމިސްކިތުގެ ވަގުފާއި ހިލާފުވާކަން، ފަތްފަތުން ސާބިތުވެ އޮތުމުން، އެކަންކަން ކުރަމުންދާ ކަމުގެ ހެކި ހޯދާ، އެ ހެކިވެރިން ލަށްވާ ހުވާކޮށް، އެއްވެސް މީހެއްގެ ބަހަކަށް ޖެހިލުމެއްނުވެ މިގޮތަށް ޝަރީޔަތްކޮށް، ކުށް ސާބިތުވެއްޖެ ހިނދު، އެމީހުން މައްޗަށް، ތައުޒީޒުކޮށް(ދުއްރައިގެ އަދަބުދިނުން) އަދި މާލެ އައުމުގެ އަމުރަށް ނުކިޔަމަންވީކަމުގެ ކުށަށްވެސް، ހަމަ އެއަދަބު ދިނުމަށާއި، އެމީހުން އެޅި އަދި ކެނޑިހާ ރުކަކާއި، ކޮނުނުހާ ހިތްތަލައަކަށާއި، ދިންހާ ގެއްލުމަކަށް، ގަދަކަމުންނަމަވެސް، އެރަށުގެ ވެރިންނަށް އޮތް އެއްޗަކުން އަތުލާ، ވިލުފުށީ މީހުންނަށްއެ އަތޮޅުގެ އަތޮޅުވެރިޔާ، ހުސެއިން މަނިކުއަށް، އަންގަވާފާ އޮތް ފަތެއްގެ ތަރުޖަމާ؟/ނަކަލެއް؟. 3. 1289ހ ޖުމާދިލްއާހިރު 15(1872މ އޯގަސްޓް 20)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ މަޖިލީހުގާ، ވިލުފުށީ އުމަރުގެ ދަރި ހަސަން، އޭނާގެ މިލްކުގާވާހާ ރުއްގަހުގެ 'ވަތުމާލު'ން ވަގުފް ސައްހަވާ ކޮންމެ އެއްޗެއް، އޭނާގެ ދެ އަންހެން ދަރިންނާއި އެމީހުންގެ ދަރިކޮޅަށް މަތިކޮށް ވަގުފްކޮށްފާ، އައްނައިބު އަހުމަދު ބަންޑާރަނައިބު މަނިކުފާނު، ފަތެއް ލިޔެދެއްވާފާ ވަނިކޮށް، އޭގެފަހުން ލިބުނު ފިރިހެންދަރިފުޅަށް، ބުނެވިދިޔަ ދެ އަންހެން ދަރިންގެ އިޒްނަ ލިބި، އެވަގުފްގެ ހަވާލުވެރިކަން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެދެ އަންހެން ދަރިން އިޒްނަދިން ކަމުގާ، ދެ ހެކިން ބުނުމުން، އެވަގުފް ސައްހަކަމުގާ ނިޔާކޮށް، އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރު ލިޔެފާވާ، ތަރުޖަމާއެއް/ނަކަލެއް؟ 1. Three waqf documents for residential land- a mosque and a royal decree on the use of palm trees and agricultural land (Size: 10.7" X 8.7")- 2. (Size: 10.7" X 8.7")Chief Justices - Al Ghaazee Mohamed Muhibbuddin- 3.(Size: 10.7" X 8.7")Chief Justices - Al Ghaazee Moosa Badhuruddin 1.Th.Vilufushi- 2.Th.Thimarafushi- 3.Th.Vilufushi - Vilufushi Miskiiy (Mosque) - 1.Endowment for Shrine (ziyaaraiy)- 2.Order (Trees)- 3.Endowment for Trees
Sans titre1218ހ ޒުލްހައްޖު 12(1804މ މާޗް 24)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނުގެ ޝަރީއަތު މަޖިލީހުގާ، ރިނބުދޫ ދޮންމޫސާ ހަތީބު ތަކުރުފާނުގެ ދަރި ދޮންއަލީ ކަލޭގެ، މައްޗަންގޯޅި ރަށްދެބައިމަގަށް އަތިރިއަށް އެރޭ މަގުގެ ވައަތުފަޅީގާ އޮތް، ކުޅުދުފުށީ ހުސެއިން ތަކުރުފާނުގެ ގޯތި ބަހާ، އެތަކުރުފާނުގެ ދަރިން ހައްވާބީ އާއި ވާތީ އަހަންމާބެ، އަދި އެތަކުރުފާނުގެ އަނބި ހައްވާފާނުއަށް ވީތަން ނޫން އެހެން ހުރިހާތަނެއް، އެ ދޮންއަލީ ކަލޭގެ ގަނެ މިލްކުކޮށްފި ކަމުގަޔާ، އަދި އެގޯއްޗާ އެތަނުގާ ވީހާ ރުއްގަހާ އަދި އެތާގާ ވީހާ ތަކެއްޗެއް، އޭނަގެ މިލްކުން ކަނޑާ، އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ތިބިއްޔާތިބި ދަރިއަކަށާ، އަދި އެދަރިން ނެތްނަމަ، އެދަރިންގެ ދަރިކޮޅަށް ލަށްވާފިކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެޝަރީއަތު މަޖިލީހުން ލިޔެވާފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މިފަތުގާ ބުނެފާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތްލިއެދީފާވާ ކަމުގާ، ބުނެފާވާ ލިޔުމެއް. Court order arranging for the division of a plot of land owned by Kulhudhufushi Hussein Thakurufaanu on the road to the sea on the left side of Machangoalhi Rahdhebai Magu. It is stipulated that it be divided between his children: Hawwaabee Ahannmaabe and Vaathee Ahannmaabe- and his wife Hawaafaanu- after which the remainder shoudl be sold to Dhon Alikileyfaanu- son of Rinboodhoo Dhonmoosa Hatheebu Thakurufaanu. Kulhudhufushi Hussein Thakurufaanu also endowed palm trees and other assets to his descendants. On the reverse is written a note recording that the order of the court was executed on October 23- 1953- and copied by Elaa. (Size:15.8" X 10.6") Chief Justices - Al Ghaazee Moosa Muhyiddin K.Male' - Kunnaaru Goathi (Housing Plot) - Deed for housing plot
Sans titre