- 1331ހ ޒުލްގައިދު 21(1913މ އޮކްޓޯބަރު 22)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކުރިބީ މުހައްމަދު ތަކުރުފާނުގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި ރޯނުގޭ އަލީ ދީދީގެ ދަރި ސަންޕާ ދީދީގެ ފިރި ފޫޅުމާގެ އަލީ ދީދީ އާއި އަހުމަދު ކަލޭފާނުގެ ދަރި ރޯނުގޭ މޫސާ ދީދީގެ ދަރިން، އެމީހުންގެ ކާފަޔަށް މިލްކުވެގެންވާ، ހެންވޭރު އައިހާފާނުމަގާ އިންވެ ދެކުނުން އޮތް ގޯތި، އެތަކުރުފާނުގެ ދަރިކޮޅު މީހުންނަށް ބައްސަވާދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ، އެގޯތީގެ އިހު ފަތަކުން، ވަށާ 38ބަމަ ހުރި، އެގޯތީގެ މެދު ބައަކީ ކުރިނބީ މުހައްމަދު ތަކުރުފާނުއަށް މިލްކުވެފާވާ ތަނެއް ކަމުގާ ސާބިތުވެ، އެރަދުންގެ އެހެން ފަތަކުން، މުޅި އެ ގޯތި، އެ ތަކުރުފާނަށް މިލްކުވެފާވާކަން ސާބިތުވެ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު(ތާރީހު ނެތީމާ ކޮން މުހިއްބުއްދީނެއް ކަމެއް ނޭނގެ!!!) އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެ ތަކުރުފާނުގެ އަނބި، ހަތިފުށީ ދަލޭކާފުޅުގެ ހަލާލުބަޔަށް ވީ ބައާއި، އެތަކުރުފާނުގެ ދަރި، އައިޝަތު ފުޅުއަށްވީ ބައާއި، އެތަކުރުގެ ދަލޭކާފުޅުގެ ދަރިން ކުރެ، ހީނާޑި ކަލޭފާނުގެ ދަރިންނަށް ވީ ބައާ، ރޯނުގޭ އަލީ ދީދީ ގަނެ މިލްކުކުރެއްވި ކަމުގާ ސާބިތުވެ، އެގޯތީގެ މިން އަޅުއްވާ، އެތަނުން މަދުވެފާވާ ވަރަށް، އެގޯތީގެ އިރުމަތިން ނާއި ދެކުނުން ތަން ނަގާ، ހަމަކޮށް، ކުރިނބީ މުހައްމަދު ތަކުރުފާނުގެ ތަރިކަވެރިންގެ މެދުގާ އެތަން ބެހުމުން، އޭނާގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި ރޯނުގޭ އަލީ ދީދީގެ ދަރި ސަންޕާ ދީދީއަށް ވަނީ، އޭނާގެ ބައްޕަ އަލީ ދީދީގެ ބައިން އޭނާއަށް ލިބުނު ބަޔާ، އެތަނުން އަލިފުޅުކޮއިގެ މޫސާ ކަލޭފާނަށް މިލްކުވެ، އޭނާއަށް ހިބައިން ދިން ބަޔާ، އޭނާގެ މަންމަގެ ހަލާލުބައިން، އިބްރާހީމް ދީދީއަށްވީ ބައިން، އެދީދީގެ ދަރި ފާތުމަތު ދީދީއަށް ލިބި، އޭނައަށް ހިބައިން ދިން ބަޔާ، އެ އިބްރާހީމް ދީދީގެ އަނބި ދޮންދީދީގެ ތިންމައިން، އޭނާއަށް ވިއްކި ބަޔާ، ކުރެންދޫގެ އިސްމާއީލް މަނިކު އޭނާއަށް ވިއްކި ބަޔާ، ގޯތީގެ ބާރަބައިންބަޔަށް ނެގުނު ބައިން އޭނާ ގަތް ބަޔާ، އަލީ ދީދީގެ އައިމިނަތު ދީދީގެ ބައިން އޭނާއަށް ވާރުތަ ވީ ބަޔާ، އެކު، އެގޯތީގެ އެންމެ ހުޅަނގުން އުތުރު ބިތު 31ރިޔަން 3އަނގޫ، ދެކުނުބިތު 32ރިޔަން 1އަނގޫ ކަމާއި، އެތަނާޖެހިގެން އިރުން އޮތް، އުތުރު ބިތު 5ރިޔަން 1އަނގޫ، ދެކުނު ބިތު 5ރިޔަން 2އަނގޫ ބޮޑު މިނުގެ ބައި އެއީ، ރޯނުގޭ އަލީ ދީދީގެ އައިމިނަތު ދީދީގެ ފިރި، ހަލީމާ ސޮރު ގޮއްޔެގެ ދޮންތުއްތުގެ ބައި ކަމާއި، އެބައިގެ އިރުން އޮތް، ރޯނުގޭ މޫސާ ދީދީއަށް ވާރުތަވީ ބަޔާ، ރޯނުގޭ އަލީ ދީދީގެ ބައިން އޭނަގެ ދަރިންނަށް ވާރުތަވީ ބަޔާ، ބާރަބައިންބަޔަށް ނެގުނުބައިން އޭނަގެ ދަރިން ގަތް ބަޔާ، އެކު އުތުރުބިތު 13ރިޔަން 19އަނގޫ، ދެކުނު ބިތު 13ރިޔަން 22އަނގޫ، އެއީ، ރޯނުގޭ މޫސާދީދީގެ ދަރިންނަށް މިލްކުވެފާވާ ކަމުގާ، މޫސާ މަހައްލީ ގެދަރި އަބްދުއްލާ ލިޔެދީފާވާ ފަތުގެ ނަކަލެއް. 2. 1348ހ ޒުލްހައްޖު 5(1930މ މޭ 4)ގާ، ހ.ރޯނުގެ ގޯތިން، ހަލީމަތު ސޮރު ގޮއްޔެގެ ދޮންތުއްތު އަށް ވީ ބައި، އޭނާގެ ދަރިން، ކަޅު ތުއްތު އާއި ކުޑަ ތުއްތު، ރޯނުގޭ ސަންޕާ ދީދީއަށް -/10ރުފިޔާ އަށް ވިއްކާ، އަގު ހިފާ ހަލާސް ކޮށް، އެބައި ސަންޕާ ދީދީ ގެ މިލްކަކަށް ވީކަމުގާ؛ ޝަރީޔަތުގެ މަޖިލީހުން ދެއްވި ލިޔުމެއްގެ ނަކަލެއް. 3. 1351ހ ސަފަރު 8(1932މ ޖޫނު 13)ގާ، ފަނޑިޔާރުގޭ މަޖިލީސްއިން، ހ.ރޯނުގެ ގޯތިން، އެގޭ ސަންޕާ ދީދީ އަށް މިލްކުވެ އޮތް ތަނުން، އެންމެ އިރުމަތިން، އޭނާގެ ދަރި ތުއްތު ދީދީގެ، ހޮޅިގޭ ދޮންމަނިކެއަށް، އުފަންވީ ދެ އަންހެން ދަރިންނަށާއި، ފިރިހެން ދަރިޔަކަށާއި، ތިން މީހުންނަށް ލިބުނު، އުތުރާއި، ދެކުނާއި ދެ ބިތުން ކޮންމެ ބިތެއްގާ 12 ރިޔަން ހުރި ބައި ނޫން، އެހެން ހުރިހާ ތަނެއް، އެ ސަންޕާ ދީދީގެ ފިރި ފޫޅުމާގޭ އަލީ ދީދީއަށް މިލްކުވެއްޖެ ކަމުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. 4. 1368ހ ރަބީލްއާހިރު 19(1949މ ފެބްރުވަރީ 17)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ހ.ރޯނުގޭ ގޯތިން ފޫޅުމާގޭ އަލީ ދީދީއަށް ވާހާ ތަނަކާއި، އެތާގާ ހުރި ގެޔާ،-/1500ރުފިޔާ އަށް، ކަނޑިގޭ ދޮންމަނިކުއަށް ވިއްކާ، އަދި، އެ ގޯތިން ރޯނުގޭ ތުއްތު ދީދީގެ، ހޮޅިގޭ ދޮންމަނިކެޔަށް އުފަންވީ 3 ކުދިންނަށް ލިބިފާވާ ތަން(3.ބަލާ)ވެސް، ކަނޑިގޭ ދޮންމަނިކު އަށް، -/160ރުފިޔާއަށް ވިއްކާ، މި ދެ ބައިގެ އަގުދީ ހަލާސްކޮށް، މުޅި އެ ގޯއްޗާއި، އެ ގޯތީގާ ހުރި ގެ، ކަނޑިގޭ ދޮންމަނިކުއަށް މިލުކުވީ ކަން ބަޔާންކޮށް؛ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. 5. 1370ހ ޒުލްހައްޖު 19(1951މ ސެޕްޓެންބަރު 21)ގާ، (ލިޔުނު ވަކިފަރާތެއް ނެތް)، 'މިފަތުގައި ނަންގަނެވިގެންވާ ގޯތްޗާއި ގެ ދައުލަތުއަށް މިލްކްވެއްޖެއެވެ.' މިހެން ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. 6. 1371ހ މުހައްރަމް 28(1951މ އޮކްޓޯބަރު 29)ގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީޔަތު މަޖިލީހުން، 1370ހ ޒުލްހައްޖު 19(1951މ ސެޕްޓެންބަރު 21)ގާ، ދައުލަތަށް މިލްކުވެފާ(5.ބަލާ)ވަނިކޮށް، 1371ހ މުހައްރަމް 27(1951މ އޮކްޓޯބަރު 28)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަހްކަމަތުލް ޝަރީޔާއަށް ފޮނުވި ސިޓީ އަކުން، ދައުލަތަށް އެގޯތި ގަތް އަގު ކަމުގާވާ -/1700ރުފިޔާ، ކަނޑި ދޮންމަނިކު ދައުލަތަށް ދެއްކުމުން، ކުރީގާ އޮތް ފަދައިން، އެގޯތި ކަނޑި ދޮންމަނިކުއަށް މިލްކުވެއްޖެ ކަމުގާ ބަޔާންކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 22 October 1913 regarding the transfer of ownership under inheritance of the lands in Henveiru Roanuge Goathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Roanuge Goathi (Housing Plot) - Private Property
1371ހ ރަބީލްއައްވަލް 21(1951މ ޑިސެންބަރު 20)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަންދުއެދުރުގެ ހުސެއިން މަނިކުއަށް މިލްކުވެފާވާ ކަމުގާ، 1355ހ ސަފަރު 10(1936މ މޭ 2)ގާ، އަލްގާޒީ އަފީފުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، ފަތްލިޔެދެއްވާފާވާ، ނަސީމީ ގޯޅިޔާ އިންވެގެން، ވައްބެރު ކޮށީގާ އޮތް ގޯތި، ދައުލަތަށް ބޭނުންވެ، ހ.ނޫމާގެޔާ އެގޯތި ބަދަލުކޮށް ލާޖެއްސުމަށް ދައުލަތުން އެދި، ހުސެއިން މަނިކުގެ ބެހެނިވެރިން އެކަން ގަބޫލު ކޮށް، އެދެގޯތި ބަދަލުކޮށް، ލާޖައްސާ، އެދެތަނުގެގެ އަކަމިނުން، އަމިއްލަ ގޯތީން އިތުރުވީ ބައިގެ ބަދަލަށް، މަހްކަމަތުލް ޝަރީޔާއިން އެތާގެ ބެހެނިވެރިންނަށް ބަށްސަވާ އެ މުއާމަލާތް ނިމިފާވާ ކަމާއި، އަދި، އެބެހެނިވެރިން، އެގޯތި، ހުސެއިން މަނިކުގެ ދަރި ތުއްތުމަނިކެއަށް ހިބައިން ދީ، އޭނާޔަށް އެގޯތި މިލްކުވެއްޖެ ކަމުގާ، އަލްގާޒި އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ނިޔާކުރެއްވާފާވާ ކަމުގާ، އެމަހްކަމާއިން 1371ހ ރަބީލްއައްވަލް 23(1951މ ޑިސެންބަރު 22)ގާ ދާހިލިއްޔާއަށް ފޮނުވާފާވާ ސިޓީއަކުން ސާބިތުވެ؛ ހ.ނޫމާގެ އަކީ، މަންދުއެދުރުގޭ ހުސެއިން މަނިކުގެ ދަރި ތުއްތުމަނިކެގެ މިލްކު ގޯއްޗެއް ކަމުގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 20 December 1951 regarding Henveiru Noomaage (Size: 8.85" X 6.7") K.Male' - H.Noomaage (Housing Plot) - Private Property- Housing plot (government)
Republic of the Maldives1345ހ މުހައްރަމް 27(1926މ އޯގަސްޓް 6)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދިނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ދަރި އަހުމަދު ކަލޭފާނުއާއި، މާފަންނު ސަރުދާރު އިބްރާހީމް ކަލޭފަނުއާއި، ތުލުސްދޫ އުމަރުގެ ދަރި މުހައްމަދުގެ ދަރި ޔޫސުފް ފުޅުއާއި، 3 މީހުން ހާޒިރުވެތިބެ، ހެންވޭރު ކަޅުހުރާގެ އިރުންއޮތް މަގާ އިންވެ، އިރުން އޮންނަ މެދުރީމުސްކުޅި މަނިކަގެ ވަގުފް ގޯތީގެ އުތުރުން އިންވެ އޮތް، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުއްލޯ ދީދީ ބައްލަވައިގަނެ މިލްކުވެފާވާ، ލޮނު ގޮއްޔެގޯތި ކިޔާ ގޯތި، އެގޯތީގާ ހުރި ރުއްގާހާ، ފެންވަޅާ އަދި ގެޔާ އެކު، -/300ރުފިޔާ އަށް، ޔޫސުފްފުޅުއަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާ ކަމުގާ ބުނެ، ޔޫސުފްފުޅުގެ މައްޗަށް އެގޯތީގެ ފަތް ލިޔެދެއްވުމަށް، އޭނާގެ ފަރާތުން އެދުމުން؛ 1339ހ(1921މ)ގާ، ހަމަ އެ މަޖިލީހުން، އިމާއި މިން ހިމަނާ ލިޔެދެއްވާފާވާ އެގޯތީގެ އިހު ފަތުން، އެތަނަކީ އަބްދުއްލޯ ދީދީގެ މިލްކެއް ކަމުގާ ސާބިވެ، ކޮށްފާވާ އެވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ އެގޯއްޗާއި، އެތަނުގާ ވާހާ ތަކެތި، ޔޫސުފް ފުޅުއަށް މިލްކުވީ ކަމުގާ، އެ މަޖިލީހުން، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް. އަދި 1345ހ ރަމްލޯނު 15(1927މ މާޗް 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ފާދިއްޕޮޅު، ވާރުވެރި އަލީބޭ އާދަމް ކަލޭފާނުއާއި، ތޮއްޑޫ އިބްރާހީމް މަނިކުއާއި، 2 މީހުން، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުގާވާ، މަތީގާ ބުނެވިފާވާ ފަތުގާ އެވާ ގޯއްޗާ، އެތާގެ ހުރި ގެޔާ، އޭނާގެ ދަރިފުޅަށް، އެދަރި ނެތުމުން އެދަރީގެ ދަރިންނަށް، އަދި އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ވަގުފްކޮށްފި ކަމުގާ، ބުނުމުން، އެކަމުގެ މައްޗަށް؛ މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 6 August 1926 about the ownership of the land Henveiru Hikifinifenmaage and all the assets in it. (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Hikifinifenmaagege (Housing Plot) - Private Property
Republic of the Maldives1378ހ ޖުމާދިލްއައްވަލް 29(1958މ ޑިސެންބަރު 11)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1211ހ ޖުމާދިލްއައްވަލް(1796މ ސެޕްޓެންބަރު)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ، މުހައްމަދު ބަންޑާރަނައިބުގެ މަޖިލީހުން، ބޮޑުކާށި އުބުރަހިން ކަލޭފާނުއާ، މަލިން ތަކުރުފާނުގެ ދަރި މޫސާ ތަކުރުފާނުއާއި ދެބެން، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން އެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ، އަދި އެޔަށްފަހު އެގޯތި ބަންޑާރަގޮތުގާ އެތައްދުވަހުކު އޮއްވާ، އެ އުބްރާހިން މަނިކު އެކަމާ ދައުވާކުރުމުން، 1284ހ ސަފަރު(1867މ ޖޫނު)ގާ، އަލްގާޒި މުހައްމަދު މުހިއްބުއްދީނު، އެތަނުގެ ބޮޑުމިން ހިމަނާ، ލިޔެފާވާ ފަތެއްގެ ނަކަލަކުން، އެތަނުގެ ވަގުފް އޮތީ ކުރީގާވެސް އޮތްގޮތަށް ކަމުގާ ސާބިތުކޮށް، އެބައިމީހުންނަށް ގޯތި ލިބިދީ، ފަތް ލިޔެފާވަނިކޮށް، އެގޯތި ބަންޑާރަ ކޮށް، ލާޖައްސާ، އޭގެ ބަދުލުގާ އެބައިމީހުންނަށް ދީފާވާ މިގޯތީ(ބޮޑުކާށި ގޯތި؟)ގެ ހަވާލުވެރިންނަކީ، މަނަދޫގާ ހުރި ބޮޑުކާށި ދޮންމަނިކުގެ ދަރިކޮޅުކަމުގާ، 1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު ލިޔެފާވާ ފަތަކުން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - H.?Bodukaashi Goathi (24 number Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ތުނބުޅި ހަސަން ތަކުރުފާނުގެ ފީވަކު ގޯތީ ވަގުފްކޮށް، އެ ހަސަން ތަކުރުފާނުގެ 3 ފިރިހެންދަރިން، އެތަނުގެ ހަވާލުވެރިކަން، ފައިނު އަހުމަދު ފަށަވާޅުކަލޭފާނުއާއި އޭނާ ނެތިއްޖެނަމަ އޭނާގެ ދަރިކޮޅަށް ދީފާވާކަމަށް 1234ހ(1819މ)ގާ، އަލްގާޒީ ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއްޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - H.Dhoalhan'buge/Feevaku Goathi (20th Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives(ތާރީހެއް ނެތް) 3ފަށްޗަކަށް ބަހާފާވާ، ސީރިއަލް ނަންބަރު 1-62 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. މި ލިސްޓުގާ، ފަހުގެ ތާރީހެއްގާ، ބަޔެއް ގޭގެ ނަމަށް ނިސްބަތްވާގޮތަށް، ފަންސުރުން، 'ބ'، '' ނޫނީ '×' ޖަހާފާ ވެއެ. List of residential lands in Malé. The original document appears to have been later modified. (Size: 12.9" x 8.15") K.Male' - list (housing plot)
Republic of the Maldives(ތާރީހެއް ނެތް) 'މާލޭގެ މީސްމީހުންގެ ވަގުފް ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-64 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. މިލިސްޓުގާ، ނަންބަރު 43ން 47ށް ވަނީ އުނިކޮށެ. List of residential lands in Malé (Size: 13" x 8.3") K.Male' - list (Endowed housing plot)
Republic of the Maldives(ތާރީހެއް ނެތް) 'ފުރަމާލޭގެ އަމިއްލަ ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-130 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. List of private properties in Malé- with details on the property name- district- building owner- land owner- and condition of the land and building (Size: 13" x 8.3") K.Male' - list(Private Property)
Republic of the Maldives1348ހ ރަމްލޯނު 29(1930މ ފެބްރުވަރީ 28)ގާ، އެއްފުށުގާ 'ފިތުރު ދިން ކަރުދާސް' މަތީގާ ޖަހާ، ތަންތަނުގެ ނަން(މސލ:ކުޑަކިބާބަދިގެ..ބެލެވޭގޮތުގާ ފިތުރު ޒަކާތް ދިން ފަރާތް)ޖަހާ، ނިސްބަތްވާ އަދަދު ޖަހާ، އަދި އަނެއްފުށުގާ އެކި މީހުންގެ ނަމާއި(ލިބުނު ފަރާތް)ދިން އެއްޗެތި ޖަހާފާވާ، ލިޔުމެއް. List of Zakat Fitr recipients and tha amounts given to each (Size: 8.5" X 10.5") K - Male' - Royal Palace - Writing(Zakat)
Republic of the Maldives(ތާރީހެއް ނެތް) ހިސާބުތަކެއް ހަދާފާވާ ކަރުދާހެއް. Note with mathematical calculations (Size: 5.95" X 3.6")
Republic of the Maldives