Affichage de 382 résultats

Description archivistique
381 résultats avec objets numériques Afficher les résultats avec des objets numériques
MV NAM MV NAM 012-F0-90 · Pièce · 1916
Fait partie de Manuscript

1334ހ ޒުލްގައިދު 27(1916މ ސެޕްޓެންބަރު 25)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުން؛ އަލްވަޒީރު ހުސެއިން ދޮށިމޭނާ ކިލެގެފާނުގެ ދަރި އައިސާ މަނިކުފާނުގެ ދަރި އައިމިނާ މާވާކިލެގެފާނުގެ ދަރިކޮޅު މީހުން، އެ އައިމިނާ މާވާކިލެގެފާނު ހެއްދެވި މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ މާޅޮސްމަޑުލު އުތުރުބުރި(ރ.) މާމުނަގާ ކިޔާރަށުގާ ހުރި ރުއްގަހާއި، ކެޔޮލާއި، ފަލަމަޑިޔާއި ތެރެއިން، އެ ދަރިކޮޅަށް މިލްކުވެފާވާހާ އެއްޗެއް ވަގުފްކޮށް، ބޮޑުފުށީ ހޮޅިމުހައްމާގެ ކާފަދަރި، ހުސެއިން ތަކުރުގެ ދަރިކޮޅަށް، އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، ލިޔާ އަލީ މާމުދިންތަކުރުފާނު ހެކިވެ، 1123ހ ރަޖަބް 1(1711މ އޯގަސްޓް 16)ގާ ލިއުނު ފަތް ބާވެގެން، އެފަތުގެ މައްޗަށް،އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވި ފަތްވެސް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވަން އެދުމުން؛ އެފަތުގާވާ މަގަށް، އެމަހްކަމާއިން، ލިޔެދީފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1971މ ނޮވެންބަރު 24(1391ހ ޝައްވާލް 6)ގާ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނަޝިޕް ޑިވިޝަން އިން، މަތިގާ ބުނެވިފާވާ ވަގުފް އަކީ ސައްހަ ވގުފެއް ނޫންކަމުގަޔާ، އަދި މިފަތް އުވާލުމަށް ހުކުމްކޮށްފާވާ ކަމުގާ ލިޔެ، އެ ޑިވިޝަންގެ ގާޒީގެ ނައިބު، އަހުމަދު ރަޝީދު ސޮއިކޮށްފާވާ ލިޔުމެއް. (Size: 19" X 9.5") Chief Justices - Al Naaibu Hussain Salahuddin Mosque built by Aiminaa Maavaa Kilege - Endowment for Mosque

Sans titre
MV NAM MV NAM 012-F0-93 · Pièce · 1884
Fait partie de Manuscript

1320ހ ސަފަރު 6(1902މ މޭ 14)ގާ، އައްސުލްތާނު އަލްހާއްޖަ މުހައްމަދު އިމާދުއްދީނުގެ ދަރުބާރުގާ، ހަސަން ދީދީގެ ދަރި އަލްހާއްޖަ އަލީ ދީދީ ފަނޑިޔާރުގެ ޝަރީއްޔަތު މަޖިލީހުގާ، ރިނބުދޫ ދޮންއަލީގެ ދަރި ދޮންމޫސާފުޅު، އެމީހުންގެ ގޯތީގެ ފަތް ބާވެގެން، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އާކޮށްދެއްވި ފަތްވެސް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތުގާ ވާގޮތުގެ މަތިން، ފާދިއްޕޮޅު ހަކުރާ ތަކުރުފާނުގެ ދަރި އަހުމަދު މަނިކުގެ ދަރި އިބްރާހީމް މަނިކު އާއި އޭނާގެ އެއްބަފާ ހުސެއިން މަނިކު، އެދެބެންގެ ބައްޕަގެ މިލްކުގާވާ، މައްޗަންގޯޅި.....(ކިޔަންނޭގޭ ބައެއް).. އިންވެގެން އުތުރުން އޮތް ގޯތި، ރިނބުދޫ މޫސާކަލޭގެ ދަރި ދޮންއަލީ ކަލޭގެޔަށް، ސިއްކަ އަހުމަދު ތަކުރުފާނުއާ، އެތަކުރުފާނުގެ އެއްބަފާ ހުސެއިން މަނިކު ބަންޑާރަ ނައިބު، ހެކިކޮށް، 50ކޮށްޓޭއަށް ވިއްކާ، އެގޯއްޗާއި، ގޯތީގާވާހާ ތަކެތި، ދޮންއަލީޔަށް މިލްކުވެފާވާ ކަމުގާ، އާފަތެއް ލިޔެދިނުމަށް އެންގެވުމުން، މުހައްމަދު މުލަކީ މަނިކުފާނުގެ ދަރި އައްނައިބު މޫސާ ދީދީ ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތިގާ ބުނެވިފާ އެވާ ގޯތި ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދީފާވާ ކަމުގާ ބަޔާންކޮށްފާވަ ލިޔުމެއް. (އެކަމު މަތީގާ އެވަނި ވަގުފް ފަތެއް ނޫން.) List of private house in Machchangoalhi Kunnaarugoathi- Malé (Size: 13.2" X 9.5") Chief Justices - Al Haajja Ali Didi K.Male' - Ma. Kunnaaru Goathi (Housing Plot) - Private Property

Sans titre
MV NAM MV NAM 012-F0-120 · Pièce · 1668
Fait partie de Manuscript

1079ހ(1668މ)ގާ،(ތާރީހި، ރަދުނަށް ބަލާފާ)، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 21ވަނަ އަހަރު، އެރަދުން، އޭނާގެ ދަރި މަރިޔަމް ކަނބާފާނު، އެ ކަނބާފާނުގެ ދަރި މުހައްމަދުއަށް ދެއްވި ގަލީ ގަނޑުވަރާއި، އެތާގާވާހާ ސާމާނަކާއި، ބިމާއި، ރުއްގަހާއި، ދިޔަމިގިލީ 'ފަންފަނާއި'(ހީވަނީ – 'ތަންތަނާއި' ހެން) އަހުމަދު ބޭބެއާ ދެއަގެ؟(ދެބެންގެ؟) ހުރިހާ ތަކެއްޗެއް، ވަގުފްކުރެއްވުމަކީ ރަންގަޅު ކަމެއްކަމަށް ވިދާޅުވުމުން، އެ އެންމެހާ ތަކެތި ވަގުފްކުރަށްވާ، މަރިޔަމް ކަނބާއަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، އަބަދުވެސް އެ ގަނޑުވަރު އެގޮތަށް ބޭއްވުމަށާ، އެރަށު މީހުންގެ އޮޑިދޯނީގާ 'ރިއްސެއުދިދަ'(ރީނދޫ ދިދަ؟؟؟ރަސްދިދަ؟) ނެގުމުގެ ހުއްދަދެއްވާ، އެރަދުންގެ ދަރި(މުހައްމަދު މަނިކުފާނު ގިޔާސުއްދީނު؟)އަށާ، ގަލީ ގަނޑުވަރުގެ މައްޗަށް ދިއަމިގިލީން ހަތީބަކު(ކަތީބަކު)ކަނޑައަޅުއްވާ، އެތަން އަމާނާތެއްގެ ގޮތުގާ، ބަލެހެށްޓުމަށް އޭނާޔަށް، ހަވާލުކުރަށްވާ، އިހުއްސުރެ އޮތް އާދައިގެ މަތިން، އެރަށު ކަތީބަކަށް އޮންނަ ކޮންމެ ކަމެއް، އެގަނޑުވަރުގެ ހަވާލުވެރިޔަކަށް އޮންނަންވާނެ ކަމާއި، ދުއާ، މާލޫދު، ސޮލަވާތްފާތިހާ، ކަށުކަމާކެމީގެ ކަންކަމާއި، މިފަދަ ޖަމާއަތީ ކަންކަން، އޭނާ ކުރާނަމަ، އެކަމުގެ އުޖޫރަ ދޭންވާނެކަމާ، އަދި އެރަށު ކޮންމެ ދޯންޏަކުން، އެގަނޑުވަރަށް 10 މަސްބައި، އަދި އެރަށުގެ ކޮންމެ ރާވެރިއަކުވެސް އެކަތީބުންނަށް ބައިއަޅަންޖެހޭނެ ކަމާ، އެ ގަނޑުވަރުން ކެއުމާއި ބުއިންވެސް ކަތީބުންނަށް ހުންނަންވާނެ ކަމާ، އެމީހުންނަށް ވާރު އިސްތިސްނާވާނެ ކަމާ، މިކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، ފެންފުށީ މުދިން އަހުމަދު ލިޔެދފާވާ ދިވެސްއަކުރު ފަތުގެ، 1962 އޭޕްރިލް 1(1381ހ ޝައްވާލް 25)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 11" X 8.5" Th.Dhiyamin'gili - Galee Palace - Deed for housing plot- Endowment for property

Sans titre
MV NAM MV NAM 012-F0-126 · Pièce · 1946
Fait partie de Manuscript

1115ހ ރަމްލޯނު 11(1704މ ޖަނަވަރީ 18)ގާ؛ 'ކޮލިނަންފުޅަކަށް މުޒްހިރުއްދީނު ކިޔުނު، އިބްރާހީމް އިސްކަންދަރު(ޝާހު ބަންދަރު)ރަދުން، ބޮޑު އިސްކަންދަރު ރަދުން'، ބިނާކުރެއްވި މިސްކިތް ހުރީ ގިބްލައަށްނޫންކަމުގާ ގަބޫލުކުރެވި، އެކަން ބަށްލަވާ، އެއީ ނުރަނގަޅު މިސްރާބެއް ކަމުގެ ދަލީލު ހޯއްދަވާ، ދީނުގެ ދަންނަބޭކަލުންނާއި، ނިޔަމިންނާއި، މަޝްވަރާކޮށް، އެމީހުންނަށްވެސް އެކަން އެގޮތަށް ފެނުމުން، އެމިސްކިތް ކައިރީގާ، ގިބްލަޔަށް ބިންގާއަޅާ، އެމިސްކިތާ އެއްގޮތަށް(އޭރު އެހުރި ގޮތަށް)މިސްކިތް އިމާރާތްކޮށް ނިންމަވާ، ކުރީގެ މިސްކިތާ، އަދިވެސް އެހެނިހެން މިސްކިތާ އެއްގޮތަށް އެމިސްކިތުގެ ކަންތައް ރާވާ، ދާއިމީ ގޮތެއްގާ އެކަން ބެލެހެއްޓޭނެ ގޮތް ހަމަޖަށްސަވަން ނިންމަވާ، އެމިސްކިތަށް ހައިރާތެއް ކުރަން ބޭނުންވާ މީހުންނަށް ކިޔޭނޭގޮތަށް، އެމިސްކިތުގެ އިރުމަތީ ފާރު ބަލަން އެންގެވި ކަމާ، އަދި އެހާތަނަށް ކުރެވުނު ކަންތަކާ ރަދުން ހިތްހަމަޖެހި އުފާކޮށް، އެމިސްކިތުގެ ބޯގަޔަށް، ހދ.ކުރިނބީ، ށ.ކުޑަޅައިމެންދޫ، ރ.އުނގޫފާރު، ބ.ނިބިލިގާ، (ކ.ތ.ޅ.އދ؟؟؟)ދިއްފުށި، ކ.ހެލެނގެލި، އ.މިރިހި، ވ.ވަށުގިރި، ބުޅަވެލި، ދ.ބަނޑިދޫ، ނަބަދި؟ ހުރުއު؟(އދ.ހުރުއެޅި؟) އަދި (ގއ/ގދ)މާރެހާ އާއި އެހުރިހާ ތަނެއް، ލަށްވާ، ކުރީގެ މިސްކިތުގެ ހާދިމުންނަށް މިމިސްކިތްވެސް ހަވާލުކުރަށްވާ، އިހުމިސްކިތާ އެއްފަދައިން، ފުރާޅުލުމާ، ރާއްޖޭގާ ހާނާހާ ތެލެއްގެ ތެރެއިން ކޮންމެ މަހަކު 6އަޑުބާތެލާއި(ވޮށްދިއްލަން)، ކޮންމެހުކުރު ވިއްލޭރެޔަކު ފަގީރުންނަށް ހަނޑޫ ނާޅިޔެއް ދޭން ކަނޑައެޅުއްވި ކަމާ، އަދި ބަޔާންވެ ދިޔަ ގޮތަށް ދުނިޔެ ދެމިއޮތްހާ ދުވަހަކަށް ދިގުދެމެންޖެހޭނެ ކަމާއި، ޝަރުތުތައް އަބަދަށް ފުރިހަމަކުރަންޖެހޭނެ ކަމާއި، މިވަގުފަކީ، ނުވިއްކޭނެ، ހިބައިން އަދި ސޮދަގާތަކަށްވެސް ނުދެވޭނެ އަދި އެއްވެސް މީހަކަށް މިލްކު ނުކުރެވޭނެ ކަމާއި، އެކަންކަން ނިގުޅައިގަތް މީހަކަށް އޭގެ އަޒާބު ލިބޭނޭ ކަމުގާ؛ އަލްގާޒީ އަބްދުލް ހަކީމް ބުނު މުހައްމަދު، އަރަބިން ލިޔެފާވާ ފަތުގެ(R-28)ގެ، 1325ހ ޖުމާދިލްއާހިރު 10(1907މ ޖުލައި 21)ގާ ކޮށްފާވާ ނަކަލެއް. މިފަތުގެ މަތީގައި، ސުރުހީއަކަށް، ކިލެގެފާނު މިސްކިތުގެ ބޯގަފަތްކޮޅުގެ ނަކަލު'، މިހެން ޖަހަފާވެއެ. މިއީ F0-100ގެ، 1234ހ ޝައަވާލް 20(1819މ އޯގަސްޓް 12)ގާ، ކޮށްފާވާ ތާނަ ތަރުޖަމާގެ ނަކަލެއް ކަމުގާ ބެލެވޭ، އެހެންނަމަވެސް، ދެކަރުދާހުގާ ކޮންމެސްވަރަކަށް ތަފާތު އެބަހުރި. Size: 8.8" X 7.2" K.Male' -2 Dhanaaru of Hukuru Mosque - Endowment for Shrine (ziyaaraiy)

Sans titre
MV NAM MV NAM 012-F0-119 · Pièce · 1696
Fait partie de Manuscript

1107ހ(1696މ)ގާ؛ މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ(ރަސްކަލެއްގެ ނަމެއްނެތް... ތާރީހަށް ބަލާފާ)ރަސްކަމުގެ 5ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ތިލަދުންމަތީ ފިނޭ މީހުން، އެރަށުގާ މިސްކިތެއް އަޅުއްވާދެއްވުމަށާއި، އެ މިސްކިތް ބަލަހަށްޓުމަށް ބޯގައެއް ދެއްވުމަށް އެދުމުން، އެމިސްކިތް ބިނާކުރުމުން، އެ ރަށުގެ ގޮއި ކަނޑުލުން(ސަރުކާރަށް އޮންނަ ކަނޑބައި) 3/1އާ ގޮއިފާލައްބައިން 3/1، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އަދި، އެމިސްކިތުގެ މުދިމަކަށް ހުންނަ މީހަކަށް، އެތަނުގެ ކަށްބިމުގާ(ގަބުރުސްތާނުގާ) ވޮށް ބަހެއްޓުމަށާ، އެތާ ވަޅުލި ކޮންމެ މީހަކަށް ދެއިރު ފާތިހާ ކިޔެވުމަށް، ޝަރުތުކޮށް، އާދައިގެ މަތިން ގަނޑުވަރަށް ކޮންމެ މަހަކު ދޭ 3 އަޑުބާ ހަކުރުން 3 ބާގަ(އަޑުބައަކީ 2ބާގަ)ހަކުރާ، މަހަށްދާ ކޮންމެ އުޅަނދަކުން، މަސް އަރުގަ(އަރުގައަކީ މަސް ބައެއްގެ 2/1)އަކާވެސް އެމިސްކިތުގެ މުދިމަށް ލަށްވާ، އަދި އެހަކުރުން ދެން އޮތް ބައި، އެމިސްކިތަށް ލަށްވާ، އެ ބޯގައިން މިސްކިތް ކުނިކަހާ، ފޮޅާސާފުކޮށް، މަރާމާތުކުރުމުގެ ކަންކަން ކޮށް ބެލެހެއްޓުމަށް، އެމިސްކިތުގެ ހަވާލުވެރިކަން ފިނޭ އެންމެހާ ރައްޔިތުންގެ މައްޗަށް ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ، ދިވެސްއަކުރު ފަތުގެ، 1378ހ ރަޖަބް 20(1959މ ޖަނަވަރީ 30)ގާ، ހުސެއިން ފަހުމީ ތަރުޖަމާކުރުމުން، ބޮޑުފެންވަޅުގެ ސީދީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް. Size: 13" X 8" H.Dh.Finey - Finey Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sans titre
MV NAM MV NAM 012-F1-21 · Pièce · 1955
Fait partie de Manuscript

1955މ ޑިސެންބަރު 26(1375ހ ޖުމާދިލްއައްވަލް 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އިނގިރޭސިވިލާތުގެ އެގްރިކަލްޗަރާ ބެހޭ ނޫސްވެރިޔެއް، ލޯރެންސް ޑީ ހިލްސް، ދިވެހިރާއްޖެޔަކީ، އޭރުގާ ދުނިޔޭގާ އޮތް، ހަތަރެސްކަން ރިޔާ ނަގާފާވާ އޮޑިފަހަރު ހުންނަ ހަމައެކަނި ފްލީޓު ކަމުގާ ބުނެ، އަދި ރާއްޖޭގާ އެފަދަ އޮޑި ބަނދެފާ އެހުންނަހާ ޗާލުކޮށް ދުނިޔޭގެ އެއްވެސް ތަނެއްގާ އޮޑިފަހަރު ނުބަނދެވޭ ކަމާ، އެމެރިކާ އަދި އިނގިރޭސިވިލާތަށް ރާއްޖެޔާ ބެހޭ އެއްވެސް އެއްޗެއް ނޭނގޭކަމާ، އަދި ރާއްޖޭގެ މީހުންނަކީ، އޮޑިދޯނި ބަނުމުގާ ދުނިޔޭގެ މައްޝޫރުކަން ހައްގުވެގެންވާ ގަދަ ކިއްސަރުވަޑިން އަދި ގަދަ ނެވިން ކަމާ، އަދި މިކަން އިޝްތިހާރުވެއްޖެއްޔާ، އެކަމުގެ ސިނާއަތެއް ރާއްޖޭގާ އުފެއްދި، ރާއްޖޭގެ ތަރައްގީވާނެ ކަމުގާ ލިޔެ، މިސިޓީ އެކަމާ ބެހޭ އޮފީހަކަށް ހަވާލުކޮށްދެއްވުމަށް އެދި، އަދި އޮޑިފަހަރުގެ ފޮޓޯޔާއި، އޮޑީގެ ދިގުމިން، އޭގާ އާންމުކޮށް އުފުލާ މުދާ، ފަޅުވެރިންގެ އަދަދު، އެންމެފަހުން އޭގެ އޮޑިއެއް ބައިން އިރު، ބަންނަން ދާ ހަރަދު، މިފަދަ މައުލޫމާތު ފޮނުވަން އެދި، އޭނާޔަކީ، ފޮތް ޝާއިއުކުރާ ކުންފުންޏެއްގެ އޭޖެންޓެއް ކަމުން ރާއްޖޭގެ އޮޑިފަހަރުގެ ވާހަކަ ލިޔުމަށްޓަކާ، އިނގިރޭސި އިނގޭ ކެޕްޓަނެއް ވޭތޯޔާ، އަދި ނެތިއްޔާވެސް، އެމީހުންގެ އެހީއާއެކު އެކަންކުރެވޭނޭކަމާއި، ދުނިޔޭގާވާ، އެވަށްތަރުގެ ރިޔާނެގި އެންމެފަހުގެ އޮޑިފަހަރެއްގެ ކައްޕިއެއްގެ ވާހަކީ މުޅިދުނިޔެވެސް ކިޔާނެ ކަމާއި، އެފޮތުން ރާއްޖެޔަށް އާމްދަނީ ލިބޭނެކަމާ، އަދި އޭނާ އެއުޅެނީ ލާރިކޮޅެއް ހަދާލަން ނޫންކަމާ، އޭނާ ބޭނުންވަނީ ރާއްޖެޔާ ރާއްޖޭގެ އޮޑިފަހާރާ ދުނިޔެއަށް އަންގާދޭންކަމާ، ދިވެހި އޮޑިޔަކީ، ޗާލު، މަދު އަދި ދުރުގާވާ އެއްޗެއްކަމާ، އދވސ.، ލިޔެ ފޮނުވާފާވާ ސިޓީއެއް. Letter sent by Lawrence D Hills- an agricultural reporter of Braintree- Essex- UK- to Sultan Mohamed Fareed Didi on December 8- 1955. Hills was interested in merchant ships of the Maldives and suggested various ideas to disseminate knowledge of Maldivian ships (Size: 8" X 5") United Kingdom - letter (Foriegn)

Sans titre
MV NAM MV NAM 012-F1-17 · Pièce · -
Fait partie de Manuscript

(ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދް ދީދީއަށް، ޖޯން ބީ ޑައުނިންގް، އިނގިރޭސި ސިފައިންގެ މީހެއް، އޭނާ އެކި ގައުމުތަކުގެ ސިފައިންގެ ބެޖް އެއްކުރާތީ، ދިވެހިރާއްޖޭގެ ސިފައިންގެ ބެޖަކަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by John B Downing- a police officer from Worcestershire- UK- to Sultan Mohamed Fareed Didi- requesting a Maldivian Police badge (Size: 7" X 5.4") United Kingdom - letter (Foriegn)

Sans titre
MV NAM MV NAM 012-F0-123 · Pièce · 1751
Fait partie de Manuscript

1164ހ ޒުލްގައިދު 12(1751މ އޮކްޓޯބަރު 2)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު 3ގެ ރަސްކަމުގެ 3ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު(ތ.) ދިޔަމިގިލީ މީހުން، އެރަށުގާ ހުރި އެރަދުންގެ އާއިލާގެ ޒިޔާރަތާއި، މިސްކިތަށް ބޯގައެއް ދެއްވުމަށް އެދުމުން، ފަހަލަ ކިޔާ ރަށާއި، އެރަށުގެ ފަޅާއި، މަސްބަޔަކާއި، ވާރު މަހާއި، ވާރު ކާއްޓާއި، އަދި ދިޔަމިގިލި ފާލަށްބަ އާއި އޭގާވާހާ ތަކެއްޗެއް، ގަނޑުވަރަށާއި އެ މިސްކިތަށް ބެހުމަށާއި، އެ މިސްކިތުގެ މުދިމަށް ލުންގިފަށްޓަރު ހުއްދަވާނެކަމާއި، އެހެން ރަށެއްގާ އޮންނަ މަޖިލީހަކަށް ދާން، ދިޔަމިގިލީ މީހަކަށް ކިޔައިފި ނަމަ، އެމަޖިލިސް ފަށާނީ އެމީހަކު ކަމާއި، އެހެންރަށެއްގެ މީހަކު އެރަށައް އައިސް، އެރަށު މީހެއް ގައިގާ ޖަހައިފި ނަމަ، އެމީހަކު ދުރޯ(ޖޫރިމަނާ)ވާނެ ކަމާއި، ގަނޑުވަރުގެ ރުކުފާލަށްބައާއި، ދަނޑިމަސް އޮންނާނީ ގަނޑުވަރަށް ކަމާއި، ފަހަލައިގެ ފަޅުން އެމިސްކިތައް މިލްކުވާނީ، ކަޅުފަރޭއަހަރެ ކިޔާ ހިސާބުން ކުޑަކޮރާއި ހަމަޔަށް ކަމާއި، ދިޔަމިގިލީ މީހަކު ކޮންމެރަށެއްގެ މީހަކާ އިނދެގެން ދަރިއަކު ލިބި އެރަށެއްގައި ބޮޑުވިނަމަވެސް، ދިޔަމިގިލި މީހަކަށްވާ ވާރުގެ ½ މިކުއްޖާއަށްވެސް ވާނެކަމާއި، ދިޔަމިގިލީ މީހުން އެ އަތޮޅު ކޮންމެ ފަޅަކުން އެން ހިފިޔަސް، ރާއްޖޭގެ ކޮންމެ ތަނެއްގާ އުޅުނަސް އެމީހުންނަށް އަނިޔާ ނުކުރުމަށާއި، މިކަންކަމުގެ އަމުރުނެއްވުމުން، އަލްހާއްޖަ މުހައްމަދު ހަނދޭގިރި ކިއުމުން، އުމަރު ގަދަހަމާދި ލިޔެދީފާވާ ފަތުގެ، 1340ހ ޝައުބާން 11(1922މ އޭޕްރިލް 9)ގާ ތަރުޖަމާކޮށް، 1378ހ ޒުލްހައްޖު 19(1959މ ޖޫނު 26)ގާ، ހުސެއިން ފަހުމީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް. މިއީ، (F0-97)ގެ ނަކަލެއް. Size: 13" X 8" Th.Dhiyamin'gili - Mohamed Imaduddinge Miskiiy (Mosque)- Shrine built by Mohamed Imaduddin - Endowment for Shrine (ziyaaraiy)

Sans titre
MV NAM MV NAM 012-F0-129 · Pièce · 1943
Fait partie de Manuscript

1362ހ ޒުލްގައިދު 22(1943މ ނޮވެންބަރު 20)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ ގަލޮޅު ބިހުރޯޒު މިސްކިތުގެ އިރުން އޮތް، ޝެއިހު މުދިން ކަލޭފާނުގެ ދަރި ފާތުމަތު ފުޅުގެ ދަރިކޮޅަށް، 1356ހ ރަބީލްއާހިރު 10(1937މ ޖޫނު 19)ގާ، ވަގުފްކޮށް ފަތް(F0-130) ލިޔެފާވާ، 'ހަނދުބަލާ ގޯތި'، އާއި، ގަލޮޅު ހަދީބީ މިސްކިތްދޮށުން ދެކުނަށްދާން އޮތް މަގާ އިންވެ ހުޅަނގުން ދެވަނަޔަށް، ހުޅަނގަށް ދާން އޮތް ގޯޅިޔާ އިންވެ ދެކުނުން އޮތް، މަންދޫ ގޯއްތި އާއި، ދެގޯތި ބަދަލުކޮށް ލާޖެއްސުމަށް، ސަރުކާރުން ބޭނުންވުމުން، އެ ފާތުމާފުޅުގެ ދަރިން އެކަމާ ރުހި، އެބޮޑުމިނަށް ތަންދީ، އިމާއި މިން ހިމަނާ، އެމަހްކަމާއިން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ އެވާގޯތި ތ.އެލާއިން ލާޖައްސާ، އަލުން ފަތްލިޔެދީފާވާ ކަމުގާ ލިޔެފާވާ ލިޔުމެއް. Size; 15.6" X 11.9" K.Male' - G.Maandhoo Goathi (Housing Plot) - Deed for housing plot

Sans titre
MV NAM MV NAM 012-F1-34 · Pièce · -
Fait partie de Manuscript

(ތާރީހެއް ނެތް)، އުމުރުން 9 އަހަރުގެ ޕްރިސިލާ އޭން ޒޮލާލް، ދިވެހިރާއްޖޭގެ ރަދުނަށް، އޭނާއަށް ދިވެހިރާއްޖެއިން ޕެންޕޭލެއް(ސިޓީ-ރައްޓެއްސެއް) ހޯދާދިނުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by 9-year girl- Pricilla Anne Zolal- to Sultan of the Maldives- asking him to find her a Maldivian pen pal (Size: 8" X 6") America - letter (Foriegn)

Sans titre