1958މ ފެބްރުވަރީ 15(1377ހ ރަޖަބް 26)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ފްރެޑް މޯސާ ކިޔާ ދަރިވަރަކު، އޭނާގެ ސްކޫލް މަސައްކަތަކަށް ބޭނުންވެގެން، ދިވެހިރާއްޖޭގެ ހުރިހާ ރަށް، އަތޮޅު، ކޯރުތަށް، 'ސިޓީ' އަދި 'ޓައުން'، މަގު، ރޭލުމަގު ފަރުބަދަ އަދިވެސް އެފަދަ ތަންތަން ހިމަނާފާވާ ތަފްސީލު ޗާޓަކާ، ތާރީހު، ސަރުކާރު، އިޖްތިމާއީ، އަދި އިގްތިސާދީ ހާލަތާއި މޫސުމާ އަދި ތައުލީމީ ކަންކަމުގާ ހުރި ދަތިތަކާ، މިކަންކަމުގެ މައުލޫމާތު ފޮނުވުމަށް އެދި ފޮނުވާފާވާ، ދެ އެމެރިކާ ސްޓޭންޕް ޖަހާފާވާ، ކާޑެއް. Card sent by F Moser to Sultan Muhammed Fareed Didi on February 15- 1958- requesting a map of the Maldives for a school project (Size: 5.5" X 3.25") America - card (foriegn)
Sans titre1956މ އޯގަސްޓް 25(1376ހ މުހައްރަމް 18)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އުމުރުންގެ 10 އަހަރުގެ ސެލީ ލަޕްލާންޓް، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކާ ދިވެހިރާއްޖޭގެ ގައުމީ ހެދުން އަޅުވާފާވާ ބުދެއް(ކުޅޭކުޅޭ)، އޭނާއަށް ފޮނުވާދެއްވުމަށް އެދި، އަދި ރާއްޖޭގާ އޮންނަނީ ކޮންކަހަލަ މޫސުމެއްތޯޔާ، ހުންނަނީ ކޮންކޮން މާމަލެއްތޯޔާ، މިކަހަލަ ސުވާލުކޮށް، ފޮނުވާފާވާ ސިޓީއެއް. Letter sent by 10-year-old Sally LaPlante- requesting a doll dressed in Maldivian traditional costume (Size: 12.05" X 7.25") America - letter (Foriegn)
Sans titre(ތާރީހެއް ނެތް) 'މާލޭގެ މީސްމީހުންގެ ވަގުފް ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-64 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. މިލިސްޓުގާ، ނަންބަރު 43ން 47ށް ވަނީ އުނިކޮށެ. List of residential lands in Malé (Size: 13" x 8.3") K.Male' - list (Endowed housing plot)
Sans titre1958މ މޭ 21(1377ހ ޒުލްގައިދު 2)ގާ، ރާއްޖޭގެ ރަދުންނަށް، އުމުރުން 16 އަހަރުގެ އެމް. ޕްރިންޒް ބްރެސްނަނު ކިޔާމީހަކު، އޭނާއަކީ ވަރަށް ޝައުގުވެރިކަމާއެކު ސްޓޭންޕް އެއްކުރާ މީހަކަށްވީތީ، ދިވެހިރާއްޖޭގެ ސްޓޭންޕް ކޮޅަކަށް އެދި، ފޮނުވާފަވާ ކާޑެއް. Postcard sent by M Prinz Bressner- requesting for Maldivian stamps (Size: 4.15" X 5.8") Germany - Postcard (foriegn)
Sans titre(ތާރީހެއް ނެތް) 'ފުރަމާލޭގެ އަމިއްލަ ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-130 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. List of private properties in Malé- with details on the property name- district- building owner- land owner- and condition of the land and building (Size: 13" x 8.3") K.Male' - list(Private Property)
Sans titre1339ހ ޒުލްޙައްޖު(1921މ އޯގަސްޓް)ގާ، މޫސާމަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ގެދަރި އަލްހަތީބު ހުސެއިން ގެދަރި ވެލިދޫގޭ މުހައްމަދު ދީދީ އައިސް؛ އޭނާގެ މައިފުށު މީހުންގެ، މައްޗަންގޯޅި އައުގެގެ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބެއްލެވިއިރު، އެއީ 1242ހ(1827މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުން، އަހުމަދު މާލިމީގެ ދަރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނާއި، އޭނާގެ އެއްބަނޑުއެއްބަފާ މަރިޔަމްފާނު އާއި އެދެބެންގެ މަންމަގެ ގޯތިކަމަށްވާ މައްޗަންގޯޅި އައުގެ، އެދެބެންނަށް އެއްވަރަށް ބައްސަވާ، އުތުރުބައި މަރިޔަމްފާނަށް އަދި ދެކުނުބުރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނަށް ލިބި، އެދަބައި އެއްކޮށް ވަގުފްކޮށް، މުޅި އެ ގޯއްޗާއި އެގޯތީގާވާހާ ތަކެއްޗެއްގެ ހަވާލުވެރިކަން، އެދެބެއިންނާއި އެދެބެންގެ ދަރިފަސްކޮޅަށް ލައްވާ، އައްނައިބު މުހައްމަދު ބަންޑާރަނައިބު ލިޔުއްވާފާވާ ސައްހަ ފަތެއްކަމަށް ސާބިތުވުމުން އެފަތް އޮތްގޮތަށް އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - Ma.Auge/Huvarafusee Kudage (Housing Plot) - Deed for housing plot
Sans titre1371ހ ޒުލްގައިދު 3(1952މ ޖުލައި 25)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުނު، ސަރުކާރުގެ އާ ގަވައިދުގެ ދަށުން، ގަލޮޅު ޖަހާހަގުބިމުގައި އޮތް އާއިޝަތު އަޅާގެ ގަތްގޯތި ކިޔާ ގޯތި("ޑޭޒީފެހި" ގޯތި)، 1208ހ(1794މ)ގާ އައްސުލްތާނު ހަސަން ނޫރައްދީނު ވަގުފް ފަތް(F0-42) ލިޔެދެއްވާފާވާ ގޯތީގެ ބޮޑުމިނަށް، ތ.އެލާއިން ނަގާ، ލާޖައްސާ، އެތާގެ ވަރުވާއިން، އެ އިހުފަތުގާވާ ގޮތަށް ވަގުފް ފުއްދުމަށް މަހްކަމަތުލް އައުގާފާ ހަވާލުކުރިކަމަށް، ވުޒާރަތުލް ދާހިލިއްޔާ އިން ލިޔެފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7" K.Male' - G.Daisyfehige (Housing Plot) - Deed for housing plot
Sans titre1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ކަނޑައެޅުއްވި، ސަރުކާރުގެ ވަގުފްގޯތީގެ އާ ގަވައިދުގެ ދަށުން، ބޮޑުގަލުގޭ އިބްރާހީމް މަނިކު ވަގުފްކުރި މައްޗަންގޯޅި ރޯށަނީގޯތީގެ ވަގުފް، ތ.އެލާއިން ނަގާ ލާޖައްސާފާ، އެގޯތީގެ ހަވާލުވެރިކަން، 1215ހ ޝައްވާލް(1801މ މާޗް)ގާ، އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތުގާވާ ގޮތަށް، އެގޯތީގެ ހަވާލުވެރިކަން، ބޮޑުގަލުގެ އިބްރާހީމް މަނިކުފާނުގެ ދަރި މޫސާ މަނިކު އާއި އާމިނާ މަނިކެ އާއި މިދެބޭންނާއި އެއްބަނޑު ހަސަން ތަކުރު އާއި މި 3 ބެއިންނަށާއި އެމީހުންގެ ދަރިކޮޅަށް ލަށްވާ؛ ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7" K.Male' - Ma.(4th Housing Plot) Roashanee Goalhi (street) - Deed for housing plot
Sans titre1302ހ ޒުލްގައިދު 18(1885މ އޯގަސްޓް 29)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު ގެދަރި އަލްގާޒީ އިބްރާހީމް މަޖުދުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ނެލު މޫސާފުޅުގެ ދަރި ފުއްކޭ އަބޫބަކުރު ކަލޭފާނު ހާޒިރުވެ؛ އޭނާގެ މިލްކުގާވާ ގަލޮޅު ފުއްކޭގެ އާއި، ހުތް އާމިނާދީދީގެ މަންމަ ހައްވާފުޅުގެ އަތުން އޭނާ ގަނެ، މިލްކުކޮށްފާވާ، ބާބާގެއާއި، ނެލުގެއާއި، އެހުރިހާ ގޯއްޗާއި، އެގޯތީގާވާހާ ތަކެއްޗާއި؛ ވަގުފްކޮށް، އެއެއްޗެތީގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލަށްވާދެއްވާ ފަތެއްލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ އެތިންގޯތިވެސް އެއީ އަބޫބަކުރުގެ މިލްކެއްކަމަށް ސާބިތުވެ، އެވަގުފް އެގޮތަށް އޮތްކަމުގާ، އަލްހަތީބު މުހައްމަދު ބުނު މުލަކީގެ ދަރި އައްނައިބު އީސާގެ ދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Ghaazee Ibrahim Majduddin K.Male' - G.Fu'hkei Goathi (Housing Plot) - Deed for housing plot
Sans titre1347ހ ޖުމާދިލްއައްވަލް(1928މ އޮކްޓޯބަރު)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ރަނަހަމާދި އާދަމް ކަލޭފާނުގެ ކުޑަކިބާ ބަނޑޭރި އަލްހާއްޖު އަލީކަލޭފާނު، މައްޗަންގޯޅި ބޮޑުގަލު، ފަތަސްލީގެ ކިޔާ ގޯތި، ބޮޑުގަލުގޭ އިސްމާއީލް މަނިކުގެ ދަރި ދޮންމަނިކުގެ އަތުން ގަނެފައިވާތީ، އެކަމަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެތާގެ އިހުފަތުން، އެގޯތި އެއީ ބޮޑުގަލުގޭ ދޮންއަލީ ތަކުރުފާނުގެ މުހައްމަދު ތަކުރުފާނުއަށް މިލްކުވެފައިވާކަމުގާ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރުއްދީނު ލިޔެދެއްވާފާ ފަތެއް ކަމުގާ ސާބިތުވެ، އަދި މިގޯތީގެ ވާރުތަވެރި ދޮންމަނިކު، އަލީކަލޭގެފާނަށް -/550 އަށް ވިއްކިކަމުގާ އިގުރާރުވުމުން، މައްޗަންގޯޅި ގަނޑުވަރުގެ ދެކުނު މަގު ހެއްދެވީމާ، ގޯތި ކުޑަވުމުން، އަލީރަސްގެފާނު ގަނޑުވަރުގެ ހުޅަގުން އެހެދި މަގާ އިންވެގެން ދެކުނުން އެ ގޯއްޗަށް އެމަދުވިބައި ލަށްވާ މިން ހަމަކުރައްވާ، އަދި އެ އަލީކަލޭފާނުންގެ އެދުމުމުގެމަތިން އެގޯތި ވަގުފްކޮށް، އެތާގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލެއްވުމަށް އެދުމުން، އެކަން އެގޮތައް ކުރައްވާ، އެ މަޖިލީހުން، އަހުމަދު މަހައްލީ ގެދަރި ނައިބު މުހައްމަދު ލިޔުއްވާފާވާ ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Naaibu Hussain Salahuddin K.Male' - Ma.Jan'buroaluge (Fathaslee Goathi) (Housing Plot) - Deed for housing plot
Sans titre