1343ހ ޝައްވާލް 16(1925މ މޭ 9) އަދި 1344ހ ރަޖަބް 17(1926މ ފެބްރުވަރީ 1) އަދިވެސް އެހެން ތާރީހުގާ(މިބައި ވީދިފާ)ގާ، ރާއްޖޭން ބޭރަށް ދިޔަ ނާފަހަރާއި އޮޑީގެ އަދަދާއި، ދިޔަ ތަންތަނާއި، އެއިން ގެނައި ތަކެއްޗާއި، އެތަކެތިން ކުރި ވިޔަފާރިއާއި އެހެނިހެން ކަންކަން ބަޔާންކޮށްފާވާ ކަރުދާހެއް. List of ships that have traveled abroad- their destinations- and the products they brought back (Size: 7.8" X 6.4")
Republic of the Maldives1359ހ(1940މ)ގެ ރަބީލްއައްވަލް މަހުގެ ދުއާޔަށް ކެއިން ކައްކާ އަދި އެހެނިހެން ރަސްމީކަންކަން، އެއަހަރުގެ ސަފަރު މަހު 23، 27، 29ގާ ގަނޑުވަރުގެ އެކިއެކި ކޮއިލުގައަ، ގޭގޭގާ ކުރެވުނު ކަންތައްތަކާ، ކަންތައްތައް ކުރީ ކޮންކޮން ބަޔެއްކަމާ، ކަންތައްތައް ކުރި ގޮތާ، އިންތިޒާމުތައް ހުރި ގޮތާއި، އެ ރަސްމިއްޔާތަށް ރަދުންގެ ކަންކަން ކުރެވުނު ގޮތުގެ ތަފްސީލާއި، ރަބީލްއައްވަލް 12ގެ މާލޫދުއަށް، އެމަހުގެ 8ވަނދުވަހުން ފެށިގެން ކަންތައްތައް ކުރެވުނު ގޮތުގެ ތަފްސީލާއި، 1360ހ ޝައުބާން 3(1941މ އޯގަސްޓް 26)ގާ ގަނޑުވަރުގާ ވަރުހަނގުން ބެހުމަށްޓަކާ، ރަދުންނަށް ވެދުމަށް ގެނައި 'ދަޅުފުޅު' ދެއްވިކަމާއި، އަދި ވެދުން ބޮނޑިޔަށް ކަންތައް ކުރިގޮތާއި، އަދި އެއަހަރު ޝައުބާން 23ގާ ބޮޑުބޮލި ބެއްސެވިކަން ބަޔާންކޮށްފާވާ ލިޔުމެއް. މި ކަރުދާހުގާވާ 7 ގަނޑު ވަނީ ތަރުތީބުން ނޫން ކަމާ، އަދި ދޭތެރެއިން ގަނޑު މަދުވެފާވާ ކަމަށް ބެލެވެއެ. Report on the ceremony planning and food preparation (Size: 8.05" X 5.95") K - Male' - Royal Palace - Writing(food)
Republic of the Maldives'1 މުހައްރަމް'' އެއްފުށުގާ ތާރީހުކޮށް، 'މޮޓަރުބޯޓު ބިސްކޯދު ފޮށި، ކިރުދަޅު، އަދިވެސް ރަދުންގެ ފަރިށްކޮޅަށް ބޭނުންވާ ތަކެތި ގަތް އަދަދާއި ލާރި ދިން އަދަދު ޖަހާފާވާ، އަދި އަނެއްފުށުގާ 'ޝައްވާލް' ޖަހާ، މުސްކުޅިބޭކަލުން، ކުދިބޭކަލުންނަށް ދިން ހަނޑުލުގެ ވަރާއި، އަދިވެސް އެކި އެއްޗެހި ލިޔެފާވާ ކަރުދާހެއް.List of ingredients used in the king's meals and their prices (Size: 7.85" X 5.9") K - Male' - Royal Palace - Writing
Republic of the Maldives54/2/22މ(18.6.1373ހ) ތާރީހުކޮށް، 'ބާރަ މައުލޫދުއަށް އެތެރެ ބަނޑަހަލަށް' ސުރުހީކޮށް، އެކިއެކި ތަންތަނަށް އެކެއެކި ކެއިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3") K - Male' - Royal Palace - list
Republic of the Maldives(ތާރީހެއް ނެތް) އެއްފުށުގާ، ހުކުރު ހަޑޫ، ފޮއި ހަޑޫ، އީދު ހަޑޫ، އަހަރުމަތި ހަޑޫ އަދަދާއެކު ނޯޓްކޮށް އަދި އަނެއް ފުށުގައި ހިސާބުތަކެއް ޖަހާފާވާ ކަރުދާހެއް.List of the amounts of rice used for ceremonies (Size: 8.3" X 6.7") K - Male' - list
Republic of the Maldives(ތާރީހެއް ނެތް) އެކިއެކި ބަދިގެއާއި ގަނޑުވަރުތަކާއި، ބޭބޭކަލުންނާއި، ތަކެތީގެ އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް. List of palace kitchens and their staff (Size: 6.9" X 3.85")
Republic of the Maldives(ތާރީހެއް ނެތް) އެކި ބަދިގެއާއި، ގަނޑުވަރުތަކާއި، ބޭބޭކަލުންނާއި، އެއްޗެތިކޮޅު ބަޔާންކޮށް، އެއެއްޗެއް ކައިރީ އަދަދު ޖަހާ ލިސްޓުކޮށް، ރަސްގެލާފާވާ(ޗެކްކުރާގޮތަށް)ވާ ކަރުދާހެއް. List of palace kitchens and their staff (Size: 8.65" X 6.85")
Republic of the Maldives1952މ ފެބްރުވަރީ 6(1371ހ ޖުމާދިލްއައްވަލް 10)ތާރީހުކޮށް، މަތިގެއިން، ކަކާ ބޭކަލުން ކަމުގާވާ،(ނަމުގެކުރިޔަށް 'ކަކާ' ޖަހާ)، އަލިފުޅު، ހަސަން މަނިކު، ދޮންމޫސާ ކަލޭފާނު، މުލީ ހަސަންފުޅު، މި މީސްމީހުންގެ ނަންޖަހާ، އެއިން ކޮންމެ ބޭކަލެއް ފޮނުއްވަން ވީ އެއްޗެތި ކަމުގާ ތިރީގާ ދުފާ ސާމާނުގެ ބާވަތްތައް ޖަހާ، އެއެއްޗެތި، ހުކުރުދުވަހު ހަވީރު 4ޖަހަން ވާއިރަށް ފޮނުވަން އެދިފާވާ، ކަރުދާހެއް.List of ingredients for dishes to be provided for a ceremony (Size: 13.2" X 7.8") K - Male' - Royal Palace - list
Republic of the Maldives1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އުތީމު މުސްކުޅި ދޮންކަލޭގެގެ ގަލޮޅު މައިޒާން ވަކަރުގަނޑު އިރުމަތީ އޮތް ވަގުފް ގޯތި، ގ.އިރުޖެހިގެ އެއީ، މި އުތީމު މުސްކުޅި ދޮންކަލޭގެ މިލްކުގާ ވަނިކޮށް، ވަގުފްކޮށް، 1141ހ ޖުމާދިލްއާހިރު(1729މ ޖަނަވަރީ)ގާ، ފަތް ލިޔެދެއްވާ، އޭނާގެ ދަރިކޮޅަށް، އަދި އެދަރިކޮޅު ނެތްނަމަ، އޭނާގެ ބޭބެ/ކޮއްކޮ ދޮންއަލީ ކަލޭގެ ދަރިފޮޅަށް، ހަވާލުވެރިކަން ލަށްވާ، އެފަތް ބާވެގެން، 1207ހ(1793މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެފަތް(F4-5) އާކޮށްދެއްވާފާ ވަނިކޮށް، އަދި ހަމަ އެގޯތި މުސްކުޅި ހާޖީގެ ހުސެއިން އަޅާގެ ދަރިންގެ މިލްކު ގޯއްޗެއް ކަމަށް، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާފާ(F0-17) ވިޔަސްވެސް، އެއީ އޮޅުމެއްކަމަށް ބަލާ، 1235ހ(1820މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުންވެސް(F0-70) އެއީ ވަގުފްގޯއްޗެއްކަން ސާބިތުވެ، މިގޯތީގެ ސައްހަ ފަތަކީ، 1207ހ(1793މ)ގެ ފަތްކަމުގާ، އައްޝެއިހު މުހައްމަދު ޖަމީލުދީދީ ގެ ޝަރީއްޔަތު މަޖިލީހުން ނިންމާ، އެގޯތީގެ ވަގުފް ސާބިތުވެ، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - G.Irujehi Goathi (33rd Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the Maldives1348ހ މުހައްރަމް 12(1929މ ޖޫނު 20)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ފަހާގޭ އަލީކަލޭފާނުގެ މުހައްމަދު މަނިކު، ގަލޮޅު ގިނިރާހިގެ އިރުން އޮތް، އޭނާގެ މައިފުށުގެ ކާފަ ދިގުކުޑަކޮއި މުދިންކަލޭފާނުގެ ގޯތީގެ ވާރިސުން މުހައްމަދު މަނިކަށް، -/130ރުފިއާއަށް، އެގޯތި ވިއްކައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1263ހ(1847މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ނެލު މޫސާފުޅުގެ އަލީ ކަލޭފާނަށް މިލްކުވެ އޮތްތަނެއްކަމާއި، އަދި އެތަނުގެ އިމާއި މިން ސާބިތުވެ، އެޔަށްފަހު އެ އލީ ކަލޭފާނުގެ ދަރި ތަކަންދޫ އާދަމް އަށް މިލްކުވެ، އަދި އޭނާ، ދިގުކުޑަކޮއި މުދިން ކަލޭފާނަށް ވިއްކާފާވާކަން ޝަރީއަތު މަޖިލީހަށް ސާބިތުވެގެން ވުމާއެކު، އޭނާގެ ވާރިސުން، އެތަން، މުހައްމަދު މަނިކުއަށް ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ މިން ހަމަކޮށް؛ ގަލޮޅު ކޮލިހިނގާ މަގާ، އެތަނުގެ އުތުރުބިތް އިންވެ، ހުޅަނގު ބިތް، ގަލޮޅު ގިނިރާހިގެއާ އިންވެ އޮތް، ގޯތި(ގ.ކަރަންކާގެހުރި ގޯތި)އެއީ، ފަހާގެ އަލީކަލޭފާނުގެ މުހައްމަދު މަނިކުއަށް މިލްކުވެއޮތް ތަނެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އައްނައިބު އަބްދުއްލޯ ކަމާލުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Galolhu Karankaage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin
Republic of the Maldives