1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި، ގައުމީ ގޯޅިއާއި އިންވެ އުތުރުން ޕިޔާނާގެއާ އިންވެ އިރުން އޮތް، ރިބުދޫ ކޮށްޓޭ ކިޔާ ބިމުގެ މެދުތެރެއިން، އުތުރު ބިތުން 14ރިޔަން 18އަނގޫ، ދެކުނު ބިތުން 12ރިޔަން 14އަނގޫ ބޮޑުމިން(މއ.ތަބައްގެ)، ރިނބިދޫ މުހައްމަދު ތަކުރުގެ ޒުލޭހާފުޅުގެ އާދަމްފުޅުގެ ތަބައްގޭ ދޮންކޮއްކޮ އަށް މިލްކުވެފާވާކަން، 1329ހ ޖުމާދިލްއާހިރު 11(1911މ ޖޫނު 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އާއި ހުސެއިން ސަލާހުއްދީނާއި ދެ ބޭފުޅުންގެ ޝަރީޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އަދި ދޮންކޮއްކޮ ނިޔާވުމުން، އޭނާގެ ތަރިކަވެރިން ކަމުގާވާ އޭނާގެ އަނބި، ކަތްދާފުޅު، ދަރިން، އަލިފުޅުއާއި ދޮންކަމަނައަށް ލިބިފާވަނިކޮށް، ކަތްދާފުޅާއި ދޮންކަމަނަ ނިޔާވެ، ތަބައްގޭ ދޮންކޮށްކޮގެ ހުރި، ހަމައެކަނި ތަރިކަވެރިޔާ އަކީ އަލިފުޅު ކަމާއި، އެގޯތި އެއީ އޭނާގެ މިލްކެއް ކަމުގާ ބަޔާންކޮށް 1374 ޒުލްހައްޖު 22(1955މ އޯގަސްޓް 11)ގާ، މަހްކަމަތުލް ޝަރީޔާއިން، ވުޒާރަތުލް ދާހިލިއްޔާ އަށް ފޮނުވާފާވާ ހ-2/119ނަންބަރު ސިޓީއިން ސާބިތުވެ، އެގޯތީގެ މިލްކުވެރިޔާއަކީ، ރިބުދޫގޭ މުހައްމަދު ތަކުރުގެ ޒުލޭހާފުޅުގެ އާދަމްފުޅުގެ ތަބައްގޭ ދޮންކޮއްކޮގެ އަލިފުޅު ކަމުގާ ބަޔާކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 14 March 1956 regarding the ownership of the land Machchangoalhi Thabagge (Size: 10" X 7.36)K.Male' - MA.Thabahge (Housing Plot) - Private Property
Republic of the Maldives1381ހ ސަފަރު 20(1961 އޮކްޓޯބަރު 1)ގާ މަހްކަމަތުލް ޝަރީޔާއިން؛ އެ މަހްކަމާއަށް ފޮނުވާފާވާ ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ ބަދަލުގާ އަލްމުހްތަރަމް މުހައްމަދު އަލީ ނަސީރު ހުށައެޅުއްވި ވަލުފަތްލިޔާގެއެ ކިޔާގޯތީގެ މައްސަލަ ބެއްލެވިއިރު، އެ ގޯއްޗަކީ، 1306ހ ރަބީލްއައްވަލް 23(1888މ ނޮވެންބަރު 27)ގާ ލިޔެފާވާ ފަތަކުން(F5-19)،ކުޑަ ހަސަން ތަކުރުފާނުގެ ގޯއްޗެއް ކަމުގާ ސާބިތުވާ ކަމާއި، އަދި އެގޯތީގެ ފަތް، އޭނާގެ ދަރި އާދަމްފުޅުގެ މައްޗަށް ބަދަލުކޮށްދެއްވަން އެދުމުން(F5-19)، އެކަން ބެއްލެވިއިރު، އެގޯތި ވަނީ، ކުޑަ ހަސަން ތަކުރުފާނުގެ ދަރިންނަށް ވާރުތައިންލިބި، އަދި އެހާތަނަށް ނުބާހާ ކަމަށާއި، އޭނާގެ ވާރިސުން ކުރެ އޭރު ދުނިޔޭގާ ތިބި، އައްޝެއިހު މަލިން މޫސާ ކަލޭފާނު، ހަސަންތަކުރުފާނުގެ މުހައްމަދުފުޅުގެ ދޮންމަނިކު، އޭނާގެ އައިމިނަތު މަނިކެގެ އިބްރާހީމް މަނިކު އާއި ދަލޭކާމަނިކެ، އެމީހުންގެ ބައިބައި ،ގ.ފޭދޫކޮށީގެ އިސްމާއީލްފުޅު އާއި ފެންތަށިގެ އިސްމާއީލްފުޅު، ހެކިކޮށް، އަދި ލިޔުމުން، އެއާދަމްފުޅުއަށް ދިންކަމުގާ ސާބިތުވުމުން؛ މއ.ވަލުފަތްލިޔާގެއޭ ކިޔާ ގޯއްޗަކީ، ދޭވާނީ ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ މިލްކެއްކަމުގާ ހުކުމްކުރިކަމުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 1 October 1961 regarding the ownership of the land Machchangoalhi Gulbakaage. (Size: 10" X 7.35) K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Writing (Court case)
Republic of the Maldives1306ހ ރަބީލްއައްވަލް 23(1888މ ނޮވެންބަރު 27)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ އަލީ ކަލޭފާނުއާ ދޭވާނީ ކުޑަ ހަސަން ތަކުރުފާނު އައިސް، މައްޗަންގޯޅި ފައިތިލަކޮށި ހުޅަގުންއޮތް މަގާ އިންވެ ހުޅަނގުން އޮތް ވަލުފަތްލިޔާގެ ކިޔާ ގޯތިން، އޭނާޔަށްވީ ތަން، ދޭވާނީ ހަސަން ތަކުރުފާނުށް ވިއްކާ އެ ވިޔަފާރި ހަލާސްވީ ކަމުގާ، އަލީ ކަލޭފާނު ބުނެ، އަދި، އެގޯތިން ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނު އަށާ، ބޮޑުދޮންކޮއްކޮގެ ދޮންމޫސާފުޅުއަށްވީ ތަނާ، އެ ދެތަންވެސް، އޭނާ ގަނެ، ފަތްލިޔެފާވާ ކަމުގާ އެތަކުރުފާނު ބުނެ، އެތިންބައި އެއްކޮށް އިމާއި މިން ހިމަނާ އާ ފަތެއް ލިޔެދެއްވުމަށް، އޭނާ އެދުމުން؛ އެކަން ބަށްލަވާ، އެކަން ސާބިތުވުމުން، މުޅި އެގޯތި އެއީ، އޭނާގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. 1381ހ މުހައްރަމް 21(1961މ ޖުލައި 5)ގާ(ލިޔެފާވަނީ ކޮން ތާކުންކަމެއް ބަޔާވެފަކާ ނެތް)؛ އެފަތް މަހްކަމަތުލް ޝަރީޔާއަށް ގެންގޮސްފާވަނީ، ހަސަން ތަކުރުފާނުގެ ދަރި އާދަމްފުޅުގެ ނަމަށް، އެގޯތި، ބަދަލުކުރުމަށް އެދުމުން، އެކަން ބެއްލެވުމަށްޓަކާ ކަމުގަޔާ، އަދި އެނަމަށް ބަދަލުކުރަން އެދި އެ މަހަކަމާއިން ފޮނުވީ، 61/2032ގެ ސިޓީންކަމުގާ، ލިޔެފާވާ ލިޔުމެއް. A copy of the renewal of the property ownership document after the purchase of the land. (Size: 10" X 7.35) Chief Justices - Al Ghaazee Ismail Bahaauddin K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Private Property
Republic of the Maldives1344ހ ޖުމާދިލްއައްވަލް 6(1925މ ނޮވެންބަރު 23)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަތިރީގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ ކާފަ، އަހުމަދު ދޮށިމޭނާކިލެގެފާނަށް މިލްކުވެގެންވާ މާފަންނު ކޮލިހިގާމަގުން ދެކުނުންއޮތް ހައިރުއްލޯ ގޯތިއޭ ކިޔާ ގޯތި، އެކާފަގެ، އެންމެހާ ބެހެނިވެރިން، އޭނާއަށް ހިބައިން ދީފި ކަމުގަޔާ، އަދި އެގޯއްޗާއި، ކޮލިގޭ ހާޖީގެ ދޮންކަމަނަގެ ވައްވެޔޮދޮށުގާ އޮތް ގޯއްޗާއި ބަދަލުކޮށް ދެގޯތި ލާޖައްސާ، އެ ވައްވެޔޮދޮށުގާ އޮތް ގޯތި، އޭނާއަށް މިލްކުވެފާވާ ކަމުގާ ބުނެ، އެކަންކަމުގެ މައްޗަށް، އެތަންތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1928މ)ގާ، މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެ ހައިރުއްލޯ ގޯތި އެއީ، އަހުމަދު ދޮށިމޭނާ ކިލެގެފާނުގެ މިލްކުތަނެއް ކަމުގާ ސާބިތުވެ، އަދި ބުޗާ މުހައްމަދު ތަންޑެހި ތައްހާނުއާއި، ބަނޑޭރި ދޮންހުސެއިންގެ ދޮންތުއްތުއާއި، އެ މަޖިލީހުގާ، އެތަނުގެ ބެހެނިވެރިން ކުރެ މާލޭގާ ތިބި މީހުންގެ ފަރާތުން، އެކަމަށް އިގުރާރުވެ، އަދި މާލޭގާ ނެތް މީހުން، ސިޓީއިން އެކަމަށް އިގުރާރުވުމުންނާއި، އަދި، 1340ހ(1922މ)ގާ، ހަމަ އެ މަޖިލީހުން، އެތާގެ އިމާއި މިން ހިމަނާ ލިޔެފާވާ ފަތަކުން، އެ ވައްވެޔޮދޮށުގާ އޮތް ގޯތި އެއީ، ކޮލިގޭ ދޮންކަމަނަގެ މިލްކެއް ކަމުގާ ސާބިތުވުމުން؛ އެ މުއާމަލާ ސައްހަކަމުގަ ނިޔާކޮށް، އެދެތަނުގެ މިން އަޅާ، ހައިރުއްލޯ ގޯތިން ބޮޑުވިތަން، އަބްދުލް މަޖީދު ދީދީ، ދޮންކަމަނައަށް ހިބައިން ދިންކަމާއި، މިއެންމެހާ ކަންކަން ބަޔާންކޮށް، އެދެގޯތީގެ އިމާއި މިންހިމަނާ، އައްނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް.. Real estate document for Maafannu Asrafeege- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin K - Male' - M.Asrafee Goathi (Housing Plot)- M.Hairuhloa Goathi (Housing Plot) - Private Property
Republic of the Maldives1361ހ ސަފަރު 28(1942މ މާޗް 16)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ކެއްކުޅަ ދޮންކަލޭފާނު ހާޒިރުވެ، 1360ހ ޖުމާދިލްއާހިރު 24(1941މ މޭ 21)ގާ، އޭނާއަށް ބެރު މުހައްމަދު ކަލޭފާނު ވިއްކި ގޯތީގެ ފަތް ގެއްލި، އެގޯތީގެ މައްޗަށް ދައުވާކުރުމުން، ބެރު މުހައްމަދު ކަލޭފާނުން އެ މަހްކަމާއަށް ހާޒިރުކޮށް، ދޮންކަލޭފާނަށް އޭނާ ދަރާއޮތް ދަރަންޏެއް އަދާކުރުމުގެ ގޮތުން، މާފަންނު މާވެޔޮދޮށަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން އޮތް ވަޅިކޮށި ގޯތީގާ، އޭނައަށް މިލްކުވެފާވާ ބައި ،އެ ދޮންކަލޭފާނަށް ދީ އޭނާޔަށް އެތަން މިލްކުވެފާވާކަމުގާ ބުނެ، އެކަން ސާބިތުވުމުން، ގާޒީ އަބްދުއްލޯ ފަހުމީ ދީދީ، ބަންޑާރަނައިބު އިބްރާހީމް ލުތްފީ ދީދީ، ކުޑަ ނައިބު އަދި ފަތްލިޔާ ނައިބު، އެތަނަށް ގޮސް، އެހިސާބުގަނޑުގެ ދުވަސްވީ މީހުންކުރެ އަހާ، އެމީސްމީހުންގެ ހެކިބަހުން އެތަނުގެ މިން ސާބިތުކޮށް، އެގޯއްޗަކީ، ކެއްކުޅަ ދޮންކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެދީފާވާ ލިއުމުގެ ނަކަލެއް. އަދި، 1368ހ ރަމްލޯނު 7(1949މ ޖުލައި 4)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ މަތީގާ ބުނެފާއެވާ މ.ވަޅިކޮށި ގޯތީގެ މިލްކުވެރިޔާ، ދޮންކަލޭފާނު، ނިޔާވުމުން، އޭނާގެ ދަރި ކަޅުތުއްތު އާއި އެހެނިހެން ދަރިން، -/700ރުފިޔާއަށް، އެތަން، ދަންވަރުގޭ ކުޑަދޮންމަނިކު މާލިމީގެ ތުއްތުމަނިކެއަށް ވިއްކާ، އޭނާއަށް އެތަން މިލްކުވެފާވާ ކަމުގާ؛ މަތީގާ ނަކަލުކުރިކަމަށް ބުނެވިފާވާ ލިއުމުގެ ނުފުށުގާ، މުހައްމަދު ނަސީރު މަނިކު ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 16 March 1942 in to the investigation of the ownership of the land Maafannu Vaifilaa (Size: 8.85" X 6.7") K.Male' - M.Vaifilaa (Vaikosi) Goathi (Housing Plot) - Private Property
Republic of the Maldives(Size:9.9" X 7.8") Chief Justices - Ah Naaib Ismail 1296ހ ރަޖަބް 6(1879މ ޖޫނު 26)ގާ، އައްނައިބު އިސްމާއީލް ބަހާއުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ތަކަންދޫ ދޭވާނީ މުހައްމަދު ތަކުރުފާނުގެ ދަރި ސަންފާ މަނިކުފާނުގެ ދަރި ތުޅާދޫގެ މުހައްމަދު މަނިކު، މާފަންނު ކުޑަކޮށީގައި އޮތް އޭނާގެ މަންމަމެންގެ ބީނާކޮށި ކިޔާ، ވަގުފް ގޯތިން އޭނާގެ ބޮޑުދައިތަ ފާތުމާފުޅުގެ ދަރި ދޭވާނީ އަހުމަދުފުޅު އާއި، ހޮޅުދޫ ހާޖީއާއި، މިދެބެންނަށްވީ ތަނާއި، އޭނާގެ ބޮޑުބޭބެ ދޮންއަލިފުޅުގެ އައިމިނާފުޅުގެ ތިބި ތިން ބެއިން ކުރެ ފިރިހެން ދެބެއިންނަށް ވީތަން، އެދެތަނުގެ ވަގުފް ފުއްދާ ބެލެހެއްޓުމަށް، އޭނާޔާ ހަވާލުކޮށްފި ކަމުގާ ބުނެ، އަދި އެދެބަޔާއި، އޭނާގެ މަންމަގެ ބަޔާއި މިތިންބައި އެއްކޮށް، މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނު، ސަންފާ މަނިކުފާނާއި، ފާތުމާފުޅާއި އަދި ހޮޅުދޫ ހާޖީ، މިތިންބެއިންނަށް ބައްސަވާ ވަކިކޮށްދެއްވާފާ ވުމާއެކު، އެތިންބައި އެއްކޮށް، ތުޅާދޫ މުހައްމަދު މަނިކުއަށް އެތަނުގެ ހަވާލުވެރިކަން ލިބިއްޖެކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، ނައިބު އީސާ ގެދަރި ނައިބު މުހައްމަދު ލިޔެފާވާ ފަތެއް.Bahaauddin K.Male' - Kuda Koshi (Housing Plot - Deed for housing plot
Republic of the Maldives1213ހ ރަމްލޯނު 24(1799މ މާޗް 1)ގާ، އަލްގާޒި މޫސާ މުހިޔިއްދީނު ފަނޑިޔާރުގެ މަޖިލީހުގާ، ހުރާ ދޮންމުހައްމަދުގެ ދަރި ހަސަން ކަލޭގެ، ހެންވޭރު ކެނބުއަޅާމަގުގެ އިރުމަތީ އޮތް އޭނާގެ މައިންބަފައިންގެ ގޯތި ބަހާ، އޭނަޔަށް ވީހާތަނާއި، އަޅާފާހުރި ގެޔާއި، އެތާގާވާހާ ރުއްގަހާއި، ގެންގުޅޭ ގެކަންވާރާއި(ހިފާ ގެންގުޅޭ ސާމާނު)، އެގޯތީގާވާ އެންމެހާ ތަކެތިން، އޭނާގެ މިލްކު ކަނޑާ، ވަގުފްކޮށް، އެ ވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރި އާބަކުރު އަށާއި އެބަކުރުގެ މަންމަ ހައްވާބީ އަށާއި، އެ ހައްވާޔަށް ލިބޭ، ހަސަންގެ ހުރިހާ ދަރިންނަށާއި، އެމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. އަދި ފަތުގެ ނުފުށުގާ: 'ދޮންހުރާގޯތީގެ ވަގުފް ފަތެއްކޮޅު' މިހެން ލިޔެފާވެއެ. (Size: 13.2" X 9") Chief Justices - Al Ghaazee Moosa Muhyiddin Endowment for property- Deed for housing plot
Republic of the Maldives1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އަލްއަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު 1213ހ ރަމްލޯނު(1799މ ފެބްރުވަރީ)ގާ، ފަތް(F0-83A) ލިޔެދެއްވާފާވާ، ކ.ހުރާ، ދޮންމުހައްމަދު ކަލޭގެ ދަރި ހަސަން ކަލޭގެ ވަގުފްކޮށްފާވާ، އަދި، 1368ހ ރަބީލްއައްވަލް 29(1949މ ޖަނަވަރީ 29)ގާ، ބަންޑާރަ ގޯއްޗަކާއި ބަދަލުކޮށް ލާޖައްސާ، ފަތްލިޔެފާވާ(F0-83)، މި ދޮންހުރާ ގޯތި، އެއީ ދޮންމުހުއްމަދު ކަލޭގެ އާއި ހައްވާބީ، މިދެމަފިރިންނަށާއި، އެދެމަފިރީންނަށް ލިބޭ ދަރިންނާއި، އެ ދަރިކޮޅަށް، ހަވާލުވެރިކަން ލިބިފާވާކަން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - M.Dhonhuraa Goathi (25th Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives1380ހ ޒުލގައިދު 7(1961 އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މާފަންނު ދޮއްތަޑަފި ގޯތީގެ އަލީ ބަހީ މަނިކަގެ ތަރިކަ ބަހައިގެން، އެގޯތީގެ 2/1 އޭނާގެ މުހައްމަދު މަނިކުއަށް މިލްކުވެ، އެބައިގެ އުތުރުފަރާތުން 3ރިޔަން ފުޅާމިނުގެ ބައެއް، އަލީ ހާޖީ މަނިކުގެ އަލިމަނުކުގެ ދޮންމަނިކުގެ މިލްކު އެހެން ގޯތިކޮޅަކާ ބަދަލުކޮށް، އޭނާޔަށް މިލްކުވެފާވާ ކަމުގާ، 1369ހ ޖުމާދިލްއާހިރު 19(1950މ އޭޕްރިލް 7)ގާ، މަހްކަމަތުލް ޝަރީޔާ އިން އަލްގާޒި އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ސޮއިކުރަށްވާފާވާ ފަތަކުން ސާބިތުވެ، އެ 2/1ގެ ދެންއޮތް ބައި، އަލީ ހާޖީގެ އަލިމަނިކުގެ ތުއްތު މަނިކަގެ އަބްދުލް ގާދިރު، އަބްދުލް ހާދީ، ދޮންމަނިކެ، އަބްރިއްޔަތު އަދި ފާއިޒާ، މިފަސް ބެއިންނަށް، މުހައްމަދު މަނިކު ހިބައިން ދީ، އެމީހުންނަށް މިލްކުވެފާވާ ކަމާއި އަދި، އެތަނުން އަބްދުލް ގާދިރަށް ވީ ބައި، ކޮލިގޭ އުމަރު މަނިކުއަށް -/500ރ އަށް ވިއްކާ، އުމަރު މަނިކު، ހަމަ އެއަގަށް، ސާހިބުއްދައުލަތު އަލްފާލިލް އިބްރާހީމް ނާސިރުއަށް ވިއްކާ، ނާސިރު، އެތަނުގެ ބޮޑުމިނަށް، ހ.މޭވާގަސްދޮށުގެ ކިޔާ ބަންޑާރަ ގޯތިން ނަގާ ލާޖައްސާ، މ.ދޮއްތަޑަފި ގޯތީގެ އެބައި ދައުލަތަށް މިލްކުވެފާވާކަމުގާ، 1380ހ ސަފަރު 29(1960މ އޯގަސްޓް 22)ގާ، މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، އައްޝެއިހު މުހައްމަދު ޖަމީލު ދީދީގެ ޝަރީޔަތުގެ މަޖިލީހުން ލިޔެފާވާ 2 ލިޔުމަކުން ސާބިތުވެ، މ.ދޮއްތަޑަފި ގޯތީގެ 2/1 އިން، 3ރިޔަން ފުޅާމިނުގެ ބައި ކަނޑާ، ދެންއޮތް ބައިގެ 5/4، އަލީ ހަބީ މަނިކަގެ އަލިމަނިކުގެ ތުއްތު މަނިކަގެ އަބްދުލް ހާދީ، އިބްރިއްޔަތު، ދޮންމަނިކެ އަދި ފާއިޒާ، މި ހަތަރު މީހުންގެ މިލްކެއްކަމުގާ ބަޔާންކޮށް، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 23 April 1961 regarding the ownership of part of the land in Maafannu Dhoththadafi (Size: 8.85" X 6.7") K.Male' - Part of M.Dhohthodafi Goathi (Housing Plot) - Private Property- Housing plot (government)
Republic of the Maldives1371ހ ޝައުބާން 6(1952މ މޭ 1)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1339ހ ޒުލްގައިދު 6(1921މ ޖުލައި 12)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެދެއްވާފާވާ ފަތަކުން، ސޯޅިއާ އަބްދުއަށް މިލްކެއްކަމުގާ(ނަކަލުގާ 'އަބްދުތުއްތުއަށް މިލްކުވެ'ޖެހިފާވަނީ އޮޅުމަކުން ކަމުގާ ބެލެވޭ) ސާބިތުވެ، 1367ހ ރަޖަބް 27(1948މ ޖޫނު 5)ގާ، އެފަތުގެ އަނެއްފުށުގާވާ ޝަރީޔަތުގެ މަޖިލީހުގެ ލިޔުމަކުން، އެތަން އަބްދުތުއްތުގެ އަނބި މާލޭއަލީ ކަތްދައަށް މިލްކުވެ އޭނާ ނިޔާވުމުން، އެތަނުގެ 4/1، އެތުއްތުއަށް މިލްކުވެފާވާ ކަމުގާ ސާބިތުވެފާވާ، މާފަންނު އަލްފަގީހު ސުލޭމާނުލް މަދީނީގެ ޒިޔާރަތްދޮށުން ހުޅަނގަށް ހިނގާންއޮތް ފިޔާތޮށިމަގާ އިންވެގެން ދެކުނުން އޮތް ޝާރިއުވަރުދީ ގޯތީގެ 4/1؛ އަދި އެތަނާ އިންވެ އިރުން އޮތް، 1339ހ ޒުލްގައިދު 6(1921މ ޖުލައި 12)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެދެއްވާފާވާ ފަތަކުން، ތުއްތުގެ މަންމަ އަބްދު ކަމަނާގެ މިލްކެއްކަން ސާބިތުވެ، އަދި އޭނާ ނިޔާވުމުން އޭނާގެ ދަރި، ސޯޅިޔާ އަބްދުގެ ތުއްތުއަށް މިލްކުވެފާވާ ކަމުގާ، އެފަތުގެ އަނެއްފުށުގާވާ ލިޔުމަކުން ސާބިތުވާ، ގޯއްޗާއި، މިދެތަން(މ.ކުއްޅަވަށްގަސްދޮށުގެ) ދައުލަތައް ނަންގަވާ، މާފަންނު ކާނޭޝަން މަގާ އިންވެ ދެކުނުން ނޫބަހާރުގެއާ އިންވެ އިރުން އޮތް ބަންޑާރަ ގޯއްޗާ ބަދަލުކޮށް، ލާޖައްސާ، އަކަމިނުން އުނިވެފާވާ ބަޔަށް ދައުލަތުން އަގުދައްކަވާ، އެތަން(މ.ޏަމްޏަމްގެ) އަބްދު ތުއްތުއަށް މިލްކުވީ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި 1371ހ ޒުލްހައްޖު 3(1952މ އޯގަސްޓް 24)ގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން، ސޯޅީޔާ އަބްދުގެ ތުއްތުގެ ޝަރީއީ ވާރުތަވެރިޔެއް ނެތުމުން، އޭނާގެ ވަސީޔަތާ އެއްގޮތަށް، އެގޯތި، ކޮލަމާފުށީ ދޮންބެގެ ހުސެއިންއަށް މިލްކުވީކަމުގާ، ލިޔެފާވާ ލިޔުމެއްގެ، މިކަރުދާހުގެ 3ވަނަ ސަފްހާގާވާ، ނަކަލެއް. A copy of the report originally written on 1 may 1952 regarding the ownership of the land Maafannu Yamyamge (Size: 10.01" X 7.5") K.Male' - Ma.Yamyamge (Housing Plot) - Private Property- Housing plot (government)
Republic of the Maldives