1343ހ ޒުލްގައިދު 22(1925މ ޖޫނު 14)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކުޑަނެވި ހަސަން ކަލޭފާނުގެ ހުރިހާ ދަރިން، މާފަންނު ބޮޑުހިރުނދުގަސްދޮށުގާ އޮތް، އެއްލިފައިދޮންބީފާނުގޯއްޗޭ ކިޔާ ގޯތިން އެމީހުންގެ ބައްޕަޔަށް ވީހާ ތަނެއް، އެމީހުންގެ އެއްބަފާ އަހުމަދު މަނިކުއަށް ހިބައިން ދީފި ކަމަށް ބުނެ، އެތަނުގެ އިމާއި މިން ބަޔާންކޮށް އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1285ހ(1868މ)ގާ، އެތަނުގެ އިމާއި މިން ހިމަނާ، އަލްގާޒީ އިބްރާހީމް މުހީބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތުން، އެގޯއްޗަކީ، ކުޑަނެވި މާފަތްކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ސާބިތުވެ، އަދި އޭގެ ފަހުން އެގޯތީގެ 2/1 ބަންޑާރަވެ، އަނެއްބައި، އިބްރާހީމް ކަލޭފާނުގެ ދަރި މޫސާ ކަލޭފާނަށް މިލްކުވެ، އެނާގެ ދަރި އިސްމާއީލް ކަލޭފާނަށާއި، ކުޑަނެވި ކަމަނަޔަށާ މިލްކުވެފާވާކަން ސާބިތުކުރައްވާ، އެބައިގެ 3/2، އިސްމާއީލް ކަލޭފާނަށް އަދި އަނެއްބައި ކަމަނަޔަށް މިލްކުވެފާވާ ކަމަށާއި، އިސްމާއީލް ކަލޭފަނުގެ ބައި، އޭނާގެ ދަރި އަހުމަދު މަނިކުއަށް މިލްކުވެއްޖެ ކަމަށާއި، އެތަން، ބޮޑުހިރުނދުގަސްދޮށުން އަތިރިޔަށްދާ މަގާ ދެކުނުން އިންވެ، އަދި އެމަގުން ކުޑަކޮށްޓަށް ދާންއޮތް ގޯޅީޔާ އިރުން އިންވެ އޮތްކަމުގާ އެތަނުގެ އިމާއި، މިން ބަޔާންކޮށް، އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. އަދި 1354ހ ޝައްވާލް 24(1936މ ޖަނަވަރީ 19)ގާ، މަތީގާ ނިސްބަތް އެވާ ގޯއްޗާ، އެތާހުރި ގެޔާ، އެތަނުގާ ވާހާ ތަކެއްޗާ، ކުޑަނެވި އަހުމަދު މަނިކު، ތަކަންދޫ ހުސެއިން ކަލޭފާނަށް ވިއްކާފާ އޮއްވާ، އެގޭގާ ހުރި ވިޔަފާރި މުދަލާއެކު، ހުސެއިން ކަލޭފާނުގެ ނީލަމުން، ދަންވަރުގޭ ނަހުދާ ކުޑަދޮންމަނިކު، -/810 ރުފިޔާއަށް ގަނެ، އެ ގޯއްޗާއި ގޯތީގާވާހާ ތަކެއެއްޗެއް، އެ ކުޑަދޮންމަނިކުއަށް މިލްކުވެއްޖެކަމުގާ، މަތީގާ ނަކަލުކޮށްފާވާ ކަމުގަ ބުނެވިފާއެވާ ފަތުގެ ނުފުށުގާ، ޝަރީޔަތުގެ މަޖިލީހުން ލިޔެފާވާ ލިއުމުގެ ނަކަލެއް. A copy of the report originally written on 14 June 1925 regarding the ownership of the land Maafannu Jeymuge Goathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin K.Male' - M.Jeymuge Goathi (Housing Plot) - Private Property
Republic of the Maldives1341ހ ރަބީލްއައްވަލް 2(1922މ އޮކްޓޯބަރު 23)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ޝަމްސުއްދީނު 3، މާލޭ ގަލޮޅު ހަދީބީކަމާނާގެ މިސްކިތް، ބާވެ ހަލާކުވަމުންދާތީ، ހަމަ އެރަދުން، 1335ހ ސަފަރު 6(1916މ ޑިސެންބަރު 2)އެމިސްކިތުގެ، 910ހ(1504މ)ގާ، ޅައިމަގު ރަންނަބަނޑޭރިކަލޯގެ ދަރި ހަދި(ހަނދި) މާބަނޑޭރިކަލޯ އާއި ހަދި އައިސާ ކަނބުލޯއާއި، މި ދެމަފިރިންނަށް، އެ މިސްކިތް ވަގުފްކޮށް ލިޔެފާވާ ފަތެއް ބާވެގެން، 1173ހ(1760މ)ގާ، މަލަބާރިން، އައްސުލްތާނު އަލްމުކައްރަމް މުހައްމަދު އިމާދުއްދީނު އިސްކަންދަރު އަތުލައިގަނެގެން ދިޔުމުން، އެރަދުންގެ އަންހެން ދަރިކަނބަލުން، ކަނބާ އައިމިނަ ރަނިކިލެގެފާނު ތަހުތުގާ އިންނެވި ދުވަސްކޮޅު، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ލިޔެދެއްވާފާވާ ފަތެއް ގެންނަވާ ބެއްލެވިއިރު، އެމިސްކިތަށް ބޯގަޔަށް ހުރި އެއްޗިއްސާއި، އަދި ތައުލިއްޔާވެރިކަމުގެ ނާޒިރުންގެ(ހަވާލުވެރިކަން) ދަރިފަސްކޮޅުވެސް، ރަނގަޅަށް އޮޅުންނުފިލުމާއި، އަދި މިސްކިތުގެ ކަންކަންވެސް ޒަމާނުއްސުރެ ނުކުރެވިހުރުމާއި އެކު، އެކަން ބެއްލެވުމަށްޓަކާ، ހަވާލުވެރިންގެ އާއިލާގެ ތިބި މީހުން، މަޖިލީހަށް ހާޒިރުކޮށް، ވާހަކަދަށްކާ އޮޅުންފިލުވުމުން، އެމިސްކިތުގެ ބޯގަޔަށް ހުރީ: މާލެއިން، އެ މިސްކިތް ހުރި ގޯއްޗާއި، ގަލޮޅު މައިޒާންދޮށު ހިންނައާ، މިސްކިތުގެ އިރުންއޮތް މަގުގެ އިރުން އޮތް ހިންނަ އާ، ހެންވޭރު ބޮޑުވެޔޮ ހިންނަގެ ދެކުނު އިރުމަތީ ކަނުގާ އޮތް ހިންނައާ، މާފަންނު އަނދިރިއަނދިރި މަގުގެ ވައަތްފަރާތުގަޔާ ކަނާތްފަރާތުގާ އޮތް ދެ ހިންނައާ، މައްޗަންގޯޅި ދަނބުފަލު ހިންނަ އާ، މައްޗަންގޯޅި މައިޒާންދޮށު ހިންނައާ، މިލަދުންމަޑުލު ށ.މާއުނގޫދޫ ގޮއިއާ، ނ.ވަވަތި އާ، މާޅޮސްމަޑުލު ރ.ހުޅުދުއްފާރުގެ 248ބަމައިގެ ތުނޑިއާ، ކ.ކާށިދޫ، ތުއްކަނބާފާނު ރުކުތެރެ ހިންނަ އަދި މެތޮށަލި ހިންނަ އާ، ފެލިދިއަތޮޅު ވ.އަންބަރަ އާ، ބޮޑުފުށިއާ، މ.މުލަކު ރަސްގެ ހިންނައާ، ކޮޅުމަޑުލުން ފެންމީރުފުށިއާ، ކޮޅުމަޑުލު ކަޅުދޭފުށިއާ، ކަނޑޫދޫ ބޮޑު ހިންނަ އާއި މެދު ހިންނަ އާއި، ވޭމަންޑޫ ހިންނަ އާއި: މިންތަންތަން ކަމަށް ނިންމަވާ، 1339ހ ޖުމާދިލްއައްވަލް 11(1921މ ޖަނަވަރީ 21)ގާ، ބަންޑާރައިން، އެމިސްކިތް އަލުން އިމާރާތްކޮށް ނިންމަވާ، މަތީގާއެވާ، އެމިސްކިތުގެ ބޯގަޔަށްވީ ތަންތަނުން، ހުޅުދުއްފާރު ތުނޑިއާއި، އަންބަރާއި، ބޮޑުފުށްޓާއި، ފެންމީރުފުށްޓާއި، ކަޅުދޭފުއްޓާއި، މިފަސް ތަން ފުރަބަނޑާރަޔަށް ނަގާ، ދެން ހުރި ހުރިހާ ބޯގަޔަކީ، އެމިސްކިތު ބޯގަ ކަމަށް ލަށްވާ، މާލެ ހުކުރުމިސްކިތުގެ، އަށް ދޮށުންނާއި އެމިސްކިތް ހަވާލު ކުރެއްވި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަ މާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާއަޅާގެ ދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު ލިޔެފާވާ ފަތެއް. Size; 26.6" X 17" K.Male' - G. Hadheebee Kamanaa Miskiiy (Mosque) - Endowment for Mosque
Republic of the Maldives1346ހ ރަޖަބް 2(1927މ ޑިސެންބަރު 27)ގާ، މަހްކަމްތުލް ޝަރިއްޔާގެ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހަށް، ފާދިއްޕޮޅު އަތޮޅުވެރި އަލީބެ އާދަމް ކަލޭފާނު އާއި ތޮއްޑޫ އިބްރާހީމް މަނިކު އައިސް، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުކަމުގާ،1345ހ(1927މ)ގާ ފަތް(F5-27)ލިޔެދެއްވާފާވާ، ހ.ކަޅުހުރާގޭ އިރުން އޮތް މަގާ އިންވެގެން އިރުން އޮތް، މެދުރީ މުސްކުޅި މަނިކުގެ ވަގުފް ގޯތީގެ އުތުރުން އޮތް ގޯއްޗާ(މަސްއޮޑިގެF3-17B-)އި އެގޯތީގާވާ ގެ، ވަގުފްކޮށް، އެތާގެ ހަވާލުވެރިކަން ޔޫސުފްފުޅުގެ ދަރިފުޅަށް، އަދި އޭނާ ނެތުމުން އޭނާގެ ދަރިކޮޅަށް، އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ލަށްވާ، ފަތެއް ލިޔުމަށް ޔޫސުފްފުޅު ފޮނުވީތީ އައިކަމުގާ ބުނުމުން، އެކަން ބައްލަވާ، އެވަގުފް ސައްހަ ކަމަށް ނިޔާ ކުރެއްވުމުން، އެމަޖިލީހުން، އައްނައިބު އަހުމަދު މަހައްލީ ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' -G.Hikifinifenmaagege - Deed for housing plot
Republic of the Maldives1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސން ނޫރައްދީނު އިސްކަންދަރު ރަދުން ވަގުފްކުރައްވާފާވާ، އާގަނޑުވަރެކިޔާ 'ރައްދެބައިގެ' ގޯއްޗަކީ، 1302ހ ޖުމާދިލްއާހިރު(1885މ އޭޕްރިލް)ގާ އެރަދުން، މާވާކިލެގެފާނުންގެ ގަނޑުވަރޭ ކިޔޭ ގޯތިން މަރިޔަމް ދީދީއަށް މިލްކުވެގެންވާހާ ތަނަކާއި، ބޮނޑިބަތް މޫސާފުޅަށް މިލްކުވެގެން އޮތް ބޮނޑިބަތްގެކިޔާ ގޯއްޗާއި، އެދެތާނގެ މިލްކުވެރިން އަތުން ބައްލަވައިގަނެ، ދައުލަތުގެ މިލްކަށް ދޫކުރައްވާ، އޭގެބަދަލުގާ ބަންޑާރައިން އެރަދުންނަށް މިލްކަށް ލިބި، ވަގުފްކުރައްވާ، ބޮޑުގަލުގޭ ދީދީއަށް، އެރަދުންނަށް ލިބިވަޑައިގެން ދެ ދަރިކަނބަލުންނަށް، ހަވާލުވެރިކަން ލަށްވާ، ފަތް ލިޔެދެއްވާފާވާ ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - H. G.rahdhebaige (27 number Housing Plot)- G.Aa Royal Palace Goathi (27 number Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ ގޮއިދޫ ކާސިންތަކުރުގެ ބިޔާދޫގޯތި، އޭނާގެ ދަރި މޫސާތަކުރު ވަގުފްކޮށް، އެ މޫސާތަކުރުގެ ދަރިކޮޅަށް އެތަނުގެ ހަވާލުވެރިކަން ދީފާވާކަމަށް، 1273ހ ސަފަރު 20(1856މ އޮކްޓޯބަރު 20)ގާ، އަލްގާޒީ ސިރާޖުއްދީނުގެ ދަރި އައްނައިބު އަހުމަދު ބަންޑާރަ ނައިބުގެ ޝަރީއްޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތުން ސާބިތުވުމުން، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - G.Biyaadhoo Goathi (13th Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1221ހ(1806މ)ގާ، އަލްގާޒީ ސިރާޖުއްދީނު ލިޔެދީފާވާ ފަތަކުން، ދަރަވަންދޫ މުހައްމަދު ތަކުރުގެ ދަރި ހުސެއިން އަތުން، ނޮޅިވަރަމު އިބްރާހީމް ތަކުރުގެ ދަރި މޫސާ ތަކުރުގެ މިލްކުކޮށްފާވާ ކަމުގާ ސާބިތުވެ، އަދި 1246ހ(1830މ)ގާ، ހަމަ އެގާޒީ، ލިޔެދީފާވާ ފަތަކުން، މޫސާ ތަކުރު ނިޔާވުމުން، އޭނާގެ ވާރުތަވެރިންގެ އަތުން، ނޮޅިވަރަމު މާލިމީ ގަތްކަމުގާ ސާބިތުވެ، އަދި 1282ހ ޒުލްގައިދު(1866މ އޭޕްރީލް)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އެ މާލިމީގެ ދަރިން އަލިފުޅުއަށާ، އަންހެންދަރިއަށާ އަދި އަނބި ވީ ތަން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އާއި ރަންނަބަނޑޭރި އިބްރާހީމް މަނިކުފާނުގެ ދަރި ރަންނަބަނޑޭރި އަލީ ކިލެގެފާނު އާއި ގަނެ، ވަގުފްކޮށް، އެތަނުގެ އެ ދެމީހުންނާއި އެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ ކަމުގާ ސާބިތުވާ، ކަކާގޭ ހުޅަނގުން، ދަނޑިދުބުރިގެ އިރުން އޮތް ނޮޅިވަރަމު މާލިމީ ގޯތީގެ ބުނެވިދިޔަބައި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - G.Kudhimaage (Housing Plot) - Deed for housing plot (Th.Elaa)
Republic of the Maldives1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު، އަލްހާޒިން މުހައްމަދު ހަނދޭގިރިން ނާއި، މުހައްމަދު މާބަނޑޭރި އާއި، މާކޮށާރު ބަނޑޭރި މުހައްމަދު އާއި، ބަނޑޭރި އަލީ މޭނާއި، ބަނޑޭރި އަލީ ސައިފުއްލާ އާއި، ތޮއްޑޫ އިބްރާހީމް އާއި އަދި މުހައްމަދު ރަންފަޑިއަތް، މި މީސްމީހުން އެކުލެވޭ ކޮމިޓީއެއް ހައްދަވާ، މާލޭގެ ހަތަރު އަވަށުގާ ހުރި ބަންޑާރަ ގޯއްޗާއި އަދި މީސްމީހުންގެ މިލްކު ގޯތިތަށް ވަކިކޮށް އިނގޭނޭގޮތް ހެދުމަށް އެންގެވި އެންގެވުމުގެ ދަށުން، ގަލޮޅު މައިދާނުގެ އިރުން އޮތް ގޯތީގެ ކަންތައް ބަލުމަށް، މުސްކުޅި ހާޖީއާއި އެއްބަނޑު ހުސެއިންގެ ދަރިން މި ކޮމިޓީއަށް ހާޒިރު ކުރުމުން، އެކަން ބެއްލެވުމަށް އެއިރުތިބި ދުވަސްވީ މީހުން ގެންގޮސް، އެމީހުންގެ ބަހުގެ މައްޗަށް، އެގޯތި އެއީ އެ ހުސެއިންގެ ދަރިންނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ނިޔާކުރަށްވާ، އެމަޖިލީހުން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން މަތީގާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ލިޔެފާވާ ކަމުގާ، ބުނެފާވާ ލިޔުމެއް. Size:12" X 8 K.Male' - order"
Republic of the Maldives1235ހ ޝައްވާލް 16(1820މ ޖުލައި 27)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ޝަރީއަތު މަޖިލީހުގާ، އުތީމު ދޮންއަލީ ތަކުރު، އުތީމު އުމަރުކަލޭގެ މަރުވުމުން، އެކަލޭގެ ތަރިކައިން، އޭނާއަށް ވާނެކަމުގާ ދައުވާކޮށް، އެތަކެތި ހޯދާދެއްވުމަށް އެދުމުން، އެއުމަރުކަލޭގެގެ ގޯތީގާ އިންނަ، އުތީމު އައިސާބީ އާއި، އެދޮންއަލީ ތަކުރު، ޝަރީއްޔަތަށް ހާޒިރުކުރަށްވާ، ދެފަރާތުގެ ދައުވާ އެއްސެވުމަށްފަހު، އެތަކުރުގެ ހުރިހާ މުދަލެއް ދޮންއަލީ ތަކުރަށް ކަމާއި، އަދި ގޯތި ވަގުފްކޮށް އައިސާބީއަށް ކަމުގާ، އެދެމީހުން އެއްބަސްވާ، އެޔަށްފަހު، އެ ތަރިކަޔާމެދު އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމުގާ ނިއާކުރެއްވުމުން، ނައިބު ބޭކަލުންނާއި، ދޭވާނީން ފޮނުވާ، ތަކެތި ދޮންއަލީ ތަކުރަށް ހަވާލުކުރުމުން، މިކަންކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، އެ އައިސާބީ އެދުމުން، ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ؛ އަލުން ފަތެއް ލިޔެދީފާވާ ކަމުގާ، އޮތް ލިޔުމެއް. (Size: 10.1" X 8")Chief Justices - Al Ghaazee Ibrahim Sirajuddin K.Male' - G.Irujehige - (Housing Plot) - Deed for housing plot/Endowment for property
Republic of the Maldives1345ހ ޖުމާދިލްއާހިރު 20(1926މ ޑިސެންބަރު 26)ގާ، މަހްކަމަތުލް ޝަރީޔާގެ، ބަންޑާރަ ނައިބު ހުސެއިން ސަލާހުއްދީނުގެ މަޖިލީހުގާ، ބުޗާ މުހައްމަދުފުޅު، އޭނާގެ އެއްބަނޑު ދޮންއަލިފުޅުގެ އަނބި ފިހާރަ ދޮންކޮއްކޮގެ ހަދީޖާފުޅު އާއި މޭނާގެ އާދަމް ކަލޭފާނު ދެމީހުންގެ މައްޗަށް، ހަމަހަމައަށް ހަވާލުވެރިކަން އޮތް، ގަލޮޅު ތުއްކަމަނާފާނު ހިންނައިގެ ހުޅަނގުން އޮތް، އުމަރު މޭނާ ބަނޑޭރި ތަކުރުފާނުގެ ވަގުފް ގޯތިން، އާދަމް ކަލޭގެފާނަށް އޮތްތަން، އޭނާގެ ދަރިކޮޅު މީހުން، ހަދީޖާފުޅު އާއި ހަވާލުކޮށް، އެކަމުގެ ބަދަލުގާ، ހަދީޖާފުޅުއާއި އޭނަގެ ފިރ ދޮންއަލިފުޅުގެ އަތުން -/256 ރުފިޔާ ނަގާ، އެ ލާރި އަނބުރާ ނުދައްކާހާ ހިނދަކު އެތަނުގެ ހަވާލުވެރިކަން ނުލިބޭނޭ ކަމުގާ، ހެކިންގެ ހާޒިރުގާ ލިޔުމަކުން ދީފާ ވާކަމާއި، މަގުތައް ތެދުކުރެއްވުމުގެ ތެރޭގާ އެގޯތީގެ އިމާއި މިން ތަފާތުވުމުން، އަލުން އިމާއި މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ އިހުފަތް ބަށްލަވާ، 1172ހ(1759މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެފާވާ ފަތަކުން، އެގޯތި، އުމަރުމޭނާ ބަނޑޭރިއަށް ވަގުފްވެ އޮތްކަމަށް ސާބިތުވެ، 1316ހ(1898މ)ގާ، ހަތީބު ހުސެއިން ލިޔެދެއްވާފާވާ ފަތަކުން އެގޯތި އެއީ ޒަމާނުއްސުރެ ހަދީޖާފުޅު އާއި އާދަމް ކަލޭގެފާނަށް އޮތް ތަނެއް ކަމުގާ ސާބިތުވެ، އަދި، އެ އާދަމް ކަލޭފާނުގެ ދަރިކޮޅު މީހުން، ބުޗާމުހައްމަދު ފުޅު އެބުނާ ކަމުގެ މައްޗަށް އިގުރާރުވުމުން، އެ މުއާމަލާތް ސައްހަކަމުގާ ނިޔާކުރަށްވާ، އެތަނުގެ އިމާއި މިން ހިމަނާ، އަހުމަދު މަހައްލީގެ ދަރި ނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. Court order on a disupte over the land of Umaru Meyna Thakurufaanu Vagufu Goathi. The land was inherited equally by his two half-siblings- Buchaa Muhammadfulhu and Dhonalifulhu- as well as by his wife Fihaara Dhokkoge Khadijafulhu and Meynaa Adamkileyfaanu. The family of Meynaa Adamkileyfaanu's half-brother leased a part of inherited land to Khadijafulhu for 256 rufiyaa. Khadijafulhu claimed that the family would not be able to regain ownership of the land until they repaid what was owed. In the course of drafting this new document- it was found out that there were inaccuracies with the measurements of the land- which was then checked against an earlier document prepared by Al-Ghazi Muahmmad Muhhibbuddeen in 1759. That older document reportedly stated that Umaru Bandeyri had the right to inherit the land. The court was thus requested to certify the measurements- and to recognize another document- written in 1898 by Hatheeb Hussein and authenticated by Buchaa Muhammadfulhu- which was seen to prove that the land belonged to Khadhijafulhu and Adamkaleyfaanu who are descendants of the family. (Size: 14.8" X 9.6") Chief Justices - Bandaara Naaibu Hussain Salahuddin K.Male' - Umaru Meyna Thakurufaanuge Vagufu Goathi (Housing Plot) - Order (Private property)
Republic of the Maldives1369ހ ޝައްވާލް 6(1950މ ޖުލައި 22)ގާ، މަހްކަމަތުލް ޝަރިއްޔާއިން، ހެންވޭރު އަބަދަށްހިނގާ މަގުގެ އިރުން، މެދުރީމުސްކުޅިގެޔާ އިންވެގެން އުތުރުން އޮންނަ ތުލުސްދޫ މުހައްމަދު ގެދަރި ޔޫސުފްފުޅު ވަގުފްކޮށްފާވާ މަސްއޮޑިގެޔޭ ކިޔާ ގޯތި(މިހާރުގެ ހިކިފިނިފެންމާގެ)، އެތާގެ ވަގުފްވެރީން ކުރެ ކެރަފާ މުހައްމަދު ކަލޭފާނު މިލްކުގާ އޮތް ގ.ހިކިފިނިފެންމާގެ(މިހާރުގެ އެންޓާރިސް)އާއި ލާޖައްސައި ދިނުމަށް އެދުމުން، މިދެގޯތި އަގުކޮށް ދެގޯތީގެ އަގުން އިތުރުވީ ބައި، މަސްއޮޑިގޭގެ ވަގުފްމައްޗަށް ދޫކޮށްލާ، މިމަސްއޮޑިގެ ކިޔާ ގޯއްޗާ(މިހާރުގެ ހިކިފިނިފެންމާގެ) އެތާގާވާ ގެ، މީނާގެ މިލްކެއް ކަމަށް ނިޔާކުރަށްވާ، އެގޯތި ވަގުފްފަތުގެ (F3-17)ގެ އަސްލުފަތުގެ އަނެއްފުށުގާ، އެ ޝަރީއަތު މަޖިލީހުން، ލިޔެދެއްވާފާވާ ލިގެ ނަކަލެއް. Size: 8.8" X 6.7" K.Male' -G.Hikifinifenmaage/G.Antaaris (Housing Plot) - Deed for housing plot
Republic of the Maldives