1362ހ ޒުލްގައިދު 22(1943މ ނޮވެންބަރު 20)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ ގަލޮޅު ބިހުރޯޒު މިސްކިތުގެ އިރުން އޮތް، ޝެއިހު މުދިން ކަލޭފާނުގެ ދަރި ފާތުމަތު ފުޅުގެ ދަރިކޮޅަށް، 1356ހ ރަބީލްއާހިރު 10(1937މ ޖޫނު 19)ގާ، ވަގުފްކޮށް ފަތް(F0-130) ލިޔެފާވާ، 'ހަނދުބަލާ ގޯތި'، އާއި، ގަލޮޅު ހަދީބީ މިސްކިތްދޮށުން ދެކުނަށްދާން އޮތް މަގާ އިންވެ ހުޅަނގުން ދެވަނަޔަށް، ހުޅަނގަށް ދާން އޮތް ގޯޅިޔާ އިންވެ ދެކުނުން އޮތް، މަންދޫ ގޯއްތި އާއި، ދެގޯތި ބަދަލުކޮށް ލާޖެއްސުމަށް، ސަރުކާރުން ބޭނުންވުމުން، އެ ފާތުމާފުޅުގެ ދަރިން އެކަމާ ރުހި، އެބޮޑުމިނަށް ތަންދީ، އިމާއި މިން ހިމަނާ، އެމަހްކަމާއިން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ އެވާގޯތި ތ.އެލާއިން ލާޖައްސާ، އަލުން ފަތްލިޔެދީފާވާ ކަމުގާ ލިޔެފާވާ ލިޔުމެއް. Size; 15.6" X 11.9" K.Male' - G.Maandhoo Goathi (Housing Plot) - Deed for housing plot
Republic of the Maldives1298ހ މުހައްރަމް 26(1880މ ޑިސެންބަރު 28)ގާ، އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ ޝަރީއްޔަތު މަޖިލީހުގާ، ޝެއިހު މުދިން ކަލޭފާނުގެ ދަރި ފާތުމާފުޅު، އެމީހުންގެ ހަނދުބަލާ ގޯއްޗޭ ކިޔާ ގޯތިން އޭނާޔަށް މިލްކުވެއޮތް ބައި، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން އޭނާ ނެތުމަށްފަހު އޭނާގެ ދަރިކޮޅަށް ލަށްވައިފިން ކަމާއި، އެބައިގެ އިމާއި މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަޖިލީހުން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި ތ.އެލާއިން ނަގާ، އާފަތެއް ލިޔެދިން ކަމުގާ ބުނެފާވާ ލިޔުމެއް. (Size: 13.1" X 8") Chief Justices - Ismail Bandaara Naaibu Thakurufaanu K.Male' - G.Maandhoo Goathi (Housing Plot)- G.Han'dhubalaa Goathi (Housing Plot) - Deed for housing plot
Republic of the Maldives1342ހ ޖުމާދިލްއައްވަލް 14(1923މ ޑިސެންބަރު 22)ގާ، އައްނައިބު ހުސެން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތުގެ މަޖިލީހުގާ، އަލްއަމީރު އަލްހާއްޖަ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ދަރި އަތިރީގޭ އަބްދުލް މަޖީދު ދީދީ، ގަލޮޅު ރަށްދެބައިމަގުގެ އިރުން އޮތްމަގާ އިންވެގެން އޮތް މަރަދޫ ހަތީބުމަނިކުގެ ގޯތީގެ ވާރުތަވެރީންގެ ތެރެއިން، އެއްބައި މީހުންނަށް ވީތަން، ބައްލަވައިގަނެ، އަނެއްބައި މީހުންގެ ތަން، އޭނާއަށް ހިބައިން ދީފާވާތީ، މިގޯތި އޭނާ މިލްކުވީކަމުގެ ފަތެއް ލިޔެދެއްވުމަށް އެދުމުން، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، މިގޯތި، މަރަދޫ ހަތީބު މަނިކަށް މިލްކުވެއްޖެކަމަށް ލިޔެދެއްވާފައިވާ ފަތް ބައްލަވާ، މިގޯތީވެރިންގެ ތެރެއިން، ސައްޔިދު ފާމުލަދޭރިކިލެގެފާނު އާއި، ސައްޔިދު ހަސަން މެދުސީދީއަށް ވީތަން، އައްސުލްތާނު އިބްރާހީމް ނޫރައްދީނުއަށް ވެދުމަށް އެރުވުމުން، މިރަދުންގެ ވާރުތައިން، މިގޯތި އަބްދުލް މަޖީދު ދީދީއަށް ހިބައިން ދެއްވާ، އަދި، މިގޯތިން ވެލިދޫގޭ ސިއްތިއަށް ވީތަނާއި އެހެން ބެހެނިވެރީނަށް ވީތަންވެސް، އަބްދުލް މަޖީދު ބައްލަވައިގަނެ، އޭނާއަށް މުޅި މިގޯތި މިލްކުވީކަމަގާ ސާބިތުވުމުން، މުޅިއެގޯތީ އެއީ އޭނާގެ މަލްކެއްކަމުގަ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - G.Maradhoo Khatheebu Maniku Goathi (Housing Plot) - Private Property
Republic of the Maldives1348ހ ޒުލްހައްޖު 28(1930މ މޭ 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ މާވެޔޮދޮށުގެ ދޮންމަނިކުއާއި ފަހާ އާބަކުރު، ފަޑިޔާރުގޭގާ ހާޒިރުވެ ތިބެ، އެދޮންމަނިކުގެ ބައްޕަ، އިބްރާހީމް މަނިކުގެ ދަރަނި އަދާކުރުމަށްޓަކާ، އެއިބްރާހީމް މަނިކުގެ ގޯތި، ގަލޮޅު މައިޒާންދޮށު ގޯއްޗާއި އެތާ އޭނާ އަޅާފާވާ ގެ، އެއާބަކުރުގެ ހަވާލުގާ ބަހަށްޓާފާ، -/1500ރުފިޔާ ނެގިކަމާއި، އަދި އެ އެއްހާސް ފައްސަތޭކަ ރުފިޔާ، ހަމަޔަށް ނުދައްކަނީސް، އެއެއްޗެތި އަނބުރާ ނުނެގޭނެކަމަށާއި، އާބަކުރަށް އެ ގޯތީގެ 4 ފަތް ހަވާލު ކުރެވުނު ކަމުގާ ބަޔާންކޮށްފާވާ ލިޔުމެއްގެ، އެ މަހްކަމާގެ ސިއްކަ ޖަހާފާވާ ނަކަލެއް. Document providing security in exchange for money (Size; 9.8" X 7.9") K.Male' - Maizaandhoshuge (Housing Plot) - Mortgage
Republic of the Maldives1289ހ ރަޖަބް 13(1872މ ސެޕްޓެންބަރު 16)ގާ؛ އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު މުހައްމަދު އިމާދުއްދީނު އާއި، ރަންނަބަނޑޭރި އިބްރާހީމް މަނިކުފާނުގެ ދަރި ރަންނަބަނޑޭރި އަލީ ކިލަގެފާނު، ގަލޮޅު ބޮޑުމަގު ހުޅަނގުން ދަނޑިދިރުބާގޭ އިރުން ނޮޅިވަރަމު މުހައްމަދު މާލިމީގެ ގޯތީގެ ދެކުނުން އޮތް، ދިދިގެ ކުދިންނާއި، ބޮޑުގަލުގެ ކުދިން އަތުން މަލިކު ހުސެއިން ތަކުރު ގަނެ މިލްކުކޮށްފާވާ ގޯތިން، ހުސެއިން ތަކުރުގެ ދަރި ހަސަންއަށް ވީތަން، ގަނެފިކަމުގަޔާ، އަދި އެތަން ވަގުފްކޮށް، އެތަނުގެ ހަވާލުރިކަން އެދެމީހުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރިއާ އެ ވަގުފް ސައްހަ ކަމުގާ ނިޔާކުރަށްވާ، އެތަނުގެ އިމާއި މިން ހިމަނާ، އެފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް. އަދި ފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާވާ، މަލިކު ހުސެއިން ތަކުރުގެ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެފާވާ ކަމުގާ؛ ލިޔެފާވާ ލިޔުމެއް. (Size:12.6" X 8.5") Chief Justices - Al Ghaazee Moosa BadhuruddinK. Male' - Deed for housing plot
Republic of the Maldives1350ހ ރަޖަބް 27(1931މ ޑިސެންބަރު 7)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، މުރީދުގޭ ކުޑަމަނިކުގެ ތުއްތު އާއި ޔޫސުފް މަނިކުގެ ދޮންމަނިކެގެ ފިރި އަހުމަދު ދީދީ، ގަލޮޅު ދަހަރާގެއާ އިންވެގެން ދެކުނުން އޮތް ވަގުފް ގޯތިން، އެތުއްތުގެ ބައްޕަ، ކުޑަމަނިކުއަށް ވީތަން، ކުޑަމަނިކުގެ ދެބެއިންނަށް ބަހާ، ކުޑަމަނިކުގެ ތުއްތުއަށްވީ ބައި، އޭނާގެ ބޭބެގެ ދަރި ދޮންމަނިކެ އަތުން، -/200 ރުފިޔާ ނަގާ އޭނާޔާ ހަވާލުކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ތުއްތު ވިޔަސް އޭނާގެ ދަރިކޮޅު މީހަކަށް ވިޔަސްވެސް، އަނބުރާ އެ ފައިސާ އާއި އެމަނިކެ ކޮށްފާވާ އިމާރާތުގެ އަގު ނުދީ، އެތަން ނުނެގޭނެކަމުގާ ނިޔާކޮށް، ލިޔެފާވާ ލިޔުމެއް. (Size: 6.2" X 9") Chief Justices - Al Ghaazee Hussain Salahuddin K.Male' - Order (Housing plot)
Republic of the Maldives1302ހ ޒުލްގައިދު 15(1885މ އޯގަސްޓް 26)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީޔަތު މަޖިލީހުން؛ ނެލު މޫސާ ފުޅުގެ ދަރި ފުއްކޭގޭ އަބޫބަކުރު ކަލޭފާނު، އޭނާގެ މައިފަރާތު ކާފަ، މުހައްމަދުގެ މިލްކުގާވާ ގަލޮޅު ފުއްކޭގޭ ގޯތިން އޭނާގެ މައިފަރާތު ބޮޑުދައިތަގެ، އޭނަޔާ އެއްބަފާ، ދަރި އަހުމަދުފުޅުއަށްވީ ބައި، އޭނާ އަތުން ގަނެ، މުޅި އެގޯތި އޭނާޔަށް މިލްކުވެފާވާ ކަމާއި، އެމަގަށް ފަތެއް ނުލިޔެއޮއްވާ، އަހުމަދުފުޅު ނިޔާވެފާވާކަމުގާ ބުނެ، އެކަން ބަށްލަވާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބެއްލެވިއިރު، އެގޯތީގެ 2/1ކަމުގާވާ، އަހުމަދު ފުޅުގެ ބައި، އަބޫބަކުރުއަށް ވިއްކާ އަގުހިފާ ހަލާސް ކުރިކަމުގެ އިގްރާރު، އަހުމަދުފުޅު ދުނިޔޭގާ ހުރެ، ނައިބު ބޭކަލުންގެ ޝަރީޔަތު މަޖިލީހަށް އުފުލާފާވާ ކަމުގާ ސާބިތުވެ، އަދި އަހުމަދުފުޅުގެ ދަރި ފާތުމަތުފުޅު އޭނާގެ މަންމަ މަރިޔަމްފުޅުގެ އެއްބަސްވުމާއިއެކު، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރުން ދެއްވާފާވާ އެގޯތީގެ އިހު ފަތުންވެސް މިލްކުވެރިކަން ސާބިތުވުމުން؛ ގަލޮޅު ބާޑީ ދަށުން ހިނގާ މަގާ އިންވެ އުތުރުން، އައްމާނެވީންހުރިގޯތި ކިޔާ ގޯއްޗާ އިންވެ އިރުން އޮތް ފުއްކޭގެގެ މުޅިގޯއްޗަކީ ނެލު މޫސާފުޅުގެ ދަރި ފުއްކޭގޭ އަބޫބަކުރުގެ މިލްކެއްކަމުގާ ބަޔާން ކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. A copy of the report originally written on 26 August 1885 regarding the ownership of the land Galolhu Fukkekeyge (Size: 10.01" X 7.5") Chief Justices - Al Ghaazee Ismail Bahaauddin K.Male' - G.Fuhkeige (Housing Plot) - Private Property
Republic of the Maldives1302ހ ޒުލްގައިދު 18(1885މ އޯގަސްޓް 29)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު ގެދަރި އަލްގާޒީ އިބްރާހީމް މަޖުދުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، ނެލު މޫސާފުޅުގެ ދަރި ފުއްކޭ އަބޫބަކުރު ކަލޭފާނު ހާޒިރުވެ؛ އޭނާގެ މިލްކުގާވާ ގަލޮޅު ފުއްކޭގެ އާއި، ހުތް އާމިނާދީދީގެ މަންމަ ހައްވާފުޅުގެ އަތުން އޭނާ ގަނެ، މިލްކުކޮށްފާވާ، ބާބާގެއާއި، ނެލުގެއާއި، އެހުރިހާ ގޯއްޗާއި، އެގޯތީގާވާހާ ތަކެއްޗާއި؛ ވަގުފްކޮށް، އެއެއްޗެތީގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލަށްވާދެއްވާ ފަތެއްލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ އެތިންގޯތިވެސް އެއީ އަބޫބަކުރުގެ މިލްކެއްކަމަށް ސާބިތުވެ، އެވަގުފް އެގޮތަށް އޮތްކަމުގާ، އަލްހަތީބު މުހައްމަދު ބުނު މުލަކީގެ ދަރި އައްނައިބު އީސާގެ ދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Ghaazee Ibrahim Majduddin K.Male' - G.Fu'hkei Goathi (Housing Plot) - Deed for housing plot
Republic of the Maldives1333ހ ޝައްވާލް 18(1915މ އޯގަސްޓް 19)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ މަޖިލީހުގާ، ށ.ބިލެއްފަހި ރަނަހަމާދި ކަލޭފާނުގެ ދަރި ފޭދޫ އަލީ ކަލޭފާނުއާ، ގާލީ ކޮއިއާ، ފޭދޫކޮށީގޭ އިބްރާހީމް ފުޅު، އެމީހުންގެ ފޭދޫކޮށި ކިޔާ ވަގުފް ގޯތީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ ކުރީގެ ފަތް ކަމުގާވާ 1252ހ(1836މ)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު އުއްތަމަ ފަނޑިޔާރު، އެތަނުގެ މިން ހިމަނާ ލިޔެދެއްވާފާވާ ފަތުން، އެގޯއްޗަކީ، ގަލޮޅު ފާރުރީތި މިސްކިތުގެ އިރުން، ބިލެތްފަހި ރަނަހަމާދިކަލޭގެ ދަރިން މައްޗަށް ވަގުފްވެ އޮތް ގޯއްޗެއް ކަމުގާ ސަބިތުވެ، އަދި އޭގެފަހުން، ކިހާދޫ އިބްރާހީމް ތަކުރުގެ ދަރި އައިސާފާނުގެ ދަރިން، އެމީހުންގެ މާމަގެ ވަގުފް މާވަތްކަޑަ ގޯތި، އެ ފޭދޫކޮށީ ގޯތި ތެރޭ އޮތްކަމަށް ބުނުމުން، އެތަނުގެ އިހު ފަތް ގެނެސް ބެލިއިރު، އެއީ، ގަލޮޅު ކޮލިހިނގާމަގު(މަޖީދީމަގ)ގެ ދެކުނައް އޮތް ގޯއްޗެއްކަމާއި، ހަވާލުވެރިންނަކީ އައިސާފާނުގެ ދަރި އައިމިނާފާނުއާ، އިސްމާއީލް ފާމުލަދޭރި ތަކުރުފާނުގެ ދަރި މުހައްމަދު މަނިކުގެ، ދަރިކޮޅު ކަމުގާ، 1251ހ(1835މ)ގާ، ހަމަ އެ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތެއް ކަމާއި، އެގޯތި ފޭދޫކޯށީގޯތީގެ އުތުރުން އިރުވައި(އިރުއުތުރު؟؟)ކަނުގާ އޮންނަކަމަށް ސާބިތުވުމުން، މާވަތްކަޑަ ގޯތީ ވަކިކޮށް، ފަތެއް ލިޔެދެއްވަން ނިޔާކޮށް، ހަބަރުއިނގޭ ދުވަސްވީ މީހުންނާ، ދޮށުންގެ ބޭކަލުންނާ، ނައިބުބޭކަލުންނާ، ދޭވާނިން އެތަނަށް ހާޒިރުވެ، މިންއަޅާ، ކުރީގާއޮތްގޮތަށް މާވަތްކަޑަ ގޯތި ވަކިކޮށް، ފޭދޫކޮށިގޯތިން މަދުވީ ތަންކޮޅު، އެގޯތި ދެކުނުންއޮތް ބަންޑާރަގޯތިން ނަގާ، އެތަނުގެ އިމާއި މިން ހިމަނާ، ނައިބު އަބްދުއްލޯ ލިޔެފާވާ ފަތެއް. (Size: 17.4" X 11.2") Chief Justices - Al Naaibu Hussain Salahuddin K.Male' - G. Feydhookoshee Goathi (Housing Plot) - Deed for housing plot
Republic of the Maldives1345ހ މުހައްރަމް17(1926މ ޖުލައި 27)ގާ، މަހްކަމަތުލް ޝަރީޔާއިން، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަޔަތު މަޖިލީހުގާ، ބޮޑު ހަސަންކޮއެގެ ދަރި ލޮނު ޒިޔާރަތުގެ ހާދިމު އަލްހާއްޖަ މޫސާކަލޭފާނު، އެމީހުންގެ ފޭދޫކޮށި ކިޔާ ވަގުފް ގޯތީގެ ބެހެނިވެރިންގެ ތެރެއިން، މާލޭގާ ތިބި މީހުންގެ ރުހުމާއިއެކު، އޭނާގެ ބައްޕަޔަށް ވީބައިން، އޭނާގެ އެއްބަފާ، ދޮންކޮއްކޮ، ކުޑަގޮއްޔެ އަދި ދޮށީކޮއެގެ ދޮންއަލިފުޅު އެތިންބެއިންނަށް ވީބައި، އޭނާއަތުން، އެމީހުން /-42ރުފިޔާ ހިފާފަ އޭނަޔަ ހަވާލުކޮށްފި ކަމުގާ ބުނެ، އެތަނުގެ މިން ހަމަކޮށް ފަތެއް ލިޔެދެއްވުމަށް އެދުމުން، ފޭދޫކޮށި ގޯއްޗަކީ އެބމީހުންގެ ދަރިކޮޅުގެ ގޯއްޗެއް ކަން ސާބިތުކޮށް، އަދިއެތިން ބެއިން، އެމީހުންގެ ބައި، އެބުނި އަގު ހިފާ އޭނާޔާ ހަވާލުކުރިކަމުގާ އިގްރާރުވުމުން، އެއީ ސައްހަ މުއާމަލާތެއް ކަމުގަ ނިޔާކޮށް، ފޭދޫކޮށީގޭ އެބައި އެއީ އެ މޫސާކަލޭފާނުގެ ހަވާލުގާވާތަނެއް ކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، މޫސަލް މަހައްލީ ލިޔެފާވާ ފަތެއް.(Size: 13.1" X 7.5")Chief Justices - Al Naaibu Hussain Salahuddin K.Male' - Feydhookoshee Goathi (Housing Plot)) - Deed for housing plot
Republic of the Maldives