Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F7-32 · Item · 1960
Part of Manuscript

1379ހ ޒުލްގައިދު 28(1960މ މޭ 24)ގާ، މަހަކްމަތުލް ޝަރީއްޔާ(ހ)އިން؛ 1379ހ ޒުލްގައިދު 15(1960މ މޭ 11)ގާ، މއ.އަދުންކޮށީގޯތީގެ މިން ހަމޖެއްސުމަށް، އަދުން ހަސަން މަނިކު ހުށަހެޅި މައްސަލަ ބަށްލަވާ، އެގޯއްޗަކީ، އަމިއްލަ ގޯއްޗެއް ކަމާ، އެތަނުގެ އިމާއި މިން އިނގެންނެތުމުން، އެކަން ދެނެހުރި ދުވަސްވީ މީހުންކުރެއަހާ އޮޅުންފިލުވާ، އެގޮތުގެމައްޗަށް، އެމައްސަލަ މުޅިން ނުނިމި އޮށްވާ، އެ މަހްކަމާގެ 'ގޮވަތިގޮވަތީގެ ފަތްފަތުގައި ހުންނަ ރިޔަންކޮޅު ނަގާފޮތް' ކިޔާ ފޮތް ވުޒާރަތުލް ދާހިލިއްޔާއިން ފެނި، އެފޮތުން، މައްޗަންގޯޅި ރެކީގޮވަތި(އަދުންކޮށީގެ)ގެ މިން އިނގި، އަދި ފަތުގެ ތިރީގާ، އެފަތަކީ، 1240ހ(1825މ)ގާ ލިޔެފާވާ، ސިއްކައެއް، ސިއްކަފުޅެއް، ސޮޔެއްނެތް، އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު ލިއުއްވާފާވާ ކަމުގާ ބަޔާންކޮށްފާވާ ފަތެއްކަމުގާ، 1349ހ ރަޖަބް 29(1930މ ޑިސެންބަރު 20)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމެއް އޮތްކަމާ، އަދި އެހެން އެއްވެސް ގޮތަކުން، އެވަރަށްވެސް އެގޯތީގެ މިން، އިނގެން ނެތުމުން، އަދުންކޮށީގޯތީގެ މިންތަކަކީ، އެ ފޮތުގާވާ ލިއުމުގާ، އޮތް މިންތައް ކަމުގާ ނިޔާކޮށް، އެމިންތައް ހިމަނާ، މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރު ސޮއިކޮށްފާވާ ލިޔުމެއްގެ، 1381ހ ޝައުބާން 4(1962މ ޖަނަވަރީ 11)ގާ، އެ މަހްކަމާއިން އަލީ އަހުމަދު ކޮށްފާވާ ނަކަލެއް. Real estate document for Machchangoalhi Adhunkosheege (Size: 8.8" X 6.65")

Republic of the Maldives
MV NAM MV NAM 012-F7-33 · Item · 1901
Part of Manuscript

1319ހ ސަފަރު 8(1901މ މޭ 27)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ރަސްކަމުގެ ހަސަން ދީދި އަލްއައްޑުވީ ގެދަރި އަލީ ދީދީ އާއި ނައިބު އީސަލް މުލަކީ ގެދަރި ޝެއިހު މުހައްމަދު އާއި ދެމީހުންގެ ޟަރީއަތު މަޖިލީހުގާ، ވަޑި(ދަންވަރު؟) ހުސެއިންފުޅުގެ ދޮންމޫސާ ކަލޭފާނު، ކާޅުގުއިރޭމަގުގެ ދެކުނުން އޮތް ޖަހާބަކަރި އައިމިނާފުޅުގެ ގޯތި ކިޔާ ގޯތީގެ މިލްކުވެރިޔާ، ތުޅާދޫގެ މޫސާ މަނިކުގެ އަތުން އޭނާ އެގޯތި ގަނެފި ކަމުގާ ބުނެ، އެ އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެކަން ބަށްލަވާ، އެ ވިޔަފާރި ސައްހަކަމުގަ ނިޔާކުރަށްވާ، އެގޯތި(މއ.އަންޑާޕޫލްގެ) އެއީ، ވަޑި ހުސެއިންފުޅުގެ ދޮންމޫސާ ކަލޭފާނުއަށް މިލްކުވެއޮތް ތަނެއް ކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ، އެ މަޖިލީހުން، މޫސަލް މުލަކީގެ ދަރި އައްނައިބު މޫސާ ދީދީ ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 2ވަނަ ގަނޑުގާ: 1968މ އޯގަސްޓް 19(1388ހ ޖުމާދިލްއައްވަލް 24)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މޫސާ ކަލޭފާނު ނިޔާވެގެން، އޭނާގެ ތަރިކަ ބަހާ، ހިބައިން ލިބިމުންނާއި އަދި ގަތުމުން، އެ ގޯތީ، އޭނާގެ ދަރި، އައިސާފުޅު އާއި، އެ އައިސާފުޅުގެ އަލިފުޅު އަދި އައިމިނާފުޅުއަށް މިލްކުވެފާވާ ކަމުގާ؛ މަތީގާ ބުނެފާވާ ފަތުގެ ނުފުށުގާ، އަބްދުއްލޯ ފަހުމީ ދީދީ ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. އަދި ހަމަ އެގަނޑުގާ: 1367 ރަމްލޯނު 14(1948މ ޖުލައި 21)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އެ މަޖިލީހުގާ، ހޯޑެއްދޫ ހުސެއިން ދީދީގެ މުހައްމަދު ދީދީ އާއި އުމުރުގެ ޔޫސުފްފުޅު އާއި ދެމީހުން، އެ ގޯތި(މއ.އަންޑާޕޫލްގެ)ގެއިން، ދަންވަރު(ވަޑި؟) ދޮންމޫސާ ކަލޭފާނުގެ އައިސާފުޅުއަށްވީ ބައި، އެދެމީހުން ހެކިކޮށް، އޭނާގެ ދެދަރިން، އަލިފުޅު އަށާ އައިމިނާފުޅުއަށް، ހަމަހަމައަށް، ހިބައިންދީފި ކަމުގާ، އެދެ މީހުން ބުނުމުން؛ އެކަން ބަލާ، ސާބިތުކޮށް، މަތީގާވާ ފަތުގެ ނުފުށުގާ، އަބްދުއްލޯ ފަހުމީ ދީދީ ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. މަތީގާވާ ދެ ލިޔުން ލިޔެފާވާ ތާރީހު، އިސްފަސް ވެފާވާ ކަމުގާ ބެލެވޭ. Real estate document for Machchangoalhi Andaapoolge (Size: 8.8" X 6.65")

Republic of the Maldives
MV NAM MV NAM 012-F7-28 · Item · 1960
Part of Manuscript

1379ހ ރަޖަބް 25(1960މ ޖަނަވަރީ 24)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1370ހ ޖުމާލިލްއާހިރު 25(1951މ އޭޕްރިލް 2)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ފަތަކުން، ބަޑިކޮށީ އެދުރުމަނިކު އަތުން، ތުއްތުމަންޖެ ޅަސޮރު ގަނެ، އޭނާއަށް މިލްކުވެފާވާ ކަމުގާ، ސާބިތުވާ، މައްޗަންގޯޅި ކޮތަރިވިލާގެ ކިޔާ ގޯތި، އޭނާގެ ބެހެނިވެރިން ކަމުގާވާ ދޮންކޮއްކޮ ހާޖީ، ދޮންއައިމިނާފުޅު، ތުއްތު، މުހައްމަދުފުޅު، ވޮއްކޮޅު ދޮންކަމަނަ، ހޮޅިކޮށީ ދޮންމަނިކު، ހޮޅިކޮށީ ތުއްތުމަނިކެ، ޅަސޮރުގެ ދޮންމަނިކެ، އަދި އޭނާ ނިޔާވިއިރު އިނދެގެން ހުރި ހޮޅީކޮށީ ދޮންމަނިކެއަށް މިލްކުވެފާވި ގޯއްޗެއް ކަމާއި، އަދި އެއަށްފަހު، އެބެހެނިވެރިންގެ އިއްތިފާގުން، އެގޯތި، ތުއްތު، މުހައްމަދުފުޅު، ހޮޅިކޮށީ ދޮންމަނިކު އަދި ވޮއްކޮޅު ދޮންކަމަނައަށް ހިބައިންދީ، އޭރު އެތަން މިލްކުވެފާވަނީ އެހަތަރު މީހުންނަށް ކަމުގާ ޝަރީއަތަށް ސާބިތުވެފާވާ ކަމާއި، އެތަނުގެ 4/1 ކަމުގާވާ، މއ.ފޮނިލުނބޯގެ(F5-4ބަލާ) އެއީ، ވޮއްކޮޅު ދޮންކަމަނައަށް ވީބައި ކަމާއި، ދެންއޮތް 4/3އިން، 4/1 އެއީ، ހޮޅިކޮށީ ދޮންމަނިކުއަށް ވެ، އޭނާ، ތުއްތުއަށް ވިއްކާފާވާ ބައެއްކަމާ، ދެން އޮތް 4/1އެއީ، އެ ތުއްތުއަށް ވީބައި ކަމާއި، ދެން އޮތް 4/1އަކީ އޭނާގެ ދަރި މުހައްމަދުފުޅުއަށް ވެފާވާ ބައިކަމުގަޔާ، އަދި ޅަސޮރު ތުއްތުއަށް، އެގޯތިން، ވެފާވާ ހުރިހާ ތަނެއް، އޭނަގެ ދަރި މުހައްމަދުފުޅުއަށް، ހިބައިންދީ އޭނާއަށް އެގޯތީގެ 4/3މިލްކުވެފާވާ ކަމުގާ، 1379 ޖުމާދިލްއާހިރު 16(1959މ ޑިސެންބަރު 17)ގާ، މަހްކަމަތުލް ޝަރީޔާއިން، ދާހިލިއްޔާއަށް، ފޮނުވާފާވާ، ށ.3،59/116ނަނަބްރު ސިޓީއިން ސާބިތުވުމުން؛ މައްޗަންގޯޅި ކުރިކީލަމަގާ އިންވެ އުތުރުން ފޮނިލުނބޯގެއާ އިންވެ އިރުން، ބިލެއްތަޅާގެއާ އިންވެ ހުޅަނގުން އޮތް، މއ.ކޮތަރިވިލާގެ އެއީ، ތުއްތުމަންޖެ ޅަސޮރުގެ ތުއްތުގެ މުހައްމަދުފުޅުގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިއެފާވާ ފަތެއްގެ ނަކަލެއް.Real estate document for Machchangoalhi Kotharivilaage- written in Thaana- stating ownership of the land (Size: 8.8" X 6.65")

Republic of the Maldives
MV NAM MV NAM 012-F7-20 · Item · 1937
Part of Manuscript

1356ހ ޖުމާދިލްއާހިރު 8(1937މ އޯގަސްޓް 15)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހަށް މަލިން މޫސާ ކަލޭފާނު ގޮސް، އޭނާގެ ބައްޕަ ކުޑަހަސަން ތަކުރުފާނުގެ ތަރިކަމުދާ ބަހައިގެން އޭނާއަށާއި އޭނާގެ ބޭބެ، މުހައްމަދުފުޅުއަށް ލިބިފާވާ، މައްޗަންގޯޅި ފާތިލަކޮށީގެ ދެކުނުން ހިނގަންއޮތް މަގާ އިންވެ އޮތް ގޯތިން، މުހައްމަދުފުޅުއަށް ލިބިފާވާ ބައިގެ ފަތް ނުލިޔެވި އޮށްވާ، އޭނާ ނިޔާވެއްޖެ ކަމުގާ ބުނެ، އެތަން އޭނަގެ ދަރިންގެ މައްޗަށް ލަށްވާ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1329ހ(1911މ)ގާ، އަލްހަތީބު ހުސެއިން އާއި މޫސަލް މަހައްލީގެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތަކުން، އެތަން އެއީ ކުޑަހަސަން ތަކުރުފާނުގެ މިލްކެއް ކަމާއި، އަދި އެތަނުގެ އިމާއި މިން، ސާބިތުވެ، އަދި އެތަކުރުފާނުގެ ތަރިކަ ބަހާ، އެގޯތީގެ އިރުމަތީ، 2/1، އޭނާގެ މުހައްމަދުފުޅުއަށް މިލްކުވެފާވާކަން ޝަރީއަތުގެ މަޖިލީހަށް ސާބިތުވެފާވުމާއެކު؛ އެގޯތީގެ އިރުމަތީބައި(މއ.ކަށިމާގެ)، އެއީ މަލިން މުހައްމަދުފުޅުގެ ދަރިންގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްސައްޔިދު އިސްމާއީލް މަހްލީ ގެދަރި އައްސައްޔިދު އިބްރާހީމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Kashimaage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Republic of the Maldives
MV NAM MV NAM 012-F7-17 · Item · 1948
Part of Manuscript

1367ހ ޝައުބާން 23(1948މ ޖުލައި 1)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ އަބްދުއްލޯ ފަހްމީ ދީދީގެ ޝަރީއަތު މަޖިލީހުން؛ މައްޗަންގޯޅި ޗާންދަނީ މަގާ އިންވެ ހުޅަނގުން ދިދިގޯޅިއާ އިންވެ ދެކުނުން އޮތް ލަންދޫ މޫސާ ކޮއިގެ އަހުމަދު މަނިކު އަތުން ކަޅުހުރާގޭ އައްސައްޔިދު އަލީ ބައްލަވައިގަތް، ބ.މ.އ ގޯއްޗާ އިންވެ ދެކުނުން އޮންނަ، މއ.ބޮޑުގަލުމާފަތްގެ، އެއީ، ތޮއްޑޫ މޫސާ މަނިކުގެ ސަންފާދީދީގެ އަލިމަނިކުގެ ދޮންދީދީގެ ގޯއްޗެއްކަމުގާ، 1348ހ ރަބީލްއައްވަލް 6(1929މ އޮކްޓޯބަރު 9)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއަތު މަޖިލީހުން ލިޔެދީފާވާ ފަތުން ސާބިތުވުމުން؛ އެކަން ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Machchangoalhi Bodugalumaafaiige- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Fahumee Didi

Republic of the Maldives
MV NAM MV NAM 012-F9-16 · Item · 1960
Part of Manuscript

1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ބޮޑުގަލުމާފަތްގެޔާ އިންވެ ހުޅަނގުން އޮތް، އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު ވަގުފްކުރެއްވި، ރަންވިއްކާގޯއްޗާ، މިގޯއްޗާ އިންވެގެން އޮތް ހަންޏާމީދޫ ގޯއްޗާއި މިދެގޯއްޗަކީ، 1327ހ(1909މ)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު ބައްލަވައިގަނެ، އަބްދުލް މަޖީދުއަށް ހިބައިންދެއްވާފާވާ ދެ ގޯތިކަމުގާ، 1345ހ(1927މ)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު ފަތްލިޔެދެއްވާފާ ވަނިކޮށް، 1346ހ ޖުމާދިލްއައްވަލް 20(1927މ ނޮވެންބަރު 15)ގާ، އައްނައިބު އަލްހާއްޖަ މޫސަލް މަހައްލީ، އެގޯތީގެ ބޮޑުމިން ބަޔާންކޮށް، އެތަނުގެ ހަވާލުވެރިންނަކީ، އަލްއަމީރު ހަސަން ފަރީދު ދީދީގެ ދަރިކޮޅު ކަމުގާ ބަޔާންކޮށް، ވަގުފް ފަތް ލިޔެދެއްވާފާވާ، ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފް ގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. އަދި މިފަތުގެ 5ވަނަ ސަފްހާގެ ތިރީގާ ނޯޓަކަށް: 1379ހ ޒުލްގައިދު 24(1960މ މޭ 20)ގާ، މަހްކަމަތުލް ޝަރީޔާއިން ފޮނުވާފާވާ ށ-3-60/73 ނަންބަރު ސިޓީއިން، 1346ހގެ ވަގުފް ފަތް ލިޔުނު އިރު، އަބްދުލް މަޖީދުގެ ދަރި އަލްއަމީރު ހަސަން ފަރީދު ދީދިގެ ދަރިކޮޅު ނެތުމުގެ ސަބަބުން، އެ މަހްކަމާއަށް އެމައްސަލަ ހުށައެޅުމުން، ހަސަން ފަރީދުގެ ދަރިކޮޅަށް ކުރެވިފާވާ ވަގުފްގެ މަންފާވެރިންނަށް ވާނީ، އޭނާގެ މަންމަ ފަރާތުގެ ބޭފުޅުންކަމުގާ ނިންމާފާވާ ކަމުގާ ލިޔެފާވެއެ Size: 10" X 7.5" K - Male' - Ma.Ranvikkaa Goathi (35rd Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F0-82 · Item · 1946
Part of Manuscript

1365ހ ސަފަރު 24(1946މ ޖަނަވަރީ 28)ގާ، މަހްކަމަތުލް ޝަރީޔާއިން؛ 1364ހ ޖުމާދިލްއާހިރު 3(1945މ މޭ 15)ގާ، މަހްކަމަތުލް ދާހިލިއްޔާއިން ފޮނުވި، ހ.4/4ނަންބަރު ސިޓީގާވާ ގޮތުގެމަތިން، ގުރައިދޫ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނު ވަގުފްކުރެއްވިކަމަށް، އުމަރު މާފަތް ފަތް ލިޔެދެއްވާފާވާ، ދީދީ ގަނޑުވަރޭ ކިޔޭ 'ކަކާގޭ ވަގުފް'؟؟؟، ދާންނާ ގޯތީގެ ބަދަލުގާ، އެ ގޯތީގެ ބޮޑުމިނަށް، މާފަންނު ބޮޑުދިއްގާގަސްދޮށު ކަންމަތިން، އީދަށް ވަޑައިގަންނަވާ މަގުގެ އުތުރުން އޮތް ބަންޑާރަ ގޯތިން ބިން ނެގުމަށާއި، ދާންނާގޯޗަށް އޮތް ހުކުމް މިގޯއްޗަށް ލަށްވާ، ދާންނާގޯތި ބަންޑާރަކޮށް، އެ ދެގޯތި ލާޖައްސާ، ބޮޑުދިއްގާގަސްދޮށުގާ އޮތް، އެ ވަގުފް ގޯތި، ފާތުމަތު މަނިކުފާނުއަށް ހަވާލުވިކމުގާ ނިޔާކުރުމުން، މިކަންކަން ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: 1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިނީ ކަމުގާ؛ ލިޔެފާވާ ލިޔުމެއް. Size: 15.8" X 11.9" K.Male' - M.Dhidhee Gan'duvaru (Palace) - Deed for housing plot

Republic of the Maldives
MV NAM MV NAM 012-F7-23 · Item · 1932
Part of Manuscript

1351ހ ޝައުބާން 5(1932މ ޑިސެންބަރު 3)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތު، އޭނާގެ ބައްޕަގެ ތަރިކަމުދާ ބަހައިގެން އޭނާއަށް މިލްކުވެފާވާ، މައްޗަންގޯޅި ހޮޅުދޫ ހާޖީގެ ގޯއްޗާއިންވެ އިރުން އޮތް ގޯތި، އޭނާގެ ރުހުމުގާ ބައިތުލްމާލަށް ނަގާ، އޭގެ ބަދަލުގާ، ބައިތުލްމާލުން އޭނާއަށް ދިން ގޯތީގެ، މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1347ހ(1929މ)ގާ، ހަމަ އެ ޝަރީއަތުގެ މަޖިލީހުން ލިޔެފާވާފަތަކުން އެގޯތީ އެއީ އެ ދޮންތުއްތުގެ މިލްކެއްކަމުގާ ސާބިތުވެ، އަދި ބަދަލުގާ ބައިތުލްމާލުން ދިން ގޯތީގެ މިން ހަމަކޮށް؛ އެތަނުގެ ދެކުނުބިތް ހޮޅުދޫ ހާޖީގެ ގޯތީގެ ދެކުނުން އޮތް މަގާ އިންވެ، އިރުބިތް، އައްސައްޔިދު މުހައްމަދު ސައީދުއްލޯ ޒުހުރީ ހެންވޭރު ހަތީބު މަނިކުފާނުގެ ގޯއްޗާ އިންވެ އޮތް ގޯތި(މ؟.ހިރިކުއްޅަގެ ގޯތި)، އެއީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ދޮންތުއްތުގެ މިލްކުވެއޮތް ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، އައްނައިބު އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Hirirkulhlhage- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Republic of the Maldives
MV NAM MV NAM 012-F0-60 · Item · -
Part of Manuscript

1357ހ ރަބީލްއައްވަލް 4(1938މ މޭ 5)ގާ، މަތީ ސުރުހީއަކަށް، 'އައްތާރަފަނީން'، މިހެން ޖަހާ، ހަތަރު ކޮލަމަކަށް ބަހާ، ފުރަތަމަ ކޮލަމުގާ 'ނެވިކަލުންގެ ވަރު'ގެ ދަށުގާ: ފާމުދޭރި ތަކުރުފާނު، ހިޔަލަގެ އަހުމަދު ކަލޭފާނު، މައްޗަންގޯޅި ކޮއި، ހިރުދޫ ދޮންތުއްތު، ތުލުސްދޫ މުހައްމަދުފުޅު، ކާޅުގޭ ދޮންތުއްތު އަދި ހުސެއިންފުޅުގެ އީސާފުޅު، އޭގެ ތިރީގާ، 'ނެވިކަލުންގެ ވަރުބައިމަތި'ގެ ދަށުގާ: ލޯޖެހި ޅަތުއްތު، ފުއްލާ އިބްރާހީމްފުޅު، ހޯޑިން ދޮންކޮއި، މާދުގޭ ދޮންތުއްތު، މުންޑު ކުޑަފުތު، ކުޅުދުފުށީ ދޮންތުއްތު އަދި މަގޫދޫ ދޮންކަލޯ، ދެވަނަބައިގާ، 'ސަރަނގުންގެ ވަރު'ގެ ދަށުގާ؛ ދައްޕަރު އިބްރާހީމް ދީދީ، މުދިން ޅަކޮއި، ދޮންބަބުރު ދޮންކޮއްކޮ، ދައްޕަރު އަލިމަނިކު، ދައްޕަރު މޫސާ މަނިކު، ދުންބޮއިތަ އަލިފުޅު، ސީވަލު ދޮންތުއްތު އަދި ބޮއި ދޮންކޮއްކޮ، އޭގެ ތިރީގާ، 'ސަރަނގުންގެ ވަރުބައިމަތި'ގެ ދަށުގާ: ސިންދަ އުމަރުފުޅު، މީދޫ މޫސާ ތައްހާނު، ޒައިނަބުފުޅު ދޮންމަނިކު، ހުޅުދަލީ ދޮންކަލޭފާނު ތުއްތު އަދި ސިނީ ކުޑަމަނިކު، ތިންވަނަ ބައިގާ، 'މަލިމުންގެ ވަރު'ގެ ދަށުގާ: މާދޫގޭ އަހުމަދު ކަލޭފާނު، ފަހާގޭ އާދަމްފުޅު، މާދޫގޭ ކުޑަތުއްތު، ޑިންހަޑޭ އާދަމްފުޅު، ފެލިދޫ އިބްރާހީމް، ކަނޑޫދޫ ދޮންމޫސާ އަދި ފޭދޫ ޅަތުއްތު، އޭގެ ތިރީގާ، 'މަލިމުންގެ ވަރުބައިމަތި'ދަށުގާ: ސިއްކަ އަލިމަނިކުފާނު، ކާޅުގޭ ދޮންކޮއްކޮ، ފޭދޫ މުހައްމަދުފުޅު، ފާމުދޭރި އަހުމަދު މަނިކު، ނައިބުގޭ ދޮންތުއްތު، ކަނޑޫދޫ ހަސަންފުޅު އަދި ތަލޯ އަލީ، އަދި ހަތަރުވަނަ ބައިގާ، 'ސާއްބުންގެވަރު'ގެ ދަށުގާ: ކަތީބު މަނިކުފާނު ތުއްތުދީދީ، ސިނީ ދޮންމަނިކު، ރަތްމަސް އިސްމާއީލް މަނިކު، ގިރާވަރު ޔޫސުފްފުޅު، ގޯނބިލި ދޮންކަލޭފާނު އަދި ފޫޅު އާދަމްފުޅު، އަދި އޭގެ ތިރީގާ، 'ސާއްބުންގެ ވަރުބައިމަތި'ގެ ދަށުގާ: ހޯޑިން އާދަމް ކަލޭފާނު، ގާފަރު ހުސެއިންފުޅު، އެގޭ ދޮންމަނިކު، ނައިވާދޫ ދޮންތުއްތު، ހުޅުދޫ ހުސެއިން، މާންބެ އަދި ކަނޑޫދޫގޭ މެދުތުއްތު، މިނަންތައް، މިގޮތަށް ޖަހާފާވާ ލިސްޓެއް. List of names (Size: 13.4" X 16.5") K.Male' - List

Republic of the Maldives
MV NAM MV NAM 012-F0-76 · Item · -
Part of Manuscript

(ތާރީހެއް ނެތް) އައްސުލްތާނު އިބްރާހީމް އިސްކަންދަރު(ފަތަކުނެތް... ހުކުރުމިސްކިތް ބިނާކުރެއްވީ އެރަދުން ކަމުން) އެމިސްކިތް(ހުކުރު މިސްކިތް) ބިނާކުރަށްވާފާ، މިހުރާބުގޭ ފަސް މުދިމުން، ކޮންމެ ހުކުރު ދުވަހަކު ބަންގީ ސޮލަވާތް ގޮވާ، މާމުދިމަކު މަހާ ވޮޑިގަތުމަށް އެދި(މާނަ ނޭނގޭ.... ހީވަނީ ރަސްގެފާނުން ވަޑައިގަތުމަށް އެހުން ހެން)، ކޮއިލު ސޮލަވާތް ގޮވާ، ސުއްޖާދު(ރަދުންގެ މުސައްލަ)އުފުލާ، ހުތުބާ ކިޔާ، އައުދަ(ކަނޑި)ނަގާދީފާ، ދެންތިބި މުދިމުން، ކަތީބަކު ބަލާދިއުމާ، ސޮލަވާތް ފޮތާއި ފޭލި ގެނެސް ރަދުންނަށް ދިނުމަށާއި، އަދި ކޮންމެ ހުކުރު ދުވަހަކު ޒިޔާރަތްކައިރީގާ ޔާސީން ކިޔެވުމަށާއި، އަދި ކޮންމެ ދުވަހަކު 3 ފަހަރު އިހްލާސް ސޫރަތް ކިޔެވުމަށް އަންގަވާފަޔާ، އަދި، ދޮށުން ދޭ 18ލާރިއާ، ތުލުސްދޫއިން 136ބަމަ ހިންނައަކާ، މާލޭ މައްޗަންގޯޅިން 136ބަމަ ހިންނައަކާ، 'މަލަގުރައިދޫ'؟(އ.ނަލަގުރައިދޫ؟/މާލެއަތޮޅު ގުރައިދޫ؟)ގެ ދެބައިކުޅައެއްބަޔާ، 'ކުނާމީދޫ'؟ (ރ/ދ/ސ؟)އާއި، ދ.ވެލަވަރު؟ ރަސްބޮއްޔާ، ގަމުއަތޮޅު ގަމުން(ލ.ގަން؟؟) 100ބަމަ ހިންނައަކާ، 'މަގަތައްލާބަދުވާ'؟؟އާއި މިހުރިހާއެއްޗެތީން، މިކަންތައް(ހުކުރުމިސްކިތް ބެލުން؟؟؟) ކުރުމަށް ލެއްވި ކަމުގާ ހުކުރުމިސްކިތުގެ މެދު މިސްކިތުގެ ދެކުނުއިރުމަތީ ތަނބުގާ ހުރި ދިވެސްއަކުރު ލިޔުމެއްގެ ތާނަ ތަރުޖަމާއެއް. Size: 10.2" X 8.3" K.Male' - Hukuru Miskiiy (Mosque) - Order

Republic of the Maldives