1357ހ ޝައުބާން 9(1938މ އޮކްޓޯބަރު 3)ގާ؛ އިހުއްސުރެ ރާއްޖޭގާ ވަގުފް ގޯތި މީސްމީހުންނާ ހަވާލުކުރާ އުސޫލުން، ގަލޮޅު ކަކާގެ އިސްމާއީލް ދީދީގެ ބޭފުޅުން އަތުން -/300 ރުފިޔާ ނަގާ، އެއަވަށު ސަތަރު ގޯތި، އެގޯތީގާ، ގަސް އިންދާ އިމާރާތްކޮށް އެތަން ބޭނުންކޮށް ގެންގުޅުމަށް، ހަވާލުކޮށްފި ކަމުގަޔާ، އަދި އެ ރުފިޔާ އާއި އެތަނުގާ ކުރެވޭ ކޮންމެ އިމާރާތަކަށް، ހަމައަށް އަގުދެއްކުމުން ނޫނީ، ދުވަހަކުވެސް އެތަން، އެމީހުން އަތުން ނުނެގޭނެ ކަމާއި، އެތަނާއި، އެބައިމީހުން ހަވާލުވީއިރު، އެތާ އެއްވެސް ފާރެއް، އިމާރާތެއް ނުވާ ކަމުގާ، 1357ހ ސަފަރު 16(1938މ އޭޕްރިލް 17)ގާ، އޭނާ ވައުދުވެ އިގުރާރު ވީކަމުގާ، ސިއްކަގޭ ސަންޕާމަނިކެގެ ދަރި ދަރަވަންދޫގެ މުހައްމަދު ސައީދު ދީދީ އާއި، ހެކިންގެ ދެމީހުންނާއި، ސޮއި ކޮށް، 6ލާރީގެ ސްޓޭންޕެއް ޖަހާފާވާ، ލިޔުމެއް. Size:12.9" X 7.9" K.Male' - G.Satharu Goathi (Housing Plot) - Endowment
Republic of the Maldives1371ހ ޒުލްގައިދު 3(1952މ ޖުލައި 25)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުނު، ސަރުކާރުގެ އާ ގަވައިދުގެ ދަށުން، ގަލޮޅު ޖަހާހަގުބިމުގައި އޮތް އާއިޝަތު އަޅާގެ ގަތްގޯތި ކިޔާ ގޯތި("ޑޭޒީފެހި" ގޯތި)، 1208ހ(1794މ)ގާ އައްސުލްތާނު ހަސަން ނޫރައްދީނު ވަގުފް ފަތް(F0-42) ލިޔެދެއްވާފާވާ ގޯތީގެ ބޮޑުމިނަށް، ތ.އެލާއިން ނަގާ، ލާޖައްސާ، އެތާގެ ވަރުވާއިން، އެ އިހުފަތުގާވާ ގޮތަށް ވަގުފް ފުއްދުމަށް މަހްކަމަތުލް އައުގާފާ ހަވާލުކުރިކަމަށް، ވުޒާރަތުލް ދާހިލިއްޔާ އިން ލިޔެފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7" K.Male' - G.Daisyfehige (Housing Plot) - Deed for housing plot
Republic of the Maldives1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، ހާޒިނު މުހައްމަދު ހަދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި އަލީ މޭނާ، ބޭރުބަނޑަހަލު ބަނޑޭރި އަލީ ސައިފުއްލޯ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް ހިމަނާ، އުފެއްދެވި، މާލޭގާ ހުރި ބަންޑާރަ ގޯތިތަކާއި އަމިއްލަ ގޯތިތައް ބަލާ ވަކިކުރުމުގެ މަޖިލީހުން، ގަތްގޯތި އައިޝާގެ އިބްރާހީމްގެ ދަރީންނާއި، އައިޝާގެ ފާތުމާގެ ދަރީންނަށް، ގަލޮޅު ޖަހާހަގުބިމުގާ އޮތް ގޯތީގެ ކަންތަކުގާ، އޭރުގެ ދުވަސްވީ މީހުންގެ ބަހުން އެގޯއްޗަކީ އެމީހުންގެ މިލްކެއް ކަމުގާ ސާބިތުވުމުން، އެ އައިޝާ އެގޯތި، ވަގުފްކޮށް، އޭނާއަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ، އެމީހުން ބުނުމުން، އެކަން ގަބޫލުކޮށް، އެމަގަށް، އެހަނދޭގިރިން ލިޔެފާވާ ފަތެއް. އަދި މިފަތުގެ ނުފުށުގާ: (ތާރީހެއް ނެތް) މަތީގާ ބުނެވިފާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދީފާވެއްޖެ ކަމުގާވާ ލިޔުމެއް. Size: 16" X 8.9" K.Male' - G.Daisyfehi (Housing Plot) -Deed for housing plot
Republic of the Maldives1379ހ ޝައުބާން 1(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1289ހ ރަޖަބް 13(1872މ ސެޕްޓެންބަރު 16)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން(F0-9)، ދިދިގޭ ކުދިންނާއި ބޮޑުގަލުގޭ ކުދިން އަތުން ގަނެ މިލްކުރި ކަމާއި، އަދި އެގޯތިން، އެ މަލިކު ހުސެއިން ތަކުރުގެ ހަސަންއަށް ވީބައި، އައްސުލްތޯނު މުހައްމަދު އިމާދުއްދީނު އާއި ރަންނަބަނޑޭރި އަލީ ކިލެގެފާނު ގަނެ، ވަގުފްކޮށް، އެދެބޭފުޅުންގެ ދަރިކޮޅަށް ހަވާލުވެރިކްނ ލަށްވާފާވާ ކަމުގާ ސާބިތުވާ، ނޮޅިވަރަމު މުހައްމަދު މާލިމީގެ ދެކުނުން އޮތް، މަލިކު ހުސެއިން ތަކުރު ގޯއްޗޭ ކިޔާ ވަގުފް ގޯތި، 'ޗަބޭލީގެ' 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - G.Chan'beyleege (Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Republic of the Maldives(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލާދުވަހު ރަދުން ވަޑައިގެން ދަރުބާރުގެއަށް ވެދެވަޑައިގަތުމަށްފަހު ކުރާންވީ ކަންތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރު ޖަހާ، 12 ނުކުތާއަކަށް ލިސްޓުކޮށްފާވާ، އެދުވަހުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ ތިންވަނަބައި.Programme for a coronation ceremony (Size: 13" x 8.25") K - Male' - Royal Palace - Coronation(Programme)
Republic of the Maldives1347ހ ރަބީލްއައްވަލް 22(1928މ ސެޕްޓެންބަރު 7)ގާ، އިބްރާހީމް ނޫރައްދީނު އިސްކަންދަރު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 27ވަނަ އަހަރު، މާލެގާ ހުރި، އައްސުލްތާނު ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިޔާރަތް(ބިހުރޯޒުކަމަނާ މިސްކިތު ތެރޭގާ) ބެލެހެއްޓުމުގެ ކަންތައްތައް ރަނަގަޅު ގޮތަކަށް ދެމިހުންނާނެ ގޮތް ހެދުމަށްޓަކާ، އެންމެހާ ވަޒީރުންނާއި، ބޮޑުންނާއި މަޝްވަރާކޮށް، ކ.މާފުށި، އެ ޒިޔާރަތުގެ ބޯގަޔަށް ލަށްވާ، އެއިރަކު ރަސްކަމުގާ ހުންނަވާ ބޭފުޅަކު އެޒިޔާރަތް ބަލަހައްޓަން މީހަކު އިސްކުރައްވަންޖެހޭނެ ކަމާއި، މާފުށިން ލިބޭ އެއްޗެހިންނާއި، އެ ޒިޔާރަތަށް ނަދުރަށް ގެނެވޭ އެއްޗެހިން، އެ ޒިޔާރަތުގެ ވިނަނޮޅާ ކުނިކެހުމާ، ދޮރާށި ދެފަރާތުގާ 2 ބަނޑިޔާކޮޅު ބެހެއްޓުމަށާ، ބޭރުފާރު ވަށާ 4 ލަންޓަން ބެހެއްޓުމާ، ކޮންމެ އަހަރަކު 'ފަސްހެޔޮރޭ'(4ބޯފޮޅި ދުވަހާއި ރަމްލާނު 29ރޭ) އެ ބަނޑިޔާ ދިއްލުމަށާ، އަހަރަކު އެއްފަހަރު ފާރުގާ ހުދުއުވަލާ، ކޮންމެ ފާތިހާދުވަހަކު އަސުރުނަމާދަށްފަހު 10މީހުން ލަށްވާ ފާތިހާ ކިޔެވުމާއި، ހުކުރުހޯމަ ވިއްލޭރާ 40މީހުން ލަށްވާ ޒިޔާރަތުގާ ޔާސީން ކިޔެވުމާއި، ކޮންމެ ހުކުރުދުވަހަކު ޒިޔާރަތުގެ ދޮރޯށި ހިރަފުސްފޮޅާ ސާފުކުރުމަށާއި، ފަރުދާ، ސަނދުވާ، ޒިޔާރަތުގާ ނަގާ ދިދަ އާއި، ދަވާދުލުމާއި، ވަޑާމުގެ ކަންކަންކުރުމާއި، އެއްޗެތި އާކުރުމުގެ ކަންކަން ބެބަލަހަށްޓަން ޖެހޭނީ ބައިތުލްމާލުން ކަމާއި، އަދި ކޮންމެ އަހަރަކު އެއްފަހަރު ހުދުއުވަލުމުގެ ކަންތަކަށް ބައިކަނޑި އުވައާއި، ޒިޔާރަތުގާ ލާ ދޮންވެލި މާފުށީ މީހުން ގެންނަން ޖެހޭނެ ކަމާއި، މިއެއްޗެތި ގެނެއުމަށް މާފުށީ މީހުންނަށް ދަތުރުކުރުމަށް އޮޑިއެއް އޮންނަންވާނެ ކަމާއި، މިހުރިހާ ކަމެއް، ދުނިޔެއޮތްހާތަ ދުވަހަކު ދެމިހުންނަންޖެހޭނެ ކަމުގާ އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި އައްނައިބު އަބްދުއްލާ ލިޔެފާވާ ފަތެއް. Size: 18.5" X 10.6" K.Maafushi - Ghaazee Shrine (Bihuroazukamanaa Miskiiy) - Endowment for Shrine (ziyaaraiy)
Republic of the Maldives1352ހ ރަޖަބް 24(1933މ ނޮވެންބަރު 13)ގާ، މަހްކަމަތުލް މާލިއްޔާއިން، ޝަމްސުއްދީނު ރަދުން 3ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ޖުމާދިލްއައްވަލް މަހުން ފެށިގެން، ޝެއިހު ނަޖީބުލް ހަބްޝީގެ މަގާމަށް އޮންނަ ކ.އެބޫދޫ، ސަރުކާރަށް ނަގައިފި ކަމާ، އަދި އޭގެ ބަދަލުގައި ލޮނުޒިޔާރަތުގެ ހާދިމް ޅަކޮއި ހާޖީ ކަލޭގެފާނަށް މަހަކު -/30 ރުފިޔާ ދެއްވުމަށް، މަހްކަމަތުލް މާލިއްޔާއިން ނިންމައިފިކަން އަންގާ، ވަޒީރުލް މާލިޔާ، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.Notice of confiscationof the island of K.Emboodhoo for official use by Lhakoe Haji Kaleyfaanu. It is decreed that thirty rufiya will be paid monthly as compensation (Size: 5.8" X 4.1") K - Male' - Sheikh Najeeb Habusheege Maqaam (Shrine) - Writing(Announcement)
Republic of the Maldives1362ހ ޒުލްހައްޖު 1(1943މ އޮކްޓޯބަރު 30)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ 1362 ރަބީލްއާހިރު 22(1943މ އޭޕްރިލް 27)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ފޮނުވާފާވާ، ހ-25ނަންބަރު ސިޓީގާވާ ފަދައިން، 1331ހ ޒުލްގައިދު 15(1913މ އޮކްޓޯބަރު 16)ގާ ފަތްލިޔެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ، އިރުން ދެވިނަމަގުގެ އުތުރުން އޮތް، ދޭވާނި ހާޖީކޮއިގެ ގޯތި، އޭނާގެ 2 ދަރިން، ދޮންތުއްތު އާއި ކުޑަތުއްތުގެ މެދުގައި ބަހާ، ދޭވާނީ ހާޖީ ކޮއިގެ ދޮންތުއްތު އަށް ލިބުނުބައި، މައްޗަންގޯޅި ދެކުނުއިންނަގޯތިގެ އިމާއި މިން ހިމަނާ؛ ލިޔެފާވާ ފަތުގެ ނަކަލެއް. (F7-8އަކީ މިތަނުގެ އަނެއްބައިގެ ފަތުގެ ނަކަލު) Real estate document for Machchangoalhi Dhekunuinnagoathi (Size: 8.8" X 6.65") K.Male' - Part of Ma.Dhekunuinna Goathi (Housing Plot) - Private Property
Republic of the Maldives1344ހ ޝައްވާލް 26(1926މ މޭ 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ދަރުބާރުގާ، މާލެ އަތޮޅު ތުލުސްދޫ މީހުން، އެރަށު މާމިސްކިތުގެ ބޯގަޔަށް، އެރަށު އުތުރުން އޮތް ވިލިނގިލިއާއި، މަތިދަހުރާ؟ ލަށްވާ، ދެއްވާފާވާ ފަތް ބާވެގެން އާކޮށްދެއްވުމަށް އެދުމުން، 1227ހ(1812މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވައިފާވާ ފަތުން، އެ ދެރަށް، އެ މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ކަމާއި، ދިއްފުށީ ފަޅުގާ އޮންނަ ގިރިފަށް(ގިރުފުށި؟) އާއި އުތުރުކޮޅުދުނި ކިޔާތަނާއި ދެތަނުގެ މެދުން، ދެކުނަށް ވީބައި، ތުލުސްދޫ މީހުންނަށް ދެން އޮތްބައި ދިއްފުށި މީހުންނަށް އޮތްކަމުގާ ސާބިތުވުމުން، އެފަތް އާކުރުމަށް އަމުރުނެރުއްވުމުން، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް. Size: 15.9" X 8.8" K.Thulusdhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1339ހ މުހައްރަމް 24(1920މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާލެއަތޮޅު ގުރައިދޫ މިސްކިތުގެ ހަވާލުވެރިން ކަމުގާވާ، ގުރައިދޫ އަލިމަނިކުފާނުގެ ދަރިން، އެމިސްކިތުގެ އިމާރާތް އާކޮށްފިކަމާއި، އެމިސްކިތުގެ ކުރީގެ ބޯގަ ފަތް ވަނީ ބާވެފާކަމުގާ ބުނެ، އެ ފަތް އާކޮށްދެއްވުމަށް އެދުމުން، 1209ހ(1795)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު އާކޮށްދެއްވާފާވާ ފަތް ބަށްލަވާ، އޭގާ ވާގޮތުގެ މަތިން، މިލަދުންމަޑުލު (ށ.)ދަށުކޮމަންޑޫ އާއި، (ނ.)ހުޅުއްދޫ އާއި މާލެއަތޮޅު ފިހާޅޮހި އާއި، ގުރައިދޫ ރަސްގެތުނޑިއޭ ކިޔާތަނުގެ 400ބަމަ އާއި، މާމިސްކިތް މަގާ އިންވެގެން، ދެކުނަށް އޮތް ހިންނަބިންގަނޑާއި، އެތާގާވީހާ ތަކެއްޗާއި، އަދި އެ މިސްކިތް ހުރިބިމުގެ 457ބަމަ އާއި އެބިމުގާ ހުރިހާ އެއްޗެއް، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެ މިސްކިތުގެ ހަވާލުވެރިޔާކަން، އިބްރާހީމް އިސްކަންދަރުގެ މަންމަ، ކަނބާއައިސަ ރަނި ކިލެގެއަށާއި، އޭނާގެ ދަރިކޮޅަށް ލަށްވާ، އާ ފަތެއް ލިޔުމަށް އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެ ދަރި އަބްދުއްލޯ ލިޔެފާވާ ފަތެއް. Size: 17" X 9.4" K.Guraidhoo - Guraidhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives