Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F7-13 · Item · 1794
Part of Manuscript

1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރުގެ ޝަރީއަތު މަޖިލީހުން؛ 1208ހ ރަބީލްއާހިރު 15(1794މ ޖަނަވަރީ 17)ގާ އެރަދުން، އަލްހާޒިން މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، ބަނޑޭރި މުހައްމަދު، ބަނޑޭރި އަލީ މޭނާ، ބަނޑޭރި އަލީ ސައިފުއްލާ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް، އެކުލެވޭ ކޮމިޓީއެއް ހައްދަވާ، މާލޭގެ ހަތަރު އަވަށުގާ ހުރި ބަންޑާރަ ގޯއްޗާއި އަދި އމިއްލަ ގޯތިތަށް ވަކިވާނެގޮތް ހެދުމަށް އެންގެވި އެންގެވުމަށް، ކުޑަފަރީ އަލީގެ ދަރިން އެ ކޮމިޓީއަށް ހާޒިރުކުރެއްވުމުން، ހެންވޭރު ފުނަގަސްމަގަށް އެރޭ މަގުގެ ދެކުނުން އެ އެމީހުންގެ މިލްކު ގޯތީގެ އިރުން އޮތް، ރުވާދައިތަގެ އަތުން އެމީހުން ގަތް ގޯތީގެ މައްސަލަ ބަލާ، އޭރު ތިބި ދުވަސްވީ މީހުންގެ ހެކިބަހުން، އެއީ ކުޑަފަރީ އަލީގެ ދަރިންގެ ގޯއްޗެއްކަމުގާ ސާބިތުވުމުން، އެކޮމިޓީ އެކަމަށް އިއްތިފާގުވުމުން، އެރަދުންގެ ދަރުބާރުން ލިޔެފާވާ ޝަރީއަތުގެ ފަތުގެ ނަކަލެއް. އަދި 2ވަނަ ގަނޑުގާ: 1348ހ މުހައްރަމް 11(1929މ ޖޫނު 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މަތީގާ ބުނެފާ އެވާ ގޯތި، އެގޯތީގެ ބެހެނިވެރިން ކުރެ، ބޮޑަކަށް ތިބި، ކައިރު ކުޑަތައްހާނު އާއި ބަބުރު ހަސަންފުޅު އާއި ދެމީހުން، ރިޔަނެއް -/3ރުފިއާގެ މަގުން، އެގޯތި، ދޮންމަނިކުފާނުގެ ދޮންދީދީއަށް ވިއްކައިފި ކަމުގާ، އެ މަހްކަމާއިން، މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ ލިއެފާވާ ލިޔުމެއްގެ ނަކަލެއް. އަދި: 1351ހ ރަބީލްއާހިރު 5(1932މ އޯގަސްޓް 8)ގާ، މަހްކަމަތުލް ޝރީއާއިން، މަތީގާ ބުނެވިފާވާ ގޯތި، ހެންވޭރު ކަންހިނަވާމަގު ދެކުނުން އޮތް ހަގުދީދީގެ އިބްރާހީމް ދީދީގެ މިލްކު ގޯތިން އެދީދީގެ ފާތުމަތު ދީދީއަށް ވީތަނާއި ބަދަލުކޮށް، އެ ހެންވޭރު ކަންހިނަވާމަގުގެ ދެކުނުން އޮތް ގޯތި(ހ.ދެމާގަސްދޮށުގެ އެބައި؟؟)، ދޮންމަނިކުފަނުގެ ދޮންދީދީ އަށް މިލްކުވެ، އަނެއް ގޯތި އެފާތުމަތު ދީދީ އަށް މިލްކުވީ ކަމުގާ، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ލިޔުމެއްގެ ނަކަލެއް. (މި ލިއުމަކުން، ހ.ދެމާގަސްދޮށުގޭ ގޯތި އެއީ ކޮބައި ކަމެއް އިނގޭކަށް ނެތް) Real estate document for Henveiru Dhemaagasdhoshuge- written in Thaana- stating owership of the land (Size: 8.8" X 6.65")

Republic of the Maldives
MV NAM MV NAM 012-F9-26 · Item · 1960
Part of Manuscript

1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1178ހ ޖުމާދިލްއައްވަލް 15(1764މ ނޮވެންބަރު 9)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތެއްގެ ނަކަލުން ގަލޮޅު ހަދީބީ މިސްކިތުގެ އުތުރުން އޮތް، މާރަންދޫ ދަންޑެހެލު ތަކުރުގެ ދަރި ކަދީދާފާނު، ފެންފުށީ ކަކާތަކުރުފާނުގެ ދަރި އައިމިނާ މަނިކުފާނުއަށް ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ދީފާ ކަމުގާ ބަޔާންކޮށްފާވާ، އަދި އޭގެ ފަހުން ހަމަ އެމަގަށް ހުސެއިން ސަލާހުއްދީނު ފަތްލިޔެދެއްވާފާވާ ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - H.Foolhuma Goathi (34 number Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"

Republic of the Maldives
MV NAM MV NAM 012-F9-5 · Item · 1956
Part of Manuscript

1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ހެންވޭރު ވެލާނާގޭ ތެރޭގާ އޮތް، ވާދޫ ދަންޑެހެލުގެ ދަރިން ކުރެ ވަށްޓާލާ އިބްރާހީމް ކަލޭފަނު އިނދެގެން އުޅުނު ކެޔޮޅު ހުސެއިން ކަލޭފަނުގެ އަންހެން ދަރިޔަށް ވީތަން ނޫން ދެންއޮތްހާ ތަނެއްގެ، ބެހެނިވެރިން، ހުކުރު މިސްކިތު މަލިން މަނިކުފަނުގެ ދަރި އަލްވަޒީރު ހަސަން ޝާހު ބަންދަރުއަށް ވިއްކި ކަމުގާ، 1308ހ ރަބީލްއައްވަލް 21(1890މ ނޮވެންބަރު 4)ގާ، އަލީ ހުޝާމުއްދީނު ފަތް(F0-4) ލިޔެދެއްވާފާވާ، ވެޔޮދޮށު ގޯތިއޭ ކިޔާ ވަގުފް ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - H.Veyodhoshu Goathi (22nd Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F7-12 · Item · 1954
Part of Manuscript

1374ހ ރަބީލްއައްވަލް 20(1954މ ނޮވެންބަރު 16)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އައްޑޫ ހާޖީގެ ދޮން އައިސާފާނުގެ ކަމަނަގެ ތުއްތުގެ މިލްކު ގޯތި، އެއްގަމުގޭ ހަސަން ފާމުލަދޭރި ކިލެގެފާނުގެ އިބްރާހީމް ދީދީއަށް ވިއްކާ، އޭނާއަށް މިލްކުވެފާވަނިކޮށް، އެގޯތި ދައުލަތަށް ބޭނުންވުމުން، އިބްރާހީމް ދީދީ އެގޯއްޗަށް(ބުރުނީގޭދެކުނުގެ؟) އެދިވަޑައިގެން އެދެގޯތި ބަދަލުކޮށް، ލާޖަށްސާ، އަދި އިބްރާހީމް ހަސަންދީދީގެ ގޯތިން އިތުރުވީ ތަން، އެގޯތީގާ އޮތް ބަންޑާރަތަނުން(ބުރުނީގެދެކުނުގެ؟) ނަގާ ހަމަކޮށް، އެގޯތި، އައްނަބީލް އިބްރާހީމް ހަސަން ދީދީ އަށް މިލްކުވެއްޖެ ކަމުގާ، 1366ހ ސަފަރު 26(1947މ ޖަނަވަރީ 19)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ފަތުގެ މައްޗަށް، ދާހިލިއްޔާއިން ލިޔެދީފާވާ ފަތެއްގެ ނަކަލެއް. (މީގާ މިބުނާ ކަމަނަގެ ތުއްތުގެ މިލްކު ގޯއްޗަކީ ކޮބައިކަމެއް އިނގޭކަށް ނެތް.. އަދި މުޅި ނަކަލަށް ބަލާއިރު، މާރަގަޅަކަށް ވީގޮތް ސާފެއް ނުވޭ.) Real estate document for Henveiru Burunige- written in Thaana- stating ownership of the land (Size: 8.8" X 6.65")

Republic of the Maldives
MV NAM MV NAM 012-F9-6 · Item · 1958
Part of Manuscript

1378ހ ޖުމާދިލްއައްވަލް 29(1958މ ޑިސެންބަރު 11)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ، ވަގުފްކޮށްފާވާ، މަޖީދީމަގުގެ އުތުރުން ދޮންހުރާމަގާ އިންވެގެން އިރުމަތިން، އޮތް ގޯތީ، (ހ.ރޯނުކޮށި)، 1208ހ ޖުމާދިލްއާހިރު(1794މ ޖަނަވަރީ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން ލިޔެދެއްވާފާވާ ފަތަކާއި، 1339ހ ޒުލްހައްޖު 2(1921މ ފެބްރުވަރީ 10)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާ ވާ ފަތަކާއި، މިދެފަތުން، އެއީ ވަގުފް ގޯއްޗެއް ކަމާއި، އެގޯތީގެ ވަގުފް އޮތީ، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅަށްކަން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5" K - Male' - H.Roanukoshi (23rd Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F9-17 · Item · 1960
Part of Manuscript

1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1302ހ(1885މ)ގާ، އަލްގާޒީ އިސްމާއިލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، ދިއްފުށީ ހަނދޭގިރިގޭ އަހުމަދު މަނިކުގެ ދަރި މޫސާ ދީދީ އަށް މިލްކުވެފާ ވާ ކަމުގާ، އެތާގެ އިމާއި މިން ހިމަނާ ފަތް ލިޔެދެއްވާފާވާ ކަމާއި، އެޔަށްފަހު، 1335ހ(1917މ)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ މޖިލީހުން، އެ މޫސާ ދީދީ ނިޔާވުމުން އޭނަގެ ދަރި ދޮންމަނިކުއަށް، އެތަން މިލްކުވީ ކަމާއި، އަދި މީނާ ނިޔާވުމުން، އެތަނުގެ 4/1، އޭނަގެ އައިންބަކަށް ހުރި، ކަޅިޗީ ހައްވާފުޅުއަށް މިލްކުވެ، އަނެއް 4/3، އޭނާގެ ވާރުތަވެރި މުރީދު ހަސަން މނިކުއަށް މިލްކުވެ، އޭނާ ނިޔާވުމުން، އޭނާގެ ދަރި މުރީދު އިބްރާހީމް މަނިކުއަށް އެތަން މިލްކުވެ، އޭނާ، އަބްދުލް މަޖީދު ދީދީއަށް ވިއްކި ކަމުގާ ފަތް ލިޔެފާވާ، އަދި 1346ހ(1928މ)ގާ، ލިޔެފާވާފަތަކުން، އަބްދުލް މަޖީދު ދީދީ، އެތަން ވަގުފްކޮށް، އެތަނުގެ ހަވާލުވެރިކަން އޭނާގެ ދަރި ހަދީޖާ ފަރީދު ދީދީ ކަމުގާ ފަތް ލިޔެފާވާ، ހެންވޭރު ދިއްލީ މިސްކިތުގެ އުތުރުން، ރޯނުކޮށީގެ އިރުން އޮތް ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. އަދި މިފަތުގެ 6ވަނަ ސަފްހާގާ ނޯޓަކަށް: 1379ހ ޒުލްގައިދު 24(1960މ މޭ 20)ގާ، ދާހިލިއްޔާ އަށް ފޮނުވާފާވާ، މަހްކަމަތުލް ޝަރީޔާގެ، ށ-3-60/73ނަންބަރު ސިޓީއިން، 1346ހ ގާ ފަތް ލިޔެވުނު އިރު، އަބްދުލް މަޖީދުގެ ދަރި ހަދީޖާ ދީދީގެ ދަރިކޮޅު ނެތުމުގެ މައްސަލަ ހުށައެޅުމުން، ހަދީޖާ ދީދީއަށް ކުރެވިފާވާ ވަގުފްގެ މަންފާވެރިންނަށް ވާނީ، އޭނާގެ މަންމަގެ ފަރާތުގެ، އެންމެ ގާތް ފަގީރު މީހުންކަމުގާ ނިންމެވި ކަމުގާ ވެއެ. Size: 10" X 7.5" K - Male' - H. Maafolheyge (36th Housing Plot)- H.Boavelige (36th Housing Plot)- H.Kudhimagoo Maage (36th Housing Plot) - Deed for housing plot (Th.Elaa)

Republic of the Maldives
MV NAM MV NAM 012-F10-59 · Item · -
Part of Manuscript

(ތާރީހެއް ނެތް) އެއްފުށުގާ، 'ސާދަ ރުފިޔާ ތިރީސްލާރި ފަސްބަޔަށް ބެހީމާ ބަޔަކަން ދެރުފިޔާ ނުވަދިހަ ލާރި' އެއްކޮޅުގާ އަދި އަނެއްކޮޅުގާ 'އަށާވީސް ރުފިޔާ އޮނަތިރީސް ލާރި ފަސްބަޔަށް ބެހީމާ ބަޔަކަން ވީ ފަސްރުފިޔާ ބާއި ސަތާރަލާރި' މިހެން ލިޔެފާ، އަނެއްފުށުގާ ހިސާބު ހަދާފައިވާ ކަރުދާހެއް.Note with mathematical calculations (Size: 8.65" X 2.45") K - Male' - Account

Republic of the Maldives
MV NAM MV NAM 012-F10-31 · Item · 1953
Part of Manuscript

1372ހ(1953މ)ގެ އެކި މަސްމަހުގެ ތާރީހުޖަހާފާ، ގަނޑު ދިގަށް ދެބައިކޮށް، ކޮންމެބަޔެއް 4ފަތި(ކޮލަމް)އަށް ބަހާ، 'ލެޖާ'އެއް ގޮތަށް، ހިސާބު ބަލަހަށްޓާފާވާ ކަރުދާހެއް.Size: 12.7" X 7.56" K - Male' - Writing(Account)

Republic of the Maldives
MV NAM MV NAM 012-F10-64 · Item · -
Part of Manuscript

ފަންސުރުން ކުރަހާފާވާ އަތުކުރެހުންތަކަކާ، އެއިން ކޮންމެ ކުރެހުމެއް ކައިރީގަ ސޮޔަކާ، (މާކްސް)ލިބުނުވަރު(މސލ: 10/4) ޖަހާފާވާ ކަރުދާހެއް.Pencil drawing- signed by the artist- and with a mark indicating receipt (Size: 7.7" X 9.0") K - Male' - Drawings

Republic of the Maldives
MV NAM MV NAM 012-F6-45 · Item · 1747
Part of Manuscript

1611ހ ރަބީލްއާހިރު 29(1747މ މޭ 9)(މީގެ ނިމުމުގާވާ ތާރީހާ، މައިގަނޑުގާވާ ތާރީހާ ތައާރުޒްވޭ)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއްޔަތު މަޖިލީހުން؛ އެމަޖިލީހުގާ، ކާށިދޫ ބޮޑުފެން އަލީ ތަކުރުފާނުގެ ދަރިން އައިސް، އެމީހުންގެ ބައްޕަ ވަގުފްކޮށްފާ އޮތް 'މުހައްމަދުކޮށިތަން' ކިޔާ ތަނާއި، އެތާގާ ވީހާ ރުއްގަސް، ދިއްފުށީ މާވަޑިތަކުރުފާނުގެ ދަރިން އަތުލަން އުޅޭކަމުގާ ދައުވާކުރުމުން، އެ ޝަރީއަތަށް ކުރަށްވާ، އެވަގުފް އެއީ، ކާށިދޫ ބޮޑުފެން އަލިތަކުރުފާނުގެ ދަރިކޮޅުގެ ވަގުފެއް ކަމާ، އެތާގެ ވަގުފް ފަތް ސައްހަ ކަމުގާ ނިޔާކުރަށްވާ؛ ލިޔެދީފާވާ ފަތެއް. (Size: 8.8" X 6.6") Chief Justices - Al Ghaazee Mohamed Shamsuddin K.Kaashidhoo - Mohamed koshithan (plot) - Deed for housing plot- Endowment for property

Republic of the Maldives