Showing 382 results

Archival description
381 results with digital objects Show results with digital objects
MV NAM MV NAM 012-F7-11 · Item · 1932
Part of Manuscript

1351ހ ޖުމާދިލްއައްވަލް 13(1932މ ސެޕްޓެންބަރު 14)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކު، ހެންވޭރު ކަޅިހަރުގެއާ އިންވެގެން އޮތް، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކު އޮތް ގޯތީގެ، އެހުސެއިން މަނިކުގެ މުނިމާމަ، ހަތިފުށީ ފާތުމާފުޅުއަށް މިލްކުވެއޮތް ދެކުނުބުރީގެ ބެހެނިވެރިން، ބައެއް މީހުން، އެމީހުންގެ ބައި އޭނާއަށް ހިބައިން، އަދި އަނެއްބައި މީހުން، ރިޔަނަކަށް 4 ރުފިއާގެ މަގުން، އޭނާއަށް ވިއްކާ، މުޅި އެބައި އޭނާއަށް މިލްކުވުމަށް ފަހު، ބޮޑުފެންވަޅުގެ ތުއްތު ދީދީގެ ބަނޑުން، އޭނާއަށް ލިބިފާވާ ދަރި، ދޮންތުއްތު ދީދީއަށް ހިބައިން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް، އެތަނުގެ އިމާއި މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1230ހ(1815މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި އެތަނުގެ ދެކުނުބުރި، ހަތިފުށީ ފާތުމާފުޅަށް މިލްކުވެއޮތް ކަމާ، އެތަނުގެ ބެހެނިވެރިންގެ އަތުން ބައެއްބައިބައި ހިބައިން ލިބުމުންނާއި އަދި އެނެއްބައިބައި ގަތުމުން، މުޅި އެތަން އެ ހުސެއިން މަނިކުއަށް މިލްކުވެފާވާ ކަމުގާ، ޝަރީއަތުގެ މަޖިލީހަށް، ސާބިތުވެފާވުމާ އެކު، ހެންވޭރު ކަޅިހަރުގެއާ، ހުޅަނގުބިތް އިންވެ، އަދި އުތުރުބިތް، އެގޯތިން ހިލިހިލާގޭ މޫސާ ދީދީ ގަނެ މިލްކުކޮށްފާވާ ތަނާ އިންވެ އޮތް، އެގޯތީގެ ދެކުނުބުރި އެއީ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކުގެ ދޮންތުއްތު ދީދީ ގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އެ ޝަރީއަތުގެ މަޖިލީހުން، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް. Real estate document for Henveiru Hathifushi- written in Thaana- stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

Republic of the Maldives
MV NAM MV NAM 012-F7-5 · Item · 1896
Part of Manuscript

1349ހ މުހައްރަމް 12(1896މ ޖޫނު 24)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނު ޝަރީއަތު މަޖިލީހުގާ، ވެލިދޫގޭ މުހައްމަދު ދީދީ، މާލޭގާ ހުރި އޭނާގެ ބައްޕަގެ މިލްކު ގޯތިތައް، އެމަހްކަމާއިން ބައްސަވައިދެއްވާ، އެތަނުން އޭނާއަށް މިލްކުވި، މާފަންނު ފަނޑިޔާރުގެއާ އިންވެ ހުޅަނގުންއޮތް ވެލިދޫގެ ކިޔާ ގޯތީގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ އިރުމަތީ ބައި އެއީ، އެ މުހައްމަދު ދީދީގެ ކާފަ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުއަށް މިލްކުވެފާވާ ތަނެއް ކަމުގާ، 1254ހ(1838މ)ގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތަކުން، ސާބިތުވެ، އަދި، އެގޯތީގެ ދެން އޮތް، ހުޅަނގު، ބައި އެއީވެސް ހަމަ އެއޭނާއަށް މިލްކުވެފާވާ ތަނެއް ކަމުގާ، 1283ހ(1866މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އޭގެ ފަހުން، އޭނާގެ ތަރިކަ ބަހާ، އެގޯތި، އޭނާގެ ދަރި އަލްހަތީބު ހުސެއިން އަށް މިލްކުވެ، އެ ހަތީބުގެ ގޯތިތައް ބަހާ، އެގޯތި، އޭނާގެ ދަރި، ވެލިދޫގޭ މުހައްމަދު ދީދީއަށް މިލްކުވެފާވާ ކަމުގާ، އެ ޝަރީއަތުގެ މަޖިލީހަށް ސާބިތުވެ އޮތުމުން؛ އެތާގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Velidhooge- written in Thaana (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin

Republic of the Maldives
MV NAM MV NAM 012-N-4 · Item · 1955
Part of Manuscript

(ތާރީހެއް ނެތް، ލިޔުމަށް ބަލާއިރު ބެލެވެނީ، 1374ހ(1955މ)ކަމުގާ) ވުޒާރަތުލް މާލިއްޔާއިން، '75ހ ވަނައަހަރުގެ ބަޖެޓްގެ ހިސާބު'ޝުރުހީކޮށް، 1374ހ(1955މ)ގާ ހިނގި ހަރަދާއި، އަދި ލިބުނު ވަރު ޖަހާ، ވަޒީރުލް މާލިޔާ، އިބްރާހީމް އަލީ ސޮއިވެރިޔެއްގެ ގޮތުގާ ބަޔާންކޮށް، ޖުމްލަ 2685349.11ރުފިޔާ އަރާފާވާ، (1375ހ)(1956މ)އަށް އެކުލަވާލާފާވާ ބަޖެޓު.Budget accounting ledger for the Wuzārat al-Maliyya (Size: 13" x 8.25") K - Male' - Account(Budget)

Republic of the Maldives
MV NAM MV NAM 012-N-8 · Item · 1962
Part of Manuscript

1962މ(1382ހ)ގާ،'ވުޒާރަތުލް އައުގާފްގާ ހުރި ވަގުފް އާއިބެހޭ ކަންތައްތައް ނިމުނުގޮތް 1962މ'، މިހެން ޖަހާ އަދި، ފުރަތަމަ ގަނޑުގާ، ވަގުފާއި ބެހޭ މައްސަލަ ނިންމި ކޮމިޓީގެ މެންބަރުންގެ ނަންތައް، ސޯދް ސީނު އަލްފާލިލް އިބްރާހީމް ނާސިރު(ވުޒާރަތުލް އައުޒމް)، އައްޝެއިހު މުހައްމަދު ޖަމީލް(އުއްތަމަ ފަނޑިޔާރު)، ސޯދް ސީނު އަލްފާލިލް އިބްރާހީމް ރަޝީދު(ވަޒީރުލް ދާހިލިއްޔާ)، ސޯދް ސީނު އަލްއުސްތާޒް އިބްރާހީމް ޝިހާބް(ބަންޑާރަ ނައިބު)، އަލްއުސްތާޒް އަދްނާނު ހުސެއިން(ބަންޑާރަނައިބުގެ ނައިބު)، އަލްއުސްތާޒް ނ.ތ ހަސަން ދީދީ(ވަޒީރުލް އައުޒަމްގެ ހާއްސަ ވަކީލު)، އަލްފާލިލް އިބްރާހީމް ޒިކީ(ވަޒީރުލް އައްޒަމްގެ ހާއްސަ ވަކީލު) ޖަހާ، ކޮމިޓީގެ ޖަލްސާތައް ފެށުނީ 1962މ މާޗް 19(1381ހ ޝައްވާލް 12) އަދި ނިމުނީ 1962މ ޖުލައި 13(1382ހ ސަފަރު 11)ގާ ކަމުގަޔާ، އަދި މުޅިއަކު ބޭއްވުނީ 15 ޖަލްސާ ކަމުގާ ލިޔެ، އަދި، {'ރާއްޖެތެރެ މަހްކަމަތުލް ޝަރީއްޔާއަށް (މީހުންގެ ތަކެތި)، ރާއްޖެތެރެ ވަޒީރުލް އައުޒަމްގެ އޮފީހަށް (ވަގުފްއަށް ނުވާ)، ރާއްޖެތެރެ ވުޒާރަތުލް މާލިއްޔާއަށް(ވަގުފްއަށް ނުވާ)،ރާއްޖެތެރެ ވުޒާރަތުލް ދާހިލިއްޔާއަށް(ވަގުފްއަށް ނުވާ)، ރާއްޖެތެރެ ސައްހަ ވަގުފް، މާލޭގެ ގޯތި ސައްހަ ވަގުފް، މާލޭގެ ގޯތި އަމިއްލަ، މާލޭގެ ގޯތި ބަންޑާރަ'} މި ބައިބަޔަށް ކަށްޅިކޮށް، އެބައިބައިގެ (Size: 8" X 6.3") K.Male' - Ministry of Endowment - Report(Endowment)

Republic of the Maldives
MV NAM MV NAM 012-F0-2/R-24 · Item · 1733
Part of Manuscript

1146ހ ޖުމާދިލްއާހިރު(1733މ ނޮވެންބަރު)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނުގެ ޝަރީއްޔަތު މަޖިލީހުގާ، ނައިފަރު ކަދީދާ، އޭނާ އާއި، މާފިލާފުށީ ޔަހުޔާ އާއި ދެމީހުންނަށް އީދުމިސްކިތް ދޮރުއެޅި ކޮށިން އޮތް ތަނުން، އޭނާއަށް ވީތަނުގާ ހުރިހާ ރުއްގަހާކާއި އެހެނިހެން އެއްޗެތިން، ބަންޑާރަ ނައިބު ހުސެއިން ތަކުރުފާނުގެ މަދްރަސާއަށް ބައިނާޅި ތެޔޮ ދީފާ، ދެން އޮތް ފައިދާއެއް، އެ ހުސެއިން ތަކުރުފާނުގެ ދަރި އައްނައިބު މުހައްމަދު ތަކުރުފާނު ނާއި އޭނާގެ ދަރިކޮޅަށް، އަދި މި ދަރިކޮޅު ނެތްނަމަ، މިތަކުރުފާނުގެ އެއްބަފާ ހައްވަ އާއި މަރިޔަމް ބީފާނާއި، މިދެބެންގެ ދަރިކޮޅަށް، އަދި މިދަރިކޮޅު ނެތްނަމަ، މުހައްމަދު ތަކުރުފާނުގެ އެއްބަނޑު ހުސެއިން ތަކުރުފާނުގެ ދަރިކޮޅަށް، އަދި މިދަރިކޮޅު ނެތްނަމަ އެދެތަކުރުފާނުގެ މަދްރަސާގާ ދަންނަކަން ކިޔަވާދޭ މީހަކަށް، އަދި އެމީހަކު ނެތްނަމަ، ދެންތިބި ދަންނަބަޔަކަށް ލަށްވާ، އެތަން ވަގުފް ކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެގާޒީ ލިޔެފާވާ ފަތެއް. (Size: 7.2" X 11.7") Chief Justices - Al Ghaazee Mohamed Shamsuddin K- Male' - M.Eid Miskiiy Dhoruelhi Koshiige baeh - Deed for housing plot

Republic of the Maldives
MV NAM MV NAM 012-N-16 · Item · -
Part of Manuscript

(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލާދުވަހު ރަދުން ވަޑައިގެން ދަރުބާރުގެއަށް ވެދެވަޑައިގަތުމަށްފަހު ކުރާންވީ ކަންތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރު ޖަހާ، 27 ނުކުތާއަކަށް، ލިސްޓުކޮށްފާވާ، ކޮލިލުމުގެ މުނާސަބަތުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ ދެވަނަބައި.Programme for a coronation ceremony (Size: 13.25" x 8.25") K - Male' -Royal Palace - Coronation(Programme)

Republic of the Maldives
MV NAM MV NAM 012-F7-30 · Item · 1928- 1934
Part of Manuscript

1346ހ ޒުލްގައިދު 4(1928މ އޭޕްރިލް 25)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އަހުމަދު ފުޅުގެ ދަރި އީސާފުޅު، މައްޗަންގޯޅި ނިކަގަސްމަގު އިރުން އޮތް، ވެލިދޫގޭ އަލީ ދީދީގެ ގޯތި، -/260ރުފިއާއަށް، އޭނާ ގަނެފި ކަމުގާ ބުނެ، އެތަނުގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ފިރުބައިދޫ ދަލޭކާބީއަށް މިލްކުވެފާވާ ތަނެއްކަމުގާ ސާބިތުވެ، އެތަނުގެ 2/1، ދޮންމަނިކުފާނުގެ ތުއްތުދީދީ އާއި ދޮންދީދީ އަށް، އަދި އަނެއްބައި، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިންއަށް މިލްކުވެ،(F7-2)، އެޔަށްފަހު، އެބައި، ވެލިދޫގޭ އަލީ ދީދީ އަށް މިލްކުވެފާވާ ކަމުގާ ސާބިތުވެ، އަދި ވެލިދޫގޭ އަލީ ދީދީ، އީސާފުޅުއަށް އެތަން ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކޮށް، އެގޯތި އެ އީސާފުޅުއަށް މިލްކުވެއްޖެ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ސަފްހާގެ ތިރީގާ: 1353ހ ރަބީލްއައްވަލް 25(1934މ ޖުލައި 7)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އީސާފުޅުގެ ދޮންތުއްތު އާއި ދުންބުރުވާ ކުޑަމަނިކު ހާޒިރުވެތިބެ، މަތީގާ ބުނެވިފާވާ ގޯތިން، އޭނާއަށްވީ ދެބައި، -/100ރުފިއާއަށް، ދުންބުރުވާ ކުޑަމަނިކުއަށް ވިއްކައިފި ކަމުގާ، ދޮންތުއްތު ބުނެ، އެކަމުގެ މައްޗަށް، އެކުޑަމަނިކަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރި ސައްހަކަމުގާ ނިޔާކޮށް، އެ މަޖިލީހުން ލިޔެފާވާ ލިއުމުގެ ނަކަލެއް. Real estate document for Machchangoalhi Dhunbururvaa Kudamaniku goathi (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Republic of the Maldives