1327ހ ރަބީލްއާހިރު 22(1909މ މޭ 13)ގާ،(އެކަމަކު މައިގަނޑުގާ ލިޔެފާވަނީ، 1325ހ ސަފަރު 28(1907މ އޭޕްރިލް 12)ގާ ކަމުގާ) އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 5ވަނަ އަހަރު، އެރަދުން، މާލޭގެ (މއ.)މާންދޫގޭ ދެކުނުން، ކޮލިހިނގާމަގާ(މަޖީދީމަގު)އިންވެގެން ހުރި، ކަލާފާނު މިސްކިތް ބާވެ ވީރާނާވެފާވާތީ، އެމިސްކިތް އާކުރެވޭނެ ގޮތެއް ބެއްލެވުމުގާ، އެ މިސްކިތުގެ ހަވާލުވެރިން، އެކަން ކުރެވެންނެތް ކަމުގަ ބުނުމުން، އެ ރަދުން އެ މިސްކިތް އާކުރަށްވާ، އިހުއްސުރެ އެމިސްކިތުގެ ބޯގަކަމުގާ ލަށްވާފާވާ ކަމުގާ އެނގެންހުރި، ހުވަދޫއަތޮޅު(ގދ.) ހަވައްޑޭ(ހަވޮށްޑާ)އޭ ކިޔާ ރަށު ގޮއިފާލަށްބައާއި، ހައްދުންމަތީ(ލ.) އިސްދޫ، އިސްދޫގަޑު ކިޔާ ތަނުގާ އޮތް، ވަށަމިނުގާ 260ބަމަ ހުރި، އަންހެނުން ބޮނބިތަޅާ ރުއްގަނޑޭ ކިޔާ ހިންނައާއި، އިސްދޫގާ، ކަލައިދޫއޭ ކިޔާ ތާގާ އޮތް، ވަށަމިނުގާ 158ބަމަ ހުރި، ސަންބަޔާޕަ ކިޔާ ހިންނަޔާ، ވަށަމިނުގާ 246ބަމަ ހުރި، ކުކުޅުދޫ ކިއާ ހިންނައާއި، މާލޭ، ފަނޑިޔާރުގެ އޮތް ހިންނައިގެ، ވަށަމިނުގާ 175ބަމަ ހުރި، ރުއްގަހު ފާލަށްބައާއި، އަތިރީފަނޑިޔާރުގެ އޮތް ހިންނައިގެ، ވަށަމިނުގާ 143ބަމަ ހުރި، ރުއްގަހު ފާލައްބައާއި، ދޮށިމޭނާ ގަނޑުވަރު ކިޔާ ތަނުގާ އޮތް، ވަށަމިނުގާ 94ބަމަ ހުރި، ރުއްގަހު ފާލައްބައާއި، ކަލާފާނު މިސްކިތުގާ އޮތް، ވަށަމިނުގާ 202ބަމަ ހުރި، ރުއްގަހު ފާލައްބަ، އެއީ އެމިސްކިތުގެ އާ ބޯގަ ކަމުގާ ނިންމަވާ، އެމިސްކިތުގެ ހަވާލުވެރިކަން، މާލޭ ހުކުރު މިސްކިތުގެ 8 ދޮށުންނަށް ލަށްވާ، އަދި އެ މިސްކިތް މަރާމާތު ކޮށްފި ކޮންމެ މުސްލިމަކަށް ހެވާ ދަރުމަ ލިބޭނެކަމާ، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން(ސަލާހުއްދީނު) ލިޔެފާވާ ފަތެއް. Size: 18.9" X 12" K.Male' - Kalaafaanu Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Sem título(ތާރީހެއްނެތް) ފޮރި ހަސަންދީދީ ކުރަށްވާފާވާ، މި، (F0-43)ފަތުގެ ތަރުޖަމާއިން އެއްވެސް މާނައެއް ދޭހައެއްނުވޭ. Size: 9.9" X 7.9"
Sem título1373ހ ސަފަރު 15(1953މ އޮކްޓީބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1218ހ ޒުލްހައްޖު 12(1804މ މާޗް 24)ގާ، އަލްގާޒީ މުސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު، ރިނބުދޫ މޫސާ ހަތީބުގެ ދަރި ދޮން އަލީ ކަލޭގެ މައްޗަށް ވަގުފްކޮށް، އެ ދޮންއަލީ ކަލޭގެއަށާއި އޭނާގެ އަނބިންނަށާއި، އޭނާގެ އެންމެހާ ދަރިންނާއި އެދަރިންގެ ދަރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، ފަތް(F0-49) ލިޔެދެއްވާފާވާ، މއ.ކުންނާރުގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - H. Ma.Kunnaaru Goathi (11th Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Sem título1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސން ނޫރައްދީނު އިސްކަންދަރު ރަދުން ވަގުފްކުރައްވާފާވާ، އާގަނޑުވަރެކިޔާ 'ރައްދެބައިގެ' ގޯއްޗަކީ، 1302ހ ޖުމާދިލްއާހިރު(1885މ އޭޕްރިލް)ގާ އެރަދުން، މާވާކިލެގެފާނުންގެ ގަނޑުވަރޭ ކިޔޭ ގޯތިން މަރިޔަމް ދީދީއަށް މިލްކުވެގެންވާހާ ތަނަކާއި، ބޮނޑިބަތް މޫސާފުޅަށް މިލްކުވެގެން އޮތް ބޮނޑިބަތްގެކިޔާ ގޯއްޗާއި، އެދެތާނގެ މިލްކުވެރިން އަތުން ބައްލަވައިގަނެ، ދައުލަތުގެ މިލްކަށް ދޫކުރައްވާ، އޭގެބަދަލުގާ ބަންޑާރައިން އެރަދުންނަށް މިލްކަށް ލިބި، ވަގުފްކުރައްވާ، ބޮޑުގަލުގޭ ދީދީއަށް، އެރަދުންނަށް ލިބިވަޑައިގެން ދެ ދަރިކަނބަލުންނަށް، ހަވާލުވެރިކަން ލަށްވާ، ފަތް ލިޔެދެއްވާފާވާ ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5" K - Male' - H. G.rahdhebaige (27 number Housing Plot)- G.Aa Royal Palace Goathi (27 number Housing Plot) - Deed for housing plot (Th.Elaa)
Sem título1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ހެންވޭރު ވެލާނާގޭ ތެރޭގާ އޮތް، އަލިމަތާ އުރަންނާ ކަލޯގެ ދަރި ފަސްމަންދޫ ކޮލި މުހައްމަދު ކަލޯގެ ދަރި މަރިޔާބީ، ބަނޑޭރި މުހައްމަދު ކަލޭގެ ދަރި ހުސެއިން މަފުތުގެ މައްޗަށް ވަގުފްކޮށް، އެފުތާއި، އޭނާ ނެތުމުން އޭނަގެ ދަރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، 1047ހ މުހައްރަމް 17(1637މ ޖޫނު 11)ގާ، މުހައްމަދު ޝަމްސުއްދީނު އުއްތަމަ ފަނޑިޔާރު، ފަތް ލިޔެދެއްވާފާވާ، އަދި އެޔަށްފަހު، ބަޑޮހު މުދިން ދޮންފާތުމާފާނުގެ ދަރިން އެދިގެން، އަލްގާޒީ މޫސާ ނަޖްމުއްދީނު، 1207ހ ޒުލްގައިދު(1793މ ޖޫނު)ގާ، އެފަތް އާކޮށްދެއްވާފާވާ ގޯތި، ބަޑޮހު މުދިންކަލޭފާނުގެ، ބަޑޮހު ގޯތި؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. K - Male' - H.badohu Goathi (19 number Housing Plot) - Deed for housing plot (Th.Elaa) Size: 10" X 7.5"
Sem título(ތާރީހެއް ނެތް) އެކިއެކި ބަދިގެއާއި ގަނޑުވަރުތަކާއި، ބޭބޭކަލުންނާއި، ތަކެތީގެ އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް. List of palace kitchens and their staff (Size: 6.9" X 3.85")
Sem título1352ހ ރަޖަބް 24(1933މ ނޮވެންބަރު 13)ގާ، މަހްކަމަތުލް މާލިއްޔާއިން، ޝަމްސުއްދީނު ރަދުން 3ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ޖުމާދިލްއައްވަލް މަހުން ފެށިގެން، ޝެއިހު ނަޖީބުލް ހަބްޝީގެ މަގާމަށް އޮންނަ ކ.އެބޫދޫ، ސަރުކާރަށް ނަގައިފި ކަމާ، އަދި އޭގެ ބަދަލުގައި ލޮނުޒިޔާރަތުގެ ހާދިމް ޅަކޮއި ހާޖީ ކަލޭގެފާނަށް މަހަކު -/30 ރުފިޔާ ދެއްވުމަށް، މަހްކަމަތުލް މާލިއްޔާއިން ނިންމައިފިކަން އަންގާ، ވަޒީރުލް މާލިޔާ، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.Notice of confiscationof the island of K.Emboodhoo for official use by Lhakoe Haji Kaleyfaanu. It is decreed that thirty rufiya will be paid monthly as compensation (Size: 5.8" X 4.1") K - Male' - Sheikh Najeeb Habusheege Maqaam (Shrine) - Writing(Announcement)
Sem título1343ހ ޝައްވާލް 16(1925މ މޭ 9) އަދި 1344ހ ރަޖަބް 17(1926މ ފެބްރުވަރީ 1) އަދިވެސް އެހެން ތާރީހުގާ(މިބައި ވީދިފާ)ގާ، ރާއްޖޭން ބޭރަށް ދިޔަ ނާފަހަރާއި އޮޑީގެ އަދަދާއި، ދިޔަ ތަންތަނާއި، އެއިން ގެނައި ތަކެއްޗާއި، އެތަކެތިން ކުރި ވިޔަފާރިއާއި އެހެނިހެން ކަންކަން ބަޔާންކޮށްފާވާ ކަރުދާހެއް. List of ships that have traveled abroad- their destinations- and the products they brought back (Size: 7.8" X 6.4")
Sem título1348ހ ރަމްލޯނު 29(1930މ ފެބްރުވަރީ 28)ގާ، އެއްފުށުގާ 'ފިތުރު ދިން ކަރުދާސް' މަތީގާ ޖަހާ، ތަންތަނުގެ ނަން(މސލ:ކުޑަކިބާބަދިގެ..ބެލެވޭގޮތުގާ ފިތުރު ޒަކާތް ދިން ފަރާތް)ޖަހާ، ނިސްބަތްވާ އަދަދު ޖަހާ، އަދި އަނެއްފުށުގާ އެކި މީހުންގެ ނަމާއި(ލިބުނު ފަރާތް)ދިން އެއްޗެތި ޖަހާފާވާ، ލިޔުމެއް. List of Zakat Fitr recipients and tha amounts given to each (Size: 8.5" X 10.5") K - Male' - Royal Palace - Writing(Zakat)
Sem título1350ހ ރަބީލްއައްވަލް 3(1931މ ޖުލައި 19)ގާ، '(ކުޑަ މުހައްމަދު ކަލޭގެފާނައް ބަހެ.' '(ބާރަ މައުލޫދުއަށް އެތެރެބަޑަހަލަށް ދޭނޭ ތަކެތި' ދެފޮޅުވަތަށް މަތީގާ ޖަހާ، އެކިއެކި ކެއިމުގެ ނަން މަތީޖަހާ، ކާއެއްޗެތީގެ ނަމާއި އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް. Food ration list (Size: 13.2" X 8.3")
Sem título