1302ހ(1884މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 4ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރީ އައިދޫގެ ޒިޔާރަތުގެ ބޯގައަށް، އެއައިދޫ ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، މާލެ ފަތްލިޔާ އުމަރު ލިޔެފާވާ ފަތެއް. Document on the consecration of Boaga Ziyaarat on Aidhoo Island (Size: 7.6" X 5.5") Ba.Aidhoo - Aidhoo Shrine - Endowment for Shrine (ziyaaraiy)
Republic of the MaldivesDocument written in Dhives Akuru- with the words 'BKudarikilu' written in Thaana on the reverse (Size: 17.9" X 11.4") B.kudarikilu
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ 'ބ. ކިހާދޫ' ޖަހާފާއޮތް ދިވެސްއަކުރު ފަތެއް. Document written in Dhives Akuru with 'BKihaadhoo' in Thaana on the second page (Size: 13.6" X 11.8")
Republic of the Maldives1378ހ ރަބީލްއައްވަލް 27(1958މ އޮކްޓޯބަރު 11)ގާ، ވުޒާރަތުލް އައުގާފުއިން؛ 1347ހ ސަފަރު 29(1928މ އޯގަސްޓް 16)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ، މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫގެ މިސްކިތަށް، އެރަށު ފާލަށްބައިން ބަންޑާރައަށް ވީބައިގެ 2/،1 ބޯގަޔަށް ދެށްވާ، އެބޯގައިގެ ހަވާލުވެރިކަން އެރަށުގެ ރައްޔިތުންނަށް ލަށްވާ، އަދި އެހަވާލުވެރިކަން އޮންނާނީ، އެއިރަކު ފުރަމާލެ ތަހުތުގާ އިންނެވި ރަސްކަލެއް އިސްކުރެއްވި މީހެއްގެ މައްޗަށް ކަމުގާ، އެރަދުންގެ ސިއްކަ ޖަހާ، މާލެ ޔޫސުފްގެ ދަރި އަލީ ލިއުނުފަތް، އާކޮށްދިނުމަށް އެދި، އެރަށު ރައްޔިތުން އެ ވުޒާރާއަށް ގެނައުމުން، މަހްކަމަތުލް ޝަރީޔާގެ ނިންމުމަށް، އެ އިހުފަތުގާވާ މަގަށް ލިޔެފާވާ ފަތެއް. Size: 15" X 10" B.Kamadhoo - Kamadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1191ހ ޝައްވާލް 16(1777މ ނުވެންބަރު 17)ގާ، އަލްގާޒީ މުހައްމަދު މުހީބުއްދީނު ޝެއިހުލްއިސްލާމް އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ހިތާދޫ މީހުން، އެމީހުން ނަށް އޮތް، ވަގުފް ރަށެއްކަމުގާވާ އަންހެންފުށި، ކިނޮޅޮހު ފަޑިޔަތް ތަކުރުފާނު އަތުލައިގަނެގެން އުޅޭކަމުގާ ދައުވާކުރުމުން، އެރަށާ ބެހޭ، ދެއްވަދޫ ރަސްގެފާނުން(ފަނޑިޔާރު ކަމުގާ ހުރިއިރު) ނިޔާކުރަށްވާފާ ވަނިކޮށް އައްސުލްތާނު މުހައްމަދު މުހްޔިއްދީނުގެ ސިއްކަޖަހާ ލިޔެފާވާ ފަތަކުން، އަންހެންފުއްޓާއި މަޑުއްވަރީ އެއީ ހިތާދޫއަށް އޮތް ދެރަށްކަމުގާ ސާބިތުވުމުން، އެ ދެރަށް އެއީ ވަގުފް ސައްހަ ކަމާ، އެފަޑިއަތް ތަކުރަކަށް އެރަށުގެ އެއްވެސް ކަމެއް ނޯންނާނެކަމުގަޔާ ބަޔާންކޮށް، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ޝެއިހުލްއިސްލާމް އާއީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ފަނޑިޔާރުމަނިކުފާނު ލިޔެފާވާ ފަތެއް. (Size:13.2" X 8") Chief Justices - Al Ghaazee Mohamed Muhibbuddin Ba.Hithaadhoo - Anhenfushi- Kinolhas - Order (Reef)
Republic of the Maldives1300ހ(1936މ)ގައި، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރު، މީދޫގާ(އަތޮޅެއްނެތް) ހުރި ބަންޑާރަ ވަޑާމުގެ ރުކާއި، އަތޮޅުވެރިންނަށް ހުރި ރުކާއި، އެއެންމެހާ ރުއްރއް، އިހުގެ ފަތުގާވާ ގޮތަށް، މީދޫގެ ހުކުރު މިސްކިތަށް ލަށްވައިފި ކަމާއި، އެއިން އެއްވެސް ރުކެއް ނުކެނޑުމަށް ކުރެއްވި އަމުރުގެ، ފަތެއް. Size: 6.3" X 4.5" R./M./S.Meedhoo - Meedhoo Mosque - Endowment for Shrine (ziyaaraiy)
Republic of the Maldives1376ހ ޒުލްހައްޖު 14(1957މ ޖުލައި 12)ގާ، މަހްކަމަތުލް ޝަރީޔާގާ، ނިލަންދެއަތޮޅު(ފ؟/ދ) މީދޫ ރައްޔިތުންގެ ފަރާތުން މިދޫ ކަތީބު މުހައްމަދު ކަލޭފާނު، މީދޫ މީހުން ރުއްއަޅާ ދ.އުއްދޫގެ ފަތް ބާވެގެން އެ ފަތް އާކޮށްދެއްވަން އެދުމުން، އިހުފަތް ބަށްލަވާ، އަލްގާޒީ ހަސަން ތާޖުއްދީނު ލިޔެދެއްވާފާވާ ފަތް ބާވެގެން، 1257ހ(1841މ)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު އާކޮށްދެއްވާފާވާ ފަތުގާ ވާމަގަށް، އެ މީދޫ މީހުން، އުއްދޫގާ އިންދާފާވާ ރުކުން، އެމީހަކު އިންދިބައި އެއީ އެމީހަކަށް ވާނޭ އެއްޗެއް ކަމާ، އަދި އެމީހަކު އިންދިރުކަކުން ބިންބަޔަށްވީ ރުކުގެ ވަރުވާ އެމީހުން އަތުން ނަގާ، އެރަށުގެ ވަރުވާ ހަމަކުރަން ނިންމާ، އެ މަހްކަމާއިން ލިޔެފާވާ ފަތެއް. Receipt of real estate documents: Mahkamath Al-Dhakhiliyya (Size: 10" X 8") R/Dh/S.Meedhoo - U'dhoo
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ދަރިކަލުން، އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ ސިއްކަޖަހާފާވާ ދިވެސް އަކުރުން ލިޔެފައިވާ ފަތެއް. ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ 'ކައްޗޭ މީދޫމިސްކިތުގެ ބޯގަ' އަދި 'ރ.މީދޫ' މިހެން ލިޔެފާވޭ. Size: 12.1" X 10.5" R.Meedhoo - Meedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
Republic of the Maldives1334ހ(1916މ)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދީނުގެ ބަންޑާރަނައިބު މަޖިލީހަށް، ރ.އަތޮޅު މާމުނަގަލުގެ ރުއްބައިގެ ވަގުފްވެރި، ބޮޑުފުށި މުހައްމަދު ތަކުރުފާނުގެ ދަރި ހުސެއިން ތަކުރުފާނުގެ ދަރިކޮޅުމީހުންނާއި، ކައްޗޭމީދޫ(ރ.މީދޫ) މީހުންނާއި ގޮވައިގެން ބަނޑޭރި ބޭކަލުން ހާޒިރުވެ ތިބެ؛ މީދޫ މީހުންގެ ފަތުގާވާ މާމުނަގާ ކިޔާ ރަށާއި، އެ ހުސެއިން ތަކުރުފާނުގެ ވަގުފް ފަތުގާ އޮތް މާމުނަގާ ކިޔާ ރަށާއި މެދު އޮޅުން އަރާތީ މިކަން ސާފުކޮށްދެއްވުމަށް އެދުމުން، މިމާމުނަގަލުގެ ރުއްއިންދިބަޔާއި އަދި ބަންޑާރައިން އެރަށުގާ ރުއް އިންދި ބައިވެސް، ހަސަން ތަކުރުފާނުގެ ދަރިކޮޅަށް އޮތްކަމަށް ނިޔާކުރައްވާ، އެދަރިކޮޅުގެ މީހުންގެ ތެރެއިން، ކުޑަރިކިލު ކަތީބު ހުސެއިން މަނިކު، ބުޗާ މުހައްމަދު ދަންޑެހެލު ތަކުރުފާނު، ރުއްކޮށީ ހުސެއިންގެ އާދަނު، މީދޫ ކެޔޮޅު މުހައްމަދުގެ އިބްރާހީމް އަދި ނެވި އާދަމްބެގެ ހުސެއިން، ޝަރީއްއަތުގެ މަޖިލީހުގާ ހާޒިރުވެ ތިބެ، މި ވަގުފް ބެލެހެއްޓުން ކުޑަރިކިލު ކަތީބު ހުސެއިން މަނިކުއާއި ހަވާލުކުރުމަށް އެއްބަސް ވުމުން، ކޮންމެ އަހަރަކު މާމުނަގަލަށް ލިބޭ ވަރުވާގެ ½އިން، ކުރީގެ ފަތުގާ އޮތްގޮތައް ވަގުފް ފުއްދުމަށް ޝަރުތުކޮށް، ބާކީ އޮތް ބަޔެއް، އޭނާގެ ދަރިކޮޅަށް އެއްވަރަށް ބެހުމަށާއި، އަދި ވަގުފް ފުއްދުމަށް 8ރުފިޔާއިން ފުދޭނެ ކަމަށާއި، އަދި އެ މަސައްކަތުގެ އުޖޫރައަކަށް، އޭނާގެ ބައިގެ އިތުރުން، އޭނާޔަށް، އެ ވަގުފްން ލިބޭ މީހަކާއި އެއްވަރަށް ބަޔެއް، ލިބޭގޮތަށް އެ މަޖިލީހުގާ އެ 6 މީހުން އިއްތިފާގުވުމުން، އެ މަހްކަމާގެ އަސްލު ތައްގަނޑު ޖަހާފާވަ ނަކަލެއް. R-19)އެއީ، މީގެ އަސުލު) (Size:12.8" X 8.3") Chief Justices - Bandaara Naaibu Hussain Salahuddin A.Maamunagau - Endowment for Trees
Republic of the Maldives(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ، 'ކައްޗޭމީދޫ މިސްކިތަށް އޮތް ފަތެއް' މިހެން ތާނައިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް. Size: 16.2" X 12.7" R.Meedhoo - Mosque - Endowment for Shrine (ziyaaraiy)
Republic of the Maldives