1959މ ފެބްރުވަރީ(1378ހ ޝައުބާން)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ޖޯން މެޔާރސް ކިޔާ މީހަކު، އެރަދުންގެ 'އޮޓޯގްރާފް' އަށް އެދި ފޮނުވާފާވާ ސިޓީއެއް. Size: "8 X 5" America - letter (Foriegn)
Sin título1959 މާޗް 9(1378ހ ޝައުބާން 29)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ފީލްޑް އެންޓާރ ޕްރައިޒަސް އެޑިއުކޭޝަނަލް ކޯރޕަރޭޝާންގެ 'ދަ ވޯލްޑް ބުކް އެންސައިކޮލޮޕީޑިޔާ، އެޑިޓޯރިޔަލް ޑިޕާޓްމެންޓުގެ ތައުލީމީ ތަހުލީލުގެ ޑިރެކްޓަރު، ވިލިއަމް އެޗް. ނޯލްޓް، އެ ޖަމިއްޔާއަކީ، އޭރު ދުނިޔޭގާ އެންމެ ގިނައިން ވިކޭ 'ރެފެރަންސް' ފޮތްކަމުގާވާ 'ދަ ވޯލްޑް ބުކް އެންސައިކޮލޮޕީޑިޔާ' ޝާއިއުކުރާ ޖަމާއަތްކަމުގާ ބުނެ، 1958-59ގާ 39 ގައުމެއްގާ އެފޮތް ވިއްކާފާވާކަމާ، އެ 1959 މާޗް 9(1378ހ ޝައުބާން 29)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ފީލްޑް އެންޓާރ ޕްރައިޒަސް އެޑިއުކޭޝަނަލް ކޯރޕަރޭޝާންގެ 'ދަ ވޯލްޑް ބުކް އެންސައިކޮލޮޕީޑިޔާ، އެޑިޓޯރިޔަލް ޑިޕާޓްމެންޓުގެ ތައުލީމީ ތަހުލީލުގެ ޑިރެކްޓަރު، ވިލިއަމް އެޗް. ނޯލްޓް، އެ ޖަމިއްޔާއަކީ، އޭރު ދުނިޔޭގާ އެންމެ ގިނައިން ވިކޭ 'ރެފެރަންސް' ފޮތްކަމުގާވާ 'ދަ ވޯލްޑް ބުކް އެންސައިކޮލޮޕީޑިޔާ' ޝާއިއުކުރާ ޖަމާއަތްކަމުގާ ބުނެ، 1958-59ގާ 39 ގައުމެއްގާ އެފޮތް ވިއްކާފާވާކަމާ، އެ ޖަމިއްޔާގެ ފޮތްތަކުގާ ލިޔޭކޮންމެ އެއްޗަކީ އޭގެ ތެދު ހަގީގަތަށް ވާތީވެ، އެ ސިޓީއާއެކު، އޭރުގާ ޝައިއުކޮށްފާވާ އެންސައިކޮލޮޕީޑިޔާގާ ޖަހަފާވާ ދިވެހި ދިދައިގެ ކޮޕީއެއް ފޮނުވިކަމާއި، އެ ރަންގަޅުތޯޔާ، ނޫނީ ގެންނަންވީ ކޮން ބަދަލެއްތޯޔާ އަދި އޭގެ އިތުރުން، ދިދައިގެ މިންތަކާ، ކުލަޔާ، އަދި އެއް ރަސްމީ ދިދަޔަށް ވުރެ ގިނަ ދިދަ ވޭތޯޔާ، ވަންޏާ ކޮން ދިދަޔެއްތޯ ގައުމީ ދިދޔަކީ އާ، ގައުމީ ނިޝާނެއް، ލަވަޔެއް، ޝިޔާރެއް ވާނަމަ އެ މައުލޫމާތު، ވީހާވެސް އަވަހަކަށް، އެ ސިޓީ އާއކު ފޮނުވާފާވާ ސިޓީއުރަޔަކަށް ލައްވާދެއްވަވާ، ފޮނުވާދެއްވުމަށް އެދި ލިޔެފާވާ ސިޓީއެއް.. Letter sent by the editorial director of Field Enterprizes Educational Corporation to Sultan Muhammed Fareed Didi on March 9- 1959- inquring about the correctness of the information on national antehms and slogans in the company's best selling encyclopedia (Size: 10.6" X 7.25") America - letter (Foriegn)
Sin título1959މ(1378ހ)ގާ، ޖޭ ކްރެސްވެލް ކިޔާ އެމެރިކާގެ މީހަކަށް 'ކޮޕީރައިޓް' ލިބިދީފާވާ، ސުލްހަޔާއި އިންސާންވަންތަކަމާއި ހުރި ގުޅުމާއި، ފައިސާއަށް ދުނިޔެ އިސްކަންދީ، އިންސާންވަންތަކަން ގެއްލިގެންގޮސް، އިންސާނިއްޔަތުގެ އަގަށް ގަދަރު ކުޑަވަމުންދާ ކަމާއި، މިކަންކަމަށް ލިޔެފާވާ ޅެމަކާއި، އިންސާނެއްގެ ދިރިހުރުމުގެ އަގުގެ ހިސާބުބަލާ އޭގެ ތާވަލެއްވެސް އެކުލަވާލާ، ލިޔެފާވާ ލިޔުމެއް. Letter sent by Jay Creswell- regarding the importance of humanity and its growing insignificance in the world (Size: 10.9" X 8.4") America - letter (Foriegn)
Sin título1958މ އޭޕްރިލް 28(1377ހ ރަމްލޯނު 30)ގާ، ރާއްޖޭގެ ރަދުންނަށް، އުމުރުން 16 އަހަރުގެ ކިޔަވާ ކުއްޖެއް ކަމަށްވާ ޖޯން ގިޔެކް، ރަދުން ރަސްކަމަށް އިސްވީ ތާރީހާ، ރަދުންގެ އުފަންދުވަސް ވިދާޅުވެދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by John Giyech- inquiring about Sultan Mohammed Fareed Didi's date of birth and the day he ascended to the throne (Size: 8" X 5") America - letter (Foriegn)
Sin título1340ހ ރަބީލްއާހިރު 27(1921މ ޑިސެންބަރު 27)ގާ، ހުސެއިން ސަލާހުއްދީނުގެ ޝަރީއަތުގެ މަޖިލީހުގާ، ބެރުއެދުރު ކާސިމް ކަލޭފާނުގެ ދަރި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނު؛ ގ.ފާރުރީތި މިސްކިތުގެ ދެކުނުން އޮތްގޯތިން، ކޮއި އިބްރާހީމްފުޅުގެ ދަރިކޮޅަށާއި، ބެރުކޮއްކޮއަށާ، އޭނާގެ އެއްބަފާ ދޮންކަމަނައަށް ވީތަތަންތަނުގެ ވަގުފް ފުއްދާ، އިތުރަށް ލިބޭ އެއްޗެއް އޭނާޔަށް ލިބި، އެގޯތި ބެލުމަށް އޭނާއާއި ހަވާލުކުރުމަށް، ކޮއި އިބްރާހީމްފުޅުގެ ދަރީން، -/69، ބެރުކޮއްކޮ -/58، އަދި ދޮންކަމަނަ -/22 ރުފިޔާ ނަގާފިކަމުގާ ބުނެ، އެކަން ސާބިތުކޮށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯއްޗަކީ، އޭގެ އިހުފަތް ބަލައިގެން، މި ޝަރީއަތު މަޖިލީހުން، 1339ހ(1921މ)ގާ، ހުރާ ދޮންއަލިތަކުރުގެ މުހައްމަދު ތަކުރު ވަގުފްކޮށް، މިތަކުރުގެ ފާތުމާބީގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ އޮތް ގޯއްޗެއްކަމާއި، އަދި ބެރުއެދުރު ހާޖީ އާދަމް ކަލޭފާނުގެ އެ މުއާމަލާތް ސައްހަކަމުގާ ނިޔާކޮށް، އެތަނުގެ އިމާއި މިން ހިމަނާ، މޫސަލް މަހައްލީ ގެދަރި ނައިބު އަބްދުއްލޯ ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - G.Beruge - Deed for housing plot
Sin título1344ހ ޒުލްގައިދު 24(1926މ ޖޫނު 5)ގާ، މޫސަލް މަހްލީ ގެދަރި އައްނައިބު ސަލާހުއްދީނު ބަންޑާރަ މަނިކުފާނުންގެ ޝަރީއަތު މަޖިލީހުގާ، ކަނޑޫދޫ ހާޖީ ހަސަންކަލޭފާނުގެ ދަރި ހާޖީ އަހުމަދު ކަލޭފާނު އައިސް؛ މާފަންނު ކުޑަކޮށީގާ އޮތް އަހުމަދު ހާޖީގެ ވަގުފް ގޯތި އޭނާއާއި އޭނާގެ އެއްބަޑު އެއްބަފާ މެދުތުއްތުއާއި ދޮށީތުއްތުގެ ރުހުމުގައި އެތިންބެއިންނަށް ހަމައަށް ބަހާ، އެގޯތީގެ އުތުރުބައި ހާޖީ އަހުމަދަށް، އެއާޖެހުނުބައި މެދުތުއްތުއަށް އެންމެ ދެކުނުބައި ދޮށީތުއްތުއަށް މިލްކުވީކަމުގެ، ފަތެއް، (މީން ކޮންމެ މީހަހަކަށްވީ ތަނުގެ މިން ހިމަނާފާ) ލިޔެދެއްވުމަށް އެދުމުން، އެތާގެ އިހުފަތް ބައްލަވާ، އެފަތަކީ މިގޯތި އޭނާގެ ކާފަ ކަޑޫދޫ އިބްރާހީމް ކަލޭފާނުއަށް މިލްކުވުމަށް ފަހު، އެކަލޭފާނުން އެގޯތި ވަގުފް ކޮށް، އެކަލޭފާނުންގެ ދަރިކޮޅަށް ހަވާލުވެރިކަން ދެއްވާ، މިން ހިމަނާ، އައްނައިބު އަހުމަދު ބަންޑާރަ މަނިކުފާނުން 1272ހ(1856މ)(ފަތުގައި އޮތީ 1372... އެހެން ފަތްތަކަށް ބަލާއިރު އޮޅުމަކަށް ބެލެވޭ)ގާ ލިޔުއްވާދެއްވި ފަތެއްކަން ސާބިތުވުމުން، މިގޯތި އެތިން ބެއިންނަށް ބަހާ، ހާޖީ އަހުމަދު ކަލޭގެފާނަށް ލިބުނު ބައިގެ ބޮޑުމިން ބައްލަވާ، އެބައިގެ އިމާއި މިން ހިމަނާ، އަހުމަދުލްމަހްލީ ގެދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin K.Male' - M.Baansaage - Deed for housing plot
Sin título(ތާރީހެއް ނެތް) 3ފަށްޗަކަށް ބަހާފާވާ، ސީރިއަލް ނަންބަރު 1-62 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. މި ލިސްޓުގާ، ފަހުގެ ތާރީހެއްގާ، ބަޔެއް ގޭގެ ނަމަށް ނިސްބަތްވާގޮތަށް، ފަންސުރުން، 'ބ'، '' ނޫނީ '×' ޖަހާފާ ވެއެ. List of residential lands in Malé. The original document appears to have been later modified. (Size: 12.9" x 8.15") K.Male' - list (housing plot)
Sin título1369ހ ޝައްވާލް 6(1950މ ޖުލައި 22)ގާ، މަހްކަމަތުލް ޝަރިއްޔާއިން، ހެންވޭރު އަބަދަށްހިނގާ މަގުގެ އިރުން، މެދުރީމުސްކުޅިގެޔާ އިންވެގެން އުތުރުން އޮންނަ ތުލުސްދޫ މުހައްމަދު ގެދަރި ޔޫސުފްފުޅު ވަގުފްކޮށްފާވާ މަސްއޮޑިގެޔޭ ކިޔާ ގޯތި(މިހާރުގެ ހިކިފިނިފެންމާގެ)، އެތާގެ ވަގުފްވެރީން ކުރެ ކެރަފާ މުހައްމަދު ކަލޭފާނު މިލްކުގާ އޮތް ގ.ހިކިފިނިފެންމާގެ(މިހާރުގެ އެންޓާރިސް)އާއި ލާޖައްސައި ދިނުމަށް އެދުމުން، މިދެގޯތި އަގުކޮށް ދެގޯތީގެ އަގުން އިތުރުވީ ބައި، މަސްއޮޑިގޭގެ ވަގުފްމައްޗަށް ދޫކޮށްލާ، މިމަސްއޮޑިގެ ކިޔާ ގޯއްޗާ(މިހާރުގެ ހިކިފިނިފެންމާގެ) އެތާގާވާ ގެ، މީނާގެ މިލްކެއް ކަމަށް ނިޔާކުރަށްވާ، އެގޯތި ވަގުފްފަތުގެ (F3-17)ގެ އަސްލުފަތުގެ އަނެއްފުށުގާ، އެ ޝަރީއަތު މަޖިލީހުން، ލިޔެދެއްވާފާވާ ލިގެ ނަކަލެއް. Size: 8.8" X 6.7" K.Male' -G.Hikifinifenmaage/G.Antaaris (Housing Plot) - Deed for housing plot
Sin título