1343ހ ޒުލްގައިދު 22(1925މ ޖޫނު 14)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކުޑަނެވި ހަސަން ކަލޭފާނުގެ ހުރިހާ ދަރިން، މާފަންނު ބޮޑުހިރުނދުގަސްދޮށުގާ އޮތް، އެއްލިފައިދޮންބީފާނުގޯއްޗޭ ކިޔާ ގޯތިން އެމީހުންގެ ބައްޕަޔަށް ވީހާ ތަނެއް، އެމީހުންގެ އެއްބަފާ އަހުމަދު މަނިކުއަށް ހިބައިން ދީފި ކަމަށް ބުނެ، އެތަނުގެ އިމާއި މިން ބަޔާންކޮށް އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1285ހ(1868މ)ގާ، އެތަނުގެ އިމާއި މިން ހިމަނާ، އަލްގާޒީ އިބްރާހީމް މުހީބުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތުން، އެގޯއްޗަކީ، ކުޑަނެވި މާފަތްކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ސާބިތުވެ، އަދި އޭގެ ފަހުން އެގޯތީގެ 2/1 ބަންޑާރަވެ، އަނެއްބައި، އިބްރާހީމް ކަލޭފާނުގެ ދަރި މޫސާ ކަލޭފާނަށް މިލްކުވެ، އެނާގެ ދަރި އިސްމާއީލް ކަލޭފާނަށާއި، ކުޑަނެވި ކަމަނަޔަށާ މިލްކުވެފާވާކަން ސާބިތުކުރައްވާ، އެބައިގެ 3/2، އިސްމާއީލް ކަލޭފާނަށް އަދި އަނެއްބައި ކަމަނަޔަށް މިލްކުވެފާވާ ކަމަށާއި، އިސްމާއީލް ކަލޭފަނުގެ ބައި، އޭނާގެ ދަރި އަހުމަދު މަނިކުއަށް މިލްކުވެއްޖެ ކަމަށާއި، އެތަން، ބޮޑުހިރުނދުގަސްދޮށުން އަތިރިޔަށްދާ މަގާ ދެކުނުން އިންވެ، އަދި އެމަގުން ކުޑަކޮށްޓަށް ދާންއޮތް ގޯޅީޔާ އިރުން އިންވެ އޮތްކަމުގާ އެތަނުގެ އިމާއި، މިން ބަޔާންކޮށް، އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. އަދި 1354ހ ޝައްވާލް 24(1936މ ޖަނަވަރީ 19)ގާ، މަތީގާ ނިސްބަތް އެވާ ގޯއްޗާ، އެތާހުރި ގެޔާ، އެތަނުގާ ވާހާ ތަކެއްޗާ، ކުޑަނެވި އަހުމަދު މަނިކު، ތަކަންދޫ ހުސެއިން ކަލޭފާނަށް ވިއްކާފާ އޮއްވާ، އެގޭގާ ހުރި ވިޔަފާރި މުދަލާއެކު، ހުސެއިން ކަލޭފާނުގެ ނީލަމުން، ދަންވަރުގޭ ނަހުދާ ކުޑަދޮންމަނިކު، -/810 ރުފިޔާއަށް ގަނެ، އެ ގޯއްޗާއި ގޯތީގާވާހާ ތަކެއެއްޗެއް، އެ ކުޑަދޮންމަނިކުއަށް މިލްކުވެއްޖެކަމުގާ، މަތީގާ ނަކަލުކޮށްފާވާ ކަމުގަ ބުނެވިފާއެވާ ފަތުގެ ނުފުށުގާ، ޝަރީޔަތުގެ މަޖިލީހުން ލިޔެފާވާ ލިއުމުގެ ނަކަލެއް. A copy of the report originally written on 14 June 1925 regarding the ownership of the land Maafannu Jeymuge Goathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin K.Male' - M.Jeymuge Goathi (Housing Plot) - Private Property
Sin título- 1331ހ ޒުލްގައިދު 21(1913މ އޮކްޓޯބަރު 22)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކުރިބީ މުހައްމަދު ތަކުރުފާނުގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި ރޯނުގޭ އަލީ ދީދީގެ ދަރި ސަންޕާ ދީދީގެ ފިރި ފޫޅުމާގެ އަލީ ދީދީ އާއި އަހުމަދު ކަލޭފާނުގެ ދަރި ރޯނުގޭ މޫސާ ދީދީގެ ދަރިން، އެމީހުންގެ ކާފަޔަށް މިލްކުވެގެންވާ، ހެންވޭރު އައިހާފާނުމަގާ އިންވެ ދެކުނުން އޮތް ގޯތި، އެތަކުރުފާނުގެ ދަރިކޮޅު މީހުންނަށް ބައްސަވާދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ، އެގޯތީގެ އިހު ފަތަކުން، ވަށާ 38ބަމަ ހުރި، އެގޯތީގެ މެދު ބައަކީ ކުރިނބީ މުހައްމަދު ތަކުރުފާނުއަށް މިލްކުވެފާވާ ތަނެއް ކަމުގާ ސާބިތުވެ، އެރަދުންގެ އެހެން ފަތަކުން، މުޅި އެ ގޯތި، އެ ތަކުރުފާނަށް މިލްކުވެފާވާކަން ސާބިތުވެ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު(ތާރީހު ނެތީމާ ކޮން މުހިއްބުއްދީނެއް ކަމެއް ނޭނގެ!!!) އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތަކުން، އެ ތަކުރުފާނުގެ އަނބި، ހަތިފުށީ ދަލޭކާފުޅުގެ ހަލާލުބަޔަށް ވީ ބައާއި، އެތަކުރުފާނުގެ ދަރި، އައިޝަތު ފުޅުއަށްވީ ބައާއި، އެތަކުރުގެ ދަލޭކާފުޅުގެ ދަރިން ކުރެ، ހީނާޑި ކަލޭފާނުގެ ދަރިންނަށް ވީ ބައާ، ރޯނުގޭ އަލީ ދީދީ ގަނެ މިލްކުކުރެއްވި ކަމުގާ ސާބިތުވެ، އެގޯތީގެ މިން އަޅުއްވާ، އެތަނުން މަދުވެފާވާ ވަރަށް، އެގޯތީގެ އިރުމަތިން ނާއި ދެކުނުން ތަން ނަގާ، ހަމަކޮށް، ކުރިނބީ މުހައްމަދު ތަކުރުފާނުގެ ތަރިކަވެރިންގެ މެދުގާ އެތަން ބެހުމުން، އޭނާގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި ރޯނުގޭ އަލީ ދީދީގެ ދަރި ސަންޕާ ދީދީއަށް ވަނީ، އޭނާގެ ބައްޕަ އަލީ ދީދީގެ ބައިން އޭނާއަށް ލިބުނު ބަޔާ، އެތަނުން އަލިފުޅުކޮއިގެ މޫސާ ކަލޭފާނަށް މިލްކުވެ، އޭނާއަށް ހިބައިން ދިން ބަޔާ، އޭނާގެ މަންމަގެ ހަލާލުބައިން، އިބްރާހީމް ދީދީއަށްވީ ބައިން، އެދީދީގެ ދަރި ފާތުމަތު ދީދީއަށް ލިބި، އޭނައަށް ހިބައިން ދިން ބަޔާ، އެ އިބްރާހީމް ދީދީގެ އަނބި ދޮންދީދީގެ ތިންމައިން، އޭނާއަށް ވިއްކި ބަޔާ، ކުރެންދޫގެ އިސްމާއީލް މަނިކު އޭނާއަށް ވިއްކި ބަޔާ، ގޯތީގެ ބާރަބައިންބަޔަށް ނެގުނު ބައިން އޭނާ ގަތް ބަޔާ، އަލީ ދީދީގެ އައިމިނަތު ދީދީގެ ބައިން އޭނާއަށް ވާރުތަ ވީ ބަޔާ، އެކު، އެގޯތީގެ އެންމެ ހުޅަނގުން އުތުރު ބިތު 31ރިޔަން 3އަނގޫ، ދެކުނުބިތު 32ރިޔަން 1އަނގޫ ކަމާއި، އެތަނާޖެހިގެން އިރުން އޮތް، އުތުރު ބިތު 5ރިޔަން 1އަނގޫ، ދެކުނު ބިތު 5ރިޔަން 2އަނގޫ ބޮޑު މިނުގެ ބައި އެއީ، ރޯނުގޭ އަލީ ދީދީގެ އައިމިނަތު ދީދީގެ ފިރި، ހަލީމާ ސޮރު ގޮއްޔެގެ ދޮންތުއްތުގެ ބައި ކަމާއި، އެބައިގެ އިރުން އޮތް، ރޯނުގޭ މޫސާ ދީދީއަށް ވާރުތަވީ ބަޔާ، ރޯނުގޭ އަލީ ދީދީގެ ބައިން އޭނަގެ ދަރިންނަށް ވާރުތަވީ ބަޔާ، ބާރަބައިންބަޔަށް ނެގުނުބައިން އޭނަގެ ދަރިން ގަތް ބަޔާ، އެކު އުތުރުބިތު 13ރިޔަން 19އަނގޫ، ދެކުނު ބިތު 13ރިޔަން 22އަނގޫ، އެއީ، ރޯނުގޭ މޫސާދީދީގެ ދަރިންނަށް މިލްކުވެފާވާ ކަމުގާ، މޫސާ މަހައްލީ ގެދަރި އަބްދުއްލާ ލިޔެދީފާވާ ފަތުގެ ނަކަލެއް. 2. 1348ހ ޒުލްހައްޖު 5(1930މ މޭ 4)ގާ، ހ.ރޯނުގެ ގޯތިން، ހަލީމަތު ސޮރު ގޮއްޔެގެ ދޮންތުއްތު އަށް ވީ ބައި، އޭނާގެ ދަރިން، ކަޅު ތުއްތު އާއި ކުޑަ ތުއްތު، ރޯނުގޭ ސަންޕާ ދީދީއަށް -/10ރުފިޔާ އަށް ވިއްކާ، އަގު ހިފާ ހަލާސް ކޮށް، އެބައި ސަންޕާ ދީދީ ގެ މިލްކަކަށް ވީކަމުގާ؛ ޝަރީޔަތުގެ މަޖިލީހުން ދެއްވި ލިޔުމެއްގެ ނަކަލެއް. 3. 1351ހ ސަފަރު 8(1932މ ޖޫނު 13)ގާ، ފަނޑިޔާރުގޭ މަޖިލީސްއިން، ހ.ރޯނުގެ ގޯތިން، އެގޭ ސަންޕާ ދީދީ އަށް މިލްކުވެ އޮތް ތަނުން، އެންމެ އިރުމަތިން، އޭނާގެ ދަރި ތުއްތު ދީދީގެ، ހޮޅިގޭ ދޮންމަނިކެއަށް، އުފަންވީ ދެ އަންހެން ދަރިންނަށާއި، ފިރިހެން ދަރިޔަކަށާއި، ތިން މީހުންނަށް ލިބުނު، އުތުރާއި، ދެކުނާއި ދެ ބިތުން ކޮންމެ ބިތެއްގާ 12 ރިޔަން ހުރި ބައި ނޫން، އެހެން ހުރިހާ ތަނެއް، އެ ސަންޕާ ދީދީގެ ފިރި ފޫޅުމާގޭ އަލީ ދީދީއަށް މިލްކުވެއްޖެ ކަމުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. 4. 1368ހ ރަބީލްއާހިރު 19(1949މ ފެބްރުވަރީ 17)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ހ.ރޯނުގޭ ގޯތިން ފޫޅުމާގޭ އަލީ ދީދީއަށް ވާހާ ތަނަކާއި، އެތާގާ ހުރި ގެޔާ،-/1500ރުފިޔާ އަށް، ކަނޑިގޭ ދޮންމަނިކުއަށް ވިއްކާ، އަދި، އެ ގޯތިން ރޯނުގޭ ތުއްތު ދީދީގެ، ހޮޅިގޭ ދޮންމަނިކެޔަށް އުފަންވީ 3 ކުދިންނަށް ލިބިފާވާ ތަން(3.ބަލާ)ވެސް، ކަނޑިގޭ ދޮންމަނިކު އަށް، -/160ރުފިޔާއަށް ވިއްކާ، މި ދެ ބައިގެ އަގުދީ ހަލާސްކޮށް، މުޅި އެ ގޯއްޗާއި، އެ ގޯތީގާ ހުރި ގެ، ކަނޑިގޭ ދޮންމަނިކުއަށް މިލުކުވީ ކަން ބަޔާންކޮށް؛ ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. 5. 1370ހ ޒުލްހައްޖު 19(1951މ ސެޕްޓެންބަރު 21)ގާ، (ލިޔުނު ވަކިފަރާތެއް ނެތް)، 'މިފަތުގައި ނަންގަނެވިގެންވާ ގޯތްޗާއި ގެ ދައުލަތުއަށް މިލްކްވެއްޖެއެވެ.' މިހެން ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. 6. 1371ހ މުހައްރަމް 28(1951މ އޮކްޓޯބަރު 29)ގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީޔަތު މަޖިލީހުން، 1370ހ ޒުލްހައްޖު 19(1951މ ސެޕްޓެންބަރު 21)ގާ، ދައުލަތަށް މިލްކުވެފާ(5.ބަލާ)ވަނިކޮށް، 1371ހ މުހައްރަމް 27(1951މ އޮކްޓޯބަރު 28)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަހްކަމަތުލް ޝަރީޔާއަށް ފޮނުވި ސިޓީ އަކުން، ދައުލަތަށް އެގޯތި ގަތް އަގު ކަމުގާވާ -/1700ރުފިޔާ، ކަނޑި ދޮންމަނިކު ދައުލަތަށް ދެއްކުމުން، ކުރީގާ އޮތް ފަދައިން، އެގޯތި ކަނޑި ދޮންމަނިކުއަށް މިލްކުވެއްޖެ ކަމުގާ ބަޔާންކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 22 October 1913 regarding the transfer of ownership under inheritance of the lands in Henveiru Roanuge Goathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Roanuge Goathi (Housing Plot) - Private Property
1361ހ ސަފަރު 28(1942މ މާޗް 16)ގާ، މަހްކަމަތުލް ޝަރީއްޔާއިން، ކެއްކުޅަ ދޮންކަލޭފާނު ހާޒިރުވެ، 1360ހ ޖުމާދިލްއާހިރު 24(1941މ މޭ 21)ގާ، އޭނާއަށް ބެރު މުހައްމަދު ކަލޭފާނު ވިއްކި ގޯތީގެ ފަތް ގެއްލި، އެގޯތީގެ މައްޗަށް ދައުވާކުރުމުން، ބެރު މުހައްމަދު ކަލޭފާނުން އެ މަހްކަމާއަށް ހާޒިރުކޮށް، ދޮންކަލޭފާނަށް އޭނާ ދަރާއޮތް ދަރަންޏެއް އަދާކުރުމުގެ ގޮތުން، މާފަންނު މާވެޔޮދޮށަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން އޮތް ވަޅިކޮށި ގޯތީގާ، އޭނައަށް މިލްކުވެފާވާ ބައި ،އެ ދޮންކަލޭފާނަށް ދީ އޭނާޔަށް އެތަން މިލްކުވެފާވާކަމުގާ ބުނެ، އެކަން ސާބިތުވުމުން، ގާޒީ އަބްދުއްލޯ ފަހުމީ ދީދީ، ބަންޑާރަނައިބު އިބްރާހީމް ލުތްފީ ދީދީ، ކުޑަ ނައިބު އަދި ފަތްލިޔާ ނައިބު، އެތަނަށް ގޮސް، އެހިސާބުގަނޑުގެ ދުވަސްވީ މީހުންކުރެ އަހާ، އެމީސްމީހުންގެ ހެކިބަހުން އެތަނުގެ މިން ސާބިތުކޮށް، އެގޯއްޗަކީ، ކެއްކުޅަ ދޮންކަލޭފާނުގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެދީފާވާ ލިއުމުގެ ނަކަލެއް. އަދި، 1368ހ ރަމްލޯނު 7(1949މ ޖުލައި 4)ގާ، މަހްކަމަތުލް ޝަރީއްޔާއިން؛ މަތީގާ ބުނެފާއެވާ މ.ވަޅިކޮށި ގޯތީގެ މިލްކުވެރިޔާ، ދޮންކަލޭފާނު، ނިޔާވުމުން، އޭނާގެ ދަރި ކަޅުތުއްތު އާއި އެހެނިހެން ދަރިން، -/700ރުފިޔާއަށް، އެތަން، ދަންވަރުގޭ ކުޑަދޮންމަނިކު މާލިމީގެ ތުއްތުމަނިކެއަށް ވިއްކާ، އޭނާއަށް އެތަން މިލްކުވެފާވާ ކަމުގާ؛ މަތީގާ ނަކަލުކުރިކަމަށް ބުނެވިފާވާ ލިއުމުގެ ނުފުށުގާ، މުހައްމަދު ނަސީރު މަނިކު ސޮއިކޮށް، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 16 March 1942 in to the investigation of the ownership of the land Maafannu Vaifilaa (Size: 8.85" X 6.7") K.Male' - M.Vaifilaa (Vaikosi) Goathi (Housing Plot) - Private Property
Sin título1381ހ ސަފަރު 20(1961 އޮކްޓޯބަރު 1)ގާ މަހްކަމަތުލް ޝަރީޔާއިން؛ އެ މަހްކަމާއަށް ފޮނުވާފާވާ ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ ބަދަލުގާ އަލްމުހްތަރަމް މުހައްމަދު އަލީ ނަސީރު ހުށައެޅުއްވި ވަލުފަތްލިޔާގެއެ ކިޔާގޯތީގެ މައްސަލަ ބެއްލެވިއިރު، އެ ގޯއްޗަކީ، 1306ހ ރަބީލްއައްވަލް 23(1888މ ނޮވެންބަރު 27)ގާ ލިޔެފާވާ ފަތަކުން(F5-19)،ކުޑަ ހަސަން ތަކުރުފާނުގެ ގޯއްޗެއް ކަމުގާ ސާބިތުވާ ކަމާއި، އަދި އެގޯތީގެ ފަތް، އޭނާގެ ދަރި އާދަމްފުޅުގެ މައްޗަށް ބަދަލުކޮށްދެއްވަން އެދުމުން(F5-19)، އެކަން ބެއްލެވިއިރު، އެގޯތި ވަނީ، ކުޑަ ހަސަން ތަކުރުފާނުގެ ދަރިންނަށް ވާރުތައިންލިބި، އަދި އެހާތަނަށް ނުބާހާ ކަމަށާއި، އޭނާގެ ވާރިސުން ކުރެ އޭރު ދުނިޔޭގާ ތިބި، އައްޝެއިހު މަލިން މޫސާ ކަލޭފާނު، ހަސަންތަކުރުފާނުގެ މުހައްމަދުފުޅުގެ ދޮންމަނިކު، އޭނާގެ އައިމިނަތު މަނިކެގެ އިބްރާހީމް މަނިކު އާއި ދަލޭކާމަނިކެ، އެމީހުންގެ ބައިބައި ،ގ.ފޭދޫކޮށީގެ އިސްމާއީލްފުޅު އާއި ފެންތަށިގެ އިސްމާއީލްފުޅު، ހެކިކޮށް، އަދި ލިޔުމުން، އެއާދަމްފުޅުއަށް ދިންކަމުގާ ސާބިތުވުމުން؛ މއ.ވަލުފަތްލިޔާގެއޭ ކިޔާ ގޯއްޗަކީ، ދޭވާނީ ކުޑަ ހަސަން ތަކުރުފާނުގެ އާދަމްފުޅުގެ މިލްކެއްކަމުގާ ހުކުމްކުރިކަމުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް. A copy of the report originally written on 1 October 1961 regarding the ownership of the land Machchangoalhi Gulbakaage. (Size: 10" X 7.35) K.Male' - Ma.Gulbakaage (Valufaiyliyaage) (Housing Plot) - Writing (Court case)
Sin título1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި، ގައުމީ ގޯޅިއާއި އިންވެ އުތުރުން ޕިޔާނާގެއާ އިންވެ އިރުން އޮތް، ރިބުދޫ ކޮށްޓޭ ކިޔާ ބިމުގެ މެދުތެރެއިން، އުތުރު ބިތުން 14ރިޔަން 18އަނގޫ، ދެކުނު ބިތުން 12ރިޔަން 14އަނގޫ ބޮޑުމިން(މއ.ތަބައްގެ)، ރިނބިދޫ މުހައްމަދު ތަކުރުގެ ޒުލޭހާފުޅުގެ އާދަމްފުޅުގެ ތަބައްގޭ ދޮންކޮއްކޮ އަށް މިލްކުވެފާވާކަން، 1329ހ ޖުމާދިލްއާހިރު 11(1911މ ޖޫނު 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އާއި ހުސެއިން ސަލާހުއްދީނާއި ދެ ބޭފުޅުންގެ ޝަރީޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އަދި ދޮންކޮއްކޮ ނިޔާވުމުން، އޭނާގެ ތަރިކަވެރިން ކަމުގާވާ އޭނާގެ އަނބި، ކަތްދާފުޅު، ދަރިން، އަލިފުޅުއާއި ދޮންކަމަނައަށް ލިބިފާވަނިކޮށް، ކަތްދާފުޅާއި ދޮންކަމަނަ ނިޔާވެ، ތަބައްގޭ ދޮންކޮށްކޮގެ ހުރި، ހަމައެކަނި ތަރިކަވެރިޔާ އަކީ އަލިފުޅު ކަމާއި، އެގޯތި އެއީ އޭނާގެ މިލްކެއް ކަމުގާ ބަޔާންކޮށް 1374 ޒުލްހައްޖު 22(1955މ އޯގަސްޓް 11)ގާ، މަހްކަމަތުލް ޝަރީޔާއިން، ވުޒާރަތުލް ދާހިލިއްޔާ އަށް ފޮނުވާފާވާ ހ-2/119ނަންބަރު ސިޓީއިން ސާބިތުވެ، އެގޯތީގެ މިލްކުވެރިޔާއަކީ، ރިބުދޫގޭ މުހައްމަދު ތަކުރުގެ ޒުލޭހާފުޅުގެ އާދަމްފުޅުގެ ތަބައްގޭ ދޮންކޮއްކޮގެ އަލިފުޅު ކަމުގާ ބަޔާކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 14 March 1956 regarding the ownership of the land Machchangoalhi Thabagge (Size: 10" X 7.36)K.Male' - MA.Thabahge (Housing Plot) - Private Property
Sin título